އިންޑިއާ ސަރުކާރުގެ އަޅުވެތިކަމާ ދިމާއަށް ގައުމު ގެންދަމުންދާ ކަމަށާއި އެ ކަން ހުއްޓުވުމަށް ބޭނުންވާ މި ޖީލުގެ "އަލި ރަސްގެފާނު" އަކީ އިދިކޮޅު ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށް އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަނުން މިއަދު ހަވީރު ކުރިއަށް ގެންދިޔަ ޖަލްސާގައި އެ ކޯލިޝަންގެ އެކްޓިން ލީޑަރު އަދުރޭ ވިދާޅުވީ، މި ސަރުކާރަކީ އިންޑިއާގެ ބީޖޭޕީ ސަރުކާރުގެ އަޅުވެތި ކަމުގެ ދަށުގައިވާ ބައެއް ކަމަށެވެ.

"މި ސަރުކާރުގައި މި ތިބި ބަޔަކީ އަމިއްލައަށް އެއްވެސް ކަމެއް ކުރެވޭ ބައެއް ނޫން، ބީޖޭޕީ ސަރުކާރުން ބުނާހާ ގޮތެއް މި ސަރުކާރަށް ކުރެވޭނީ، އަމިއްލައަށް އެއްްވެސް ކަމެއްް ނުވާނެ،" އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ، ރައީސް ޔާމީން ޖަލުގައި ބަންދު ކުރި ސަބަބަކީ މި ކަންކަމާ ދެކޮޅަށް އެމަނިކުފާނު ނުކުންނަވާނެ ކަން ސަރުކާރަށް އެނގޭތީ ކަމަށެވެ. އަދި ރައީސް ޔާމީން ނުކުންނަވާނެތީ ސަރުކާރު ޖެހިލުންވާ ކަމަށް އޭނާާ ވިދާޅުވިއެވެ.

"ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމްގެ އިސްތިއުނާފް މަރުހަލާ ލަސް ކުރަމުން ދަނީ ވެސް އެ ނޫން އެހެން ސަބަބެއް އޮވެގެނެއް ނޫން. އެ ކަން ކުރަނީ މިނިވަންކޮށް އެމަނިކުފާނު ހުންނެވިނަމަ މި ކަމާ ދެކޮޅަށް ނުކުމެދާނެތީ،" އަދުރޭ ވިދާޅުވިއެވެ.

ރައީސް ޔާމީން އަބަދުވެސް ނަންގަވައިދޭ ފިލާވަޅަކީ ދިވެހި ގައުމާއި މާތްވެގެންވާ އިސްލާމް ދީނަށް ވުރެ މުހިއްމު އެއްވެސް ކަމެއް ނޯންނާނެ ކަން ކަމަށް އަދުރޭ ވިދާޅުވިއެވެ. އެމަނިކުފާނުގެ އިރުޝާދުގެ ދަށުން ހަރަކާތްތައް ފުޅާ ކުރަން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

"މި ގައުމަށް މިއަދު އަލި ރަސްގެފާނެއް އެބަ ބޭނުންވޭ، މިއަދުގެ އަލި ރަސްގެފާާނު ހުންނެވީ ޖަލުގައި ބަންދުކޮށްފައި، އެއީ ރައީސް ޔާމީން،" އަދުރޭ ވިދާޅުވިއެވެ.

އަލި ރަސްގެފާނަކީ ޕޯޗުގީޒުން ރާއްޖެއަށް އަތްގަދަ ކުރަން އުޅުނު ދުވަސްވަރު ރާއްޖޭގެ ރަސްކަމުގައި ހުންނެވި ރަދުންނެވެ. ޕޯޗުގީޒުންނާއި ވެރި ރަށް މާލޭގައި ތިބި ދިވެހި ވެރިކަމުގެ ވެރިންނާ ދެމެދު ހަނގުރާމައިގެ ދުވަސްތައް ދިގުލައި ގޮސް ޕޯޗުގީޒުންއަށް މާލެ މައްޗަށް ވެރިގަތީ އަލި ރަސްގެފާނު ޝަހީދުކޮށްލުމަށް ފަހުގައެވެ.

