ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަޙްމަދު ޒިޔާދަކީ ނަޒާހަތްތެރި ބޭފުޅެއް ކަަމަށް އިދިކޮޅު ޕީޕީއެމާއި ޕީއެންސީގެ އެޑްވައިޒަރު އަދި މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ރޭ ވިދާޅުވެއްޖެއެވެ.
ޝަހީމް އެގޮތަށް ވިދާޅުވީ ޒިކުރާ މިސްކިތް ހުރި ބިމުގައި 10 ބުރީގެ އިމާރާތެއް އެޅުމަށް އެސް ޖޭ ކޮންސްޓްރަކްޝަނާ ހަވާލު ކުރުމުގައި ނާޖާއިޒު ފައިދާއެއް ހޯދައިދީފައިވާ ކަމަށް ބުނެ، ޒިޔާދުގެ މައްޗަށް ކްރިމިނަލް ކޯޓުގައި ދައުވާ އުފުލާފައި ވަނިކޮށެވެ.
ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ އަޙުމަދު ޒިޔާދުގެ މައްޗަށް އުފުލާފައިވާ ދަޢުވާގައި އެމަނިކުފާނަށް ކާމިޔާބު ދެެއްވުން އެދި ދުޢާކުރަން. އަޅުގަނޑު އަބަދުވެސް ދެކެނީ އެމަނިކުފާނަކީ ނަޒާހަތްތެރި، ޢިލްމީ، އަދި އިސްލާމްދީނަށް ގިނަ ޚިދުމަތްތަކެއްކުރައްވަމުންގެންދަވާ ބޭފުޅެއްގެ ގޮތުގައި.
— Mohamed Shaheem Ali Saeed (@Mohamedshaheem1) September 27, 2020
ޝަހީމް ކުރެއްވި ޓްވީޓުގައި ވިދާޅުވީ ޒިޔާދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގައި އޭނާ އަށް ކާމިޔާބު ދެއްވުން އެދި ދުއާ ކުރައްވާ ކަމަށެވެ. އަދި ޒިޔާދަކީ ނަޒާހަތްތެރި، އިލްމީ، އަދި އިސްލާމް ދީނަށް ގިނަ ހިދުމަތްތަކެއް ކުރައްވާ ބޭފުޅެއް ކަމަށް ޝަހީމް ވިދާޅުވިއެވެ.
ޒިޔާދުގެ މައްޗަށް އުފުލީ ގާނޫނުލްއުގޫބާތުގެ 513 ވަނަ މާއްދާގެ (ށ) އާ ހަވާލާދީ، އެ މާއްދާގެ (ނ) ގެ ދަށުން ރަސްމީ ޙައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާއެވެ. މިކުށުގެ އަސާސީ އަދަބަކީ 1 އަހަރާއި 7 މަހާއި 6 ދުވަހަށް ޖަލަށްލުމެވެ.
ޕީޖީ އޮފީހުން ވިދާޅުވީ ޒިކުރާ މިސްކިތް ހުރި ބިމުގައި 10 ބުރީގެ އިމާރާތެއް އެޅުމަށް އެސް ޖޭ ކޮންސްޓްރަކްޝަންއިން ހުށަހެޅި ޕްރޮޕޯސަލްއާ ހިލާފަށް ދައުލަތަށް ގެއްލުން ވާގޮތަށް އެއްބަސްވުން ގާއިމްކޮށްފައިވާ ކަމަށެވެ. އަދި މި އެއްބަސްވުމުގައި ސޮއިކުރުމުގެ ސަބަބުން އެސްޖޭ ކޮންސްޓްރަކްޝަންއަށް އީކުއިޓީގެ ގޮތުގައި 30 މިލިއަން ރުފިޔާ ދައްކާފައިވާއިރު އެކަމުން އެއްވެސް ފައިދާއެއް ދައުލަތަށް ނުލިބި އެސް ޖޭ ކޮންސްޓްރަކްޝަންއަށް ނާޖާއިޒު ފައިދާއެއް ހޯދާދީފައިވާ ކަމަށް ޕީޖީން ވިދާޅުވިއެވެ.
