މެލޭޝިއާގައި ކިޔަވަމުންދާ ދަރިވަރުންގެ ކަރަންޓީނުގެ މުއްދަތުގެ ފީ ބޮޑު ކަމަށް ބުނެ، އެ ގައުމުގައި ކިޔަވަމުން އަންނަ ގިނަ އަދަދެއްގެ ދަރިވަރުން މެލޭޝިއާގައި ހުންނަ ދިވެހި ހައި ކޮމިޝަންގައި ޝަކުވާ ކުރަން ފަށައިފިއެވެ.
ގިނަ އަދަދެއްގެ ދިވެހިން ތައުލީމް ހާސިލް ކުރަމުން އަންނަ މެލޭޝިއާގައި ވެސް ކޮވިޑް-19 ހަލުވިކަމާ އެކު ފެތުރެން ފެށުމާ ގުޅިގެން އެ ގައުމުގެ ބޯޑަރުތައް ބަންދު ކުރިއެވެ. އަދި މެލޭޝިއާގައި ދިވެހިން ހާއްސަ ފްލައިޓުތަކެއްގައި ރާއްޖެ ގެނެސްފައިވެއެވެ. އެކަމަކު، ކޮވިޑް-19 ފެތުރުން ކޮންމެވެސް ވަރަކަށް ކޮންޓްރޯލް ކުރެވުމާ ގުޅިގެން އާ އުސޫލުތަކާއެކު ސްކޫލްތަކާއި ޔުނިވަސިޓީގެ ކިޔެވުން އަލުން ވަނީ ފަށައިފައެވެ.
އެހެންވެ، ރާއްޖެ އައި ދިވެހި ކިޔަވާ ކުދިން އަލުން ވަނީ އެ ގައުމަށް ތައުލީމް ހާސިލް ކުރަން ފުރަން ފަށައިފައެވެ. އަލަށް އެކުލަވާލާފައިވާ އުސޫލުގައިވާ ގޮތުން މެލޭޝިއާގައި 14 ދުވަސް ވަންދެން ދަރިވަރުން ކަރަންޓީން ވާން ޖެހޭނެއެވެ. އަދި ކަރަންޓީންގެ މުއްދަތުގައި ހުންނަ އިރު، ހަރަދުގެ ގޮތުގައި 4،700 މެލޭޝިއާ ރިންގެޓް (1،126 ޑޮލަރު) ދައްކަން ޖެހެއެވެ. އެއީ ދިވެހި ރުފިޔާ އިން 17،362ރ. އެވެ.
އެ އުސޫލުގައިވާ ގޮތުން، ދަރިވަރުން ތިބެން ޖެހޭނީ ކަމާބެހޭ ފަރާތްތަކުން ކަނޑައަޅާފައިވާ ކަރަންޓީން ފެސިލިޓީއެއްގައެވެ.
މި އުސޫލާ ގުޅިގެން މެލޭޝިޔާގައި ހުންނަ ދިވެހި އެމްބަސީގެ ވައިބާ ގްރޫޕްގައި ބައެއް ދަރިވަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ބައެއް ކުދިން ވަނީ މިއަށް ވުރެ ލުއި ގޮތެއް ހޯދައި ދިނުމަށް އެމްބަސީގެ ކިބައިން އެދިފައެވެ.
ވައިބާ ގްރޫޕްގެ ގިނަ މެސެޖްތަކުން އެނގޭ ގޮތުގައި މެލޭޝިއާ ސަރުކާރުން މިއުސޫލަށް އަމަލު ކުރަން ފަށާފައިވަނީ މިހާރު ދަތުރު ކުރަން ތާވަލު ކޮށްފައިވާ ހާއްސަ ދެ ފްލައިޓުން ދާން ޓިކެޓު ވެސް ނަގާފައި އޮއްވައެވެ. ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް މެލޭޝިއާ އިން ގެންގުޅެނީ ހަރުކަށި އުސޫލެކެވެ. އެގޮތުން ކަރަންޓީން ކޮށްފައި ހުންނަ ތަނުން ނުކުމެއްޖެ ނަމަ، ދެ އަހަރު ދުވަހަށް ޖަލަށްލާ ކަމަށްވެއެވެ.
މެލޭޝިއާގައި ކިޔަވަމުންދާ ދަރިވަރުންގެ ކަރަންޓީނުގެ މުއްދަތުގެ ފީ ބޮޑުވެފައިވާތީ އެކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އެދި ދިވެހި ކިޔަވާ ދަރިވަރުންގެ ފަރާތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ކަމާއި ބެހޭ ފަރާތްތަކަށް ޕެޓިޝަނެއް ވަނީ ހުށަހަޅައިފައެވެ.
ޕެޓިޝަނުގައި ބުނެފައި ވަނީ އެ ގައުމުގެ ސަރުކާރުން ބަދަލުތައް ގެނެސްފައި މިވަނީ މިމަހުގެ 30 ވަނަ ދުވަހާއި އަންނަ މަހުގެ އެއް ވަނަ ދުވަހު އޮންނަ ފްލައިޓުން ދަތުރުކުރަން ގިނަ އަދަދެއްގެ ދަރިވަރުން ޓިކެޓުވެސް ނަގާފައިވަނިކޮށް ކަމަށެވެ.
