މި ޖީލުގެ އަލި ރަސްގެފާނަކީ އިދިކޮޅު ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށް އިދިކޮޅު ކޯލިޝަންގެ އެކްޓިން ލީޑަރު އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވުމުން، އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު ހުސައިން ޝަހީމް (އަނދުން ހުސޭން) ރައްދު ދެއްވައިފިއެވެ.

އިދިކޮޅު ކޯލިޝަނުން އިއްޔެ ހަވީރު ބޭއްވި ޖަލްސާއެއްގައި އަދުރޭ ވިދާޅުވީ އިންޑިއާގެ އަޅުވެތި ކަމާ ދިމާއަށް މި ސަރުކާރުން ގައުމު ގެންދާ ކަމަށާއި އެ ކަމުން ގައުމުގެ ސަލާމަތް ކޮށްދޭޭން އަލި ރަސްގެފާާނެއް ބޭނުންވާ ކަމަށެވެ. އެއީ ރައީސް ޔާމީން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އަދުރޭގެ އެ ވާހަކައަށް ރައްދު ދެއްވަމުން މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު އަނދުން ހުސޭން ކުރެއްވި ޓްވީޓެއްގައި ވަނީ އަދުރޭގެ އެ ސިފަކުރުންތަކަކީ "މުޑުދާރު" ސިފަކުރުންތަކެއްް ކަމަށް ވިދާޅުވެފައެވެ. އެއީ ހިތާމަ ހުރި ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"އަލި ރަސްގެފާނަކީ ދުވަހަކު ވެސް ވައްކަމެއްކޮށް މި ގައުމަށް ކުޑަވެސް ހިޔާނާތެއް ވެފައިވާ ބޭކަލެއް ނޫން. އެ ބޭކަލެއް މި ގައުމަށް ކޮށްދެއްވި ހިދުމަތް މި ރާއްޖޭގެ ތާރީހުން ސާފުކޮށް ޖީލުތަކަށް ފެންނާނެހެން ލިޔެފައިވޭ." އަނދުން ހުސޭން ލިޔުއްވާފައިވެއެވެ.

އަނދުން ހުސޭން އިޝާރާތް ކުރެއްވި ކަމަކީ ރަައީސް ޔާމީީންގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތަށެވެ. ދައުލަތަށް ލިބެން ޖެހޭ ބިލިއަނަކަށް ވުރެ ގިނަ ރުފިޔާއަށް ހިޔާނާތްތެރިވެފައިވާ އެ މައްސަލާގައި ޔާމީނަށް ވެސް ތުހުމަތުތަކެއް ކުރެވެއެވެ.

އެ ފައިސާގެ ތެރެއިން އެއް މިލިއަން ޑޮލަރު އަމިއްލަފުޅު ބޭންކް އެކައުންޓަކަށް ލޯންޑަ ކުރެއްވި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ސާބިތުވާާ ކަމަށް ކަނޑައަޅައި ރައީސް ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް ވެސް ދަށު ކޯޓުން އިއްވިއެވެ.

އެކަމަކު ރައީސް ޔާމީން ލީޑް ކުރައްވާ އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީއިން އެ ހުކުމް ގަބޫލެއް ނުކުރެއެވެ. މާފުށީ ޖަލުގައި ރައީސް ޔާމީން ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާއިރު، އެމަނިކުފާނުގެ އެތައް ހާސް ސަޕޯޓަރުންނެއް ގެންދަނީ އެމަނިކުފާނު މިނިވަން ކުރަން ގޮވާލަމުންނެވެ.

