ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެރިކަން ނިމުމަކަށް ގެނައީ އިންޑިއާ ސަރުކާރުގެ މަދަދު ލިބިގެން ކަމަށް އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް، ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
އިދިކޮޅު ކޯލިޝަނުން އިއްޔެ ހަވީރު ބޭއްވި ޖަލްސާގައި ޝިޔާމް ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުގައި ވެސް އިންޑިއާގެ ސަރުކާރުން އެކި އެއްބަސްވުންތަކާއި ހުށަހެޅުންތައް ގެނައި ކަމަށެވެ.
އެކަމަކު ރާއްޖޭގެ މިނިވަން ކަމަށް އަސަރު ކުރާ އެފަދަ އެއްބަސްވުންތަކަށް ރައީސް ޔާމީން ގެންދެވީ ދެކޮޅު ހައްދަވަމުން ކަމަށް ޝިޔާމް ވިދާޅުވިއެވެ. އެހެންކަމުން އިންޑިއާ ސަރުކާރުން އިސްވެ އޮވެ ރައީސް ޔާމީންގެ ވެރިކަން ނިމުމަކަށް ގެނައީ ކަމަށް އޭނާ ވިދާޅުވިއެވެ.
"ރައީސް ޔާމީންގެ ވެރިކަން ނިމުމަކަށް ގެނައީ އިންޑިއާގައި މި އޮތް ސަރުކާރުން، މި ހަގީގަތް، މި ސަރުކާރުގެ އެންމެ މަތީ ފަޑީގައި ތިއްބެވި ބޭފުޅުން ވެސް ވާހަކަ ދެއްކެވީ މި ގޮތަށް، އަދި ހަމަ މި ބަސްމަގުން،" ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވި ގޮތުގައި ރާއްޖޭގެ އެތެރޭގެ އެތައް މައުލޫމާތެއް ހޯދަން ވެސް އިންޑީއާއިން އޭރު މަސައްކަތް ކުރިއެވެ. ކަނޑުތައް ދިރާސާކުރުމުގެ އެއްބަސްވުމެއްގެ ހުށަހެޅުމެއް ވެސް އައި ކަމަށާއި އެ އެއްބަސްވުމުގައި ސޮއި ކުރީ މި ސަރުކާރުގައި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
"މިހާރު އިންޑިއާއަށް އެނގޭ އަޅުގަނޑުމެންގެ ގައުމުގެ ކަނޑުގައިވާ ހުރިހާ އެއްޗެއް، ކަނޑުގައި މަހެއް އިނަސް، ގާކޮޅެއް އިނަސް، ވެލިފުކެއް އިނަސް، އިންޑިއާއަށް އެބަ އެނގޭ، އިންޑިއާގެ ބަޔަކު ފެނު އަޑިން ވަނަސް، މި ގައުމުގައި ތިބޭ ބަޔަކަށް ނޭނގެ،" ޝިޔާމް ވިދާޅުވިއެވެ.
އިންޑިއާގެ ސަރުކާރުން ރައީސް ޔާމީންގެ ވެރިކަން ނިމުމަކަށް ގެނައި ކަމަށް ޝިޔާމް ވިދާޅުވި އިރު ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ އިންތިޚާބު ކާމިޔާބު ކުރަން "އިންޑިއާގެ ޑިޕްލޮމެޓުންގެ އެހީ" ލިބުނު ކަމަށް ވިދާޅުވެފައެވެ.
2018 ވަނަ އަހަރުގެ އިންތިޚާބުގެ ނަތީޖާ އޮޅުވާލާފައިވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި އަދި ޕީޕީއެމްގެ އިސް ބޭފުޅުން ވެސް މީގެ ކުރިން އެތައް ފަހަރަކު ވިދާޅުވެފައި ވެއެވެ.
އިންތިޚާބުގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެކޯޓުން ކަނޑައެޅީ އިންތިހާބުގެ ނަތީޖާއަށް ބަދަލު އަންނަ ވަރުގެ ކަމެއް އެހައި ހިސާބަށް ފާހަގަ ކުރެވިފައި ނެތް ކަމަށާއި ފުލުހުން އެކަމާއި ގުޅޭ ތަޙްޤީޤެއް ކުރިއަށް ގެންދިއުން އެއީ އެންމެ ރަނގަޅު ކަމެއް ކަމަށެވެ. ފުލުހުން މައްސަލައިގެ ތަޙްޤީޤު ކުރިއަށް ގެންދަނިކޮށް އިލެކްޝަންސް ކޮމިޝަނުން ވޯޓް ކަރުދާސްތައް ނައްތާލުމުން ތަޙްޤީޤު ނިމުމަކަށް އައީއެވެ.
ރ ޔާމީންގެ ވެރިކަން ބަދަލުކޮށް ގުން ޑާއިން ތަޚްތަށް އެރީ
އިން ޑިއާގެ ސީދާ މަދަދު ލިބިގެން ވޯޓްގައި މަކަރު ހަދައިގެންނެވެ.
ބޮޑު ބައިކުޅުނީ އަޙްމަދު ޝަރީފް! 18 ގަޑީއިރުން ވޯޓުގުނާ ނުނިމޭއިރު 2018 ގެ ވޯޓު 3 ގަޑީއިރުން ނިންމާ އަތްދޮވެސާފްކޮށްލީ އަޙްމަދު ޝަރީފް! ދައުލަތުގެ މީޑިޔާއިން ރ ޓީވީއަށް ފޮލޯކޮށްގެން ހަމަ އެގޮތަށް ނަތީޖާ އިޢުލާންކުރަން އެންގީ އަޙްމަދު ޝަރީފް! ކޯޓަށް މައްސަލަވެއްދުމުން ލިޔެކިޔުންތަކާއެކު ވޯޓުތައް އަންދާލީ އަޙްމަދު ޝަރީފް! މިނިވަން މުއައްސަސަސާއެއްގެ ވެރިޔަކަށްހުރެ ޔާމީންގެ ސަޕޯޓަރުންނަށް ރައްދުދިނީ އަހްމަދު ޝަރީފް! ޔާމީނަށް ލިބުނު ވޯޓުގެ ތިންބައިކުޅަ އެއްބަޔަކީ ބާޠިލު ވޯޓުކަމަށް ހެދީ އަޙްމަދު ޝަރީފް! 60000 ވޯޓުވެސް ނުލިބޭ ބަޔަކަށް 138000 ވޯޓު ލިބުނުކަމަށް ހެދީ އަޙްމަދު ޝަރީފް!
ބޮލުރޮދި ކެނޑިފަ ތިބޭ މޮޔައިން ދައްކާ ކަނޑުކޮސް ވާހަކަ !
އިންޑިއާ މީހުން ދޯ ވޯޓް ލީ. ހަހަހަހާ
އިންޑިއާއިން ފައިނޭންސްކުރީ ވޯޓް އޮޅުވަން ޚަރަދުކުރަން.
ޔާމީނަށް ހެދުނުގޯހަކީ އަހަރެންދެކޭގޮތުގާ އިން ޑިޔާ ގުޅުން ކަ ޑާލި ނަމަރަގަޅުވީހޭ އިން ޑިޔާ ހުރިހާނުބައެށްހެދިއިރު މާބޮ ޑަށްދޫ ކޮށްލާގެން ތިބެވުނީ
ނަސީދު ކޮންމެބަޔަކާ ގުޅިގެން ކޮންމެކަމެއްކުރިޔަސް މިއަދު ރާއްޖެޔައް ދިމާވެފަ މިއޮތްހާލަތުގެ އެންމެބޮޑުޒިންމާވާން ޖެހޭފަރާތަކީ އިލެކްސަން ކޮމިސަނަރު ސަރީފް
ތިބުނަނީ ދިވެހިން ވޯޓު ނުލައޭތަ!
