22:44

ގެސްޓް ހައުސް ހުޅުވާފައި ހުންނަ ރަށަކަށް ޑޮކްޓަރަށް ދައްކަން ދަތުރުކުރާނަމަ ކަރަންޓީން ވާން ނުޖެހޭނެ ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއޯސީ) އިން ވިދާޅުވެއްޖެ.

22:12

ރާއްޖެ އިން އިތުރު 59 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ.

21:11

ހދ. ކުޅުދުއްފުއްޓާއި ނޮޅިވަރަމް މޮނިޓަރިންގެ ހާލަތު އުވާލައިފި.

15:31

ގދ. ތިނަދޫގައި ގާއިމު ކުރާ ކޮވިޑް-19 ފެސިލިޓީގެ 15 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ، (އެމްޓީސީސީ)އިން ބުނެފި.

14:40

ކޮވިޑް-19 ފެތުރެމުންދާ މި ދަނޑިވަޅުގައި އިންގްލޭންޑުގެ މެދު ދެކުނު ގައުމެއް ކަމަށްވާ ހޮރެސްފޯރޑްޝިއާގައި 120 މީހުންނާއި އެކު ކައިވެނިޕާޓީ ބޭއްވި ބަޔަކު 10،000 ޔޫރޯ އިން ޖޫރިމަނާކޮށްފި.

13:48

ކޮވިޑް-19 އަށް ހަދާ ޓެސްޓްގެ ނަތީޖާ 15 މިނަޓު ތެރޭ ލިބޭ ޓެސްޓް ކިޓެއް ރާއްޖެއަށް ތައާރަފް ކޮށްފި.

13:28

މާލެ، ހުޅުމާލެއާއި، އަތޮޅު ތެރޭގެ ރަށްތަކުން ސަރުކާރުން ދޫކޮށްފައިވާ ފުލެޓު އަދި ހައުސިންގ ޔުނިޓުތަކުން ސަރުކާރަށް ދައްކަންޖެހޭ ކުލި އިތުރު ތިން މަހަށް ފަސްކޮށްދޭން ނިންމައިފި.

10:37

އިންޑިއާގެ ރިއަލިޓީ ޝޯ ބިގްބޮސްގެ ތަރި ހަމޭޝީ ކުރާނާ ކޮވިޑް-19 އަށް ފައްސިވެއްޖެ.

09:55

އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފްގެ މަންމަ ކޮވިޑް-19 އަށް ފައްސިވެ، އޭނާ ޑައިރެކްޓް ކޮންޓެކްޓަކަށްވެއްޖެ.

08:21

ޖުލައި މަހު 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ހުޅުވުމަކީ ރައީސް ޞާލިހް ނިންމެވި ހިތްވަރު ގަދަ ނިންމެވުމެއްކަމަށް ފަތުރުވެރިކަމާއި ބެހޭ ވަޒީރު ޑރ.އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ.

06:00

04:55

04:37

އިންޑިއާ އިން އިތުރު 82767 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 1040 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 6073328 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 95574 މީހަކު ވަނީ މަރުވެފައި.

04:37

އެމެރިކާއިން އިތުރު 32631 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 270 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 7320192 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 209447 މީހަކު ވަނީ މަރުވެފައި.

04:37

ބްރެޒިލް އިން އިތުރު 14194 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 335 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 4732309 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 141776 މީހަކު ވަނީ މަރުވެފައި.

04:36

ފްރާންސުން އިތުރު 11123 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 27 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 538569 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 27 މީހަކު ވަނީ މަރުވެފައި.

04:36

އާޖެންޓީނާ އިން އިތުރު 8841 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 206 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 711325 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 15749 މީހަކު ވަނީ މަރުވެފައި.

04:35

ރަޝިޔާ އިން އިތުރު 7867 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 99 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 1151438 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 20324 މީހަކު ވަނީ މަރުވެފައި.

04:35

ކޮލަމްބިއާ އިން އިތުރު 7018 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 192 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 813056 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 25488 މީހަކު ވަނީ މަރުވެފައި.

04:35

އިނގިރޭސިވިލާތުން އިތުރު 6593 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 17 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 434969 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 41988 މީހަކު ވަނީ މަރުވެފައި.