މީގެ ކުރިން ވެސް ރައީސް ޔާމީނަށް ސަނާ ކިޔާ ބައެއް ބޭފުޅުން ގައުމީ ބަތަލުންނާއި އެމަނިކުފާނަށް އެއް ގޮތްކޮށް ވާހަކަ ދައްކަވާފައިވެއެވެ. އެއިން އެއް ފަހަރަކު ޕޯޑިއަމްގައި ހުންނަވައި ރައީސް ޔާމީން އެ ވާހަކަތަކަށް ރައްދު ދެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ ގައުމީ ބަތަލުން ކުރެއްވި މަސައްކަތާ ގާތަށް ވެސް މަސައްކަތް ނުކުރެވޭނެ ކަމަށާއި އެފަދަ އިސް ބޭފުޅުންނާ އެއް ހަމަ ނުކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

 1. ޒަލް

  މިޖީލުގެ ހިސާބު އިލްމުގެ އުސްތާޒުއްޖީލަކީ އަދުރޭ.

  19
  8
 2. ހުސޭނުބޭ

  އަލިރަސްގެފާނަކީ ވަރަށް ތަފާތު ވަރަށް ރަގަޅު ބޭފުޅެއް! ތިކަހަލަ މިސާލު ނުޖެހިއްޔާ ރަގަޅުވާނީ! އަލިރަސްގެފާނާއި ބޮޑުތަކުރުފާނާ އަޅާކިޔަންޖެހޭނީ ހުރިހައި ގޮތަކުން ބެލިނަމަވެސް ހަމަ އެ ފެންވަރުގެ ބޭފުޅަކާ!

  30
  10
 3. ކާފަގ

  އަދުރޭ ބުންޏަސް ތީ ތެދެއް. ރައީސް ޔާމީނަކީ އަލިރަސްގެފާނުފަދަ ހިތްވަރުގަދަ މީހެއް. ދިމާވަނީވެސް އަލިރަސްގެފާނު ޝަހީދުވުމާއި އެއްގޮތް ކަމެއް. އަލިރަސްގެފާނު ޝަހީދުވީ ގާތުގަތިބި ބޮޑުން އަލިރަސްގެފާނު ދޫކޮށްލާފައި މޮޅުހޯދަން ފިލައިގެން ދިއުމުން. މިއަދި ޔާމީހުވެސް އެއޮތީ ޖަލުގަ އެހީތެރިވާނެ މީހަކު ނެތިފަ. އަދުރޭ ތިއުޅެނީ ޕާރޓީގެ ލޭކެކިކެކިތިބި މެމްބަރުން ކޮންޓްރޯލްކޮށްައިގެން އަމިއްލަ މަސްއްލަހަތައް

  16
  22
 4. ގޮމަ

  ހަގީގަތުގަވެސް މިޖީލުގެ އަލިރަސްގެފާނަކީ ރައީސްޔާމީން ރައީސްޔާމީން މިއަދު މިނިވަންވެ އިންޑިއާއާއި ތޮޅި ގައުމު އިންޑިއާގެ އަތްދަށުން ސަލާމަތްކޮށްދެއްވާނެ ކަމީ ޝައްކެއް އޮތްކަމެއްނޫން އެއީވެރިއަކީ ދެންމިހުރީ ގެރިއެއް.

  18
  19
  • ކާފަ

   އޭރުން ޗައިނާ މީހުންތިބޭނެ ދިވެހިންގެ ކަރަށް ރާ އަޅަން..

 5. ސައީދު

  އަލި ރަސްގެ ފާނަށް ހުތުރު ނާރުވާ އަދުރޭ ޓިނުން ވައްކަންކޮށް، ޤަމުގެ މާލިއްޔަތު ދިރުވައެއް ނުލައްވާ އަލި ރަސްގެފާނެއް. އެ ޤައުމީ ބަޠަލަށް ހުތުރު ނާރުވާ. ވަރަށް އަވަހަށް ތިޔަ ވަގުންނާއި އިންސާފު އަރާހަމަކުރާނެ. އަގަނާރުވާ ކެތް ކުރޭ

  16
  8
 6. އަމީދު

  ނާހަމަ ތެދެއް.. ތިއީ މިޖީލުގެ އަލިރަސްގެފާނުތަ..

