ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު ކަން ކުރެއްވި އައިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް މިއަދުވެސް ކުރިއަށް ނުގެންދެވި ނިންމާލައިފިއެވެ.

އާޒިމާގެ މައްޗަށް ދައުވާ ކޮށްފައިވަނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން ހިންގި ކަމަށް ތުހުމަތުކުރާ މަނީ ލޯންޑަރިން އަށް އާޒިމާ އެހީތެރިވެ، އެކަމުގައި ސަރުކާރުގެ އިދާރާތަކަށް ދޮގު މައުލޫމާތު ދިން ކަމަށް ބުނެ އެވެ.

މިއަދުގެ އަޑުއެހުމުގައި، ޢާޒިމާގެ ފަރާތުން އެދިވަޑައިގެންފައިވަނީ، މައްސަލަ އާއި ގުޅިގެން، ފުރިހަމަ ކުރަންޖެހޭ ލިޔެކިތުންތައް ފުރިހަމަ ކުރުމަށް، މަދުވެގެން 15 ދުވަހުގެ މުއްދަތެއް ދިނުމަށެވެ. މިކަމާއި ގުޅިގެން، މައްސަލަ ބައްލަވާ ޤާޟީ ވިދާޅުވީ، މި މައްސަލަ އަކީ، މިހާރުވެސް ވަރަށް ގިނަ ދުވަސްވެފައިވާ މައްސަލައެއް ކަމަށާއި، އަދި ވަކީލް ބަދަލުވެފައިވީ ނަމަވެސް، މައްސަލައިގެ ލިޔުންތައް ދެ ފަރާތަށްވެސް ހިއްސާކުރެވިފައިވާ ކަމަށެވެ.

"ޢާޒިމާގެ ފަރާތުން އަޅުގަނޑުމެންވާނެ، މިއަދު ކްރިމިނަލް ކޯޓުގައި އެދިފަ، މި މައްސަލައިގެ ހުރިހާ ލިޔެކިޔުންތައް އަޅުގަނޑުމެންނަށް ދެއްވުމަށް. އަދި މީގެ ކުރިން، މި މައްސަލައާއި ގުޅިގެން ކުރިއަށް ގެންގޮސްފައިވާ އަޑުއެހުންތަކުގެ ރެކޯޑިންގ ވެސް އަޅުގަނޑު ބޭނުން." ޢާޒިމާގެ ވަކީލް ވިދާޅުވިއެވެ.

ޢާޒިމާގެ ފަރާތުން އެދިލެއްވި ގޮތުގެ މަތިން، އެ މުއްދަތު ދިނުމާއި ގުޅިގެން، ދަޢުލަތުގެ އެއްވެސް އިޢުޒިތާޟެއްނެތް ކަމަށް، ދަޢުލަތުގެ ވަކީލް ވިދާޅުވުމުން، މައްސަލަ ބައްލަވާ ޤާޟީ ވަނީ އެ ފުރުޞަތު ޢާޒިމާއަށް ދެއްވާފައެވެ. އެގޮތުން މި މައްސަލައިގެ އަޑުއެހުމެއް ދެން އޮންނާނީ، އަންނަ މަހުގެ 11 ވަނަ ދުވަހުއެވެ.

ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝަކޫރުގެ މައްޗަށް ކުރި މަނީ ލޯންޑާ ކުރުމަށް މަގުފަހިކޮށްދިނުމުގެ ދައުވާއާ ގުޅޭ ލިޔެކިޔުންތައް އޭނާއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަސް ތެރޭގައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހުވަދު އަތޮޅުން : ދޮން އަޙައްމަދާގެ މުކުރިޔާ / ދޮން އަޙުމަދު އާބެ

    އަންހެނުން ބުރުގާ އެޅުމާއި ދެކޮޅަށް ގަދަ ފައިވިއްދާފައި ޤަވާޢިދުތައް ނަގަހައްޓަން މަސައްކަތް ކުރީމާވެސް ފޫނެތްފަޔަކަށް ފެންފުރުންފަދަ ކަމެއް ދެއްތޯ ކުރިމަތިވީ.
    ކަމަނާ ޤާނޫނީ ލަފާ ދެއްވަނީ މުޅިންވެސް ދެއުޅި އެއްނުވާ ގޮތަށް ދެއްތޯ؟