އެސް ޖޭ ކޮންސްޓްރަކްޝަނުން ހުށަހެޅި ޕްރޮޕޯސަލްގައި ކޮންމެހެން ހިމެނެންޖެހޭ މަޢުލޫމާތު ނެތްއިރު، އެޕްރޮޕޯސަލްތަކާ ގުޅިގެން ތައްޔާރުކުރި ޓެކްނިކަލް ރިޕޯޓްގައި އެސް ޖޭ ކޮންސްޓްރަކްޝަންއަށް އެ މަސައްކަތް ޙަވާލުކުރުމަކީ ދައުލަތަށް އެންމެ ފައިދާބޮޑު ގޮތްކަމަށް ބަޔާންކޮށް، އެސް ޖޭ ކޮންސްޓްރަކްޝަންއަށް ނާޖާއިޒު ފައިދާއެއް ހޯދައިދީފައިވާތީ، އިސްލާމިކް މިނިސްޓްރީގެ އެންޑޯމަންޓް ސެކްޝަންގެ ކުރީގެ ވެރިޔާ، ކ. މާލެ، މ. މުޙައްމަދީއާބާދު އިބްރާހީމް ޢަބްދުﷲ ސަޢީދުގެ މައްޗަށް، ވެސް ހަމަ އެ ދައުވާ އުފުލާފައިވެއެވެ.
މިނިސްޓަރު ކަމުގައި ޒިޔާދު ހުންނެވިއިރު "ދާރުލް ޒިކްރާ"ގެ ނަމުގައި 10 ބުރި އަށް އެ މިސްކިތް އިމާރާތް ކުރަން އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކުރީ، 2018 ވަނަ އަހަރުއެވެ. ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ހިންގަން ހަވާލުކުރި މަޝްރޫއުގެ އަގަކީ 130 މިލިއަން ރުފިޔާއެވެ. ކުރީގެ ސަރުކާރުން ވަނީ އެ ފައިސާ ވެސް އެސްޖޭ ކޮންސްޓްރަކްޝަނަށް ދީފައެވެ.
އެކަމަކު އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ކުރިއަށް ނުގެންދާތީ އެއްބަސްވުން މި ސަރުކާރުގައި އޮތީ ބާތިލްކޮށްފައެވެ.
ކުރީސަރުކާރުގެ ވައްކަން ތައްހޯދަން އުޅޭތަން އަބަދު މިފެންނަނީ. ކުރީ ސަރުކާރުގައި ވައްކަން ކޮށްފައިވާ ވާހަކަ އަބަދު މިދައްކަނީ. މިހާރު މި ހިގަމުންގެންދާ ވައްކަންތައް ހޯދައި ހުއްޓުވަން އުޅުނިއްޔާ ބޭތުލްމާލުގައި ހުރިއެއްޗެއް ސަލާމަތް ކުރެވިދާނެ. 2019 ވަނަ އަހަރުގެ ބަޖެޓްއާއި 2020 ގެ ބަޖެޓް އެއްކޮށް ހުސްވެ ދިޔައިރު ކުރެވުނުއެއްކަމެއްވެސް ނެތް. އެކަމަކު އެއީ މިހާތަނަށް ހެދުނު އެންމެ ބޮޑެތި ބަޖެޓު. މި ވާގޮތެއް ޤައުމު ދެކެ ހަޤީޤަތުގައި ލޯބިވާ ތެދުވެރި ކަމައިގެން ބަލާލުން މުހުންމު.
އަހަރުގެ ފަހުކޮޅަށް އަޅާއިރު ބަޖެޓުގައި އެކައްޗެއްވެސްނެތް..ކުރެވުނު ކަމެއްވެސްނެތް. ދެންމިޖެހެނީ މުސާރަދޭންވެސް ލޯނު ނަގަން.. މިއީ ކަހާދެރަ ކަމެއްތޯ.
ޢެއީ ވައްކަ މެއްނޫން ސޮދަގާަތް.
ކަލޭ ނައިބުރައިސަކަށް ވީމަ އެމައްސަލައެއް ބެލިޔަކަ ނުދޭނެ ދޯ؟
ކިތައްމެ ނަޒާހަތްތެރިވިއަސް ވާގޮތަކީ ފައުންޑޭސަނުން ބުނާގޮތަށް ހަދަންޖެހޭ.
ޢެއީ ވައްކަ މެއްނޫން ސޮދަގާަތް.
ތިސުވާލު ކުރައްވާ އަދުރެމެޓިސް