އަވައްޓެރި އިންޑިއާގެ ސަރުކާރުން ދިވެހި ކޮންމެ ރައްޔިތަކަށް ރަން ގެނެޔަސް ދިވެހި ގައުމު ވިއްކަން ޕީޕީއެމް އާއި ޕީއެންސީ އިން ފުރުސަތު ނުދޭނެ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް، ކުރީގެ ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަނުން މިއަދު ހަވީރު ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން، މުއިއްޒު ވިދާޅުވީ، ކުޅުދުއްފުއްޓަށް ގެނައި ކާގޯ ފެރީގެ ސަބަބުން އެ ސަރަހައްދަށް ލިބޭނެ ފައިދާއެއް ނެތް ކަން އެ ފެރީން ގެނައި މުދަލުގެ ނިސްބަތުން ވެސް ފެންނަ ކަމަށެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރަން އިންޑިއާ އިން އެތައް މިލިއަން އިންވެސްޓް ކުރާ ވާހަކަ ދައްކާއިރު އެ ކަމަށް އެއްބަސްވާނީ "އަމިއްލަ އެދުންތަކެއް" ވެސް އޮވެގެން ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ދިވެހި ސަރުކާރަށާއި އިންޑިއާގެ ސަރުކާރަށް ބަހުގެ ހަމަލާތަކެއް ދެއްވަމުން އޭނާ ވިދާޅުވީ ރައްޔިތުންނަށް "މާދިއްޔަތުގެ ދަހިވެތިކަން" ދައްކައިގެން ގައުމުގެ މިނިވަންކަމާއި ވެރިކަން ހޯދަން މަސައްކަތް ކުރިޔަސް އެ ފުރުސަތު ނުދެވޭނެ ކަމަށެވެ.

"ޕީޕީއެމް ޕީއެންސީ އިން މި ގައުމުގައި އެފަދަ ކަންކަމަށް ފުރުސަތެއް ނުދޭނެއޭ. ރާއްޖޭގެ ކޮންމެ ރައްޔިތެއްގެ ބަރުދަނަށް ރަން ކިރާފައި ދިން ނަމަވެސް މިއިނަ ދިވެހި ދިދަ ވިއްކައެއް ނުލާނަމޭ." އެ ތަނުގައި ހުރި ދިވެހި ދިދައެއްގައި ހިފަމުން ޑރ. މުއިއްޒު ވިދާޅުވިއެވެ.

އިންޑިއާގެ އެހީގައި ރާއްޖެ ތަރައްގީ ކުރާނެ ކަމަށް ދިވެހި ސަރުކާރުން ބުނަމުން ދާތީ އެ ކަމަށް ވެސް މުއިއްޒު ރައްދު ދެއްވިއެވެ. މުއިއްޒު ވިދާޅުވީ މި ސަރުކާރަށް މިހާތަނަށް އައިރު ޕީޕީއެމްގެ ސަރުކާރުގައި ހިންގި މަޝްރޫއުތަކާ އަދި ގާާތް ވެސް ކުރެވެން ނެތް ކަމަށެވެ.

"އަޅުގަނޑަކީ ރައީސް ޔާމީންގެ ސަރުކާރުގައި އެމަނިކުފާނު ހިންގަވަމުން ގެންދެވި ތަރައްގީގެ މަޝްރޫއުތަކުގެ ޒިންމާ ހަވާލުކުރެއްވި މީހަކީ. ރާއްޖޭގެ އުތުރުން ދެކުނަށް ގެނައި ތަރައްގީ، އެއާ ގާތް ވެސް ކުރަން ނޫޅޭ،" މުއިއްޒު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

 1. އަލްޖިބްރާ

  ކަލޭތީ ބޯގޮވާފަ ހުރިމީހެއްތަ ؟ މިޤައުމު ބަޔަކަށް ވިއްކީ މިސަރުކާރުންތަ ؟ ނުވަތަ ޤައުމު ދަވާލީ ކަލޭމެންގެ ބާރު އޮތް އިރުގަތަ ؟ ހިންގާފަހުރި ޖަރީމާތަށް ފަޅާ އަރަން ގާތްވާތީ މަރަށް ތެޅެނީ ! ޤާނޫނު ކަލެއާއިވެސް އަރާ ހަމަކުރާނެ !

