ރާއްޖޭގެ މިނިވަން ކަމަށް އަސަރު ކުރާ ހުރިހާ އެއްބަސްވުންތަކެއް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރާއްޖޭގެ ވެރިކަމަށް އަލުން ވަޑައިގަތުމުން އުވާލާނަން ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އަދި ރައްޔިތުން މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ނުރައްކާވާ ހުރިހާ އެއްބަސްވުމެއް ރައީސް ޔާމީން ރާއްޖޭގެ ވެރިކަމަށް ވަޑައިގަތުމާއެކު އުވާލާނަން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި 2023ވަނަ އަހަރު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބުގެ ވޯޓު ކަރުދާހުގައި ރައީސް ޔާމީންގެ ނަންފުޅު އޮންނާނެ ކަމަށެވެ.

"އެމަނިކުފާނު ގައުމުގެ ސިޔާދަތު އަލުން ހޯއްދަވައި ދެއްވާނެ. ރައްޔިތުންނަށް ހިދުމަތް ކުރައްވާނެ، އިންޝާﷲ،" އާދަމް ޝަރީފް ވިދާޅުވިއެވެ.

ގައުމުގެ ސިޔާދަތާއި މިނިވަންކަން އަލުން ހޯއްދަވާނެ ކަމަށާއި އަދި ގައުމުގެ މިނިވަންކަން ގެއްލޭނެ ފަދަ އެއްބަސްވުންތައް އުވާލާނެ ކަމަށް އާދަމް ޝަރީފް ވިދާޅުވެފައިވާއިރު އިދިކޮޅު ޕީޕީއެމް - ޕީއެންސީ ކޯލިޝަނުން އަންނަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން އިންޑިއާއާ އެކު ގާތް ގުޅުމެއް ބާއްވަމުން އަންނާތީ އެކަމާ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ރާއްޖޭގެ މައި ވައިގެ ބަނދަރު އެގައުމުގެ ކުންފުންޏަކަށް ދިން ފަދައިން މި ސަރުކާރުންވެސް އެފަދަ "ޑީލް" ތަކެއް ހަދާނެ ކަމަށް އިދިކޮޅުން އަންނަނީ ތުހުމަތު ކުރަމުންނެވެ.

މީގެއިތުރުން އިންޑިއާ ސަރުކާރުން ރާއްޖެއަށް އެހީގެ ގޮތުގައި ދީފައިވާ ހެލިކޮޕްޓަރު ދުއްވުމަށް ކަމަށްބުނެ އިންޑިއާ ސިފައިން ރާއްޖޭގައި ތިބޭތީ އެކަމާވެސް އިދިކޮޅުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި ސޯޝަލް މީޑިއާގައި "އިންޑިއާއައުޓު" ހޭޝްޓެގު ބޭނުން ކޮށްގެން އަންނަނީ ހާއްސަ ކެމްޕެއިން އެއްވެސް ހިންގަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ...

  ފުރަތަމަ މިނިވަން އިންތިހާބެއް އިދިކޮޅުގެ އަޑީގައި އިންޑިއާ އޮވެގެން ބޭއްވުމަކީ ނާދިރު ކަމެއް.

  14
 2. ސީދި ބޮއްކުރާ ބޭ

  އިދި ކޮޅުގެ ވެރިކަމުގައި ވައްކަން އެކަނި އުވާ ނުލާނީ؟ އެނގިއްޖެ!

  4
  20
 3. Happy

  ނުވާނެތިކަމެއް.. އިންޝާﷲ ވެރިކަމައްނުވެސްއަންނާނެ!

  8
  22
 4. ފޯޑް

  ނުވާވަރުގެ ވާހަކަ ނުދައްކަބަލަ

 5. ޙަބަރުގެ

  ކޮން އެއްބަސްވުމެއްގެ ވާހަކައެއް ތިދައްކަނީ ކަލޭމެން ތިއީ ބައި ގަޑީ އިރުތެރޭ މަޖިލީހުން ޗައިނާ އެގްރީމެންޓް ފާސްކޮށް ގައުމުގެ ބިން ބޭރުމީހުންނަށް ވިއްކިދާނެކަމަށް ގާނޫނު ފާސްކުރި މީހުން

 6. އިދިކޮޅު

  ތިބުނާ ހުރިހާ އެއްޗެއް އުވާލާނީ އިދިކޮޅު ވެރިކަމެއްގައި އޭ، ވެރިކަމަށްއައިމަ އެއިރުން ތިބޭނީ އިދިކޮޅުގައެއްނޫންވީމަ އުވާލަން ތިބުނާކަންތައް އުވާލުމުގެ ބަދަލުގައި އަޅާނީ މިހާރަށްވުރެ ހަރުކަށިފިޔަވަޅުތައް، އެއްބަސްވުމެއްހެދިއަސް އެހެންކަމެއްކުރިއަސް ކުރާނީ ތިމާމެންގެ ޖީބަށް އެއްމެބޮޑަށް ބަރުވާގޮތަށް، މަލްޓިޕާރޓީ އިލެކްޝަން ބާއްވަންފެށިފަހުން އެމްޑީޕީ ދެފަހަރަށް ޕީޕީއެމް އެއްފަހަރަށް ވެރިކަމަށް އައިސްފި، ކޮއްމެ ބައެއްވެސް ވެރިކަމަށް އަންނަނީ ވެރިކަންކުރަމުންދާ ޕާރޓީންކުރާކަންތައްގޯސްކޮށް އެއަށްވުރެރަނގަޅުގޮތް ހޯދާދިނުމަށް ރައްޔިތުންނަށް އެތައް ވަޢުދެއްވުމަށްފަހު ބޮޑު މެނިފެސްޓޯއަކާއި އެކު، އެކަމަކު އެމްޑީޕީ ވެރިކަމަށް އައި ދެފަހަވެސް އަދި ޕީޕީއެމް ވެރިކަމަށް އައިސްފަވެސް ފެންނަމުންދިއައީ ތިމާމެން އަމިއްލަ ޖީބުބޮޑުކުރަން މަސައްކަތްކުރާތަން، ރައްޔިތުންނަށް ޖައްސަމުންދިއައީ އެއްދުވަހުން އަނެއްދުވަހަށް އިތުރު ނުފޮރުއްޕާނާއި ދަތިކަން

 7. ބި ކާރީ

  އިދި ކޮޅުގައި ބޭނުން ކުރާ 3 ބުރެންޑަކީ ރައްޔިތުން ނޫނެކޭ ބުނެ ކޮންފިސްކޭޓް ކޮށްފައިވާ BMW އާއި ޓިނާއި ބޮނޑި ބަތެވެ!