ދަރަންޏަށް ފައިސާ ނަގައިގެން ވެސް ހާލަތުން އަރައިގަންނަން ޖެހޭ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ އަޑުން ގެނެސްދިން ޕްރޮގްރާމެއްގައި، އެހުންތެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އަމީރު ވަނީ ސަރުކާރުން ދަރަނި ނަގަން ޖެހޭ ސަބަބު ހާމަ ކޮށްދެއްވާފައެވެ. އެގޮތުން އަމީރު ވިދާޅުވީ ދަރަންޏަށް ފައިސާ ނަގައިގެންވެސް އިގްތިސޯދީ ހާލަތުން އަރައިގަތުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ދުނިޔޭގެ ހުރިހާ ގައުމަކުން ވެސް މިއަދު ގަބޫލުކުރާ ކަމަށެވެ. އަދި މިއަދު ގައުމުތަކުން ވެސް އެގޮތަށް އަމަލުކުރަމުން އަންނަ ކަމަށް އަމީރު ވިދާޅުވިއެވެ. ދަރަންޏަށް ފައިސާ ނަގައިގެން ވެސް ގައުމުގެ އިގްތިސޯދު ފުޅާކުރަން ޖެހޭ ކަމަށް ވިދާޅުވެ އަމީރު ވިދާޅުވީ ދަރަންޏަށް ފައިސާ ނަގައިގެން ވެސް ގައުމުގެ އެކި ސިނާއަތްތައް ތަރައްގީ ކުރަންޖެހޭ ކަމަށެވެ.

"ދަރަންޏަށް ފައިސާ ނަގައިގެންވެސް އަޅުގަނޑުމެންގެ އިގްތިސޯދި ފުޅާ ކުރަންޖެހޭ. ދަރަންޏަށް ފައިސާ ނަގައިގެން މަސްވެރިކަމާއި ދަނޑުވެރިކަން ފުޅާކޮށް އެއާޕޯޓުތައް ތަރައްގީކުރަން އަޅުގަނޑުމެން ބޭނުންވޭ،" އަމީރު ވިދާޅުވިއެވެ.

ކޮވިޑް-19 ގެ ސަބަބުން މިއަދު ރާއްޖޭގެ އިގްތިސޯދީ ހާލަތުން އަރައިގަތުމަށާއި އަދި މި ހާލަތުގައިވެސް ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދިއުމަށްޓަކައި ދަރަންޏަށް ފައިސާ ނަގަންޖެހެނީ ރާއްޖޭގައި ފިސްކަލް ސޭވިން އެއް ނެތުމުން ކަމަށް އަމީރު ވިދާޅުވިއެވެ. އެފަދަ ސޭވިން އެއް ހުރި ނަމަ މިފަދަ ހާލަތްތަކުގައި ދަރަންޏަށް ފައިސާ ނުނަގާ އެ ފައިސާ ބޭނުން ކުރެވިދާނެ ކަމަށް އަމީރު ފާހަގަކުރެއްވިއެވެ.

ތަރައްގީގެ މަޝްރޫއުތައް ގިނައިން ކުރަމުން ގެންދާ ވަރަކަށް ކުރިން ރާއްޖެ އޮތް ހާލަތަށް ދިއުމަށްޓަކައި ނަގާ ދުވަސްތައް މަދުވެގެން ދާނެ ކަމަށް އަމީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި އަންނަ އަހަރު ރާއްޖޭގެ އިގްތިސޯދު ކުރި އަރާނެ ކަމަށް ލަފާކުރާނެ މިންވަރު ބަޔާންކޮށް އަމީރު ވިދާޅުވީ އަންނަ އަހަރު ރާއްޖޭގެ އިގްތިސޯދު 15-17 ޕަސެންޓު ކުރިއަރާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ. އަދި 2022ވަނަ އަހަރު އަހަރު 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭ ރާއްޖޭގެ އިގްތިސޯދު އޮތް ހާލަތަށް އިއާދަވާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް އަމީރު ވިދާޅުވިއެވެ.

ދަރަންޏާއި ގުޅޭ ގޮތުން މިނިސްޓަރު އަމީރު މިފަދައިން ވިދާޅުވިއިރު މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ރާއްޖޭގެ ދަރަނި 73.96 ބިލިއަން ރުފިޔާ އަށް ވަނީ އަރާފައެވެ. މި އަހަރުގެ ދެވަނަ ކުއާޓަރު ޖޫން މަހު ނިމުނު އިރު، ރާއްޖޭގެ ޖުމްލަ ދަރަނި ހުރީ ޖީޑީޕީއާ އަޅާބަލާއިރު 108 އިންސައްތައިގައެވެ. އެއީ މި އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާ ބަލާއިރު ހަ އިންސައްތައިގެ އިތުރުވުމެކެވެ. މި އަހަރުގެ ފުރަތަމަ ކުއާޓާގައި ރާއްޖޭގެ ދަރަނި ހުރީ 69.4 ބިލިއަން ރުފިޔާގައެވެ.

