ދިވެހި އަންހެނުން ކައިރިއަށް މަތިމަސްލީ މީހުން އަންނާނެއޭ ބުނެ ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ދެއްކެވި ވާހަކަތަކީ "ސެކްސިސްޓް" ވާހަކަތަކެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް މިއަދު ވިދާޅުވެއްޖެއެވެ.

ރާއްޖެ އާއި އިންޑިއާއާ ދެމެދު ކާގޯ ފެރީގެ ހިދުމަތް ދޭން ފެށުމާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ވަނީ ދިވެހި ސަރުކާރަށާއި އިންޑިއާ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔައިފައެވެ. އިދިކޮޅު ފަރާތްތަކުން އިއްޔެ ބޭއްވި ޖަލްސާއެއްގައި ބައިވެރިވެވަޑައިގެން ޝުޖާއު ވިދާޅުވީ އިންޑިއާ އިން މުދާ އުފުލާ އާގު ބޯޓެއް އައި ނަމަވެސް މާދަމާ ދިވެހި އަންހެނުން ކައިރިއަށް "މަތިމަސްލީ" ފިރިހެނުން ފޮނުވާނެ ކަމަށެވެ.

ޝުޖާއުގެ ވާހަކަތަކާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުންތައް ވަނީ އޭނާ އަށް އަމާޒުވާން ފަށައިފައެވެ.

އެކަމަށް އިޝާރާތް ކުރައްވައި، ރޮޒެއިނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދިވެހި އަންހެނުންނަށް ނިސްބަތްކޮށް އެފަދަ ވާހަކަތައް ދެއްކުމަކީ ވަރަށް ދެރަ ކަމެއް ކަމަށެވެ. އަދި ކޮންމެ ކަމަކާ ގުޅުވައިގެން އަންހެނުން ނިކަމެތިކޮށް އެއީ ގޮތް ހުސްވެފައިވާ ބައެއް ކަމަށް ދައްކާތީ ރޮޒެއިނާ ވަނީ އެކަން އެގޮތަށް ނުކުރުމަށް އިލްތިމާސް ކުރައްވައިފައެވެ.

އޭނާ ވަނީީ ސިޔާސީ ރައްދުތައް ދޭއިރު އަންހެނުންނަށް އަމާޒުކޮށް އެފަދަ ވާހަކަތައް ދެއްކުމުގެ ބޭނުމަކީ ކޮބައިތޯ ވެސް ސުވާލު އުފައްދަވައިފައެވެ.

ރޮޒެއިނާ "ވަގުތަށް" ވިދާޅުވީ، އަންހެނުންނަށް ނިސްބަތްކޮށް ޝުޖާއު ދެއްކެވި ވާހަކަތަކަކީ އަންހެނުން ދަށްކޮށްލަން ދެއްކި ވާހަކަތަކެއް ކަމަށެވެ.

"އަންހެނުން މިތިބީ ބަޔަކު ނުފެނިފަ މީހަކު ނުފެނިފައެއް ނޫން ދެއްތޯ؟. އަންހެނުން މިތިބީ ހެލްޕްލެސް ވެފައޭ. ކޮންމެ ފަހަރަކު ސިޔާސީ ކަމެއް ވީމަ ހަމައެހެން ހުތުރުކޮށް އަންހެނުންނާ މެދު ވާހަކަ ދައްކަނީ. އެހެން ކޮންމެ ފަހަރަކު ހަދަން ޖެހޭ ފަދަ ބައެއް ނޫން އަންހެނުންނަކީ،" ރޮޒެއިނާ ވިދާޅުވިއެވެ.

އިދިކޮޅު ކޯލިޝަނުން ބޭއްވި ޖަލްސާގައި އިންޑިއާގެ ކޮޗިން ފެރީއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންް ޝުޖާއު ވިދާޅުވީ މާދަމާ އިންޑިއާ ފެރީ މެދުވެރިކޮށް ދިވެހި އަންހެނުން ގާތަށް "މަތިމަސްލީ" މީހުން ފޮނުވާނެ ކަމަށެވެ.

