ޒިކުރާ މިސްކިތް 10 ބުރިއަށް އިމާރާތް ކުރަން ކުރީގެ ސަރުކާރުން އެސްޖޭ ކޮންސްޓްރަކްޝަންއަށް ހަވާލު ކުރުމުގައާއި މަޝްރޫއު ހިންގުމުގައި ސަރުކާރުންނާއި ކުންފުނީގެ ފަރާތުން ގާނޫނާއި ގަވާއިދާ ހިލާފު ކަމެއް ކޮށްފައި ނެތް ކަމަށް އެސްޖޭއަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދޭ "އެޑްވޮކަސީ ޗެމްބާސް" ލޯފާމުން ބުނެފިއެވެ.

އެ ލޯފާމްއިން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވާ ގޮތުން، ޒިކުރާ މިސްކިތް އިމާރާތް ކުރުމަށް އެސްޖޭއާ ހަވާލު ކުރުމުގެ މަރުހަލާގައި ގާނޫނާއި ގަވާއިދާ ހިލާފަށް އެއްވެސް ކަމެއް ކުންފުނީގެ ފަރާތުން ކޮށްފައިވޭތޯ ބެލިބެލުމުގައި އެ ލޯމްފާާމްއަށް އެ ކަން ފާހަގަނުވާ ކަމަށެވެ.

އެ ގޮތުން ޒިކުރާ މިސްކިތް އިިމާރާތް ކުރުމުގެ މަސައްކަތް އެސްޖޭއަށް ޖުލައި 9، 2018 ގައި ހަވާލުކޮށްފައި ވަނީ ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 10.27 ދަށުން ކަމަށްވާއިރު އެ މާއްދާގައި ސަރުކާރުން ހިންގަން ކަނޑައަޅާ މަޝްރޫއެއް ހިންގުމުގައި ބިޑް ކުރުމެއް ނެތި ވަޒީރުންގެ މަޖިލީހުގެ ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއެއްގެ މަޝްވަރާގެ މަތިން ރައީސް ކަނޑައަޅާ ފަރާތަކާ ހަވާލުކޮށްގެން މަޝްރޫއު ހިންގިދާނެ ކަމަށް ބަޔާންކޮށްފައިވެއެވެ.

އެކަމަކު ކުރިން މި މާއްދާ އޮންނަ ގޮތުން ކޮރަޕްޝަންއަށް ފުރުސަތު ބޮޑު ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަބަދުވެސް ލަފާ ދީފައިވެއެވެ. އޭސީސީން އެދެނީ އެ މާއްދާ އުވާލުމަށެވެ. އެހެންވިޔަސް މި ސަރުކާރު ވެސް ދަނީ އެ މާއްދާ ތަންފީޒު ކުރަމުންނެވެ. އެކަމަކު ދާދި ފަހަކުން އެ މާއްދާއަށް ބައެއް ބަދަލުތަކެއް ގެނެސްފައިވެއެވެ.

ލޯފާމް އިންް ނެރުނު ބަޔާނުގައި ބުނާ ގޮތުން އެސްޖޭގެ ފަރާތުން މި ޕްރޮޖެކްޓް ހަވާލު ކުރުމުގެ ކުރިން މިނިސްޓްރީގެ ފަރާތުން ހޯދަން ޖެހޭ ހުއްދަތައް ހޯދާފައިވޭތޯ ބެލި ބެލުމުން ބިޑް ކުރުމަކާ ނުލާ ޕްރޮޖެކްޓް އެވޯޑް ކުރުމުގެ ގޮތުން މާޗު 15، 2018 ގައި މާލިއްޔަތު ގަވާއިދުގެ 10.27 ގައި ބަޔާން ކޮށްފައިވާ ހުއްދަ ހޯދުމަށް ރައީސް އޮފީހުގައި ދެންނެވުމުން ރައީސް އޮފީހުން އިތުރަށް ބަލަން ޖެހޭ ކަންކަން ބެލުމުގެ ގޮތުން ފިނޭންސް މިނިސްޓްރީގެ ބަހެއް ހޯދާފައިވެއެވެ.

ފިނޭންސް މިނިސްޓްރީގެ ފަރާތުން ޕްރޮޖެކްޓްއަށް ހުށަހަޅާފައިވާ ޕްރޮޕޯސަލްތައް ތައްޔާރުކޮށްފައިވާ ރިޕޯޓްގައި ދައުލަތަށް އެންމެ ފައިދާ ހުރި އަދި ބަޖެޓަށް ބުރަ ބޮޑު ނުވާ ގޮތަށް ޕްރޮޕޯސަލް ހުށަހަޅާފަައިވަނީ އެސްޖޭ ކޮންސްޓްރަކްޝަން އިން ކަމަށް ބަޔާންކޮށްފައިވެއެވެ.

އެސްޖޭ އަކީ ހައުސިން މިނިސްޓްރީގެ ކޮންސްޓްރަކްޝަން ކުންފުނިތަކުގެ ކެޓަގަރީގައި އަންލިމިޓެޑްކޮށް ބިޑް ކުރެވޭ ގޮތަށް ކެޓެގަރައިޒް ކުރެވިފައިވާ ކުންފުންޏެއް ކަމަށް ލޯފާމްގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އަދި އެސްޖޭ އަކީ 2016 އާއި 2017 ގައި 200 މިލިއަން ރުފިޔާގެ އަގު ހުރި ޕަބްލިކް ސެކްޓަރގެ އުމްރާނީ ތަރައްގީގެ މަސައްކަތްތައް ނިންމާފައިވާާ ކުންފުންޏެއް ކަމަށް ވެސް ބުނެފައިވެއެވެ.

