ނަރުހުންގެ ތަމްރީންތައް ފުރުހަމަކުރުމަށް އިންޑިއާއަށް ދިޔަ ދިވެހި ދަރިވަރުންތަކެއް ދަތުރުކުރި ބަހެއް އެކްސިޑެންޓުވެ، އެކެއްގެ އަތް ބިނދިއްޖެއެވެ.

މި ހާދިސާގައި އަނިޔާ ވެފައި ވަނީ، އަންހެން ދަރިވަރަކަށެވެ. ދެބަސް ޖެހިގެން ހިނގި މި ހާދިސާ ހިނގާފައި ވަނީ، އިންޑިއާގެ ތިރުވަނަންތަޕޫރަމްގައި ހުންނަ އެސްޔޫޓީ ކޮލެޖް ކުރިމަތިން އިއްޔެ ހަވީރު، ރާއްޖެ ގަޑިން ގާތްގަނޑަކަށް 16:10 ހާއިރު އެވެ.

މި ހާދިސާ ހިނގިވަގުތު، ދެ ބަހުގައިވެސް ތިބީ ހުސް ދިވެހި ދަރިވަރުންނެވެ. އޭގެތެރެއިން އަނިޔާވި ކުއްޖާގެ އަތް ބިންދައިގެން ދިއުމުން އޭނާއަށް މިހާރު ދަނީ އެސްޔޫޓީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި، އޭނާގެ އަތުގެ ސާޖަރީއެއް އެ ހޮސްޕިޓަލުގައި ރޭ ވަނީ ހަދާފައެވެ.

މި އެކްސިޑެންޓު ހިނގި ވަގުތުގައި، އެކްސިޑެންޓުވި ދެ ބަހުގައި ވެސް ތިބީ ނަރުހުންގެ ތަމްރީން ޕްރޮގްރާމަށް ޓިވެޓް އޮތޯރިޓީއިން ހިންގާ ކޯހުގައި ކިޔަވާ ދަރިވަރުންނެވެ. މި ހާދިސާ ހިނގުމާއި އެކު، އެ ދަރިވަރުން ކިޔަވަމުންދާ އެސްޔޫޓީ ކޮލެޖުންނާއި، އިންޑިއާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

މި ހާދިސާ ހިނގަން މެދުވެރިވީ، އެސްޔޫޓީ ކޮލެޖް ކުރިމަތީގައި އެއް ބަސް ޕާކުކޮށްފައި އޮއްވައި ފަހަތުން އައި ބަސް އޯވަޓޭކް ކުރަން އުޅުމުގެ ތެރޭގައެވެ. މި ހާދިސާގައި އަނިޔާވީ، އެކްސިޑެންޓުގައި ދެ ބަސް ޖެހުނު ދިމާލުގައި ހުރި ދަރިވަރެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި، މި ހާދިސާ ހިނގާފައި މިވަނީ އެ ދަރިވަރުންގެ އިމްތިހާން ދުވަސްވަރުގައެވެ. އެ ދަރިވަރުން އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައި ވަނީ އަންނަ މަހު 5 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޡައިރުންފާ

    ޢިންޑިއާ ދޯ މިދުވަސްވަރު ބަލަން ޖެހޭ .. މޮޔަވެދާނެ..

  2. ހުދާ

    އިންޑިއާއިން ގަސްތުގަ ތިކަން ނުކުރާނެޔެކޭ ބުނާކަށް ނުކެރޭނެ. އެމީހުން ކޮށްފަ ނުކުރާނެކަމެއް ނޯންނާނެ. އަޑުއިވޭގޮތުގަ ބަސް ކޮންޑަކްޓަރުވެސް ދިވެހިރާއްޖޭގެ ހާލަތާ އިންޑިއާގެ ދައުރާބެހޭގޮތުން ކުއްޖަކާ ސުވާލުވެސް ކުރި.

  3. ސައިނީ

    ތީ ރޭވުމެއް ޔަގީން

  4. ކިންގފިޝަރ

    އަވަސް ޝިފާއަކަށް އެދެން.

  5. ާަައަމާން

    ފުރުސަތު ލިބޭނެ އެކުދިން ތަށް މަރުވި ނަމަ