ފަތުރުވެރިކަމުގެ ސިނާއަތުން މަދުވާ ހަމައެކަނި "ޕަޒަލް" ހަމަވެއްޖެ ކަމަށް ރާއްޖޭގެ އިމިގްރޭޝަން ކޮންޓްރޯލަރ އަހުމަދު ހުސައިން (ހަނަފީ) ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އިފްތިތާހުކުރާ "ބޯޑަރ މައިލްސް މޯލްޑިވްސް" އާއި ގުޅިގެން މިރޭ ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުން ހަނަފީ ވިދާޅުވީ މިހާރު ފެތުރެމުން އަންނަ ނުރައްކާތެރި ވައިރަސް ކޮވިޑް-19 އާއި ގުޅިގެން ފަތުރުވެރިކަމުގެ ސިނާއަތަށް ވަނީ ވަރަށް ބޮޑު ލޮޅުމެއް އައިސްފައި ކަމަށެވެ. އަދި މިކަމުގެ ސަބަބުން އިގްތިސާދަށް ބޮޑެތި ލޮޅުންތަކެއް އައިސްފައި ވާއިރު އެންމެންވެސް ވިސްނަމުން އަންނަނީ މިހާލަތުން އަރައިގަނެވޭނެ ގޮތަކާއި މެދު ކަމަށް އޭނާ ވިދާޅުވިއެވެ.

ހަނަފީ ވިދާޅުވީ، ވެކްސިން ނޫން އެހެން ގޮތްގޮތަށް ވެސް މި ހާލަތުން އަރައިގަތުމަށް ވިސްނުމަކީ މުހިންމު ކަމެއް ކަމަށާއި، މިއަދު އިފްތިތާހުކުރާ ބޯޑަރ މައިލްސް މޯލްޑިވްސް އާއި އެކު ފަތުރުވެރިންނަށް "އާ ސަފްހާ، އާބާބެއް ހުޅުވާލެވޭނެ." ކަމަށެވެ.

މިރޭ ތައާރަފްކުރާ މޯލްޑިވްސް ބޯޑަރ މައިލްސް އަކީ ދިވެހިން ފަތުރުވެރިކަމުގެ ހަޔާތުގައި އަދި ދުނިޔޭގައިވެސް ކޮށްފައި ނުވާފަދަ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. "އާދެ، ވިސްނުމަކީ އަޅުގަނޑުމެން ހުރިހާ ލޯ އެންފޯސްމަންޓް ބޯޑަރ އެޖެންސީންނާއި، އަދި ޓޫރިޒަމް ޕްރޮމޯޓުކުރާ ހުރިހާ ފަރާތްތަކެއް އަތުގުޅާލައިގެން ގުޅިގެން އެކަތިގަނޑަކަށް ވެގެން، އެއް ވިސްނުމެއްގައި މަސައްކަތް ކުރުން." ހަނަފީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެއީ ޓުއަރިޒަމުގެ ވިސްނުން ކަމަށާއި، އަންނަ ޓުއަރިސްޓުންނަށް ލޯތްބާއި، އަޅާލުމާއި އަދި ހިނިތުންވުމާއި އެކު މަރުހަބާ ކިޔާ ވިސްނުން ކަމަށާއި، މޯލްޑިވްސް ބޯޑަރ މައިލްސް އަކީ އެ ވިސްނުމުގެ ދަށުން އިފްތިތާހު ކުރާ ކަމެއް ކަމަށެވެ.

އޭނާ ވިދާޅުވީ، މި ކަމަކީ ވަރަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި، ގިނަ ބައެއްގެ އެހީތެރިކަމާއި އެއްބާރުލުމާއި، އެކު ހަގީގަތަކަށް ހެދި ކަމެއް ކަމަށެވެ.

ޓުއަރިސްޓުންގެ "ޖާނީ" ފެށެނީ ހޮޓެލްގެ ރިސެޕްޝަނުން ނޫން ކަމަށާއި، އެމީހުން ރާއްޖެ އަންނަ ފްލައިޓު ރާއްޖޭގެ އެއާޕޯޓުގައި ޖައްސާ ހިސާބުން ފެށިގެން އެ ދަތުރު ފެށުނީ ކަމަށާއި، އެއަށްފަހު ދެން އެދަތުރު އެންމެ ބޮޑަށް އުޖާލާ ކުރުވަނީ އިމިގްރޭޝަން ކައުންޓަރުން އެމީހުންނަށް ހިނިތުން ވުމާއި، އެކު ކިޔާ މަރުހަބާއިން ކަމަށާއި، މިހެން ނޫން ނަމަ، އެމީހުން ރާއްޖެ އައުމުގެ ކުރިން ކުރާ އުންމީދުތައް ވެއްޔާ މޮޑެވިގެން ދާކަމަށް އޭނާ ވިދާޅުވިއެވެ.

