ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް ބޭފުޅަކު ހަމަޖެއްސުމުން ކުރިން އެ މަގާމުގައި ހުންނެވި ޑރ. އަބްދުﷲ ނަޒީރުގެ މަގާމު ގެއްލިއްޖެއެވެ.

ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ވިދާޅުވި ގޮތުގައި އެ މަގާމަށް މިއަދު އައްޔަން ކުރެއްވީ މ. ބަނަފްސާވިލާ، އާއިޝަރު ރިޒުނާއެވެ. ރިޒުނާގެ އިތުރު ތަފުސީލުތަކެއް އަދި ނުލިބެއެވެ.

މިދިޔަ އަހަރު ޑިސެމްބަރުގައި ޗީފް ޖުޑޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް ހުޅުވާލީ، އެ މަގާމުގައި ހުންނެވި ނަޒީރުގެ މަގާމު ގެެއްލޭ ގޮތަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހުގެ ދަށުންނެވެ.

މަޖިލީހުން ގެނައި އިސްލާހުގައިވާ ގޮތުން ކުރިން ސުޕްރީމް ކޯޓުގެ ދަށުން ހިނގަމުން އައި ޑީޖޭއޭ އުވި، ޖޭއެސްސީގެ ދަށުން އާ ޑީޖޭއޭއެއް އެކުލަވާލަން ޖެހޭނެއެވެ.

އެހެންކަމުން އާ ޑީޖޭއޭއަށް ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރަކު ހަމަޖެއްސުމުން އެ ކުރިން އެ މަގާމުގައި ހުންނެވި ބޭފުޅެއްގެ މަގާމު ގެއްލޭނެއެވެ.

ގާނޫނު މިހާރު އޮންނަ ގޮތުން އެ މަގާމަކަށް ބޭފުޅަކު އައްޔަން ކުރުމާއި ވަކި ކުރުމުގެ ބާރު އޮންނަނީ ވެސް ޖޭއެސްސީއަށެވެ.

ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމުގެ ދައުރަކީ ފަސް އަހަރެވެ. މުސާރައަކީ މަހަކު 47،500 ރުފިޔާއެވެ. އެއީ އަސާސީ މުސާރައިގެ 30،500 ރުފިޔާއާއި، ލިވިން އެލަވަންސްގެ 15،000 ރުފިޔާއާއި ފޯން އެލަވަންސްގެ ގޮތުގައި 2،000 ރުފިޔާއެވެ.

މި މަގާމަށް އައްޔަން ކުރަނީ ގާނޫނީ ދާއިރާއިން ނުވަތަ ހިންގުމުގެ ދާއިރާއިން މަދުވެގެން 10 އަހަރުގެ ތަޖުރިބާއާއި ފުރަތަމަ ޑިގްރީގެ ފެންވަރު ހުންނަ ބޭފުޅުންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އަހްމަދު

    މިއީހައިރާންޖެހޭކަމެއްނޫން މިސަރުކާރުގަ ޕީއެޗްޑީއަކީ އެހާމުހިންމުއެއްޗެއްނޫން މަގުމަތީގައަޑުގަދަކުރަންކެރޭނަމަ މަގާމުޔަގީންވާނެ

    15
    1
  2. މުއްތު

    މަރުޙަބާ ރިޒުނާ ޒަރީރު

    2
    1
  3. އަހުމަދު

    ގާބިލު ނަޒާހަތްތެރި މީހުން ބޭރުކޮށް ޕާޓީ ތެރޭން ކުދިން މި ލަނީ އެންޑީޕީން ޖުޑިސަރީ ހައިޖެކްޓް ކުރަން

  4. މާމީ

    މިސަރުކާރުން ނަޒީރު ވަކިކުރީމަ ވަރައް ވަރައް އުފާވެއްޖެ..........

  5. ދަރަނި ދަންތުރަ

    ތިޔަދިނީ ވަރަށް ރީތި ވަރަށް މީރު ބޮނޑިޔެއް ނަޒީރު ކާލާ ރީނދޫ ގުރޫޕަކީ ހަމަ ފައްކާ ...