ގދ. ތިނަދޫގައި މަގުމަތީގައި ހައްދަފައިވާ ކޮޕީފަތް ގަސްތަކުގެ އުނދަގޫ ބޮޑުވެގެން ތިނަދޫ ކައުންސިލުން، ލިޔުން ފޮނުވަން ފަށައިފިއެވެ.

މީސްމީޑިއާގައި މިހާރު ދައުރުވަމުންދާ އެ ކައުންސިލްގެ ރަސްމީ ލިޔުމެއްގައި ވަނީ ގދ.ތިނަދޫ ކައުންސިލުން، އެ ރަށު ޝަބްނަމް ކިޔާ ގެއެއްގެ އިރުމަތީ ފަރާތުގައި ހައްދާފައިވާ ކޮޕީފަތްގަސްތައް ނަގަން އަންގާފައެވެ.

ތުރާ ފިލުވުމުގެ ޗިޓްގެ ނަމުގައި ފޮނުވާފައިވާ އެ ޗިޓް ފޮނުވާފައި ވަނީ މި ހިނގާ ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހުއެވެ.

އެ ޗިޓުގައި ބުނެފައި ވަނީ ދެ ދުވަހުގެ ތެރޭގައި ޝަބްނަމް ގޭގެ މަގުމަތީގައި ހައްދާފައިވާ ގަސްތައް ނަގާ ސާފުކުރަން ވާނެ ކަމަށެވެ. އަދި އެ މުއްދަތުގެ ތެރޭގައި މަގުގައި ހުރި ކޮޕީފަތް ގަސްތައް ނަގާ ސާފު ނުކޮށްފި ނަމަ އެ ގޭގެ ވެރި ފަރާތް ޖޫރިމަނާ ކުރާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

މި ލިޔުމަކީ ސައްޚަ ލިޔުމެއްކަން ތިނަދޫ ކައުންސިލްގެ ރައީސް އަލީ އަމްޖަދު ވަނީ "ވަގުތު"އަށް ކަށަވަރު ކޮށްދެއްވާފައެވެ.

އެހެންނަމަވެސް އެ އެންގުމަކީ ހަމައެކަނި ކޮޕީފަތް ގަސް އިންދައިގެން ދިން ނޯޓިސްއެއް ނޫން ކަމަށް އަމްޖަދު ވިދާޅުވިއެވެ. އަމްޖަދު ވިދާޅުވީ، އުސޫލާއި ޚިލާފަށް މަގުމަތީގައި ގަސް އިންދާ ހުރިހާ ފަރާތްތަކަށް ވެސް ފިޔަވަޅު އަޅާނެ ކަމަަަށެވެ.

" ހުސްއެކަނި ކޮޕީފަތްގަހެއް ނޫން އިނގޭތޯ. މަގުމަތީގައި ގަސްއިންދާކަށް ހުއްދައެއް ނޯވޭ. އެހެންވީމަ ކޮޕީފަތް ގަހެއް ވީމަ ބަހައްޓާފަ އެހެން ގަސް ނަގަން އެންގޭކަށް ނޯވޭ. ހުރިހާ އެއްޗެއްވެސް އެގޮތަށް ހުރިއްޔާ ނަގަން އަންގާނެ. އަދި ކައުންސިލުން ވަކި ބަޔަކަށް ދިން ނޯޓިސް އެއް ނޫން އެއީކީ. އެހެން ފަހަރުތަކުގައި ވެސް ހުންނާނެ އެގޮތަށް ނަގަން އަންގާފަ." އޭނާ ވިދާޅުވިއެވެ.

މީގެ ކުރިން މަގުތަކުގައި ޖޯލި އާޢި ގަސް ފަދަ ތަކެތި ރަށްރަށުގައި ބެހެއްޓި ނަމަވެސް މިހާރު އެފަދަ ފުރުސަތުތައް ކައުންސިލްތަކުން ދެމުން ނުދާކަން ފާހަގަކޮށްލެވެއެވެ. އެގޮތަށް އަމަލު ކުރަނީ ހިނގާ މީހުންނާއި، މަގުމަތީގެ ރައްކާތެރިކަމަށް ބަލާފައި ކަމަށް ވެސް ކައުންސިލްތަކުން ފާހަގަކުރައްވައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ފަސާދަ

  އައްޑޫ ކުޅުދުއްފުށި ނައިފަރު ކަހަލަ ރަށް ރަށަށް ތިސޮރުމެން ދިޔަނަމަ ބޯގޮވާނެ. މަގުމަތީގައި ރީތި ބަގީޗާ ހައްދާފައި ހުންނަނީ. އެއްވެސް މީހަކަށް އުނދަގުލެއް ނުވޭ.
  ތިއީ ޒާތީ ކަމެއް.

