ހދ.ނައިވާދޫ ސިއްޙީ މަރުކަޒުގެ މައި ދޮރުގައި ފިލާގަނޑެއް ހަރުކޮށް މޮހޮރުޖަހާ ބަންދުކޮށްފިއެވެ.

ސިއްހީ މަރުކަޒުގެ ދޮރު ބަންދު ކޮށްފައި ވަނީ އެރަށުގެ އެންބިއުލާންސް ހަލާކުވެފައި އޮތުމުން އެކަމާ ހިތްހަމަނުޖެހޭ ބައެއް ކަމަށް ވެއެވެ. ދޮރުގައި ހަރުކޮށްފައި ހުރި ފިލާގައި ވެސް "ކޮބާ ނައިވާދޫއަށް ދޭންބުނި އެންބިއުލާންސް" މިހެންނެވެ.

ނަވައިދޫގެ ކައުންސިލު މެންބަރަކު ވިދާޅުވީ ސިއްހީ މަރުކަޒުގެ ދޮރުގައި ފިލާގަނޑެއް ހަރުކޮށް ސިއްހީ މަރުކަޒު ބަންދުކޮށްފައި ވަނީ ރޭ 12:30 ހާއިރުކަމަށެވެ. އަދި މި ފިލާގަނޑު މިހާރު ނައްޓާލާފައިވާ ކަމަށް ވެސް ކައުންސިލުން މައުލޫމާތު ދެއެވެ.

ސިއްހީ މަރުކަޒުގެ ދޮރަށް މޮހޮރު ޖަހައި ބަންދު ކުރީ ހިކޮންބައެއްކަމެއް ނޭނގެއެވެ. ސިއްހީ މަރުކަޒުގައި ޑިއުޓީ އަދާކުރަން ހުރި ވޮޗަރަށްވެސް މިކަން ހިނގާދިޔަކަން ނޭނގޭކަމަށް އޭނާ އާއި ހަވާލާދީ ކައުންސިލުން ބުނެއެވެ.

ރާއްޖޭގެ ހުރިހާ ރަށަކަށް ސަރުކާރުން އެނބިއުލަންސް ފޯރުކޮށްދީފައިވާ ކަމަށް ހެލްތު މިނިސްޓްރީން ކުރިން ވިދާޅުވެފައި ވެއެވެ. ނަމަވެސް ހާއްސަކޮށް ކުދިކުދި ރަށްރަށުގެ އެންބިއުލަންސްތައް ހަލާކުވެ ގިނަ ދުވަސްތަކެއް ވެގެން ދާއިރުވެސް މަރާމާތު ނުކުރެވި އޮންނަ މައްސަލަ ވަރަށް ބޮޑެވެ.

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

  1. ހަސަންބޭބެ

    ބަލަ ތިއީ ރައްޔިތުން ބޭނުންވި ގޮތޭ، 2008 ގަ އެމްޑީޕީ ވެރިކަމަށް އައިސް ވީ 3 އަހަރު ނިމުނުއިރު ހެލްތ ސެންޓަރުތައް ހުރިހާލަތު އަދި އެމްބިއުލަންސް ތަކަށްވެފަ ހުރިގޮތް ހަދާން ނެތޭހާދުވަހެއް ނުވަނީސް އަނެއްކާ ހަމަ އެ އެމްޑީޕީ އިން ދެއްކި ދަޅައިގަ ޖެހި، އެމީހުން ވެރިކަމަށް ގެނައީ. ދައުލަތުގެ ހުރިހާ ބާރުތަކެއް އެމީހުން އަތްމައްޗަށް ދޫކޮށްލީ. ރައީސް ޔާމީނުގެ ސަރުކާރާއިމެދު ނަފުރަތު ތަކެއް އުފައްދާފަ، ލާރިކޮޅަކަށް އެމީހުން ރައްޔިތުން ގަނެލީ. ދެން ވާހަކަ ނުދައްކާ އަތްޖަހަންތިބޭ. ބޮޑު ތިލަދުންމަތި، ފަލަސްތީނަކަށް ނޫނީ ސިކިމް އަކަށް ބަދަލުވީމަ އަދި ފޯރިހުންނާނީ. މާގިނަ ދުވަހެއް ދެން ނެތް

