މިދިޔަ ޖޫން މަހުގެ ތެރޭގައި ހުޅުމާލެ ފަޅު ތެރޭގައި އަޅާފައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ފުރައްސާރަ ކުރި މައްސަލައިގެ އެއްވެސް މައުލޫމާތެއް ކަމާ ގުޅޭ އެއްވެސް އިދާރާއަކުން ހާމަ ނުކުރާތާ ދެމަސް ދުވަސް ވެއްޖެއެވެ.

އެ މައްސަލާގައި ފުލުހުން މީގެކުރިން ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވިއެވެ. ނަމަވެސް އޭގެފަހުން އެކަމާއި ގުޅިގެން މިހާތަނަށް މީޑިއާ އަށް އެއްވެސް މައުލޫމާތެއް ދީފައެއް ނުވެއެވެ. އަދި އެ މައްސަލައިގެ ތަހުގީގު މިހާރު ގޮސްފައިވާ ހިސާބަކީ ވެސް ކޮބައިކަން ފުލުހުން ހާމައެއް ނުކުރެއެވެ. މައްސަލަ އާއި ގުޅިގެން ފުލުހުން އެންމެ ފަހުން މައުލޫމާތު ދިނުމަށް ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވީ މިދިޔަ ޖުލައި މަހުގެ 16ވަނަ ދުވަހުއެވެ.

އެ މައްސަލާގައި ޝާމިލުވާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ރާއްޖޭގެ ސިޔާސީ ޕާޓީތަކުން ވެސް ގޮވާލާފައިވެއެވެ. ހުދު ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޕާޓީތަކުން ވެސް އެ މައްސަލާގައި އަޑު އުފުލާފައިވެއެވެ. މީގެއިތުރުން އެ މައްސަލަ ވަނީ ބައިނަލްއަގުވާމީ މީޑިއާތަކުގެ ސަމާލު ކަމަށްވެސް އައިސްފައެވެ.

އެ މައްސަލާގައި ޝާމިލުވާ މީހުން ތިބީ މަސްތުގެ ހާލަތުގައި ކަމަށް ތުހުމަތު ކުރެވިފައިވީ ނަމަވެސް ފުލުހުން ބުނެފައިވަނީ ހުޅުމާލޭ ފަޅުގައި އަޅާފައި އޮތް ސަފާރީއެއްގައި މަސްތުގެ ހާލުގައި ތިބި ބަޔަކު އަންހެނަކު ރޭޕް ކުރި ކަމުގެ ތުހުމަތު ކުރެވިފައިވާއިރު، އެވަގުތު އެ ސީން އަށް ދިޔަ ފުލުހުންނަށް އެމީހުން ތިބީ މަސްތުގެ ހާލަތުގައި ކަމެއް ނޭނގޭ ކަމަށެވެ. މަސްތުގެ ހާލުގައި ހުންނަ މީހެއްގެ ސާމްޕަލް ނެގުމަށް އަބަދުވެސް ވިކްޓިމް ނުވަތަ އެ ސީން އަށް ހާޒިރުވާ ފުލުހަކަށް އެފަދަ ތުހުމަތެއް ކުރެވޭނަމަ ނަގާނެ ކަމަށާއި މަވެސް ސަފާރީ ރޭޕް މައްސަލައިގައި ކުށުގެ ވެއްޓަށް ހާޒިރުވި ފުލުހުންނަށް އެތަނުގައި ތިބި މީހުން ތިބީ ބަނގުރާ ބޭނުން ކޮށްގެން ކަމުގެ ތުހުމަތެއް ކުރެވިފައި ނުވާ ކަމަށް ތަކުރާރުކޮށް ފުލުހުން ބުނެފައިވެއެވެ.

އެފަދަ ތުހުމަތު ތަކެއް އެފަރާތްތަކަށް ކުރެވިފައިނުވާތީ އެ މައްސަލައިގައި ތިބި މީހުން ބަނގުރާ ބޮއެގެން ތިބި ކަމަށް ޓެސްޓް ކޮށްފައެއް ނުވެއެވެ. މިފަދަ ޓެސްޓެއް ހަދާފައިނުވާތީ އެފަރާތްތަކުގެ މައްޗަށް މިހާރު އެފަދަ ކުށެއް ކުރިކަން ސާބިތެއް ނުވާނެއެވެ.