  • ކާންބެ

   ކުޑަމަގުތަކުގަ ގަސްހެއްދީމަ އެތއްބަޔަކަށް އުދަގޫވޭ

   4
   1
 2. ރާއްޖޭގެ މީހާ

  މަގު ކުނިކަހާ މަގަށް ވެލިލާ މަގުން ގާހޮވާ މިކަން ކުރަނީ ކައުންސިލުން ކަމުގައި ވާތީ ކައުންސިލަށް އުނދަގޫވަނީ

  2
  1
 3. ލޮލްލް

  މަގަކީ ގަސް ހައްދަން އޮންނަ ތަނެއް ނޫން

 4. ޜާކަނި

  މަގުމަތި ކުނިކަހާ ސާފު ކުރުމުގެ ގާނޫނީ ޒިންމާ ނަގާފަރާތަކީ ކައުންސިލް ރައިޔަތު މީހާދީފަހުން އޮންނާނީ ބަންޑާރަ ގޯޗާ ގޯތީގެ ވާތަންތަން ކޮން ކޮންގާނޫނަކުން ގޯތި ކަން މަތީގެ ހުންނަ ގަސް ސާފުކުރަން ނޫނީ ގޯތި މަގު ކުނިކަން އަމުރުކޮފަ އޮތީ .......ކަލޯ 2000ގެ އަހަރު ކަލޯދޭބަ ގާނޫނުން ބާރު ލިބިފަހުރި ގަވާއިދު ކިޔާދަސް ކުރަން ނޫނީ ދޭ ޕާންފިހަން

 5. ހާށަވިޔަނި

  ވަކިބަޔަކު ކުރާކަންކަން ކައުންސިލަށް ފެންނަނީ. ޕާޓީކުދިން ކުރީމަ ނޫނީ ނުފޫޒުގަދަ މީހުންކުރީމަ ތިކައުންސިލަކަށް ހުއްޓުވޭކަން ނޯވޭ. މިހާރުވެސް އެމްޑީޕީ ވެރިކަމުގެ ކުރީގެ އަތޮޅު ވެރިޔާގެ ނިޔާޒުގެ އަންހެނުންގެ މަންމަގެ ގޭގެ މަގުއެއޮތީ ފުރެންދެންގަސް އިންދާފަ. ކުރީގެ ކަތީބު ނާސިރުގޭގެ މަގަށް ދޮރޯށި ހުޅުވޭގޮތަށް އެހެރީ ހިނގާމީހުނަށް އެހާ އުދަގޫވޭ ބޮޑު އަނިއެއް ނުވެ އެހެރީކިރިޔާ. ކުރީގެ ކައުންސިލް ރައީސްގެ ކޮއްކޮ ގޭގެ ޕޭމަންޓުމަތީގަ އެހެރީ ޖޯލިފަތި ބަހައްޓާފަ. މިއީ ކައުންސިލަށް ބާރުފޯރުވޭ ކަންކަމެއްނޫން.

 6. ދުއްތުރާ

  ކިހާ ދެރަވެއްޖެ ކަމެއް މިދެން. މަގުމަތީގަ ހައްދާފަ ހުންނަ ކުޑަކުޑަ ގަހަކާހެދި މިމީހުންނަށް އުނދަގޫ އެބަވޭ. ގޯތި ދޭންށޭ ކިޔާފަ ކުޑަ އަލިފާންފޮއްޓެއްވަރު ތަންކޮޅެއް ދިނީމަ ގޯތިތެރޭގަ ކިހިނެއް ގަސް ހައްދާނީ.މިމީހުންނަށް ހުރިހާ މޮޅެއް ލިބެންޖެހެނީ. ރައްޔިތުމީހާއަށް ވީތީވެ މިވަރު ކަމެއްވެސް ވެގެންނުވޭ. ހުރިހާކަމަކުން ރައްޔިތުންނަށް ދުއްތުރާ ޖައްސަން.