އިދިކޮޅު ފަރާތްތަކުން ގެންނަން އުޅުނު ބަޣާވާތުގެ މުލުގައި ހުރި ބޮޑު ގޭންގް ސްޓާރަކީ ޤާސިމް އިބްރާހިމް ކަމަސް ޕީޕީއެމްގެ ނާއިބު ރައީސް އަބްދުއްރަހީމް އަބްދުﷲ (ޢަދުރޭ) ވިދާޅުވެއްޖެއެވެ.
ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުގެ ހަރަކާތްތަކުގައި ބައިވެރިވާ ޒުވާނުންނަކީ ގޭންގްތަށްކަމަށް ދެކެވޭ ވާހަކަތަކާއި ގުޅޭ ގޮތުން، މިއަދު ހަވީރު ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިޔަކު ކުރި ސުވާލަކާއި ގުޅިގެން އަދުރޭ ވިދާޅުވީ، ޖޭޕީގެ ކުނޫޒަކީ މި ބަޣާވާތުގެ ކިއްލާ ކަމަށާއި، ޤާސިމް އިބްރާހީމަކީ މި ބަޣާވާތުގެ މުލުގައިހުރި ބޮޑު ގޭންގް ސްޓާރު ކަމަށް ބުނެވިދާނެ ކަމަށެވެ.
"ޖޭޕީގެ ކުނޫޒަކީ މި ބަޣާވާތުގެ ކިއްލާ. ޤާސިމް އިބްރާހީމަކީ މި ބަޣާވާތުގެ މުލުގައިހުރި ބޮޑު ގޭންގް ސްޓަރ ކަމަށްވެސް ބުނެވިދާނެ. ނޫނީ މިކަމުގެ އެންމެ އަޑީގައި ހުރި މީހާ ކަމަށްވެސް ބުނެވިދާނެ" އަދުރޭ ވިދާޅުވިއެވެ.
ޤާސިމް އިބްރާހިމް އަޑީގައި ހުންނަވައިގެން ކުނޫޒްގައި ހިންގަމުން މި ގެންދާ ޖަރީމާތަކުގައި ދިވެހި ޒުވާނުން ބައިވެރިނުވުމުން އެމީހުން ސިފަކުރަމުންދަނީ އެފަދަ ޒުވާނުންނަކީ ގޭންގްތަކަގެ ގޮތުގައި ކަމަށާއި، އެހެންނަމަވެސް އެ ކަންކަމުގައި ބައިވެރިވިނަމަ އެމީހުން ވަރުގެ ބަޔަކު ނުތިބޭނެ ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އަދުގެ ސަރުކާރުން ދިވެހި ޒުވާނުންނަށް އެފަދަ ވިޔާނުދާ ނަންތައް ނުދޭނެ ކަމަށާއި، ސަރުކާރުން ބޭނުންވަނީ ޒުވާނުންނަކީ ހަރުދަނާ، ޤައުމު ބިނާކުރުމުގެ ހިއްސާއެއް އޮތް ބަޔަކަށް ހަދަން ކަމަށެވެ.
"އަޅުގަނޑުމެންނަކީ ޒުވާނުންނަށް އެފަދަ ނަންނަމުން ނަންދޭނެ ބައެއްނޫން. އަޅުގަނޑުމްނެ ބޭނުންވަނީ ޒުވާނުންނަކީ ހަރުދަނާ، ޤައުމު ބިނާކުރުމުގެ ހިއްސާއެއް އޮތް ބަޔަކަށް ހަދަން. އެއީ ރައީސް ޔާމީންގެ ވިސްނުމަކީ." އަދުރޭ ވިދާޅުވިއެވެ.
މިޤައުމުގައި ޒުވާނުންނަކީ ޤައުމުގެ މުސްތަޤްބަލް ކަމަށް ރައީސް ޔާމީން ދެކެވަޑައިގެން، އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވީއްސުރެ މެދުކެނޑުމެއްނެތި ޒުވާނުން ބިނާކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުގެ ހަރަކާތްތަކުން މި ފަހަކަށް އައިސް ހިންގާ ހަރަކާތްތަކުގައި ގިނަ އަދަދެއްގެ ޒުވާނުން ބައިވެރިވަމުން އަންނަކަން ފާހަގަކޮށްލެވެއެވެ. އަދި ސިޔާސީ މަޝްރަހް ހަލަބޮލިވެގެން އައިއިރު، ޤައުމުގެ މަސްލަހަތު ނަގާލުމަށް ހިންގާ ހަރަކާތްތަކުގައި ޒުވާނުން ބައިވެރިނުވުމަށް ސަރުކާރު ހިންގާ މައި ޕާޓީ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އިން ގޮވާލާފައިވާކަން ފާހަގަކޮށްލެވެއެވެ.
މާ ގިނަ ދުވަސްތަކެއްނުވެ ޤާސިމު ކްކްޓެއިލުގެތެރެއިން ނުކުންނަނެ!
ސާބަސް އަދުރޭ
ވަރަށް ބޮޑު ތެދެއްތީ މިގައުމުގެ އެންމެބޮޑު އެއް ހަލާކު ގާސިމަކީ މިހާރު
ކެރޭދަރިން ތިބޭނީ ތިގޮތުގާ ފުލުމުގޫ ކަޑާވައްޓާލަންވި
ޢަދުރެ ކަލޭމޯޔަވަނީތަ ޤާސިމަ ނުބެހެހުރީޔާ