ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު ރޮޒައިނާ އާދަމް އާއި އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ޓްވީޓާގައި އެކަކު އަނެކަކަށް ރައްދު ދެއްވައި ބަހުގެ ހަމަލާތައް ދެއްވަން ފަށްޓަވައިފިއެވެ.
މި ޒުވާބު ފެށުނީ އިންޑިއާގެ ކޮޗިންއިން ރާއްޖެއަށް އައި ކާގޯ ފެރީއަށް ޝުޖާއު އިއްޔެ ފާޑުވިދާޅުވަމުން ދެއްކެވި ވާހަކައަކަށް ރޮޒައިނާ ޓްވީޓާގައި ނުރުހުން ފާޅު ކުރެއްވުމާ އެކުގައެވެ.
އިއްޔެ ހަވީރު ބޭއްވި އިދިކޮޅު ކޯލިޝަންގެ ޖަލްސާއެއްގައި ޝުޖާއު ވިދާޅުވީ މާދަމާ އިންޑިއާއިން ދިވެހި ކަނބަލުންގެ ގާތަށް "މަތިމަސްލީ" ފިރިހެން ފޮނުވާނެ ކަމަށާއި ކަނބަލުން "ބަލިވެއިންނަ" މަންޒަރުތައް ވެސް ފެންނާނެ ކަމަށެވެ.
ރޮޒައިނާ ކުރެއްވި ޓްވީޓެއްގައި ޝުޖާއުގެ ވާހަކަތައް ގުޅުވައިލީ އަންހެނުންނަށް ގަދަރު ކުޑަ ކުރުމާއި ފުރައްސާރަވާ ގޮތަށް ވާހަކަ ދެއްކެވުމަށެވެ. އަންހެނުން ނިކަމެތިކޮށް އެއީ ގޮތް ހުސްވެފައިވާ ބައެއް ކަމަށް ދައްކާތީ އެ ކަން ނުކުރަން ވެސް އިލްތިމާސް ކުރެއްވިއެވެ.
"ސިޔާސީ ރައްދުތައް ދޭއިރު އަންހެނުންނަށް ތިޔަ އަމާޒު ކުރައްވަނީ ކޮން ބޭނުމެއްގައިތޯ،" ރޮޒައިނާ ލިޔުއްވާފައިވެއެވެ.
ރޮޒައިނާގެ އެ ޓްވީޓަށް ރައްދު ދެއްވަމުން ޝުޖާއު އެހެން ޓްވީޓެއް ކުރެއްވިއެވެ. އޭނާ ތުހުމަތު ކުރެއްވި ގޮތުގައި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އަށް ތައުލީމީ ޒުވާން ކަނބަލުން ކުރިމަތިލެއްވުމުން ނުފޫޒު ފޯރުވައިގެން ރޮޒައިނާގެ ބޮޑުދައިތައަށް ރުހުން ދޭން އުޅުއްވިއެވެ.
"ކިޔަވައިގެން ތިއްބެވި ޒުވާން ކަނބަލުން ތިއްބަ ސިވިލް ސާވިސް ކޮމިޝަންއަށް ބޮޑުދައިތަ އައްޔަން ކުރަން މަޖިލީސް ތެރޭ ދުވެ ނެގީ ރޮޒައިނާ، އެއީ އަންހެން ކަނބަލުންނަށް ކުރެއްވި މަލާމާތެއް،" ޝުޖާއު ވިދާޅުވިއެވެ.
ޝުޖާއު އެހެން ވިދާޅުވިއިރު، ސީއެސްސީގައި ރޮޒައިނާގެ ބޮޑުދައިތަ ފާތިމަތު އާމިރާ އިންނަވައެވެ. އާމިރާ ވަކި ކުރުމުގެ މަސައްކަތެއް ވެސް ރޮޒައިނާ މުގައްރިރެއްގެ ގޮތުގައި އިންނަވާ މަޖިލީހުގެ ކޮމިޓީން ފެށިއެވެ. އެ މަސައްކަތުގައި ރޮޒައިނާ ބައިވެރިވެވަޑައެއް ނުގަންނަވައެވެ. އެކަމަކު ކޮމިޓީގެ "ހަނި" އަޣުލަބިއްޔަތަކުން އާމިރާ ވަކިނުކުރަން ފާސްވިއެވެ.