އިނގިރޭސި ބަހުން މުހާތަބު ކުރައްވަމުން އޭނާ ވިދާޅުވީ މިހާރު ފެތުރެމުން އަންނަ ކޮވިޑް-19 ބަލިމަޑުކަމުގެ ސަބަބުން، އެތައް ގެއްލުމެއް މުޅި ދުނިޔެއަށް ކުރިމަތިވެ މުޅި ދުނިޔެ ވަނީ، ވަރަށް ނާޒުކު ފައްތަރަކަށް ވެއްޓިފައި ކަމަށެވެ. އަދި މިއަދު މި އިފްތިތާހު ކުރެވިގެންދާ ބޯޑަރ މައިލްސް މޯލްޑިވްސްގެ ސަބަބުން ފަތުރުވެރިކަމާއި، މެދު މީހުން ދެކޭގޮތް މުޅިން ތަފާތުވެގެން ދާނެ ކަމަށް ވިދާޅުވިއެވެ.

"މިހާރު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މަދުވާ ހަމައެކަނި ކަން މިރޭ އަޅުގަނޑުމެން މި އިފްތިތާހު ކުރަނީ." ހަނަފީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ލޯ އެންފޯސްމެންޓު އެޖެންސީތައް މި ސިނާއަތަށް ވެއްދުމާއި، އެދު ފަތުރުވެރިކަމުގެ ސިނާއަތުން ހަމައެކަނި މަދުވާ "ޕަޒަލް" ހަމަވީ ކަމަށެވެ. މިރޭ މި އިފްތިތާހުކުރެވޭ ބޯޑަރ މައިލްސް މޯލްޑިވްސްގެ ސަބަބުން، އެންމެން އެކުގައި ކުރާ މަސައްކަތުން ފަތުރުވެރިކަން ކުރިއަރައިދާނެ ކަމަށް ޔަގީން ކުރައްވާ ކަަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ާލީ

    އެހެންވެދޯ ފަތރުވެރިންވިޔަސް އަދި އެނޫންމީހުންވިޔަސް އެއއާޕޯޓް ތަޅުންމަތީ ފޯމްފުރަން ތިބެންޖެހެނީ؟ ޞޮޑާކަމާއެކު އިމިގްރޭޝަނުން ރާއްޖެ އެތެރެވާމމީނުންނާމެދު އިހާނެތިކޮށްހިތަމުންދާތަން ތި ހަނަފީއަށްވެސް ފެންނާނެ ދުރުގާ ސިއްރުން ބަލަން މަޑުކޮށްލަބަލަ.

  2. ރޯދަ މުބާރިކް

    ދަތުރުފެށެނީ ރިސޯޓްއާއި ނޫނީ ޓްރެވެލް އެޖެންސީއާއިއެކު ރާއްޖެ ޢަައު މަށް ބުކިންޙަދާ ހިސާބުން! މައުލޫ މާތު ރަންގަޅުކޮށްލައްވާ!.. އި މިގްރޭޝަން މުހިއް މު ފަތުރުވެރިޔާއަށް މަރުހަބާ ކިއު މުގަ!

    3
    1
  3. ކަނަމަނަ

    މީގެކުރިން ފަތުރުވެރިންނާއި ފުރަތަމަ ބައްދަލުވާ އިމިގްރޭޝަންގެ މުވައްޒަފުން ތިބެނީ ރުޅިއައިސް ރަތްވެފަކަން މިހާރު މި އެނގުނީ. ކަންކަން ރަނގަޅުކުރަން މިވީ އަހަރެއްހާދުވަހުގެތެރޭގައި ރައްޔިތުންގެ ފައިސާއިން އަދަދުނުކުރެވޭ މިންވަރަށް ފައިސާއިން ގިނަ ބައެއްގެ ޖީބުތައް ފުރައިފި. އިތުރު ފައިސާ ޖީބަށްލުމަށް އާރައިވަރެއްދޯ މިފެށީ. ސާބަހޭ.

  4. ޑައެލޯގް

    ކީއްކުރަން ޓުވަރިޒަމް ކުރިއަރުވަނީ މިސަރުކާރު ބޭނުންވީ ޓުވަރިސްޓުން ނައިސް ބޯއިކަޓް ކުރާށެވެ. ދެން މިސަރުކާރުން ކުރިދުވާ މިސަރުކާރަށް މިއޮތީ މިންވަރުކުރައްވާފަ ދެން ކީއްކުރަން ޕްރޮމޯޓްކުރަންވީ

  5. ސީގަލް އޮން އެއަރ

    ކޮންމެ ހަފްތާއަކު އެތަކެއް ސަތޭކަ ބަންގްލަދޭޝް މީހުން ބޭރުކުރާ ވާހަކަ އިއުލާނު ކުރޭ. އެއްވެސް މީހަކު ބަލައިލިބާ... ބޭރުވާ މީހުންނާއެއްވަރަށް އެބައިމީހުން އެތެރެވާކަން... ބަލާމީހަކަށް ފެންނާނީ.
    ނޫސްވެރިންވެސް މިކަހަލަ ކަންކަމަށް ސަމާލުވުމަށް ގޮވާލަން. މިކަހަލަ ދޯހަޅި ކަންކަމާމެދު ސަރުކާރާއި ސުވާލު ކުރަން ފަސޭހަވާނީ ތިޔަބޭފުޅުންނަށް.