04:34

މެކްސިކޯ އިން އިތުރު 5573 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 399 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 726431 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 76243 މީހަކު ވަނީ މަރުވެފައި.

04:34

ޕެރޫ އިން އިތުރު 5160 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 120 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 805302 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 32262 މީހަކު ވަނީ މަރުވެފައި.

04:34

އިސްރާއީލުން އިތުރު 3926 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 25 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 231026 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 1466 މީހަކު ވަނީ މަރުވެފައި.

04:33

އިންޑޮނީޝިއާ އިން އިތުރު 3874 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 78 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 275213 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 10386 މީހަކު ވަނީ މަރުވެފައި.

04:33

އިރާގުން އިތުރު 3481 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 55 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 349450 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 8990 މީހަކު ވަނީ މަރުވެފައި.

04:33

އީރާނުން އިތުރު 3362 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 195 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 446448 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 25589 މީހަކު ވަނީ މަރުވެފައި.

04:32

ޔޫކްރޭނުން އިތުރު 3130 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 56 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 198634 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 3959 މީހަކު ވަނީ މަރުވެފައި.

04:32

ފިލިޕީންސުން އިތުރު 2995 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 60 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 304226 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 5344 މީހަކު ވަނީ މަރުވެފައި.

04:31

ނެދަލޭންޑްސް އިން އިތުރު 2995 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 8 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 111626 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 6374 މީހަކު ވަނީ މަރުވެފައި.

04:31

މޮރޮކޯ އިން އިތުރު 2444 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 28 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 117685 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 2069 މީހަކު ވަނީ މަރުވެފައި.

04:29

03:35

02:52

02:02

00:42


ހދ.ކުޅުދުއްފުށިން އިތުރު މީހަކު ކޮވިޑް-19 އަށް މިރޭ ވެސް ފައްސިވުމާއި އެކު ކުޅުދުއްފުއްޓާއި އަދި މުޅި ތިލަދުއްމައްޗާއި އުތުރުގެ އަތޮޅުތަކުގައި އުފެދިފައި އޮތް ބިރުވެރިކަން ވަނީ އިތުރު ވެފައެވެ. ކުޅުދުއްފުއްޓަކީ އުތުރުގެ އެތައް ރަށަކުން މީހުން އަރައި ފައިބާ ރަށަކަށް ވުމުން އެރަށުން އެހެން ރަށްތަކަށް ބަލި ދިއުމުގެ ފުރުސަތު ވަރަށް ބޮޑެވެ. ނަމަވެސް އަދި މިހާތަނަށް އިތުރު އެއްވެސް ރަށަކުން މީހަކު ފައްސިވެފައި ނުވުމަކީ ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިރޭ ކުޅުދުއްފުށިން ކޮވިޑް-19 އަށް ފައްސިވީ ފާޅުބޯޓުގެ ފަޅުވެރިންތަކެއް ކޮވިޑް-19 އަށް ފައްސިވުމުން ކުރިއަށްގެންދާ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ސުންކު (ސާމްޕަލް) ނެގި މީހެކެވެ. ފައްސިވެފައި ވަނީ ބޯޓްގެ ފަޅުވެރިޔަކާއި ގާތުން އެއްތާވި (ޑައިރެކްޓް ކޮންޓެކްޓްވި) މީހެކެވެ.

ކުޅުދުއްފުށިން ކޮވިޑްގެ ފުރަތަމަ މީހަކު ފައްސިވީ ހުކުރު ދުވަހު އެވެ. އެދުވަހު ފައްސިވީ ފާޅުބޯޓުގެ ކެޕްޓަނެވެ. އޭގެ ފަހުން ކުރި ޓެސްޓްތަކުން ބޯޓުގެ އިތުރު ދެފަޅުވެރިޔަކު ވެސް ވަނީ ފައްސިވެފައެވެ.

މިއަދު ރާއްޖެ އިން ލިބުނު އިތުރު ޚަބަރުތަކަށް ބަލާއިރު ކޮވިޑް-19 އާއި އެކު "އަނދަވަޅަކަށް ވެއްޓިފައި" އޮތް އިޤުތިޞާދު ނަގައި ކޮޅަށް ޖެހުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން މިރޭ ވަނީ "ބޯޑާ މައިލްސް މޯލްޑިވްސް" އިފްތިތާހް ކޮށްފައެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.