Vote Dhevvan Evves beyfulheh kairee vidhaalhu nuvey!?Ekamaku mulhi Majlis Therey Thelhi folhunee ekamaa dhehtho!?Kiyavaigen Thibbevvi Ethah kanbalunneh kurimathi levvi.
— Ibrahim Shujau (@IbrahimShujaau) September 27, 2020
ޝުޖާއުގެ ވާހަކައަށް ރައްދު ދެއްވައި ރޮޒައިނާ ވިދާޅުވީ އާމިރާއަކީ ތައުލީމީ ތަޖުރިބާ ހުރި ކަނބަލެއް ކަމަށެވެ. މާސްޓާސް ޑިގްރީ ނިމި ޕީއެޗްޑީ ހާސިލް ކުރައްވަމުން ގެންދަވާ ކަނބަލެއް ކަމަށެވެ. އެކަމަކު ވެސް ރުހުން ދޭން އެއްވެސް މެންބަރެއް އަރިހު ވިދާޅުނުވާ ކަމަށެވެ.
"ރަނގަޅު ވާހަކައެއް ބުނީމަ، ޒާތީ ނުވެ، ގޯސްކޮށް ކުރެވުނު ކަންކަން ރަނގަޅު ކޮށްލުން ބުއްދިވެރި،" ރޮޒައިނާ ވިދާޅުވިއެވެ.
ޝުޖާއު ކުރިން ވެސް ދެއްކެވި ވާހަކަތައް ތަކުރާރު ކުރައްވަމުން ރައްދު ޓްވީޓެއް ކުރެއްވިއެވެ. ވޯޓު ދެއްވަން އެއްވެސް މެންބަރެއް އަރިހުގައި ވިދާޅުނުވަން ތޯ ސުވާލު ކުރެއްވިއެވެ. ދެން މަޖިލީހުގައި "ތެޅި ފޮޅުނީ" ކޮން ކަމަކަށް ތޯ ވެސް ޝުޖާއު ސުުވާލު ކުރެއްވިއެވެ.
"ކިޔަވައިގެން ތިއްބެވި އެތައް ކަނބަލުންނެއް ކުރިމަތިލެއްވި،" ޝުޖާއުގެ ވާހަކަ ތަކުރާާރުކުރައްވައި ލިޔުއްވިއެވެ.
ޝުޖާއުގެ ވާހަކައާ ގުޅިގެން މީސްމީޑިއާގައި ގިނަ ބަޔަކު ފާާޑުކިޔަމުން އެބަ ދެއެވެ. ބައެއް މީހުން މީސް މީޑިއާގައި އެކި ފޮޓޯއާއި ވީޑިއޯތައް ހަދައިގެން ވެސް އެ ވާހަކައަށް ދަނީ ޖޯކު ޖަހަމުންނެވެ.
ރޮޒައިނާ އަކީ ވަގެކޭ ކިޔާ.. އެ ތެދެއްތަ؟
މަތިމަސްނެތްސުޖާމެންދައް ކާނެ މޮޅުވާހަ ކަ. ދެންވެރިމީހާއަށް ނޭގި ގުދަނުގަހުރިމުދާ ކޮޅު ރަށުބޯޓަށް ކަހާލާ.
ރޮޒޭނާ އކީ ދެއުޅޮއެއްނުވާ ގަމާރު ދާތަގަޑެއް
މަށަށް އަޅަައިގަތީ އެއްމެ ތަންކޮޅެއްގަ! ޝުޖާއު އެވިދާޅުވި ބަސް ވިދާޅުވުމުގެ ފަހަތުގައި ފެކްޓެއްވޭ.. އިންޑިޔާ ފެރީގެ ހިދްމަތާ ގުޅިގެން އިންޑިޔާ މީހުން ބުނަންފެށި "ރާއްޖެތެރޭގެ ނިކަމެތި އަންހެނުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް އެމީހުންނަށް އިންނާނެ ފިރިހެނުން އިންޑިޔާއިން ލިބޭނެ ފުރުސަތެއް" ކަމަށް ފެރީގެ ހިދްމަތަކީ. އިންޑިޔާ މީހުން ދިވެހި އަންހެނުންގެ އަގު މިވައްޓާލީ މާބޮޑަށް. ދިވެހި އަންހެނުންނަކީ އިންނާނެ މީހެއްވެސް ނުވާ ދެރަ ނިކަމެތި ބަޔަކަށް ހެދި އެކަމަކު އެދުވަހު ރޮޒޭނާ އަކަށް އަންހެނުންގެ ހައްޤުގެ ދިފާއުގައި އަނގަ މޭލަކަށް ހުޅުވާކަށް ނުކެރުނު. ހަމަ ހައްޕު ކިޔައިގެން އިނީ. އެހެންވީމަ ޝުޖާއުގެ ބަހުން އިޝާރާތްކުރާ ކަންކަމަކީ އިންޑިޔާ ހައްޕުޑުންގެ އެދުންކަން އެނގޭ. އެއީ އެމީހުން ދެކޭ ހުވަފެން. ފަހަރެއްގަ ރޮޒޭވެސް އެމީހުން ބޭނުންވެދާނެ.