މިދިޔަ އަހަރުގެ ނިޔަލަށް ދައުލަތުގެ ބަޖެޓުގެ ދަރަނި ހުރީ 54.3 ބިލިއަން ރުފިޔާގައެވެ. އެއީ ޖީޑީޕީގެ ނިސްބަތުން 61 އިންސައްތައެވެ. ނަމަވެސް، މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ދައުލަތުގެ ބަޖެޓުގެ ދަރަނި ވަނީ 55.9 ބިލިއަން ރުފިޔާ އަށް އަރައިފައެވެ. އެއީ ޖީޑީޕީގެ ނިސްބަތުން 82 އިންސައްތައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. Anonymous

    ރެއިންބޯ އިން ދިން ފްލެޓް ކޮބާ ކަލޯ؟ ކޮރަޕްޝަންގެ އައްޕަތީ ހަމަ.

  2. އަބްދޫ

    ދަރަނި ނަގައިގެން ހަރަދު ކުރާކަންކަމަށްބަލާއިރު ގައުމު އޮތީ ނާޒުކު ހިސާބެއްގަ 2021 ގެ އޮގަސްޓާ ހަމަޔަށް ދަރަނީގެ ފަެިއިސާއިން ބަޖެޓްކުރަންވެއްޖެނަމަ ގައުމުގެ ދުވަސް ދާނެ މިހާރުއްސުތެވެސް މުސާރަޚުޑަކޮށް ސިޔާށީ މަގާމް ތައް މަދުކުރުން މުހިންމު.މިގޮތަށް ދަރަނިނަގާ މުސާރަ ދެމުން ގޮއްސިނަމަ ބަޔަކަށް ނާޖާއިޒު ފައިދާ ހޯދާ ދިންކަމުގެ ދައުވާ ކުރުމުގެ ގުރުދަތު އޮވެދާނެ

  3. އަބްދޫ

    ދަރަނި ނަގައިގެން ހަރަދު ކުރާކަންކަމަށްބަލާއިރު ގައުމު އޮތީ ނާޒުކު ހިސާބެއްގަ 2021 ގެ އޮގަސްޓާ ހަމަޔަށް ދަރަނީގެ ފަެިއިސާއިން ބަޖެޓްކުރަންވެއްޖެނަމަ ގައުމުގެ ދުވަސް ދާނެ މިހާރުއްސުތެވެސް މުސާރަޚުޑަކޮށް ސިޔާށީ މަގާމް ތައް މަދުކުރުން މުހިންމު.މިގޮތަށް ދަރަނިނަގާ މުސާރަ ދެމުން ގޮއްސިނަމަ ބަޔަކަށް ނާޖާއިޒު ފައިދާ ހޯދާ ދިންކަމުގެގެ ގުރުސަތު އޮވެދާނެ

  4. ސަމްސިއްޔާ

    އަމީރު ބުނި ދަތިކަމެއްނެތި ޑޮލަރު ލިބޭނެއޭ. ކޮންތާކުންތަ ޑޮަލަރު ލިބޭނީ؟؟ 20ރުފިޔާ ޑޮަލަރެއްގެ މަގުންވެސް ގަންނަށް ނުލިބިގެން މިއުޅެނީ

  5. ސަފީގު

    ބަލަގަ ކަލޭމެން އެބަބުނަމައް ނޫން ބައިވަރު ލިބިއްޖެއޭ. ދެންކީއްކުރާ ދަރަންޏެއްގެވާހަކައެއްތަ.. ކަލޭމެންގެ ވެރިކަން ނިމޭއިރު މިތަނަކީ އިންޑިޔާގެ ސުޓޭޓަކަށެއްނުންވާނީ.. އެޔެއްނުން ކަލޭމެންގެ އަމާޒަކީ.

  6. ދަރަނި ދަންތުރަ

    ބޭނުންވަރަކަށް ޑޮލަރުލިބެނީ ގ ކެނެރީގެއިން ހުރިހާ ބޭފުޅުންދޭބަލަ ރާއްޖެޔަށް ލިބުނުހުރިހާ ޑޮލަރެއް އަމީރު ބަހައްޓާފަހުރީ އެގޭގައި

  7. ދަރަނި ދަންތުރަ

    ކަލޯ އަމީރު ކަލޭ ލަދެއްނުގަނޭތަ ؟ ޔާމީނުވެރިކަމުގައި ގައުމުދަރާވިކިއްޖެޔޭ ދަރިންގެ ދަރިންނާ އުފަންވާ ކުއްޖާ ދަރަނިވެރިވެއްޖޭ ކިޔައިގެން ވާހަކަދެއްކިމީހަ ތިޔައީ މިއަދު ތިކިޔަނީ ކީކޭތަ މާރާ ...

  8. ފައްޔާޒު

    ކަލޭމެންގެ ބަނޑު ފުރޭތޯ ބަލާބަލަ ތިޔަ ނަގާ އެއްޗެއް ނަގައިގެންވެސް.