ޖުލައި މަހު 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ހުޅުވުމަކީ ރައީސް ޞާލިހް ނިންމެވި ހިތްވަރު ގަދަ ނިންމެވުމެއްކަމަށް ފަތުރުވެރިކަމާއި ބެހޭ ވަޒީރު ޑރ.އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ބޯޑަރ މައިލްސް ލޯޔަލްޓީ ޕްރޮގްރާމް އިފްތިތާހް ކުރުމަށް ރޭ ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އިމިގްރޭޝަންގެ އިސްނެގުމަކަށް ކުރިއަށް ގެންދާ އެ ޕްރޮގްރާމަށް ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން އެއްބާރުލުން ލިބޭނެ ކަން ފާހަގަކުރައްވާފައިވާތީ އެ ފަރާތްތަކަށް މިނިސްޓަރ ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި އެ ޕްރޮގްރާމްގައި މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބައިވެރިވެ ދެއްވާ އެއްބާރުލުމަށްޓަކާ އެ ފަރާތްތަކަށް މިނިސްޓަރ މައުސޫމް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

އިތުރަށް ވާހަކަދައްކަވަމުން މިނިސްޓަރ މައުސޫމް ވަނީ ޖުލައިމަހު ރާއްޖޭގެ ބޯޑަރު ހުޅުވުމަކީ ދިވެހި އިގްތިސާތަށްޓަކައި އެޅި މުހިންމު ފިޔަވަޅެއްކަން ފާހަގަ ކުރައްވާފައެވެ. އޭރު ރާއްޖެއަކީ ބޯޑަރ ހުޅުވާލި މަދު ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެއްކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

"އެތެރޭގެ އިގްތިސާދު ނެތަތީވެ ފަތުރުވެރިކަމުގެ ސިނާއަތުގެ ފުރިހަމަ އެއްބާރުލުމާއި އެކު ރާއްޖޭގެ މައި އިންޑަސްޓްރީކުރިއަށްް ގެންދިއުމަށް ސަރުކާރުން ނިންމެވި ހަރުދަނާ ނިންމެވުމެއް. މި ނިންމެވުން ނިންމުވުގައި އެންމެ އިސްކަމެއް ދެވިފައި އޮތީ ދިވެހި ރައްޔިތުންނާ މުވައްޒަފުންނާއި ފަތުުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމާއި އެކީ ޓޫރިޒަމްގެ މަސައްކަތް ކުރިއަށް ގެންދެވޭނެ ގޮތަކަށް." މިނިސްޓަރ ވިދާޅުވިއެވެ.

މިހާރު ސަފާރީތައް ވެސް ހުޅުވާލާފައިވާއިރު އަންނަ އޮކްޓޯބަރު މަސްތެރޭގައި ގެސްޓްހައުސްތައް ހުޅުވާލުމުގެ މަސައްކަތް ކުރަމުންދާކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

2021 ވަނަ އަހަރަކީ ފަތުރުވެރިކަމަށް ކާމިޔާބު އަހަރަކަށް ހެދުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވަމުން މިނިސްޓަރ ވިދާޅުވީ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއަރަނީ އެ ސިނާއަތުގެ މަސައްކަތްތެރިންގެ ސަބަބުން ކަމަށެވެ.

މިއަހަރުގެ ފަތުރުވެރިކަމުގެ ދުވަހުގެ ޝިއާރުކަމުގައިވާ "ފަތުރުވެރިކަމާއި ރަށްރަށުގެ ތަރައްޤީ" އަކީ ރައީސް ޞާލިހުގެ ރިޔާސީ ވައުދާއި، އެޖެންޑާ-19ގެ ސިޔާސަތުތަކާއި ގުޅިފައިވާ ޝިޔާރެއްކަން ވެސް މިނިސްޓަރ ފާހަގަ ކުރެއްވެވިއެވެ. "ފަތުރުވެރިކަމުގެ މަންފާ ދިވެހިންނަށް ލިބޭނީ ފަތުރުވެރިކަމުގެ ވެރިންނަށް ގިނަ ދިވެހިން ވެގެން. ރަށްރަށުގެ ކުދި ހޮޓާތަކާއި ގެސްޓްހައުސްތައް އަދި ރާއްޖޭގެ އެހެން ތަންތަން ފައިދާ ލިބޭގޮތަށް ހިންގާ ގަނެވިގެން. ފަތުރުވެރިކަމުގެ ދާއިރާގައި ދިވެހިން އަދާކުރާ ހިތްވާ ބޮޑެތި މުސާރަ ލިބޭ ވަޒީފާތައް ދިވެހިންނަށް ލިބިގެން." މިނިސްޓަރ މައުސޫމް ވިދާޅުވިއެވެ.

މީގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގައި އަންހެނުންގެ ދައުރު އިތުރުކޮށް، ދަނޑުވެރިންނާއި މަސްވެރިން އަދި ފަންނާނުންނަށް އެ ދާއިރާއިން އޮތް ފުރުސަތުތައް އިތުރު ކުރައްވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖޭގެ ފަތުރުވެރިކަން ނަގާކޮޅަށްޖެހުމަށާއި ކޮވިޑް-19ގެ ހާލަތުން އަރައިގަތުމަށް ހުއްޓުމެއްނެތި މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގެ ޔަގީންކަން ރޭ ވެސް މިނިސްޓަރު ދެއްވެވިއެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ލީން

    2021 ވަނައަހަރަކީ 2020 ވަނަ އަހަރަށްވުރެ ސުންޕާ އަހަރަކަށްވެސް ވެދާނެ!

  2. ވޮއްލެ

    މަގާމު ދިފާއު ކުރުމަށް ސަނާކިޔުމަކީ ކޮންމެހެންވެސް ކުރަންޖެހޭނެކަމެއް.

  3. ހަނި

    ދުނިޔޭގެ ހުރިހާ އެއާޕޯޓު ތަށް ބަދުކޮށް އަންނާނި ފުޅެޓެށް ޖޖޖޖޖޖޖޖޖ؟ޖަށްސާނެ ބޯޓެށް ނެތީމާ އެއާޕޯޓް ބަަންދުކުރީމާ އެފެންނަނީ ރައީސް އިބޫގެ ހިތްވަރެއް ނެތްކަންދޭހަވަނީ

  4. ކ

    މައުސޫމަކީ ކުރިން ވެސް މިނިސްޓަރުކަން ކޮށް މައުމޫން އިރުގައި ފެއިލް ވެފައި ހުރި މީހެއް
    މީނާގެ ކަަމަކީ ނޫސް ތަކުގައި ސުރުޚީ ހެދުން... ހުރިހާ ކަމެއް އަމިއްލައަށް ކުރަން އުޅޭނީ ބޮޑެތި ވާހަކަ ބުނަނީ ހަމަ ތޮޅި އަށް ދާނީ ތައުލީމީ ގޮތުން މޮޅަސް ހިންގުން ތެރިކަން ނެތިއްޔާ ތިޔަ ހާ ބޮޑު ވުޒާރާއެއް ނުހިންގޭނެ ކުރިން ވެސް ވީ ފެއިލް

  5. ތ

    ތިޔަ ކަހަލަ ހުޝާމަދުގެ ވާހަކަ ދައްކަ ދައްކާ ހުއްޓާ ދައުރު ނިމެނީ ކުރިން ވެސް ތިޔަ މިނިސްޓްރީ ނުހިންގި ވަނީ ފައިލް ވެފައި ބޮޑެތި ވާހަކަ ދެއްކުމަކުން ނުފުދޭ

  6. ހަސަންބޭ

    ޑރ މައުސޫމް ތިކަހަލަ މޮޔަ ގޮވާނެކަމަށް ހަމަ ހިތައްވެސް ނުގެނެވޭ. ސިއްހީ މައުލޫމާތު ދެވޭ ވަރު ކަނބަލެއް ދޮއްތޮ ގޭގަ އިންނެވީ!