  16
  28
 2. އިންޑިއާ އައުޓް

  އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް

  25
  5
  • ކިރކޫކް

   އިންޑި އާ އިން. އިންޑި އާ އިން އިންޑި އާ އިން އިންޑި އާ އިން އިންޑި އާ އިން އިންޑި އާ އިން އިންޑި އާ އިން އިންޑި އާ އިން އިންޑި އާ އިން އިންޑި އާ އިން އިންޑި އާ އިން އިންޑި އާ އިން އިންޑި އާ އިން އިންޑި އާ އިން އިންޑި އާ އިން އިންޑި އާ އިން އިންޑި އާ އިން އިންޑި އާ އިން އިންޑި އާ އިން އިންޑި އާ އިން އިންޑި އާ އިން އިންޑި އާ އިން އިންޑި އާ އިން އިންޑި އާ އިން އިންޑި އާ އިން އިންޑި އާ އިން އިންޑި އާ އިން އިންޑި އާ އިން އިންޑި އާ އިން އިންޑި އާ އިން އިންޑި އާ އިން އިންޑި އާ އިން އިންޑި އާ އިން އިންޑި އާ އިން އިންޑި އާ އިން އިންޑި އާ އިން އިންޑި އާ އިން އިންޑި އާ އިން އިންޑި އާ އިން އިންޑި އާ އިން އިންޑި އާ އިން އިންޑި އާ އިން އިންޑި އާ އިން އިންޑި އާ އިން

   2
   25
 3. ކާކު

  ވަކި ގައުމަކާ ތިގޮތަށް ދިމާކޮށްގެން އުޅުމަކީ ރާއްޖެފަދަ ކުޑަ ގައުމަކަށް އެއްވެސް މާނައެއްގަ ފައިދާ ކުރާނެ ކަމެއް ނޫނެވެ. ސިޔާސީ ކަންކަމުގައިވެސް ވަކިކަހަލަ އުސޫލުތަކަކާއި ހަމަތަކަކާއި އިންތަކެއް ގެންގުޅެއްޖެހެއެވެ. ހާރިޖީ ސިޔާސަތަކީ މިޒަމާނުގައި ގައުމެއްގެ މިނިވަންކަމާއި އިސްތަގުލާލުގެ އެއް ތަނބެވެ.

  9
  24
  • Anonymous

   ޚާރިޖީ ސިޔާސަތުވެސް ނަހަމަގޮތުގައި ބޭނުން ކުރުމަކީ ގޯހެއް ދޯ،

   14
   1
  • ވެރިން

   ގައުމު ކުޑަވީމަ އަޅުވެތި ކުރުވަންއުޅުން އެއީތޯ ތިބުނާ ހާރިޖީ ސިޔާސަތަކީ، ކަލޭ ދުށިންތަ އިނޑިޔާ ސިފައިން ނޫން އެހެން ގައުމެއްގެ ސިފާއިން އިއިސް މި ކުޑަރާއްޖޭގެ އެކިދިމާ ދިމާލުގަ ގާއިމުވެ ތިބިތަން.ނުވީތާކަށް ކުރީސަރުކާރުން ވިސާނުދީ ދާށޭބުނީމ ވެސް ނުގޮސް ގަދަހަދާފަ ތިބީ.

 4. ސަމި

  ބަރާބރު ވާހަކަ އެއް މުޢިއްޒު ތިޔަ ވިދާޅުވަނީ

  19
  3
 5. ސައީދު

  އާދޭސްކޮށްފަ މިދަންނަވަނީ ސަރުކާރުގައި މިތިބަ ބޮޑެތި ވަގުން ތައް އަވަހަށް އިންސާފުގެ ކުރިމައްޗަށް ގެނެސް ހައްޤު އަދަބުދެއްވާ ދިވެހި ރްއްޔިތުންގެ ލޭ ބޯލައިގެން ތިބެ އަގަ އަވަނޭ.

  10
 6. ސީލާވަތީ

  ޢިންޑިޔާއިން ގެރިސީ ގެނަޔަސް ބަޔެއްމީ ހުން ނަށް ފެނަނާނީ ރަން. ރަންވަސް ދުވާނީވެސް

  15
 7. ހަނި

  މިސަރުކާރު ވެރިިކަމަށް ގެނައީ އިންޑިޔާގެ އެެހީތެރި ކަމާއެކު އޭގެބަދަ؛ލްގާ އިންޑިޔާ އިން ރާޖެއަޅުވެތިކުރަނީ

  17
 8. ޝައުކަން

  މިހާރު މީއިންޑިޔާގެ ބަޔެއް..ދެން ކީއްކުރާނީ.. އަހަރެމެންނަކީ އަސްލު އިންޑިޔާމީހުން އެކަން ގަބޫލު ނުކުރެވެންޏާ ތާރީޚު ކިޔާބަލަ.