އެހެންވުމާއެކު، މެއި 31، 2018 ގައި ބޭއްވުނު ކައުންސިލްގެ ބައްދަލުވުމުގައި ޒިކުރާ މިސްކިތުގެ މަޝްރޫއު އެސްޖޭއަށް ހަވާލު ކުރުމަށް ނިންމާފައިވާ ކަން ޖޫން 3، 2018 ގައި ރައީސް އޮފީހުން އިސްލާމިކް މިނިސްޓްރީއަށް ފޮނުވި ސިޓީގައި ބަޔާންކޮށްފައިވާ ކަން ވެސް އެސްޖޭއަށް ވަކީލުކަމުގެ އެހީ ފޯރުކޮށްދޭ ލޯފާމްގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އެ މަޝްރޫއުގެ މަސައްކަތްތައް ކުރުމަށް މިނިސްޓްރީއާއި އެސްޖޭ ކޮންސްޓްރަކްޝަންއާ ދެމެދު ޖުލައި 9، 2018 ގައި ވެފައިވާ އެއްބަސްވުން ސޮއިކުރުމުގެ ކުރީގައި މި ހުރިހާ ކަންކަން އެސްޖޭގެ ފަރާތުން ކަށަވަރުކޮށްފައިވާ އޮތުމުން، މި މަޝްރޫއު ހަވާލު ކޮށްފައި ވަނީ މާލިއްޔަތު ގާނޫނާއި ގަވާއިދާ އެއް ގޮތަށް ކަމަށް މި ލޯފާމްއަށް ގަބޫލު ކުރެވޭ ކަމަށް ބުނެފައިވެއެވެ.

މި މައްސަލާގައި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު އާާއި، އިސްލާމިކް މިނިސްޓްރީގެ އެންޑޯޒްމަންޓް ސެކްޝަންގެ ކުރީގެ ވެރިޔާ އިބްރާހިމް އަބްދުﷲ ސައީދުގެ މައްޗަށް ދައުވާ އުފުލަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމާފައިވެއެވެ.

މި ދައުވާ ސާބިތުވެއްޖެނަމަ ޒިޔާދަށް 1 އަހަރާއި 7 މަހާއި 6 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޢަހާ

    ކަލޭމެން ތިހެން ބުންޏަސް އެކަން ގަބޫލު ކުރާނީ ކާކު

  2. މިއަދު

    ފިނޭންސްމިނިސްޓްރީއާއި ރައީސުލްޖުމުހޫރިއްޔާގެ އޮފީހުން ކަންކަން ތަރުތީބުކޮށްނިންމާ އަމުރު ނެރުނީ ކުއްވެރިވަނީ އިސްލާމިކު މިނިސްޓްރ ކީއްވެބާ ތިމައްސަލާގައި ފިޝަރީޒު މިނިސްޓަރުގެ މައްޗަށް ދަޢުވާ ނުއުފުލީ

  3. އެސް.ޖޭ

    އާން. އެހެން ބުނެފާނެ، ތިޔަ ބުނާ ޗެންބަރެއްގެ ވަކީލަކަށް ހުންނަނީ ތިޔަ މައްސަލަތައް އޭ.ސީ.ސީ އަށް ހުށަހެޅިއިރު އެ ތަނުގެ ރައީސަކަށްހުރި މުއައްވިޒު، ދެން އެނގޭނެ އެންމެނަށް ތިކަން ވާނެގޮތް، ބަޔަކު އައިސް އެކަން ތަހުގީގުކޮށް ނިންމާ ދައުވާކުރަން ފޮނުވީމައި އޭނާ އެ ނިކުންނަނީ އެކަހަލަ އެންމެންގެ ދިފާއުގައި، ގައިމު އެބަހުރި ދޯ ޕްރޮފެޝަނަލް ކަމެއް، ދެ ދައުރު އޭ.ސީ.ސީގައި ހުރެފަ މި ނިކުންނަނީ ބޮޑެތި ކޮރަޕްޝަނުގެ މައްސަލަތަކުގެ ވަކީލަކަށް، ވެންޓިލޭޓަރ ކޭހައި، އެސްޖޭ ކޭހާއި ދެން މި ނޫނަސް އެތަށް މައްސަލައެއްގައި އޭނާ އެބަ އުޅޭ، ސާބަސް މުއައްވިޒް އަށް، ތީ ހަމަ ވަރަށް ޕްރޮފެޝަނަލް މީހެއް

  4. މާރިޔާ

    ތިކަމުގެފަހުނިމްމުން ނިމްމަނީ ގެރިމޯދީކަމައްވަނީ

  5. ޔާމިން

    ގެރިމޯދީގެބަހެއްބޭނުން ތިކަމުގާ

  6. ޖަލީލާ

    ވެއްޓެން ކައިރިވެފައިވާތީ ތެޅި މަރުވަނީ!