ސާބަހޭ ޝުޖާއު... ތި ކުރައްވާ ބުރަ މަސްވަތުގައި ބަރަ ކާތް ލައްވާށި... އާމީން
ރޮޒޭ ބޮޑުދައިތަ އާމިރާވީމަ ޕީއެޗްޑި ހަދަމުން ނޫނީ ކިޔަވަމުން މަސައްކަތުގަ އުޅެވޭ، އެކަމު އާއްމު މުވައްޒަފުން ސިވިލް ސާރވިސްގަ އުޅެމުން ކިޔަަވަންވީމަ، އޮފީހައް މައްސަަލަ އަކަށްވަނީ ކީއްވެ.
އިންޑިޔާމީހުންނަށް ރޮޒޭނާ ވަަރަށްް ކަމުުދާނެ
ރޮޒޭނާ ކަލެއައްނޭންގުނަސް އިންޑިޔާ ފިރިހެނުން ދިވެހި އަންހެނުންނާ އިންނަން ބޭނުންވާކަމައް އިހައްދުވަހުވެސް ނޫހެއްގަ ބުނެފައޮއްވާދުށިން އެކަންވެސް މިގައުމުގަ ތިކަހަލަ އަންހެނުން ތިބިއްޔާހިނގާނެ ތީ އަންހެނަކައްވެހުރެ އަންހެނުންނައް ހުތުރުކުރަން އުޅޭ އަންހެނެއް
ރޮޒައިނާ އެވެ.ސިޔާސީ ޖަޒުބާތުގައި ޖެހި ގައު މު ވިއްކާލައިފިއެވެ. އިންޑިއާއަކީ އަންހެނުންނަށް އެން މެ ގަދަރު ކުޑަ އެން މެ އަނިޔާވެރި އަންހެނުން ރޭޕު ކުރާ ގައު މުތަކުގެ އެން މެ ކުރީ ގައި އޮތް ގައު މު. މިހާރު ވެރިކަންކުރާ ބީޖޭޕީ ސަރުކާރުގައި އަންހެނުންނަށް އިހާނެތިވާ މިންވަރު ވަނީ އިތުރުވެފައި. ރޮޒައިނާ މެންނަށް އޯކޭ މޯދީ ސަރުކާރު. އަނގަފުޅާކޮށްފައި ކޮންވާހަކައެއް ތިޔަ ދައްކަނީ އަންހެނުންގެ ކަރާ މާތޭ ކިޔައިގެން. ތިޔަ ލަނދު ގަންނަންޖެހޭ ނު
ރޮޒެއިނާ ގާގަހުރި މަހަކުވެސް ކޮރަޕްޝަން ލެއަކީވެސް ކޮރޮޕްސަން ބޮޑުފުޅު ވީ އެކި އެކި ގޮތްގޮތުން ރައޖޔަތުންގެ ޓެކުސް ފައިސާ ކާގެން މިހާރު ކުރާ ކަމަކީ ޑޮނާޑު އައިލެންޑު އުފެދުމަ ކ ހިމަފުށީގެ ނިކަމެތިންގެ ބޮލަސަވާރު ވެގެން އެމީހުން ދިރިއުލެން ސަރުކާރުން ދީފަ ހުރި ބިންތަ ގަންނަނީ ހިމަފުށިން މިހާރުވެސް ރޮޒޭ އާއިލާގެ މުށުތެރޭ ބެނެކަމށް ވޭ 30 ވަރކަ ގޯތި
ދުވަސް ކޮޅަކުން ހިންމަފުށި މީހުންޖެހޭނީ މިމީހުންނަ މިރަދީފަ ފާބަން މިލާާރި ހޯދީ ކޮންތާކުން