ރާއްޖެ އިންޑިއާގެ އަޅުވެތިކަމަށް ގެންދަނީ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުން ދަނީ މިހާރުގެ ސަރުކާރާއި އިންޑިއާގެ ސަރުކާރާ ވަރަށް ބޮޑަށް ގުޅުން ބަދަހިކުރަމުންދާ ދަނޑިވަޅެއްގައެވެ. އަދި އިންޑިއާގެ އެހީގައި އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ރާވަމުންދާއިރު އިންޑިއާއާއި ރާއްޖެއާ ދެމެދު ކާގޯ ފެރީއެއް ދަތުރު ކުރާ ގޮތަށް މިހާރު ހަމަޖައްސާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

  1. ގުއިދައިތަ

    އެއްކަލަ މީދާކޭ އުނބު. !!

    55
    1
  2. ރައްޔިތުން

    އަލި ރަސްގެ ފާނާށް ގެއްލުން ލިބުނީ އޭނާ ދޫކޮށް އޭނާގެ ލަޝްކަރު ދިއުމުން. ވީމާ ޔާމީނަށް ގެއްލުން ލިބުނީ އޭނާގެ ލަޝްކަރުވެސް އޭނާ އަނިޔާއަށް ހުށަހަޅީތީތާ! އެހެން އެގޮތަށް ދެކޭނަމަ އަދްރޭ އެބުނަނީ އެމީހުން އަމިއްލައަށޭ ޔާމީނަށް އަނިޔާދިނީ. ކިހާ މަޖާ ކިޔޭ ނުކިޔޭ އެއްޗެސް އެގޭބައެއްނޫން މި އުޅޭނީ މިކަންކަމަށް ނުކުމެ.

    13
    47
    • ކަހަރުވައްް

      މިގައުމުގެ ވެރިކަން ފުރޮޅާލަން ފޫގަޅާފަ ތިބި އިންޑިއާ މީހުންނާ އެކުވެގެން ވޯޓް އަނބުރާލީ. އަދި އެތައް ބަޔަކު ފަހު ވަގުތު ޔާމީން ދޫކޮށް ދިއައީ ޖެއްސި އެންޓިކެމްޕޭންގެ ވަރުގަދަކަމުން. އިންޑިއާއާ ނުލާ ކަމެއްވާނެ ބައެއް ނޫން މިވެރިކަމުގަ މިތިބީކީ. ހާހުން ސިފައިން ގެނެއްސަ ބައިތިއްބާނެ ކުޑަކޮށްވެސް ވެރިކަމުގެ ދަތެއް ހެލޭހެން ހީވާއިރަށް.

  3. ޒަޔާ

    އިބްރާހީމް މުޙައްމަދު ޞާލިޙަކީ މި ޖީލުގެ ސަންގޯރޭ ބުނެފިނަމަ މީނަ ޤަބޫކުކުރާނެ! އަދި އަންނިއަކީ މިޖީލުގެ އަބޫޖަހުލޭ ބުނެފިނަމަ މީނަ ޤަބޫލުކުރާނެ! އަދި މާރިޔާއަކީ މިޖީލުގެ އަނދިރިއަނދިރިންނޭ ބުނެފިނަމަ މީނަ ޤަބޫލުކުރާނެ!

    51
    6
  4. ކަޅުހިބަރު

    އަދުނޭ ޕޮލިސް ވެހިކަލްގެ ގިޔަރުބޮކްސް ވީތަނެއް އިނގޭތަ؟ މުޑުދާރު ވަގުން ޖެހޭނީ އަތާއި ފައި ކަނޑާލަށް.

    50
    7
  5. މާމި

    އެއްކަލަ އަނދުން ދަޅު. ފޭކު އެއްޗެހިގެނެސް އަގުބޮޑުކޮއް ވިއްކާ އަނދުނޭ..