ދިވެހިން ލީ ވޯޓްތައް އޮޅުވާލީޔޭ. ދިވެހިބަސް ވެސް ނޭނގޭ ބައިގަނޑެއް މިއުޅެނީ. ދޮންކަމުން ދޯ. ޔޫރަޕްހަމަ ތީ
މުޅިގައުމު މޯދީއައް ދޭން އެއްބަސަްވެގެން އިންޑިއާއިން ފާޅުކަން ބޮޑުގޮތހއްގާ ހިންގި ޖަރީމާއެއް ބިލިއަން ބިލިއަން ޑޮލަރު އިންޑިއާއިން ދިންކަމައް ވަނީ އެމްދުވަހެއްގެ ފުރުސަތެއް ލިބުނަސް އިންޑިއާމީހުން މިގަުމުން ބޭރުކުރަން ކެެރިގެންމިތހިބީ
ވެރިކަން ބަދަލްކުރީ ރައްޔިތުން އެއީ ޔައްޔިތުން ވިއްޔާވޯޓުލީ .
އިންޑިޔާ އައުޓް
ކޮންމެ ގޮތަށް ހަދާއިގެން ނަމަވެސް މި މީހުން އައުޓު ކުރެވޭތޯ ބެލީ
އެއްބިލިޔަން މީހުން ވޯޓްލައިގެން އިބޫ ޞޯލިޙް ވެރިކަމަށް އައީ. ސިޔާމް ކަލޭ ހަމަތަ؟
ވެރިކަމަށް ފޯރިހުރިވަރު އަދިކިރިޔާތާމިއެގެނޭ ޝިޔާމުމެން ތިތިބީމޮޔަވެފަތާ ދެން ކަލޯގެއާ ވެރިކަމެއް ޕީޕީއެމަށް ދުވަހަކުވެސް ނުލިބޭނެ ދެންވެސް އާދޭސްކޮށްގެންވެސް އެޑީޕީއަށް އާދެވޭތޯ
އަވަހަށްބަލާ އަދިވެސް ތެޔޮ ފޮދެއްވެސް ލިބިދާނެ ކަންނޭގޭ އަވަސްކުރޭ
އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް
ޔާމީނުގެ ވެރިކަން ނިމުމަކަށްގެނައީ ފާތުމަޔާ އަބްދުއްރަހީމް ޔާމީނު ވެރިކަމަށް ހޮވި ފަރާތްތައް ދުސްމަނުންނަށް ބަދަލުކުރީ މިދެމީހުން.އަދީބު ޔާމީނާ ދެކޮޅަށް ނެރުމުގް ފާތުމަގެ އަތެއްވާކަމަށް ތުހުމަތު ކުރެވޭ.ލޯންޗް މައްސަލާގަވެސް ފާތުމަޔަށް އެގޭނެ ކަމަށް ބެލެވޭ.ސަބަބަކީ އަދީބާ ފާތުމަ ގޮށްޖަހާ ގުޅާލުމާ ހަމަޔަށް ތަރައްގީ ވެފަ އޮތުން
ޔާމިންގެ ވެރިކަމުގައި ސިއްކަޖެހީ ފާތުމަތު އިބުރާހިމްކިޔާ އިންޑިޔާ ރައްޔިތެއް މުޅި ސަރުކާރު ބަޑު ދަށުލުމުގެ ސަބަބުން
ބޮލުރޮދި ކެޑުނަސް ބޮޑުވަރު ! ވޯޓް ލީ މިރާއްޖެއަށް އިންޑިއާގެ ރައްޔިތުން އައިސްގެންތަ ؟ލަދުކޮބާ ؟
ޔަމީނު ވެރިކަމުން ދުރުކުރީ ފާތުމަޔާ ރަހީމް