ރާއްޖެއިން ބޭޭރުގައި ދިރިއުޅޭ ދިވެހި ދަރިވަރުންނަށް އޮންލައިންކޮށް އިސްލާމް އާއި ގުރްއާން މާއްދާގެ ކްލާސްތަކެއް ނަގަން ފެށުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފިއެވެ.

އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އިއްޔެ ހަވީރު ބޭއްވި އެ ބައްދަލުވުމުގައި މިކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވީ ނައިބު ރައީސް ފައިސަލް ނަސީމް އާއި އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރުގެ އިތުރުން ރާއްޖޭގެ ބައެއް ދީނީ އިލްމުވެރިންނެވެ.

މި ބައްދަލުވުމުގައި ނައިބު ރައީސް ފައިސަލްގެ ވާހަކަފުޅުގައި، މުޖުތަމައަށް ކުރިމަތިވެފައިވާ އަޚްލާގީ އަދި އިޖްތިމާއީ މައްސަލަތައް ޙައްލު ކުރުމަށާއި ފަރުދުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް އިލްމުވެރިންގެ އެއްބާރުލުން ބޭޭނުންވާ ކަމަށް ވިދާޅުވިއެވެ.

އެ ގޮތުން ރާއްޖެއިން ބޭރުގައި ދިރިއުޅެ ދިވެހި ދަރިވަރުންނަށް ގުރްއާން މާއްދާއާއި އިސްލާމް މާއްދާގެ ކްލާސްތަކެއް އޮންލައިންކޮށް ހިންގުމުގެ އިތުރުން ގައުމީ ގުރްއާން މުބާރާތް މި އަހަރު އޮންލައިންކޮށް ކުރިއަށް ގެންދިއުމާ ގުޅޭޭ ގޮތުން މި ބައްދަލުވުމުގައި މަޝްވަރާ ކުރެއްވިއެވެ.

އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވަނީ ދީނީ ކަންކަމަށް ރައްޔިތުންގެ މެދުގައި ހޭލުންތެރިކަން އުފެއްދުމަށް އެ މިނިސްޓްރީން އިސް ނަގައިގެން ކުރިއަށް ގެންދާ މަސައްކަތްތަކުގެ މައުލޫމާތު ހިއްސާ ކުރައްވައިފައެވެ.

ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އިލްމުވެރިން ވެސް ވަނީ ދީނީ ކަންކަން ކުރިއެރުވުމަށް އެ ބޭފުޅުންނަށް ފެނިވަޑައިގަންނަވާ ހިޔާލުފުޅުތައް ހިއްސާ ކުރައްވައިފައެވެ. އަދި މިނިސްޓްރީގެ މަސައްކަތްތަކަށް އެއްބާރުލުން އިތުރު ކުރުމަށް ތިބި ކަމަށް އިލްމުވެރިން ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ނައީމާ

    ޥަރަށް ރަނގަޅު ކަމެއް

    13
    4
  2. ހަސަދު

    ދިނީ ނަސޭޔަހަތުގެ އިތުރަށް އެތިކްސް، އަދި އިންޓަގުރިޓީ ދީނީ ނަޒަރަކުން ދަސްކޮށްދޭން ފެނޭ. މިހާރު ރާއްޖޭގައި ކިޔަވައިގެން އަންނަމީހުންވެސް ބަދަލު ވަނީ ވަގުންނަށް.

    10
  3. ދަރިވަރުން

    އަވަހަށް ބޯ ދޮވެފަ ޖިހާދަށް ފޮނުވާލަންވީ ދޯ؟

    6
    5
  4. ޞަޙީފާ

    ޕްރެޝަރ ބޮޑުވެފަވާތީ އިސްލާމްދީނަށް ލޯބިކުރާކަން ދައްކަން ކުޅޭ ގޭމް!

    7
    4
  5. ޕެނެޑޯލް

    ދީނީ އިލްމު ލިބިގެން މީހަކު ކުރިއަރާނެ ނަމަ މިތިބަ ޝޭޚުންތައް ކުރިއެރީހެއްނު؟

    3
    6
  6. ސާހިދު

    ތިޔަ އިސްލާމިކް މިނިސްޓްރީ މިހާރުވަނީ ސިޔާސީވެ ލާދީނީ މީހުން ހިމާޔަންކުރާ ތަނަކަންވެފަ އަދި އަދާލަތު ޕާޓީވެސް މިހާރު ހިގަމުން ދަނީ ލާދީނީ މީހުން ހިމާޔަންކުރާ ޕާރޓީއެއްގެ ގޮތުގައި

    6
    1
  7. ޟމމ

    ކިހާވަރަކުން ދާނެބާ

    2
    4
  8. މާމީ

    ފުރަތަމަ ގުރުއާނައް ހަޖޫޖަހާ ރަސޫލާއަށް ފުރައްސާރަކޮއްކޮއް ތިބިމީހުން ނައް ނަސޭހައްދީ އަހަރެމެންގެ ޓެކުސް ފައިސާއިން މުސާރަ ދިނުން ހުއްޓާލާ....

    2
    2
    • ކމފ

      ކޮން އިރަކު ގުރުއަނައް ހަޖުޖެހި

  9. Anonymous

    ފުރަތަ މަ ވަލިއްޔުލްއަ މްރަށް ނަޞޭހަތް ދިނު މަތް ފެނޭ.

  10. ނަސްރީނާ

    ލާދީނީ މީހުން ހިފާ ހައްޔަރު ކުރަނީ ކޮން ދުވަހަކުން