އާސަންދައިން ފުރަތަމަ ފަހަރަށް މޮބައިލް އެޕްލިކޭޝަނެއް ތަޢާރަފްކޮށްފިއެވެ.

'އާސަންދަ' ގެނަމުގައި މިއަދު ތަޢާރަފްކޮށްފައިވާ މި އެޕް މިހާރު ޕްލޭ ސްޓޯރުން ޑައުންލޯޑް ކުރެވޭނެއެވެ.

އެޕް އަމާޒުކޮށްފައިވަނީ އާސަންދަ ސްކީމްގެ ޚިދުމަތް ހޯދާ ދިވެހިންނަށެވެ. އަދި ކޮންމެ ދިވެހި ރައްޔިތަކަށްވެސް މި އެޕްގައި ރަޖިސްޓަރވުމުގެ ފުރުސަަތު އޮންނާނެއެވެ.

އާސަންދަ ކުންފުނިން ބުނީ، އެ އެޕް ޑައުންލޯޑްކޮށް ރެޖިސްޓަރވުމުން، އާސަންދަ ސްކީމްގެ ދަށުން ޚިދުމަތް ފޯރުކޮށްދޭ ތަންތަނުގެ ތެރެއިން އާސަންދައިގެ އައު އޮންލައިން ޕޯޓަލް "ވިނަވި" ބޭނުންކުރާ ހުރިހާ ތަނަކުން، އެމީހަކު ހޯދާ ޚިދުމަތްތަކުގެ ތަފްޞީލު އެޕުން ފެންނަން ހުންނާނެ ކަމަށެވެ.

އަދި ޑޮކްޓަރުން ލިޔެދެއްވާ އީ-ޕްރިސްކްރިޕްޝަން ނުވަތަ އިލެކްޓްރޯނިކް ބޭސް ސިޓީތައްވެސް އެޕް މެދުވެރިކޮށް ބަލާލެވޭނެ ކަމަށާއި، އަދި، ނުހޯދާ ޚިދުމަތެއް ލިސްޓްކޮށްފަ ވާނަމަ އެޕް މެދުވެރިކޮށް އެކަން ރިޕޯޓްކުރުމުން އާސަންދައިން އެކަން ތަޙުޤީޤުކުރާނެ ކަމަށްވެސް އާސަންދަ ކުންފުނިން ބުނެފައި ވެއެވެ.

އާސަންދަ ކުންފުނިން ބުނީ، މި އެޕްގެ މަޤްޞަދަކީ އާސަންދަ ސްކީމްގެ ކަންކަން ވީހާވެސް ދެފުށްފެންނަ ގޮތަކަށް ކުރިއަށް ގެންދިއުން ކަމަށެވެ.

މިވަގުތު ތަޢާރަފްކޮށްފައި ވަނީ އާސަންދަގެ ހަމައެކަނި އެންޑްރޮއިޑް އެޕެވެ، އާސަންދަ ކުންފުނިން ބުނީ ވަރަށް އަވަހަށް އައި.އޯ.އެސް އެޕް ވެސް ތަޢާރަފް ކުރާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ނާސިރު

    ...yameen sarukaarun isnegi masaikathu foni kan misarukaarah

  2. ގަޮނޑި

    އެޕަލް ވާޝަނެއް ނަހަދާތަ؟

  3. ހަރުމަލުބޭ

    މަ އިންޑިޔާ މީހާ ހުންނަނީ. މަވެސްރަޖިސްތަރީ ވައްތަރު ލިބެނީ ދޯ. މަވެސް ޓެކުސް ދައްކާވައްތަރު މިހާ ހުންނަނީ. މޮދީބެ ރަގަޅު އެހީދެނީދޯ. ދެން އިންޑިޔާމިހާ އަށް އިބު ރައީސް ރަގަޅުހުންނަވައްތަރު ބޭނުން

  4. ސީޑީ

    ކޮންވައްތަރު އެޕް ތިބެނީ އެޕްގަ ބުނާ މަޢުލޫމާތު އާއި އައިޑީ އެޑް ކުރުމުން އަދި އެޕް ބޭނުންނުކުރެވޭ، ކޮންވައްތަރު ތިބެނީ..