ރާއްޖެ އާއި އިންޑިއާއާ ދެމެދު ފެށި ކާގޯ ފެރީގެ މައުލޫމާތުތައް ވިޔަފަރިވެރިންނާއި ހިއްސާކުރުމަށް އޮންލައިންކޮށް ހާއްސަ ސެޝަނެއް ބާއްވަން ތައްޔާރުވެއްޖެއެވެ.

މި ސެޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ ހދ. އަތޮޅު ކައުންސިލާއި މޯލްޑިވްސް ސްޓޭޓް ޝިޕިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ އިތުރުން ބިޒްނެސް ސެންޓަ ކޯޕަރޭޝަން ގުޅިގެންނެވެ. ކުޅުދުއްފުށީގެ ވިޔަފާރިވެރިންގެ ތެރެއިން މި ފެރީ މެދުވެރިކޮށް ކާގޯ ގެނައުމަށް ޝައުވެރިވާ ފަރާތްތަކަށް މިހާރު ވަނީ، އޮންލައިން ސެޝަނުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފައެވެ.

މިކަމަށް ޝައުގުވެރިވާ މީހުން އަންނަ ބުދަ ދުވަހުގެ 10:00ގެ ނިޔަލަށް، ނަން ނޯޓުކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފައެވެ. ނަން ނޯޓުކުރާއިރު، ވިޔަފާރީގެ ނަމާއި، ވިޔަފާރިވެރިއާގެ ނަމާއި، ވިޔަފާރިވެރިއާގެ އައިޑީކާޑު ނަންބަރު އަދި ފޯނު ނަންބަރުގެ އިތުރުން އީމެއިލް އެޑްރެސް ހުށަހަޅަން ޖެހެއެވެ.

އިންޑިއާއިން ފުރަތަމަ އައި ކާގޯ ފެރީ ކުޅުދުއްފުއްޓަށް ބަނދަރުކުރީ މިދިޔަ ހޮނިހިރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ.

ފެރީއަކީ 380 ކޮންޓެއިނަރު، އަދި 3،000 މެޓްރިކް ޓަނުގެ ބްރޭކް ބަލްކް ކާގޯ ކެޕޭސިޓީ ހުރި ފެރީއެކެވެ. އަދި އެ ފެރީގެ ދިގު މިނުގައި 117 މީޓަރު ހުންނާނެއެވެ. މި ފެރީ ކުޅުދުއްފުށީގެ އިތުރުން މާލެއަށްވެސް ދަތުރުކުރާނެއެވެ.

މި ފެރީގެ ސަބަބުން ރާއްޖޭގެ ރާއްޖޭގެ އުތުރުގެ އަތޮޅުތަކާއި ރަށްތަކަށް ފަތުރުވެރިކަން ފުޅާވެ، އިގްތިސާދީ ކުރިއެރުން ލިބި، ތަރައްގީ ވެގެންދާނެ ކަމަށް އިންޑިއާގެ ހައި ކޮމިޝަނުން ވިދާޅުވިއެވެ. އަދި ދިވެހި އެކްސްޕޯޓަރުންނަށް މަހާއި، މަހުގެ ބާވަތްތައް ފަދަ ރާއްޖޭގެ އުފެއްދުންތައް އިންޑިއާގެ ބާޒާރަށާއި، އިންޑިއާ މެދުވެރިކޮށް ޔޫރަޕުގެ ބާޒާރަށް ނެރެވޭނެ ކަމަށް ވެސް ހައި ކޮމިޝަނުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކަނޑު އަލީ

    މަހަމަ ކޮސްވެއްޖެ! ހައިރާންވެ އަންތަރީސް ވެއްޖެ! ބަލަ ދިވެހިން މިތިބީ ގަމާރުވެފަތޯ؟ ތިއީ ކާގޯ ފެރީއެއް ކަމަށްވާނަމަ ތީގެ ކިތަންމެ ފެރީއެއް ދުނިޔޭގެ އެކި ކަންކޮޅުތަކުން މާލެ އަށް އެބަ ބަނދަރު ކުރޭ! ތިޔަކަހަލަ ސަކަރާތްޖެހުން ހުއްޓާލާފަ ތަސައްރަފު ފުދޭ ކަންތައް ކޮށްބަލަ! އިންޑިއާ އިން ބޭނުންވަނީ އެމީހުންގެ ވެކްސިންގެ ޓްރެޔަލްގައި ދިވެހިން ބައިވެރިކޮށް މަރާލަން. ބަލަ މީ ޓެސްޓް ކިޓް ތަކެއްތަ؟ ނިކަން ހެޔޮއެދޭ ކަމަށް ވާނަމަ ގައުމު ބިނާކުރުމުގައި ސަރުކާރަށް އެހީތެރިވެދީ.