މި މައްސަލައިގައި އަންހެން މީހާ މީގެ ކުރިން ކިޔާދީފައިވާ ވާހަކަތަކާއި ފުލުހުންނަށް ދީފައިވާ ބަޔާނާއި ދިމާނުވަތީ ގިނަ ބަޔަކު ވަނީ ސަރުކާރަށް ބޮޑެތި ތުހުމަތު ތަކެއް ކޮށްފައެވެ. މިފަދަ ތުހުމަތު ތަކެއް ކޮށްފައިވަނީ، މި މައްސަލައިގައި ސަރުކާރުގެ އިސްފަރާތްތަކާއި ގުޅުންހުރި މީހުން ހިމެނޭތީއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. މާމީ

    ތިޔައީ ރޯޔަލް ކޭސް އެއްވީމަ ނުބެލޭނެ ... މިސަރުކާރު ބަދަލުވީމަ ބެލޭނެ ބަލާނެ...

    29
  2. ކުމާރު

    ފުލުހުން ކައިރީގަ ބުނާގޮތަށް އެމީހުންކަންތަށްތަށް ކުރާނީ އެހެންނޫނިއްޔާ އެމީހުންގެ ވަޒީފާ ގެއްލުވާލާނެ ނޫނީ ސަރުކާރުން އެމީހަކަށް ކޮންމެވެސް ލޮޓިއެއްދޭނެ މިއީ ސަރުކާރުގެ ރޭވުމެއް .

    25
  3. ޔައުޤުބު

    ރޯޔަލް ރޭޕް ވަރަށް ތަފާތުވާނެ....މި މިދުނިޔޭގެ އަދަބެއް ނުލިބުނަސް ، ﷲ އެކަ މަށް ފުރިހަ މަ އަޒާބު ދެއްވޭނެ.. ވެރި މީހާ ހިންނަވަރު ކިނބޫ މޯދީ ޒިން މާ އުފުލަން ޖެހޭނެ.....🐊🐢

    22
  4. ޝުކުރިއްޔާ

    މި މައްސަލަ އޮއްބާލަދިޔަ ނުދޭތި، ނޫނީ ދުވަހަކުވެސް ގައުމު ރަނގަޅެއް ނުވާނެ

    23
  5. ހަނި

    ،މިސަރުކާރާ އެދިކޮޅުު މީހުންނާ ވަރަށް އަވަހަށްް ސަރިޔަތްް ކޮޮށް ހުކުން އިށްވާނެ ޖަ:ޅަށް؛ލާނެ ؟

    17
    1
  6. ތުރާކުނު

    ރޯޔަލް ރޭޕް މިހާރު ވީހިސާބެއް ދެނެވޮޑިގެމްވަމީ މާތްﷲ

    21
  7. އަދިބަލާނެ

    ކިހެނެއް ތިކަން ބަލާނީ ބަލަންއުޅެފިއްޔާ ވަޒީފާ ގެއްލޭނެތީ ބަލަން ނުކެރިގެން އެއުޅެނީ

    25
  8. ާައަހުމަދު

    ތިވާހަކަ ދެން ނުދެއްކިއްޔާ ރަނގަޅުވާނީ. ތިމީހުން ކުރާ ތަހުގީގެއް ދުވަހަކުވެސް ނިމޭތަ؟. ދެން ނޫސްތަގަ ލިޔަން ފެށީމަ ފަހަރެއްގަ މާދަމާ ބުނެފާނެ ޝަރީއަތަށް ފޮނުވޭ ވަރަށް ހެއްކެއް ނެތޭ އެހެންވީމަ މައްސަލަ ފައިލް ކުރިއްޔޭ އެނިމުނީ.

    10
  9. ހުވަދޫ 3

    ހޯން. ތި ސާހީ ހިންނަވަރު ކްލޭންގެ މައްސަލައެއް. ނަމުން އިންސާފު ކަމުން ފާހިޝްކަން

    11
  10. ޒާ

    އެމައްސަލަ ބެލޭނީ މިސަރުކާރު ވެއްޓުނު ދުވަހަކުން

    13
  11. ހުސެން5

    ރޮޒޭއަށް އަންހެނުންނާ ފޮށޭކަމަށްވަނީ ބައެން އަންހެނުންނާ ފޮށުނީމާ. އަނެއްބައި އަންހެނުން އެއީ އަންހެނުންނަށް ނުވަނީތަ؟