‏މައުލޫމާތު ފޯރުކޮށްދިނުމަކީ އިދާރާތަކަށް އޮތް އިޚުތިޔާރެއް ނޫން ކަމަށާއި އެއީ ރައްޔިތުންގެ ހައްގެއް ކަަމަށް ރައީސް އިބްރާހިމް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެއެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދުވަހާ ގުޅިގެން ރައީސް ސޯލިހް ދެއްވި ހިތާބުގައި، އެމަނިކުފާނު ވިދާޅުވީ ދައުލަތުގެ އިދާރާތަކުން ކުރާ ކަންކަމުގެ މައުލޫމާތު، ހިއްސާނުކޮށް ހިފެހެއްޓުމަކީ، އެ އިދާރާތަކުގެ މުވައްޒަފުންގެ އަމިއްލަ އިހްތިޔާރުގައިވާ ކަމެއް ނޫން ކަމަށެވެ.

މައުލޫމާތު ހޯދުމުގެ ހައްގަށް ހުރުމަތްތެރިކޮށް ހިތުމަކީ ދައުލަތުގެ ކޮންމެ މުވައްޒަފެއްގެ ޒިންމާއެއް ކަމަށާއި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ނަމުގައި، މިނިވަން މުއައްސަސާއެއް ގާއިމުކުރުމުގެ މަގްސަދަކީ ވެސް، އެ ހައްގު ފުރިހަމަ ގޮތުގައި ރައްޔިތުންނަށް ލިބޭ ކަން ކަށަވަރުކުރުން ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި އެ ހައްގު ހޯދައިދިނުމަށް އެ އޮފީހުން ކުރަމުންދާ މަސައްކަތުގައި ދައުލަތުގެ ހުރިހާ އިދާރާތަކުން ފުރިހަމައަށް އެއްބާރުލުން ދޭންޖެ ހޭކަން ރައީސް ވިދާޅުވިއެެވެ.

މައުލޫމާތު ފޯރުކޮށްދިނުމަށް މުއައްސަސާތަކުން، ހާމަކަން ބޮޑު މަސައްކަތްތަކެއް ކުރަން ޖެހޭ ކަން ފާހަގަ ކުރައްވައި ރައީސް ސޯލިހު ވިދާޅުވީ ގާނޫނުއަސާސީގެ 27 ވަނަ މާއްދާއިން ކަށަަވަރުކޮށްދޭ ޚިޔާލު ފާޅުކުރުމަށް ހުރަސް ނާޅައި، އެކަމަށް މަގު ފަހިކޮށްދިނުމަކީ، ދައުލަތުގެ ހުރިހާ މުވައްޒަފުންނާއި އިދާރާތަކުގެ ޒިންމާއެއް ކަމަށެވެ.

"މައުލޫމާތު ހޯދުމާއި މައުލޫމާތު ދިނުމުގެ މިނިވަންކަން ކޮންމެ މީހަކަށް ލިބިގެންވާ ކަމަށް، 29 ވަނަ މާއްދާގައި ބުނެފައިވާ އިރު، މައުލޫމާތު ހޯދުމަށް އެދި ހުށަހެޅުމުގެ ކުރިން، އާންމުކޮށް ރައްޔިތުންނަށް އެނގެން ޖެހޭ މައުލޫމާތުތައް ހާމަ ކުރުމަކީ، ކޮންމެ އިދާރާއަކުން އިސްކަންދޭ ކަމަކަށް ހަދަންޖެހޭ،" އެ ހިތާބުގައި ރައީސް ވިދާޅުވިއެވެ.

މީގެއިތުުރުން، "ޚަބަރާއި މައުލޫމާތާއި ފެންނަ ގޮތްތަކާއި ޚިޔާލުތައް އާންމުކޮށް ޝާއިއުކުރުމާއި ފެތުރުމަކީ އާންމުންނަށް ލިބިގެންވާ މިނިވަންކަމެއް ކަމަށާއި އެ ހައްގު ކަށަވަރުވެގެންދާނީ، މިނިވަން ނޫސްވެރިކަމަށް މަގުފަހިކޮށްދީގެން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އާންމުން ޚިޔާލު ފާޅުކުރުމަކީ ދައުލަތުގެ އިދާރާތަކުން ކޮރަޕްޝަނާއި ޚިޔާނަތާއި މަކާރާއި ހީލަތުގެ އަމަލުތައް ހުއްޓުވުމަށްޓަކައި، މުހިންމު ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި މައުލޫމާތު ހާމަކުރުމަށް ފަސްޖެހޭ ވަރަކަށް، އެ ބައެއްގެ ތެރޭގައި ފަސާދައިގެ އަމަލުތަކަށް ޖާގަ ދެވޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

