މާލެ އަތޮޅުގައި އެންދަމަން ހަރަކާތްތެރިވި، ނ.މާޅެންދޫ ދޯންޏެއްގެ މަސްވެރިއަކު ނިޔާވެއްޖެ އެވެ.

"ވަގުތު" އަށް މައުލޫމާތު ދެއްވަމުން މާޅެންދޫ ކައުންސިލްގެ ރައީސް މުހައްމަދު ޝާހް މޫސާ ވިދާޅުވީ، އެން ހިފަން ފައިބައިގެން އުޅެނިކޮށް ނިޔާވެފައި ވަނީ އަބްދުއް ރަޝީދު އަބްދުލްޣަފޫރު ނަމަކަށް ކިޔާ މީހެއް ކަމަށެވެ.

އަދި އޭނާ ނިޔާވެފައި ވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައި ކަމަށް ޝާހް ވިދާޅުވިއެވެ.

ޝާހް ވިދާޅުވީ، އަބްދުއްރަޝީދު ނިޔާވެފައި ވަނީ، މާލެ އަތޮޅުގެ ސަރަހައްދެއްގައި އެން ދަމަން މޫދަށް ފައިބައި އުޅުމުގެ ތެރޭގައި، ކަމަށާއި، އެހެން ނަމަވެސް އޭނާ ނިޔާވީ ކިހިނެއް ވެގެން ކަމެއް އަދި ސާފު ވެފައި ނުވާ ކަމަށެވެ.

ނިޔާވި މީހާގެ އުމުރަކީ 56 އަހަރެވެ. އަބްދުއްރަޝީދުގެ ކަޝްނަމާދު އޮންނާނީ މިއަދުގެ އަސްރު ނަމާދަށްފަހު މަސްޖިދު ތައާވޫން (އާސަހަރާ މިސްކިތު)ގައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އޭނަ

    إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ
    اللَّهُمَّ اغْفِرْ لَهُ وَارْحَمْهُ

    28
  2. ޔައުޤުބު

    އަވަހަށް ބުނޭ ކޮވިޑް ޕޮޒިޓިވޭ.....

    2
    4