22:53

ފަތުރުވެރިކަމުގެ ސިނާއަތުން މަދުވާ ހަމައެކަނި "ޕަޒަލް" ހަމަވެއްޖެ ކަމަށް ރާއްޖޭގެ އިމިގްރޭޝަން ކޮންޓްރޯލަރ އަހުމަދު ހުސައިން (ހަނަފީ) ވިދާޅުވެއްޖެ.

22:00

ރާއްޖެ އިން އިތުރު 53 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ.

21:30

ހދ.ކުޅުދުއްފުށިން އިތުރު މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ.

21:11

އިނގިރޭސިވިލާތުން މިއަދު އިތުރު 5693 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ. މިއަދު އިނގިރޭސިވިލާތުން ފައްސިވި މީހުންގެ އަދަދު މިދިޔަ ހަފްތާގެ އާދީއްތަ ދުވަހާއި އަޅައި ބަލާއިރު %46 އިތުރު. އިނގިރޭސިވިލާތުން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ޖުމްލަ މިހާރު 434969 އަށް ވަނީ އަރާފައި. މިއަދު އެގައުމުން ވަނީ ކޮވިޑް-19 ޖެހިގެން 17 މީހުން މަރުވެފައި. ކޮވިޑް-19 ޖެހިގެން އިނގިރޭސިވިލާތުން މަރުވި މީހުންގެ ޖުމްލަ އަދަދު މިހާރު 41988 އަށް ވަނީ އަރާފައި.

18:27

17:44

ސްވިޒަލޭންޑްގެ އެޑެލްވައިސް އިން ރާއްޖެއަށް އަލުން ދަތުރު ފަށައިފި.

05:30

04:35

03:38

03:14

01:05


ކޮވިޑް-19 އަށް މިއަދު ރާއްޖެ އިން ފައްސިވީ 31 މީހުންނެވެ. އެހެންކަމުން މިއަދަކީ ފާއިތުވި ދެމަސް ދުވަހުގެ ތެރޭގައި ވެސް ރާއްޖެ އިން އެންމެ މަދު އަދަދެއްގެ މީހުން ކޮވިޑް-19 އަށް ފައްސިވި ދުވަހެވެ. ނަމަވެސް ކުރިމަތީގައި އޮތް ބިރު ވަކިން ކުޑައެއް ނުވެއެވެ.

މިހާރު އޮތް އެންމެ ބޮޑު ބިރަކީ ފައްސިވާ މީހުންގެ އަދަދު މަދުވާން ފެށުމާއި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް މީހުންދޭ ސަމާލުކަން ކުޑަވުމުގެ ބިރެވެ. ކޮވިޑް-19ގެ ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ސަމާލުކަން ދޭ މިންވަރު ދަށްވަމުން އަންނަ ކަމަށް އެޗްއީއޯސީގެ ތަރުޖަމާން ޑރ.ނަޒްލާ ރަފީގު ވެސް މިރޭ ވިދާޅުވިއެވެ.

ޑރ.ނަޒްލާ ވިދާޅުވީ މިދިޔަ ހަފްތާ ބަންދުގައި ފެނުނީ އުންމީދު ކުރި މަންޒަރެއް ނޫން ކަމަށާއި ދަތުރު ދިއުމާއި ޕާޓީ ބޭއްވުމާއި މަގުމަތީގައި އުޅުމަކީ އަދި ރައްކާތެރި ކަމެއް ނޫން ކަމަށާ އެއީ އަލުން ކޮވިޑްގެ ބަލި މަޑުކަން އިތުރުވެދާނެ ފަދަ ކަންކަން ކަމަށެވެ. އެހެން ކަމުން އެކަންކަން ނުކުރުމަށް އޭނާ އިލްތިމާސް ކުރެއްވިއެވެ.

"މި ހަފްތާ ބަންދުގައި އަޅުގަނޑުމެންނަށް މި ފެނުނީ ވަރަށް ކަންބޮޑުވާ މަންޒަރެއް. އަޅުގަނޑުމެން އުންމީދު ކުރި ގޮތާއި މުޅިން ތަފާތުކޮށް ފެނިގެން މިދިޔައީ. އަޅުގަނޑުމެން ތަކުރާރުކޮށް ދަންނަވަމުން މި ގެންދަނީ ކޭސްތައް މަދުވިނަމަވެސް އަދިވެސް ފިޔަވަޅުތަކުގައި ދެމި ތިބެން އެބަޖެހޭ. ނަމަވެސް މި ދެ ދުވަހު ފެނިގެން މި ދިޔައީ ދަތުރު ދިއުމާއި ޕާޓީ ބޭވުމާއި މަގުމައްޗަށް ވަރަށް ގިނަ އަދަދަކަށް މީހުން ނިކުތްތަން. މިއީ ގްރީން ޒޯނަށް ދިއުމަށް އެޅޭ ހުރަހަކަށް ވެގެންދާނެ. ދާން ނަގާ މުއްދަތު ގިނަވާނެ،" ނަޒްލާ ވިދާޅުވިއެވެ.

https://twitter.com/VaguthuOnline/status/1309921785396174849?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1309921785396174849%7Ctwgr%5Eshare_3&ref_url=https%3A%2F%2Fvaguthu.mv%2Fnews%2F432654

https://twitter.com/VaguthuOnline/status/1309902805675638785?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1309902805675638785%7Ctwgr%5Eshare_3&ref_url=https%3A%2F%2Fvaguthu.mv%2Fnews%2F432654

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

https://twitter.com/VaguthuOnline/status/1237819121275785216?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1237819121275785216%7Ctwgr%5Eshare_3&ref_url=https%3A%2F%2Fvaguthu.mv%2Fnews%2F432654

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ފެކްަޓް

    އަދިވެސް ބިރުގެންނެވޭތޯ އުޅެނީ!! ކޮން އިރަކުތޯ ރައްކާތެރިކަމުގެ ފިޔަވަޅިތަކަށް މީހުން ސަމާލްކަން ދިނީ؟