" މައުލޫމާތު ހާމަ ކުރުމަށް އިސްކަން ދޭ ވަރަކުން، އެ ބައެއްގެ ނަޒާހަތްތެރިކަން އިތުރުވެގެންދޭ. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، ނޫސްވެރިކަމުގެ މިނިވަންކަމާއި، މައުލޫމާތު ހޯދައި ލިބިގަތުމުގެ މިނިވަންކަމަކީ، އަސާސީ ހައްގުތަކެއް ކަމަށް، ގާނޫނުއަސާސީގައި ކަނޑައަޅާފައިވަނީ، ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ، އަދި އެ ބާރުތައް ދެމިއޮންނަނީ ރައްޔިތުންގެ ކިބައިން ކަމަށް، ގާނޫނުއަސާސީގައި ކަނޑައަޅައި، ރައްޔިތުންނަށް ދީފައިވާ ދުސްތޫރީ ބާރު ދަމަހައްޓައި ނެގެހެއްޓޭނީ، އެ ހައްގުތައް ރައްޔިތުންނަށް ލިބިގެން." އެ ހިތާބުގައިވެއެވެ.

ރައީސްގެ ހިތާބުގައި، ސަރުކާރުގެ ސިޔާސަތަކީ ވެސް، ހާމަކަން ބޮޑު ގޮތެއްގައި ރައްޔިތުންނަށް މަޢުލޫމާތު ފޯރުކޮށްދިނުންކަމަށް ވެސް ވިދާޅުވިއެވެ.

އަދި އުންމީދަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްގުތައް، އޭގެ ފުރިހަމަ މާނައިގައި ރައްޔިތުންނަށް ލިބި ދިނުމަށް، ސަރުކާރުން ކުރާ މަސައްކަތް، ކާމިޔާބުވުން ކަމަށް އެމަނިކުފާނު ވަނީ ފާހަގަކުރައްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. ކޮރަޕްޝަން އިންތިހާ

    ކަލޭ ފުރަތަމަ މައުލޫމާތު ދޭންވީ ނު! ކިހާއަދަދެއްގެ ބަޔަކަށް ތޯ ސިޔާސީ ވަޒީފާގެ ނަމުގައި ބައިތުލް މާލު ޕަކަޅޭކޮށްލައިގެން އާއިލީ /ޕާޓީ މީހުންނަށް ނުހައްގުން ޚަޒާނާ ބަހާހުސްކުރަނީ.މިކަންތައް ބަލާނެ ބައެއްނެތީ ތޯ.

    44
  2. މަލަކަސް

    ބަލަ އަދުން ހުސޭނު ތިޔަބޭފުޅާގެ ގަރާޖުން ތިޔަހޯދާ ނުހައްގުން ހޯދާ ގޮތްނޭގޭފައިސާކޮބައި؟؟ މައުމޫނުގެ ސަރުކާރުގާވެސް ނުހައްގު ފައިސާހޯދި މިހާރުދެންވަރައްމުއްސަދި ދޯ؟؟ މާލޭގެ ބިންތައް؟؟ ލޯންޗުތައްދޯ؟؟

    34
  3. ސަމްސިއްޔާ

    ތިޔަހެން ވިދާދުވެވުނީމަ އެނިމުނީ. ކޮރަޕްޝަން އަށް ޒީރޯ ޓޮލަރެންސް އޭ ބުނިގޮތަށް. ކޮންމައްސަލައެއް ބެލުނީ. މުޅިންވެސް ކުރީ ސަރުކާރުގެ މީހަކުކޮންމެވެސް ގޮޅިއަކަށް ފެއްތޭތޯ އުޅެނީ. ރާއީސް ޔާމީން ޖަލުގައި ހުންނަތަ 300 އަށްވުރެން ގިނަދުވަސް ވެއްޖެ. ސަރުކާރުން ގަބޫލުކުރާގޮތުގައި ޔަމީން އެކައުންޓުގައި ހުރީ އެމްއެމްޕީއާރުސީ ގެ ފައިސާ. ކޮބައި އެކަމުގެ މުގުލުގައި ތިބިމީހުން. ކޮބާ ގޭބަންދުގައި ހުއްޓައި ޓަގްބޯޑެއްގައި ފިލައިގެން ދިޔަ މީހާ؟؟

    44
  4. ރަބަރޭ

    މަނިކުފާނު ތިމޭރުމުން ވާހަކަފުޅު ދަށްކަވާކަށް މާތާރިރެއްނޫން މަނިކުފާނު ރާއްޖެއިން ބޭރަށް ކުރަށް ވާފާއިވާ ދަތުރުފުޅު ތަކުގެ ހަރަދު ހިސާބު ހޯދަން އޮންލައިން ނޫހަކުން މަސައްކަތް ކުރުމުން ނުލިބިގެން އެންމެފަހުން އިންފޮމޭސަން ކަމިޝަނަށް ހުށަހަޅާއިގެން ގަދަކަމުން ހޯދި ހަދުމަފުޅު ނެތުނީތޯ؟ ދެން ގިސްލަ ގިސްލާފަ ކީރިތިފުޅު ކުރަށްވަން ވީނޫންތޯ؟
    އިންޑިއާ އައުޓް