އެގޮތުން ޓިކެޓަށް 380-550 ޑޮލަރު ދައްކާފައިވާ އިރު އޭގެ ރިފަންޑް ވެސް ނުލިބޭނެ ކަމަށް އެ ދަރިވަރުން ވަނީ ބުނެފައެވެ. އަދި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ދިރިއުޅޭ ކުދިން ޓިކެޓް ނަގާއި މާލެއަށް އައިސް ހުރުމުގެ ހަރަދުތައް ވެސް ހިންގަން ޖެހޭކަން ވަނީ ފާހަގަކޮށްފައިވެއެވެ.
މެލޭޝިއާ އިން މިހާތަނަށް 10،687 މީހަކު ކޮވިޑް-19 އަށް ފައްސިވެ، 133 މީހަކު ވަނީ މަރުވެފައެވެ.
މިކޮޅަށް ނައިސް މެލޭޝިއާގަ ހުރި ނަމަ ނުޖެހުނީސް ދޯ ތި ލާރި ދައްކާކަށް!
ކަލޭގެ ދަރިއެއް އެތާ ކިޔަވަން ހުރި ނަމަ ތިހެން ބުނާނެ ކަމާއިމެދު ޝައްކު
ސަރުކާރުން ޖެހޭތަ ތިކަމުގައި ހަރަދުކުރަން. ވައިބާ ގްރޫޕްބެލީމަވެސް އެނގޭ ދަރިވަރުންގެ ޑިމާންޑް ހުރިގޮތް. މެލޭޝިޔާގައި ތިބެވެން އޮތްވައި މާލެގޮސް ސަަރުކާރުގެ ޙަރަދުގައި ތިބެފައި އަނެއްކާވެސް ސަރުކާރުގެ އެހީއައް ޑިމާންޑް ކުރަނީ އަޖައިބެއް!. ޢެހީވަންޔާ ހުރިހާގައުމެއްގައި ކިޔަވާ ދަރިވަރުންނަށް އެހީވާންޖެހޭނެ.
އަޅުގަޑުމެން މާލޭ ކުއްޔައް ހިފާފަހުރިތަނުގެ ކުލިސަރުކާރުން ދައްކާދޭނެ ގޮތެއްނުވާނެތޯ
ތިކަންކޮއްދޭންޖެހޭނެ ބަޔަކު މެލޭޝިއާއަށް ސަރުކާރުން ފޮނުވަންޔާމުން
ކަރަންޓިނަ ހިލަފުވިމަ2 އަހަރު ދުވަހު ޖަލުގައި! ހަދަ ހަރުކައްޓެ މިތަކު ތިޔަކަހަލަ އެއްވެސް ކަމެއް ނެތް ނަސިބަކުން
ކަލޭމެން ގެނައީ ސަރުކާރުން ކަމައްވަންޔާ ތިކަމުގެ ހަރަދު ހަމަޖެހޭނެ.
އަމިއްލަ ގައުމުގަ ހިލޭ ކިޔެވެން އޮއްވަ ތިޔަ ބުނާ މެލޭޝިޔާ އަކަށް ތިޔަދަނީ ގައިމު އަމިއްލަ ފުދުންތެރިކަން ހުރީމަތާ. ވަކިބަޔަކު މާ މޮޅު ހޯދާ ކަންކަމަށް އަހަރެމެންގެ ޓެކްސް ފައިސާ ބޭކާރު ކުރެވިގެން ނުވާނެ. މިތަނުގަ އަހަރެމެން މިއުޅެނީ ސާފު ބޯފެނާ ނަރުދަމާ ގަނޑެއްވެސް ނެތިގެން. މިގައުމުގެ ރައީސް މީހަކަށް ކިހިނެއް މެލޭޝިޔާ ސަރުކާރުގެ ޕޮލިސީ ބަދަލުކުރާނީ. އެތަނެއްގަ އޮންނަ އުސޫލުތަކަށް ކެތްތެރިކަމާއެކީ ކިޔަމަންތެރިވުމަށް ތިޔަ ޔުނިވަރސިޓީތަކުން އެތިކުސް އޭ އެކިޔާއެތި ކިޔަވަ ނުދޭތަ.
ލަންކާ ގަ 20 ހާސް ޕުލަސް ޓިކެޓް (95 ޑޮލަރު ދުވާލަކަށް). ޕސރ ޓެސްޓް ނުލާ.
ކީއްކުރަން ދަނީ... މެލޭޝިއާ ގެ ވަރަށް ގިނަ ޔުނިވަރސިޓީ ތަކުން އޮންލައިންކޮށް މިސެމިސްޓަރގަ ކިޔަވައިދޭ... މާފަސޭހަ މާލޭގަ ހުރެ ގެން ކިޔަވަން..... ތި ދައްކަން ޖެހޭނީ ދިއައީމަތާ.... މާލޭގަ ހުރެ ގެން އޮންލައިންކޮށް ކްލާސްތަކާ ޖޮއިން ކުރެވޭ....