  8
  2
 7. ހާޝިމް

  ރަނގަޅު ވާހަކައެއް ރައީސް ޔާމީން ސަލާމަތް ކުރުމަކައް އަދި މިހާތަނައްވެސް އަބްދުއްރަހިމް އަކައް މަސައްކަތް ކުރެވިފައެއްނެތް އަދި ޕާޓީގެ އެހެންފަރާތްތަކައްވެސް ކިރިޔާވެސް މަސައްކަތެއްކުރެއްވީ ކުރީގެ ނާއިބުރައީސް ޑރޖަމީލް ސުވާލަކީ އަދުރޭއައް ކޮންމަޖުބޫރުކަމެއް އޮވެގެންތޯ ޕާޓީލެވަލްގަ ރައީސްޔާމީން ސަލާމަތްކުރުމައް މަސައްކަތް ނުކުރެވިގެން ތިއުޅެނީ މަގުމައްޗައް މީހުން ނުނެރުނަސް ޕާޓިންކުރެވޭނެ ކިތައްމެކަމެއް ހުންނާނެ

  9
  4
 8. ރޯދަ މުބާރިކް

  ނާ ހަމަ ތެދެއް ތޯ.ތީ؟ އަލިރަސްގެފާނު ވާހަކަ އަކީ އަސްލެއްތޯ..! ވަރަށްގިނަ ދިވެހި ތާރީހީ ވާހަކަތަކަކީ ހަމަ ޥާހަކަތަކެއް!

  5
  5
 9. ޔަހޫ

  މި ޖީލުގެ ނައިބު ތުއްތު ކަލޭތީ..

  8
  4
 10. މަލާ ބާރީ

  މީނަ އަށް ވަރަށް ރަނގަޅަށް އެނގޭނެ އަލި ރަސްގެ ފާނުގެ ވާހަކަ@ އެއީ ކުޑަ އިރު މި ދެ މީހުން އެކީގައި އަވަށުގައި ޓިނު ޖަހާ އުޅުނީ

  9
  8
 11. މެކުނު

  މިޖީލުގެ ބޮޑުވަގު އޮތީ ޖަލުގަ ހަހަހަ.
  އަލިރަސްގެފާނު ވައްކަމެއް ނުކުރާނެ އަލިރަސްގެފާނު އަކީ މިގައުމުގެ ބަތޮލެއް

  2
  2
 12. އަދުރެމެޓިސް

  އެހެންވެގެންދޯ އަލިރަސްގެފާނު ޖަލު ގޮޅިީގައި
  އެއިނީ ؟

  1
  2
 13. Happy

  ތިހިބުނި އަލިރަސްގެފާނާ ބޮޑުތަކުރުފާނު ދެމީހުން އތިބީ ޖަލުގަ ވައްކަންކޮށްގެން🤭🤭

  2
  2
 14. ފިނިފެންމާ

  އަދުރޭ މޮޅީ ހަމައެކަނި ހިސާބު އިލްމަކަށް ނޫންތާ؟!

  1
  1
 15. ރޭޕް ފެރީ

  ދަވާލި-19 އަށްވުރެގިނައިން ވަކަންކުރި ވެރިކަ މެއް އަދިނުދެކެން ލަދެއް ހަޔާތެއް ނެތް މީހުން ކިޔާކަށް ނޯންނާނެވަކިއެއްޗެއް އިންޑިއާ އައުޓް އައުޓް އައުޓް އިންޑިއާ ދެންތިބޭ ބުދުފައްޅި އަޅާތަން ބަލަން ފިސާރިބާރަށް އަތްޖަހަންވާނެ ރީނދޫކުދިން ވަގުންނަކީކޮން ބައެއްކަން ވާނުވާގައި ތިބޭކުދިންނަކަށް ނޭގޭނެ އަސްލު ވަގުނަކީ ކޮންބައެއްކަން ރައްޔިތުނަށް މިހާރުވަރަށް ސާފު މީހަކުކިޔާއިދޭކަށްނުޖެހޭނެ ތިތިބީ ފިސާރިރަނގަޅަށް ބަރަހަނާވެފަ ބަޔަކު ބަރަހަނާވާނީ ތިހާވަރަށް އަނގައޮތީޔަ ކާޅެއްނުކާނެ!