  3
  12
 9. ޝަޒީން

  މިއީ އިންޑިޔާ މީހާރު.. ދެން ވާހަކަ ނުދައްކާތިބޭ.. މިތާގަ އޮތީ އިންޑިޔާވެރިކަމެއް..

 10. ތާރޭކް

  ދެން ޑައިރެކްޓުކޮއް ރާއްޖެއައް ތަކެތި އިމްޕޯޓު ނުޖުރެވޭގޮތައް ހަދާފަ ރާއްޖެއައް ބޭނުންވާ ހުރިހާތަކެއްޗެއް އިންޑިޔާއައް އެއްފަހަރަކާ ގެނެސްފަ..ފެރީ މެދުވެރިކޮއް ރާއްޖެއައް ގެންނަންވާނީ. އަސި އެސްބީ އައިއަށް ރާއްޖޭގެ ހުރިހާ ރިސޯޓެއްގެ ބިމު ކުލި ކޮންމެ މަހަކު ސަރުކާރުން ޖަމާ ކުރާގޮތައް ހަދަންވީ. ދެން ރާއްޖެގައި ކިޔަންޖެހޭނީ އިންޑިޔާގެ ގައުމީ ސަލާން.

  11
 11. ށަބީ

  ރަށެއްގެ ބަޔަކު ދުއާ ކުރީ ރޯދި ބަރަކާތަށް އެދި. ނަތީޖާއަކީ އެތަނުގެ އިގްތިސާދު ދިޔައީ ދަށަށް. މީހުން ގޮސް ޝެއިޙަކާ ސުވާލު ކުރީ ކިހިނެއްހޭ މިވީ. ޖަވާބުގަ ބުނީ ޝުކުރު އަދާ ކުރާށޭ. ތަނެއްގެ އިޖްތިމާއީ ހާލަތު ދަށްވެފަ އޮއްވާ މުދާވެރިކަން އިތުރުވުމަކީ މުސީބާތް ގެނެސްދޭ ކަމެކޭ. މިއީ ﷲ ގެ ރަހްމަތް

 12. ހަސަނު

  ސާބަހޭ ޑރ މުއިއްޒު. ގައު މާ ވަޠަން ހި މާޔަތް ކުރަންޖެހޭ.

 13. ރަންނަ

  ފާފު އިތޮޅު ވިކަން އުޅުނުމީހުން ކޯއްޗެކޭ މިގޮވަނީ؟ ކޮންމެ މީހަކު ބޮޑުސިންގާ އިމާރާތް އެޅީ ލޯނުނަގަ ކިހިނެތްހޭ؟ އެހެވީމަ ތިތެޅެނީ ބިރުން. ލޯމަރާލިޔަސް ކުޑަގޮޅި ފެންނަނީ 😂

 14. ައަހުމަދު

  އިންޑިއާ އަދި ޗައިނާއަށް ވެސް އަހަރެމެން ފާޑުކިޔޭކަށްނެތް އެމީހުން އެމީހުންގެ ޤައުމުދެކެ ލޯބިވޭ ބޭރުގެބަޔަކަށް ޤައުމުގެކޮންޓްރޯލް ދޫކޮށްނުލާ އެމީހުންގެ އަމިއްލަޔަށް ހުރިހާކަމެއްވެސްއެކުރަނީ އެކަމަކު މިއޮށް ވަސީލަތް މަދު ކުޑަ މިޤައުމު މިއުޅެނީ ތިއުޅޭބަންގާޅީންނަށް ވިއްކާލާފައި އެމީހުންމިޤައުމުގެ ހުރިހާކަމެއް ކޮންޓޮރޯލްކުރަނީ މިޤައުމު މިދަނީ ހަލާކުވަމުން ދުވަސްދަމުން ތިހުރިހާކަމަކަށްވުރެ ގެއްލުންބޮޑު ކީއްވެ އެވާހަކަނުދައްކަނީ ޖާހިލުވިޔަސް ބޮޑުވަރު