    56
    5
  6. ހަނި

    ހުސެން މުލިޔާގެ ހުރިހާ ކާރު ތަށް ތިގޭގަރާޖު މަރާމާތުކޮށް 3 ތިންގުނަ ބޮ ޑްކޮން ބިލްހަދާ ގެން މުސަ ދިވީ ހަލާލު ޅާރިތޯއެވެ އަގަމަ ޑުލާގެން ގުދޯގުދޯ ނު ގޮވާ ށެވެ

    57
    2
  7. ރަބަރޭ

    ކަލޭ އަންނިގެ ލޮލުގާއި “އަނދުން “ އަޅުވާފަ މިހާރު އިބޫ ލޮލުގަ “އަނދުން “ އެޅުވުމަކީ ވަރަށް ލަދުވެތި އަމަލެއް އަދިބުނެލަން ހަރުބީ ކާފަރެއް ގެ މަހާނައަށް ޒިޔާރަތްކޮށް ސޮލަވާތް ކިޔެވުމަކީ “މުދުދާރު” ވިޔާނުދާ އަދި އިސްލާމްދީން ހުއްދަކުރާކަމެއް ނޫން
    އިންޑިއާ އައުޓް

    55
    3
  8. ކާފަބޭ2020

    ޙުސޭނާޙުސޭނުތިޔައީ އެހެންމީހުނަށްވަގޭވަގޭގޮވަން ފަސްބައި މާތާހިރުމީހެއްނޫން😄😄😄😄😄😄😄😄😄

    45
    3
  9. ޢަބްދުލްމުހައިމިން

    ޢަލި ރަސްގެފާނަކީ މިޤައުމަގައު އުފެދުނު އެންމެ އަގުބޮޑު ބަޠަލުންގެ ތެރޭގައި އަބަދަށް ވިދާ، އެނަންފުޅަށް ފަނޑުކަމެއް އައުމެއްނުވާ މަތިވެރި އަގުހުރި ޝަހީދެއް. އަގުހުރި ޖަވާހިރެއް. އެފަދަ ބޭފުޅަކާ ވައްކަންކޮށްގެން ހުރަގޭގައި އޮތް ބޮޑު ހަޑިމުޑުދާރު ވަގަކާ އެއްފަދަ ކުރާނީ ކިހިނެއް؟ "ލަނޑަޔާ ވާނީ ހަމަ ލަނޑަޔާ" އަދުރޭ އަކީވެސް ބޮޑު ވައްކަމެއް ކޮށްގެން ބ. އަތޮޅު މާޅޮހަށް އަރުވާލެވިފައިވާ އެދުވަސްވަރުގެ ވަގެއް. ނިކަން ކެރެންޏާ މިކޮމެންޓް ޖަހާލަބަލަ!

    9
    43
    • Anonymous

      ނަމުގެ ކުރިއަށް އަބްދުލް ލެވުނީމަ ނިމުނީ ދޯ. އިސްލާމްދީނުގެ ކަންފުޅެއްވެސް ނެތް އެހެން މީހުންނަށް ބޮޑު ހަޑިމުޑުދާރު ގޮވާނަގާއިރު. ދެން އެހެންތާވާނީވެސް ދެން. ރީނދޫ ވިއްޔާ ދޯ.

      13
      1
  10. ލަޠީފް

    މެރެޑޯނައާ ކުޑަމޫސަ އާވެސް ގުޅުވި!

    4
    17
  11. Anonymous

    އެއްކަލަ އަނދުންގަނޑު ފުނޑުކޮއްލާ

    33
    4
  12. ބޯކިބާ

    ރަސްކަލުންނޭ ކިޔައިގެން ގިނައިން ހުންނަނީ މާލޭމީހުން ރަށުތެރޭ ހަދަހަދައިގެން ދައްކާފަ ހުންނަ ވާހަކަ، އެކަހަލަ ވާހަކަ އާންމުކޮށް ގަބޫލުކޮށް އުޅެނީ އުތުރުމީހުން.

    4
    23
  13. އަދުންހުސޭނުގެ އަންހެނުން

    އެއްކަލަ ގަރާޖުބޭ ތިޔަކަހަލަ ވަގެއްނޫން ޔާމީނަކީ އަދި ފޮދުހިއްޕަވާ މީހެއްވެސް ނޫން ޔާމީނަކީ

    38
    3
  14. ނަސްރީނާ

    ކަލޭ އަގަނާރުވާ ކަލޭގެ މުވައްޒަފުންނަން މުސާރކޮޅު ދީބަލަ މިހިރަ ލަދުހަޔާންނެއް މީހާ

    41
    3
  15. ހުސޭނުބޭ

    ފަލަސްތީނުގެ ބޮޑުވަޒީރު ބެންޖަމިން އަދުންކޫރު ރުޅިނޭރުވުމަށް ދަންނަވަން!