    މިސާލު: ޖީއެމްއާރު އެގްރީމެންޓަކީ އުފެދުމުގައި ވެސް ބާޠިލް އެއްޗެއް ކަމަށް ތަކުރާރުކޮށް ވިދާޅުވެ ގަދަބަސް ބުނެފައި އޮއްވާ މިވީގޮތަކީ (އާޚިރުގައި އެތައް މިލިޔަން ޑޮލަރެއް ސިންގަޕޫރުގެ އާބިޓްރޭޝަންގެ ޙުކުމާއި ގުޅިގެން ދިވެހި ދައުލަތުން ދައްކަންޖެހި ދައުލަތް ބޮޑުތަނުން މުޅި ދުނިޔޭގެ ކުރިމަތީގައި ފަޟީޙަތްވުން)

  2. އަޙްމަދު ޝިފާން ޢަބްދުލްޢަޒީޒް

    1- މަނީ ލޯންޑަރިން އަށް އާޒިމާ އެހީތެރިވެދިނުމުގެ ކުށުގެ ދަޢުވާ
    2- މަނީ ލޯންޑަރިން ހިންގުމުގައި ސަރުކާރުގެ އިދާރާތަކަށް ދޮގު މައުލޫމާތު ދިން ކަމުގެ ކުށުގެ ދަޢުވާ
    ދެންފަހެ، ބަޔާންކުޅަ ދެދަޢުވާއިން އަލްއުސްތާޛާ ޢާޢިޝަތު ޢާޒިމާ ޝަކޫރު ރެކިވަޑައިގަންނަވަން އިރުއިރުކޮޅާ ޤާނޫނީ ވަކީލުން ހޯއްދެވުމަށާއި ޤާނޫނީ ވަކީލުން ބަދަލު ކުރައްވަން ތިޔަ ދައްކަވާ ބަހަނާއާއި ކަމަނާގެ އެއްބަނޑު އާތިފް ވެސް ދަޢުވާތަކުން ސަލާމަތްވުމަށް ދައުލަތާއެކު އިޢުތިރާފްގެ އެއްބަސްވުމެއް ހަދަން ހުށަހަޅާފައިވާއިރު، ތިޔަ ކުޅުއްވާ ގޭމާއި ޗަރުކޭސް އަޅުގަނޑުމެން މިތިބީ ފިސާރި ރަނގަޅަށް ބަލާށެވެ! މިފަހަރަކު ތިޔައިގެ އެއްވެސް ޙުކުމަކުން ސަލާމަތެއް ނުވެވޭނެއެވެ.
    މިހާރުން މިހާރަށް މިކަމަނާފާނަށް ދައުލަތުން ދެއްވާފައިވާ ޤާނޫނީ ވަކީލު ކަމުގެ ހުއްދަ ބާޠިލް ކުރުމަށް ދިވެހިރާއްޖޭގެ ބާ ކައުންސިލަށް ގޮވާލަމެވެ! ދެން ލަލަލާ!

  3. މަހާކަލަމެންޖާ

    ޤާނޫނުގެ ދިގު އަތް ފޯރާނެ ގަޑި ކައިރިވަނީ. އާޒިމާ އަކީ މިރާއްޖޭގައި ހުރި އެންމެ ފުންނާބު އުސް ޤާނޫނީ ވަކީލާ ކަމަށް ދަޢުވާ ކުރާ މަޝްހޫރު ބޭފުޅާއެވެ.
    މިބޭފުޅާއަށް ޤާނޫނީ ވަކީލުކަން ކުރަން ޤާނޫނީ ވަކީލުން ބޭނުންވާކަށް ނުޖެހޭނެއެވެ. މިހާރު ހައުސިންގ މިނިސްޓަރަކަށް އެއްބަނޑު މީހަކު ވެސް ނެތެވެ. އެވުޒާރާ ވެސް އެންމެފަހުން އުވާލީއެވެ. ދެން މީހެއްގެ ހިޔަނީގައި ނުވަތަ މީހެއްގެ ނިވަލެއްގައި މައްސަލަ ދެންމޭކަށް ވެސް ނޯންނާނެއެވެ. މިހާރުވެސް ބަހަނާގެ ކުޅިވަރު ދައްކަމުން ޝަރީޢަތް ދިގުދެންމޭތޯ ދެން ނޫޅޭށޭ. ދެން ވަކީލުން ހޯދުމުގައި ނޫޅެ ނިކަން އަމިއްލައަށް ތިޔަ މައްސަލާގައި ވަކާލާތު ނުކުރެވިގެން ތިޔަ އުޅެނީ ކީއްވެބާ