ހުޅުމާލޭގައި ޓްރަކަކާއި ސައިކަލެއް ޖެހިގެން ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

މި އެކްސިޑެންޓް ހިނގާފައި ވަނީ މިއަދު 18:00 ހާއިރު އެވެ.

ފުލުހުން ވިދާޅުވީ، ހުޅުމާލެ ރެޑްވޭވް ކައިރިން ޓްރަކަކާއި، ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާކަމަށް މައުލޫމާތު ލިބިފައިވާ މިއަދު ލިބިފައިވާ ކަަމަށެވެ.

ފުލުހުން ވިދާޅުވީ، މި އެކްސިޑެންޓް ހިނގިއިރު، ޓްރަކް ދުއްވަން އިނީ 30 އަހަރުގެ ބަންގްލަދޭޝް ފިރިހެެނެއް ކަމަށާއި، ސައިކަލު ދުއްވަން އިނީ 22 އަހަރުގެ ފިރިހެނެއް ކަމަށެވެ.

"މި އެކްސިޑެންޓްގައި ސައިކަލުގައި ދިޔަ މީހާއަށް އެކި ވަރުގެ އަނިޔާ ލިބިފައިވާތީ އެ މީހާ ވަނީ ފުލުހުންގެ އެހީތެރިކަމާއެކު ހޮސްޕިޓަލަށް ގެންގޮސްފައި" ފުލުހުން ވިދާޅުވިއެވެ.

ފުލުހުން އިތުރަށް ވިދާޅުވިގޮތުގައި، މި އެކްސިޑެންޓް ހިނގިއިރު އުޅަނދު ދުއްވަން އިން ދެ މީހުންގެ އަތުގައިވެސް ލައިސެންސް ނެތް ކަމަށެވެ.

މި އެކްސިޑެންޓާއި ގުޅިގެން ފުލުހުން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މޫސަ

    ތިޔަ 2 މީހުންކުރެ އެކަކުވެސް ދަތުރު ދުޢާ ކީބާ؟

    16
    2