    68
    3
  2. ސޮމެޮނެ

    ވެންޓިލޭޓަރ.ކޮމް.އެމްވީ

    35
    1
  3. ރަދީފް

    ދާއިރާގެ މެމްބަރު ކޮބާ؟؟ ފެރީން އެމްބިއުލާންސް ގެނެސް މުޅި ތިލަދުންމަތި ފުރާލަންވީއެއްނު.ހެހެހެހެ.އެމްބިއުލާންސް ނެތަސް މިހެން ހަދައިގެން ނުވާނެ.ކަންކުރެވޭނީ ލަހުންކަން މާޒީ ބެލީމަ އެނގޭ.އެމްއާރްއައި މެޝިނެއްގެ އަގު ގައިމު ރާއްޖޭގެ ފަޅެއް ވިއްކައިގެންވެސް ހޯދޭނެ.ނަމަވެސް އެކަން ރާއްޖޭގެ ސަރުކާރުގެ އެންމެ ބޮޑު ހޮސްޕިޓަލްގަ ކުރެވުނީ 2014 ވަނަ އަހަރު.އައްޑޫގަ ވެސް އެބަހުރި ބޮޑު ބިޔަ ހޮސްޕިޓަލެއް.މިވަގުތު އެމްއާރްއައި އަދި ސީޓީ ސްކޭންވެސް ހެދޭ..ކޮންމެ ރަށެއްގަ އެމްބިއުލާންސްވެސް އޮންނަންޖެހޭނެ.އެމްބިއުލާންސް އޮތިއްޔާ ޑްރައިވަރެއް ނުހުންނާނެ،ޑްރައިވަރު ހުރިއްޔާ ފުރޮޅު ފަޅައިގެންގޮސްފަ ނުވަތަ އިންޖީން ހަލާކުވެފަ.ވަރަށް އޯގަނައިޒް ކުރެވިގެން ނޫންގޮތަކަށް ރައްޔަތުންގެ ޝަކުވާ ހުއްޓުވަން އުނދަގޫވާނެ.ރައްޔަތުންގެ އެކްސްޕެކްޓޭޝަން ދަންނަން ޖެހޭނެ އެވަގުތަކު ވެރިކަމަުގަ ތިބޭ ފަރާތްތަކުން.ރައްޔަތުންގެ މި ގިލަންވެރިކަމުން އަވަހަށް ސަލާމަތްވެ އެމްބިއުލާންސްގެ ހިދްމަތް ލިބުން އެއީ ރަދީފްގެ އެދުން.ވ.ވެދުން

    11
    3
  4. ާފެންފުށީ މީހެއް

    ފެންފުށީ މަރުކަޒުވެސް ތަޅުއަޅުވަންވެފަހުރިތަނެއް،ނަމެއްގަ ލެބޯޓަރީއެއް އިދޭ ލިބޭ ހިދުމަތެއް ހަމަ ހަރާން،، ބޮޑެއްޗަށް ތިމޭމީހުންވެސް ކައިކައިގެން ނިދަނީ،،ތަން ކުރިއަރުވަން ކުރާމަސަށް ކަތެއް ވެސް ހަމަ ހަރާން،، މިރަށު މީހުންގެ ނުހުންނާނެ ގަޓެއް، ނުކެރޭނެ ތިކަހަލަ ކަމެއް ކޮއްލާކައް

    48
    1
  5. އަސްލު ދިވެހި މީހާ

    ރަނގަޅަށް ތި ހެދީ!!!!

    57
    2
  6. ސެކްސް

    އެބުނާހެން ކޮބާހޭ؟؟

    49
  7. ރަމްސ

    ހިތްވަރު ލިބިގެން ކަންކަމާއިގެން ތެދުވީމާ ކަންކަން ކުރެވޭނެކަން ބުއްޅަބޭ ދަސްކޮށްދިނީ.
    ތިގޮތްވެސް އޯކޭ. އެމްބިއުލަންސް ލިބުމުން ފައިދާ ކުރާނީ ރަށުގެ ހުރިހާ ރައްޔިތުްނަށް

    51
    3
  8. ރަދީފް

    ކޮބާ މަގޭ ކޮމެންޓް؟؟

    18
    1
  9. މީހަކު

    މިބޭފުޅުން ކުރިން ވިދާޅުވެފައިވަނީ މަސްނުކިރުމުން ރަށުއޮފީހަށް މަސްތައް އުކާލުންވެސް ރަނގަޅުކަމަށް. އެހެންވީމާ ތިއީ މުޅިންވެސް ރަނގަޅު ކަންކަން.

    25
  10. ޙާއަލިފް

    ވޮޗަރުއޮތީ ގޭގަ ނޮދާފަވިޔަ! އެހެންވީމަ ނޭންގޭނެއެެެެއްނު! އޭނާއަށް މެޑަލްދީި

    24
  11. ކާޕެޓް ވަގު

    މޮހޮރެއް ނޫން އިސްކުރު ޖެހިޔަސް މި ސަރުކާރުން ދޭނެ އެމްބިއުލާންސެއް ނެތް..