އަދި ދުވަސްތަކެއް ފަހުން ފެންނާނީ ކަނބަލުން "ބަލިވެ އިންނަވާ" ތަން ކަމަށް ވެސް ޝުޖާއު ވަނީ ވިދާޅުވެފައެވެ.

ޝުޖާއު އެހެން ވިދާލުވީ ރާއްޖެއަށް ކޮޗިން ފެރީތައް ފަށާތީ އިންޑިއާ ފިރިހެނުންތަކެއް ދިން އިންޓަވިއުއެއްގައި ދިވެހި އަންހެން ކުދިންނާ ކައިވެނި ކުރަން ބޭނުންވާ ކަމަށް ބުނެ ވާހަކަ ދައްކާފައި ވަނިކޮށެވެ. އަދި އިންޑިއާގައި ވެސް ޖިންސީ ގޯނާ ކުރުން ފަދަ މައްސަލަތައް އިތުރުވެފައިވާ ނިސްބަތަށް ވެސް އިޝާރާތް ކުރައްވައެވެ.

 

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. އަލިފު!

    ދިވެހި އަންހެނުން ތިބެނީ ތާކުން މީހަކު ހަމަފެންނަ އިރަށް ހޭބަލިވެފައެއް ނޫނެވެ. އެއީ ތެދެކެވެ. ބަންގާޅީ އެއްގެ ބަނޑުދަށުން ސަލާމަތް ވެވެނީ އަތުގެ އިނގިލި ތަކުން ގުނައި ލެވޭހައި މަދުބައެކެވެ. މީ އެންމެން ދަންނަ ވާހަކަތަކެކެވެ. ވީއިރު އިންޑިޔާގެ މަތިމަހެއްގެ ވާހަކަ ދެއްކީމާ، ފޫކޮޅަށް ވައިއަރާކަށް އަދިނުޖެހޭ!

    21
    1
  2. ކެނެރީ

    އެހެއްވީރު ރޮޒައިނާ ފިރިހެނުންނަން ފުރައްސާ ކުރީމަ މިމުނީ ހަމަހަމަވީ

    18
    2
  3. ޒޭނާ

    މިހާރު ފިރިހެނުންނަކީ އެއްވެސް ބައެއްނޫން

    • މޮޔަދިޔެ!

      ކާފަރުންގެ ކައިރީ ނަބިއްޔުންވެސް ނުވޭ އެއްވެސް ބަޔަކަށް!

  4. ކިޔުންތެރިއެއް

    މިސަރުކާރުގެ އިސްމަގާމުތަކުގައި ތިއްބަވާ މީހުން އަންހެނުންނަށް ފުރައްސާރަ ކުރިއަށް އޯކޭ ދެއްތޯ؟

  5. ގިޓާ

    ރޮޒޭނާ އަށް އެގޮތަށް އުލޭވޭހެން ހީވަނީ! ހަމަމީހަކު އެއްޗެއްބުނާއިރަށް އެކިޔަނީ މަށޭހެން ހީވަނީ! ސުޖާޢު އެބުނީ އިންޑިޔާ މީހުން އިންޓަވިއުގާ ބުނެފައޮތްވާހަކައެއް، ދިވެހި އަންހެނުންނަށް މަލާމާތްކުރީ އިންޑިއާމީހުން، ރޮޒޭނާާާ އެމީހުނަށް އެއްޗެކޭ ނުބުނަނީ އެގޮތް ބޭނުންވާތީދޯ!

  6. މެކް

    ދިވެހި އަންހެނުންނައް ފުރައްސާރަކުރަނީ ރޮޒޭނާ އަދި ރޮޒޭނާއަކީ އަންހެނުންނައް ޖެހިފައިވާ ވަބާއެއް. ހުދު ރޮޒޭނާ ހެއްދެވި ފަރަތުގެ އަމުރައްވެސް ކިޔަމަނެއްނުވޭ ވީއިރު ތީކާކު

  7. ދަރަނި ދަންތުރަ

    ރޮޒޭނާޔަށް ރީކޯ މޫސަ ސަލާމްބުނީ ، ޑީ އާރު ޕީ ، އެމް ޑީ ޕީ

    3
    1