  16. އ މ ރ ބ

    އަނދުނޭމެންގެ މައިގަނޑު މަސައްކަތަކީ އެއީ، މީހުންގެ ޓުވީޓްތައް ކިޔާ އެ ޓްވީޓްތަކަށް ރައްދުދިނުން، ޤައުމެއްވާ ނެތް

    15
  17. ކަޅުބޯހުރާ

    އެހެންވީމާ ޔާމިނަށް ކިޔަންޖެހޭނީ ޔާމިރަސްގެފާނު ތާދޯ! ނޫނީ މުލިރަސްގެފާނު ވެސް ރަންގަޅުވާނެ ކިޔަން!

    5
    1
  18. ކެނެރީ

    މީނަ މީ ބޮޑުވެގެއްވާ ޖާހިލެއް މީނަ ހިފާވހައްޔަރު ކުރަން ޖެހޭ

    12
  19. ރަދީފް

    އެއީ މިހިރަ އަނދުން ދަޅާ ކަލޭ ވާހަކަ ނުދައްކަބަލަ ބީތާ.

    12
    1
  20. ކައްބެ

    އެއްކަލަ ކަލަ އަދުންހުލި މިއީ ދެލޮލުގެ ދުވަސްދުއްވާލާ އެއްޗެއް .

  21. މުރާދު

    އެކިގޮތްގޮތުން ތަފާތުވެދާނެ ނަމަވެސް އެއްފަންތިއެއްގައި ހިމެނިދާނެ މިހެންވުމުންރަށްދުދިނުމަކީ
    އެރަށްދުދެއްވާފަރާތަށް ރަަގަޅަށް ނުވިސްނެނީކަމުގައިދެކެން އަލިރަސްގެފާނަށްވެސް ބޮޑުތަކުރުފާނު
    ނުކިޔާނެ ނަމަވެސް ދެބޭފުޅުންވެސް ކުރެއްވީ ވަރަށްގުޅޭ 2ކަންތައް އެއީ ގައުމާ،ގައުމުގެ
    ރަށްޔިތުންނާ ﷲދިވެހިންނަށްދެއްވިބޮޑުނަސީބުކަމުގައިވާމާތްވެގެންވާއިސްލާމްދީންދިފާއުކުރެއްވުން
    ވީމާ، ކެޓަގަރީގެގޮތުން ޔާމީން މިކެޓަގަރީގައި ހިމެނޭކަމުގައިދެކެންގަމުގެކުރިމަގުއުޖާލާކުރެއްވުމަށް
    އެމަނިކުފާނު މަސައްކަތްޕުޅު ކުރެއްވި އެއީ ގައުމުގެ ޒުވާނުންނަށް އިސްކަންދެއްވާ ޒުވާނުން
    ކުރިއެރުވުމަށް މަސައްކަޔްޕުޅު ކުރެއްވި ނަތީޖާއެއްގެގޮތުން ގައުމުގެ ބައެއްބޭފުޅުންގެދުލުން
    ( ޒުވާނުންގެރައީސްވެސްކިޔުއްވި ) ބޮޑުތަކުރުފާނުއާ، އަލިރަސްގެފާނާ އަޅާނުކިއެއްކަމަކު
    ޔާމީންގެ ވެރިކަމުގެ ކުޑަދުވަސްކޮޅުގައި ގައުމުންފެނުނު ތަރައްގީއާ،ކުރިއެރުން ކުރިންފެނިފައި
    ވާކަމަށް ތާރީޚުގެ އެއްވެސްހިސާބަކުން އެގޭކަށްނެތް