    11
    1
  12. Anonymous

    އެމްބިއުލަންސް ނެތީމަ ދެން ބަލިވެގެން ނޫނީ ވިހަން ދާމީހަކު ހުންނަންވީ ހޮސްޕިޓަލު ބޭރުގަ ނުވަދެ . ތީ ދެން ވަރަށް މޮޅު ގޮތެއް

    9
    1
  13. ސާހިދު

    މި ސަރުކާރު މިހާރު އޮތީވެއްޓިލޭޓަރުގަ ވަގު ސަރުކާރު އިންޑިޔާ އައުޓް

    15
    1
  14. ވަގު ޔާނު

    ކޮން ތާކުދުއްވަނީ

    4
    2
    • ސަޓޯ

      ގޭދޮރުމަތީ ބާއްވަން ވެސް ކިއެއްތަ ؟؟

  15. މީހެ

    އެމްބިއުލެންސް އެއް އޮތުން ވަރަށް މުހިންމު. ބަލިމީހާ އެއްތަނުން އަނެއްތަނަށް ގެންދަާަައިރު
    ބަރޯއެއްގަ ގެންދިޔާމަ ބަލިމީހާ އަށް ވާނެ އުނދަގުޫ ވިސްނާލާ. އެެއްވެސް ބޭފުޅަކު ބޭނުން
    ވާނެތޯ އެމީހެއްގެ މަންމަ، ބައްޕަ، ކަާފާ، މާމަ ބަރޯގަ ގަާޑިޔާގަ ހޮސްޕިޓަލް އަައް ގެންދަން
    ކޮންމެ ސަރުކާރަކަސް ކޮންމެ މީހަކަސް ރަނގަޅަށް ކަންތައް ކުރެޭ.

    6
    1
  16. އޮޅުވާލި ވޯޓު

    ހާސްނުވޭ ޗޮކުން ފެރީގަ ގެނެސް އިރުކޮޅއްގެ ތެރޭ އެންބިއުލާސް ތައްބާލާނެ

    9
    2
  17. ހިރިލަންދޫ ޞިއްޙީމަރުކަޒު ވޮޗަރުވެސް އޮންނަނީ ނިދާފަ. ކަމެއް ވާނުވާއެއް ނޭގޭ..

    ސާބަސް

  18. ކެޔޮޅަށް 2 ފުޅި

    ފުރަތަމަ ވޮޗަރެއްނު ހޯދަންވީ

  19. މުސްތަފާބެ

    ރަށުތޭރޭން އަޑު އިވޭގޮތުގަ ތިރަށަށް ދޭންބުނި އެންބިއުލާންސް ބަދަލުގެނެސް މިނިސްޓަރ ޝާހިދުގެ ގޭގަ މުދާ އުފުލަން ބޭނުންކުރަނީ، އެހެންވެ ތިކަންނުވެގެން އުޅެނީ.

    12
    1
  20. މަތިމަސްކުމާރުލްދަގަނޑުބޯޓުފެރީ

    ވޮޗަރު އޮތީ "ވާކިން ފުރޮމް ހޯމް" ގައި. އެންގެވި ގޮތަށް. ރަށް ބަލަހައްޓަން ތިބި ވިލުގަމީހު ކުދިން ތިބީ ބަޔަކު ވަލުތެރޭގައި އަޅަމުން ދިޔަ ފިޔަފާޅިޔަކަށް ފާރަލާން. ދެން ތިބި ބަޔަކު ތިބީ ވަދެގެން ނުވާނެ ތަންތަނަށް ވަދެ ފިލާ.

  21. ސައިމާ

    މަމެން އަހައިލާން ބޭނުންވަނީޔޭ ކޮންބައެއްތޭ މަސްނުކިރިގެން މަސްތައް އޮފީސްތެރެއަށް ގެނެސް އަޅައިލީ އަޅެފަހެ ކޮންބައެއްތޭ. މިޒައިތުގެ ކަންކަން ކުރާނީ ކޮންބައެއްތޭ.

  22. ސަޓޯ

    އިބުރޭ އަވަސް ކުރޭ އެމްބިއުލެންސެއް ފޮނުވާ އަވަހަށް.. ވޯޓުތައް ގެއްލެނީ..

  23. ނަޖްވާ

    އެންބިޔުލަންސް ދިނަސް ނުދިނަސް މި ފާޑަށް އުޅޭކަށް ނުޖެހޭ ދޯ!