    43
  5. ކުނިތް

    އެހެންވެގެންތޯ އިންޑިޔާ ސިފައިން ތިބި އަދަދު ހާ މަނުކޮށް ސިއްރުކޮއްގެން ތިޔަ އުޅުއްވަނީ. އިންޑިޔާ އާއެކީ ވެފަވާ އެއްބަސް ވުންތައް ހާ މަކުރާށޭ ކިޔާ ރައްޔިތުން ރޮއި އާދޭސް ކުރާއިރުވެސް ބީރުކަން ފަތެއްދީގެން ތިޔަ ތިއްބަވަނީ. ލަދުހަޔާތުގެ ކަންފުޅެއްވެސް ހުންނަބަޔަކު މިސަރުކާތަކުނެތް. ރައީސް އިސްތިއުފާ ދެއްވާ. އިންޑިޔާ އައުޓް.

    44
  6. އެބަޖެހޭ

    ރައީސް އިބޫގެ ސަރުކާރުގެ ކޮން އިދާރާ އަކުންތޭ މައުލޫމާތު ދެނީ ފުރަތަމަ ރައީސް އޮފީސް އެބަޖެހޭ ނޫންތޭ މައުލޫމާތު ހާމަކުރަން ފުރަތަމަ ރައީސް އިބޫ ރާއްޖޭން ބޭރަށް ކޮށްފައިވާ ހުރިހާ ޚަރަދު ތަކުގެ ތަފްސީލް ތައް އެއްވެސް އެއްޗެއް ނުފޮރުވާ ހާމަ ކުރަންވީއޭ ރައީސް އޮފީހުގެ ވެބް ސައިޓް ގައި މީ ކޮންމެހެން ކުރަން ޖެހޭނެ ކަމެކޭ ދެން ފޮރިންގް މިނިސްޓަރު ދެއިރު ދެދަޅައަށް ކާ ބޭހެއް ގޮތަށް އޭނާ ރާއްޖޭން ބޭރަށް ކުރި ދަތުރު ތަކުގެ ތަފްސީލް ވެސް ހިމަނާ ދެއްވަންވީއޭ..

    26
  7. ޖަޒީރާ ބޯއީ

    މިވަރު މިކަލޭގެއަށް އެގުނީތީ މަހަ ހާރާންވެއްޖެ

    21
  8. ސާހިދު

    އިންޑިޔާ ސިފައިން ތިބ ޢަދަދު ހާމަ ކުރަން ޖެހުނީމީ މީނަގެ ވާހަކަ ބަދަލުކޮންލީ ހާދަ ނުބާ ވެރިކަމަކޭ މިއޮތީ ލަންވާލާފަ މިހާރު ހިތާމަ ކުރަން މީނައަށް ވޯރޓް ދެވުނީތީ

    24
  9. ނަސީދު

    ދެންކީއްވެތޯ މިހަދާ އިންޑިޔާ އަޑިނޭނގޭ ޑީލްތައް ދޭންބުނީމާ ނުދެވިގެން މިއުޅެނީ ،

    30
  10. ކައްބެ

    ރަށްޔަތުންގެ ހައްގޭ ބުނާއިރު އަހަރެންނ ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަ

    13
  11. މަދިހާ

    ބަލަ ކަލޭމެއް އެއްމެ ގަދައަށް ހަޅޭފަޅޭޖެހީ މިނިވަންކަމޭކިޔާގެން އެކަމު މިހާރު މިނިވަންކަމޭ ބުނާ މީހާ ހިފާ ހަންޔަރު ކުރާ ހިސާބުގައި ސަރުކާރުގެ ޢަމަލު ތިހުރީ އިންޑިޔާ އައުޓް

    29
  12. ދަންބެރު

    މައުލޫމާތު ފޯރުކޮށްދިނުމަކީ ރަށްޔަތުންގެ ހައްގެއް ކަމުގައިވާނަމަ ރަށްޔަތުންދޭ މައުލޫމާތު އަސްލަކަށްބަލައިގެން ކަލޭ ހަމަވަގުތުން ވެރިކަމުން އިސްތިއުފާދޭންކެރޭނެތަ ހަމަޔަގީން ނުކެރޭނެކަން .