  7. ޙަން

    ކިތަންމެ ގިނަ މީހަކައް ކޮވިޑް ޖެހުނަސް ލާރިކޮޅު ލިބެންޏާ އެނި މުނީ.

  8. ހުސޭނުބޭ

    ހިތްވަރު ގަދަކަމުންދޯ ރައްޔިތުންނަށް ފިލައިގެން އެ އުޅެނީ!

  9. ކުޑަމުހައްމަދުބޭ

    ރައީސްގެހިތްވަރުހުރުގެންކުރީ ރައްޔަތުމީހާ އިދަނޖައްސަންވެގެން މިކަމަށް ރައީސްގެ ގަޑުއެބަހުރި ފިޑިރައީސެއްމިއީ ގައުމުހަލާކުރުރިރައީސްހިތަވަރުންރަގަޅު...............

  10. ނަޢީމު

    ކަލެޔަށް މިހާރު ވާނީ ޞާލިޙް ފޮޑިއެއްޖެއްސަސް ހިތްވަރުހުރި ކަމަކަށް! ޖުލައިމަހު ބޯޑަރު ހޫޅުވައިލުން އެއީ އޭނަގެ ހިތްވަރުހުރި ނިންމުމެކޭ ތިބުނީ ކޮން މާނައެއްގައި ބާވައެވެ؟ ބަލަގަ ރާއްޖޭގައި ހނގާ ވައްކަންތަކާ ކޮރޮޕްސަނާ ފޭރުމާ ރޭޕްތަކާ ދީނަށް ފުރައްސާރަކުރުމާ ﷲ ތަޢާލާގެ ޒާތުފުޅަށް މަލާމާތްކުރުމާ ރަސޫލާއަށް އިހާނެތިބަސބުނާބަޔަކާދެކޮޅަށް ފިޔަވަޅު އަޅަން ނުކެރުނުކަމީ ތިބުނާމީހެއްގެ ހައްޕުޑުކަން! ހެސްކިޔާފަ ދައުލަތް ލޫޓުވާއިރު ތިބުނާ މީހާ ކޮބައިކަންކަން ދެނެހުރިމީހަކު ނެތް!

  11. ހަނި

    އެން،މެފަހުން ބޯޑަރުބަންދު ކުރުމަކީ ރައީސްގެ ފިޑިއަމަލެތް

  12. ޖޯރޭ

    މަގާމެއް ލިބޭއިރަށް މިވެރިންގެ ކަމަކީ ރ އީސަށް ސަނާކިއުން ، ބަލަ ކަލޭ އަދާކުރަން ޖެހޭވާޖިބު ވެސް ފުރިހަމަ ކުރާތަން މިފެން ނަނީ ތިބުނާ ރައީސް ދެން ކަލޭ ބޮޑުމުސާރަ ދީފަ ތިތާގަ ބެހެއްޓުމުގެ ބޭނުމަކީ ކޮބާ؟ސަނާކިއުންތޯ🐂🐂🐂🐂

  13. ޖޯރޭ

    މަގާމެއް ލިބޭއިރަށް މިވެރިންގެ ކަމަކީ ރ އީސަށް ސަނާކިއުން ، ބަލަ ކަލޭ އަދާކުރަން ޖެހޭވާޖިބު ވެސް ފުރިހަމަ ކުރާތަން މިފެން ނަނީ ތިބުނާ ރައީސް ދެން ކަލޭ ބޮޑުމުސާރަ ދީފަ ތިތާގަ ބެހެއްޓުމުގެ ބޭނުމަކީ ކޮބާ؟ސަނާކިއުންތޯ؟

  14. ހުސައިން

    ޞާލިޙޫބެއަށް ކުރިމަތީ ލައިނުގެ އެލަވަންސް ލިބޭތަ؟

  15. ޙުސްކޮސް

    މަގާމުގެ ދަހިވެތިކަމުގާ ވިއަސް ތީ ބޮޑުވަރު. ނަމުގެ ކުރިއަށް ޑރ ޢަޔަސް ތިގޮވެނީ ކޮސް. މަގާމު ލިބުމާއެކު ފެށީ ކޮސް ގޮވަން.