 16. އަލްޖިބްރާ

  ޔާމީނަކީ މިޖީލުގެ ބޮޑު ވަގު !

  1
  2
 17. ައަހުމަދު

  ދެއްކޭ ނުދެއްކޭ ވަހަކައެއްނޭގެ ދުވަހެއް އަންނާނެކަމެއް ނޭނގޭދޯ އަމިއްލަ އެދުން ބޮދުވިޔަސް ބޮޑުވަރު. އިންޑިއާ އަދި ޗައިނާއަށް ވެސް އަހަރެމެން ފާޑުކިޔޭކަށްނެތް އެމީހުން އެމީހުންގެ ޤައުމުދެކެ ލޯބިވޭ ބޭރުގެބަޔަކަށް ޤައުމުގެކޮންޓްރޯލް ދޫކޮށްނުލާ އެމީހުންގެ އަމިއްލަޔަށް ހުރިހާކަމެއްވެސްއެކުރަނީ އެކަމަކު މިއޮށް ވަސީލަތް މަދު ކުޑަ މިޤައުމު މިއުޅެނީ ތިއުޅޭބަންގާޅީންނަށް ވިއްކާލާފައި އެމީހުންމިޤައުމުގެ ހުރިހާކަމެއް ކޮންޓޮރޯލްކުރަނީ މިޤައުމު މިދަނީ ހަލާކުވަމުން ދުވަސްދަމުން ތިހުރިހާކަމަކަށްވުރެ ގެއްލުންބޮޑު ކީއްވެ އެވާހަކަނުދައްކަނީ އަމިއްލައެދުމުން ފޯވެފައިވިއްޔާ ތިތިބެނީ.

 18. ކާފަ

  އަލިރަސްގެފާނަކީ ޔާމީން ކަހަލަ ބޮޑު ވަގެކޭތޯއޭ ތިވިދާޅުވަނީ.. އަދުރޭ މޮޔަނުގޮވާހުރޭ.. ޤައުމީ ބަތަލުންގެ ނަން ހަޑިނުކުރޭ..

  1
  2
 19. ބަސްމަދު

  ޢަލރަސްގެފާނު އެހެދީ ވަގަކަށް.މީނާ ހައްޔަރުކުރޭ

 20. ފާތި

  ޢެއީދިވެހިބަހުންމިސާލެއްގެގޮތުގައިއަދުރޭބުނުއްވިއެއްޗެއް. ރައީސްޔާމީންގެނަންފުޅުވާހަކައެއްގެމެދުތެރެއިން އިވުނަސްމާ ބޮޑަށްޒާތީވެވެނީއެވެ. ފިތުނައުފެދޭބާވަތުގެ.ވާހަކަތަކުންދުރުހެލިވެ މިވަގުތުދިމާވެފައިމިވާނުރައްކާތެރި ވަބާއިންސަލާމަތް ވުމަށް އެދި އެމީހަކަށްކުރެވުނުހެޔޮކަމެއްކުރެވޭތޯ ބެލުމަށްވުރެ ރަގަޅު ގޮތެއްނެތް. އަޅުގަޑުމެންގެއަޚުންނާ އުޚުތުން ވަރަށްނިކަމެތި ހާލެއްގާދިރިއުޅެމުންދާމިފަދަދުވަސްވަރެއްގަ ޕާރޓީފޯރިއާއި ކޯޅުމުންދުރުހެލިވެކޮންމެވެސްރަގަޅުކަމަކައިގެންއުޅުންބުއްދިވެރިވާނެ. ހުރިހާވެސްމަސްއަލައަކީ ދިވެހިންޕާރޓީސިސްޓަމްއަށް އަދިވެސް ތަސައްރަފުނުފުދޭކަން..