    25
  13. މަސްއޫދު

    ރައްޔިތުންނޭ ކިޔައިގެން ވާހަކަދައްކާކަށް ލަދެއްނުގަނޭތަ! މިހިރަ ހަޔާތްކުޑަ މީހާގަޑާ! ރައްޔިތުންގެ ކޮންހައްގެއް ތިޔަމީހާ ފުއްދައިދިނީ ހުސްދޮގުހެދުން އޮޅުވާލުން ރައްޔިތުންނަށް ދިނީ!

    25
  14. އިބްރާހިމްބެ

    ދެން މަނިކުފާނުގެ އަނބިކަބަލުން ބުނާނެ ޚަބަރުގެ ހެޑްލައިން އެކަނި ކިޔާލާފައި ކޮމެންޓް ކުރަނީއޭ. އަދުން އިންސާފް ހަމަހަމަ ކަމާއެކު ގާއިމް ނުކުރެވެންޏާ އިސްތިއުފާދީފައި ގެެއަށްވަޑައިގަންނަވާ.

    10
  15. ކަމަނަ

    މި ސަރުކާރުގެ ބައިތުލްމާލަކީ ޔާމީނުގެ އެކައުންޓޯ. އަދިވެސް މީރާއަށް ލިބޭ ހުރިހާ އާމްދަނީއެއް ޖަމާވަނީ ޔާމީނުގެ އެކައުންޓަށޯ. މި ސަރުކާރަކީ ކުރީގެ ސަރުކާރޯ.

  16. ކާފަބޭ2020

    ރައިއްޔަތުންގެ ޙައްޤުއަދާކުރާށޭމިގޮވަނީ ރިޕޯޓުގައިވާހުރިހާފަރާތަކަށް ފިޔަވަޅުނޭޅޭނަމައިސްތިއުފާދޭން ގޮވާއަޑުނީވެނީތަ އެކަނި ރައީސްޔާމީނު ލާރިކޭކަމަށްނިންމާ ޖަލަށްލާފަ ދެންބާކީތިބިފަރާތްތަކަށްފިޔަވަޅުނާޅާތީއޭ މިގޮވަނީ އިސްތިއުފާދޭށޭ އަޑުނީވޭނަމަ އިންޑިއާއައުޓޭވެސްގޮވާނަން އަދި.......

    10
  17. މިއަދު

    އެހެންވެދޯ ނޫސްވެރިންނަށާއި ރަޢިއްޔަތުންނަށް ފިލައިގެންތިއުޅެނީ މަހަކު 1 ފަހަރު ނޫސްވެރިންނާއި ބައްދަލުކުން ބުނި ބުނުން ހަނދާންނެތުނީމަ ރައިއްޔަތުމީހާ އެ ހައްގު ހޯދަން އިދާރާތަކަށްގޮސް ފޮތްހަރުގަނޑު ހާވާނީތޯ ނޫންނަމަ މުއައްޒަފު އެކަހެރިކޮށް ކޮންޕިއުޓަރު ހާވާނީތޯ؟

    14
  18. މޫލި

    މޮޅު ގޮތްގޮތަށް ހުރެ ފޮޓޯ ނަންގުވާފަ ނޫހަށް ފޮނުވިއަސް ގައުމުގެ ހާލަތު ދަނީ ދަށަށް ދުވަހުން ދުވަހަށް . ރަައްޔިތުން ނިކަމެތިވެ ބޭރުމީހުން ގައުމުގައި ބާރުވެރިވަމުން ދަނީ.

    12
  19. އަލީ

    ރައީސް ގެ ދަތުރުތަކުގެ ތަފްސީލް ޙަރަދު އަވަހަށް ދެއްވާ.

    11
  20. ވަޒީރެއާލާ

    އެހެންވީމާތޯ ރޭޕް ކޭހުގެ މައުލޫމާތު ނުދެނީ؟

    12
  21. މޭގަންޑު

    ލަދުހަޔާތްކުޑަ. .. ފެންވަރުނެތް އުޑެއްބުޑެއް ނުދަންނަ މީހެއް. އެންމެޚައިރާންވަނީ ރައްޔިތުން މިވަރަށް ބަވާއިރު
    ވެސް ކަންފަތުގެ ބޭނުންނޭންގޭތީ. ﷲގެ ވަޖަުހަފުޅު އަދައިގެން ތިޔަމަގާމުން ދުރުވޭ!! އިސްތިއުފާދީ!! އިންޑިއާ އަތްގަދަކުރިޔަނުދީ!! އަނބުރާއެމީހުން ގައުމައްފޮނުވަދީފަ ވެރިކަމަުގަރައްޔިތުންހޮޓްނުކޮށް ހުއްޓަސްއޯކޭ.

  22. ކުޑަކާށި

    އިންޑިއާސިފައިންގެ މަޢުލޫމާތު ސާފްކޮށް ނުދެއްވަނީ މުހިންމުނޫންވެތޯ ؟