ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް 47.5 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 5 ބިލިއަން ޖަޕަނީސް ޔެންގެ ލޯނެއް ދިނުމާ ގުޅޭ އެކްސްޗޭންޖް އޮފް ނޯޓްސްގައި ދިވެހިރާއްޖެއާ ޖަޕާނުން ސޮއިކޮށްފިއެވެ.

މިއީ ދިވެހި ރުފިޔާ ބަލާނަމަ 732.4 މިލިއަން ދިވެހި ރުފިޔާގެ ކޮންސެޝަނަލް ލޯނެކެވެ.

ލޯނުގެ އެކްސްޗޭންޖް އޮފް ނޯޓްސްގައި، މިއަދު މެންދުރު ބޭއްވި ރަސްމިއްޔާތެއްގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުއެވެ. އަދި ޖަޕާން ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ކެއިކޯ ޔަނާއިއެވެ.

އެކްސްޗޭންޖް އޮފް ނޯޓްސް އަކީ ލޯނުގެ ރަސްމީ އެއްބަސްވުމުގެ ކުރިން ދެޤައުމުގެ މެދުގައި ލޯން އެއްބަސްވުމާ ގުޅޭ ގޮތުން ސޮއިކުރެވޭ ލިޔުމެވެ.

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ މިއީ ޖަޕާނު ސަރުކާރުން ދެއްވި ދީލަތި އެހީއެއްކަމަށެވެ.

އޭނާ ވަނީ ޖަޕާނަކީ ވަރަށް ޒަމާން ވަންދެން ރާއްޖޭގެ ތަރައްޤީ އާއި ކުރިއެރުމަށްޓަކާ އެކި ގޮތްގޮތުން އެހީތެރިވަމުންދާ ޤައުމެއްކަން ފާހަގަކުރައްވާފައެވެ.

"ކީއްވެބާއޭ ދީލަތިއެހީއެކޭ މި ވިދާޅުވަނީ. ސޮއިކުރީ ލޯނު އެގްރީމެންޓެއްގައިއޭ. ފޮރިން މިނިސްޓަރ ތަކުރާރުކޮށް ބުނަނީ ދީލަތި އެހީއެކޭ. މި ލޯނަކީ 47.5 މިލިއަން ޔޫއެސް ޑޮލަރު. އިންޓްރެސްޓް ރޭޓަކީ 0.01 އިންސައްތަ. 15 އަހަރުން ދައްކާގޮތަށް މި ލޯނު އޮތީ. ފުރަަތަމަ 4 އަހަރު އެހީ ގްރޭސިން ޕީރިއަޑް. ހިސާބުޖައްސަވާ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ 0.01 އިންސައްތައިގައި ލޯނެއް ދިނުމަކީ ކިހާވަރެއްގެ ކަމެއްކަން." ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ މިވަގުތަކީ އެއްވެސް ޤައުމަކަށް ފައިސާގެ އެހީދޭން ފަސޭހަ ވަގުތެއް ނޫންކަމަށާ، ކޮވިޑް-19 ބަލިމަޑުކަމުގެ ސަބަބުން ހުރިހާ ޤައުމެއްގެ ވެސް އިގްތިސާދު ވަރަށް ބޮޑަށް ހީނަރުވެފައިވާ ކަމަށެވެ. އެހެންކަމުން މިވަގުތު ގައުުމުތަކުން ފަސްޖެހުމެއް ނެތި ރާއްޖެއަށް ލޯނު ދިނުމަކީ، ރާއްޖެ އާއި އެ ޤައުމުތަކާއި މެދު އޮތް ގާތް ގުޅުން ރަމްޒުކޮށްދޭ ކަމެއްކަމަށް ޝާހިދު ވިދާޅުވިއެެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ކެއިކޯ ޔަނާއި ވިދާޅުވީ، ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ރައްޔިތުންނާއި، ފުރަތަމަ ސަފުގައި މަސައްކަތް ކުރާ ފަރާތްތަކާއި، ސަރުކާރުން ދެއްކީ ވަރަށް ފުރިހަމަ ހިއްވަރެއްކަމަށެވެ.

އަަދި ރާއްޖެއަކީ ފަތުރުވެރިކަމަށް ބަރޯސާވާ ޤައުމަކަށްވުމުން، ކޮވިޑް-19ގެ އަސަރު ރާއްޖެއަށް ވަރަށް ބޮޑަށް ކުރިކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

"މި ބަލިމަޑުކަމާއި ގުޅިގެން އިގްތިސާދު ވަރަށް ބޮޑަށް ބަލިކަށިވި. މި ބަލިމަޑުކަމާއި 7.5 މިލިއަން ޔޫއެސްޑޮލަރުގެ އެހީ ޖަޕާން ސަރުކާރުން ރާއްޖެއަށް ފޯރުކޮށްދިން. ޚާއްސަކޮށް ސިއްހީ އިދާރާއަށް. އެކަމަކު ރާއްޖެ އަށް އެހީ ބޭނުންވީމަ ޖަޕާން ސަރުކާރާއި އެމްބަސީއިން ވާހަކަދެކެވުނު ރާއްޖެއަށް އެހީފޯރުކޮށްދިނުމަށް." އޭނާ ވިދާޅުވިއެވެ.

ޖަޕާނުން ރާއްޖެއަށް މި ދަނޑިވަޅުގައި އެހީ ފޯރުކޮށްދިނުމަކީ ލިބުނު އުފަލެއްކަމަށް އެކަމަނާ ވަނީ ފާހަގަކުރައްވާފައެވެ.

ޖަޕާނުން ވަނީ ރާއްޖޭގެ ސިއްހީ ދާއިރާއަށްވެސް ދާދި ފަހުން 5.6 މިލިއަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފައެވެ. އަދި ކޮވިޑް-19 އާ ގުޅިގެން ޔޫއެންޑީޕީ މޯލްޑިވްސް އަށް 1.4 މިލިއަން ޑޮލަރު، ޔުނިސެފް މޯލްޑިވްސްއަށް 356،400 ޑޮލަރު އަދި މޯލްޑިވްސް ރެޑް ކްރެސެންޓްއަށް 185،000 ޑޮލަރުގެ ހިލޭ އެހީ ފޯރުކޮށްދީފައެވެ.

އެކްސްޗޭންޖް އޮފް ނޯޓްސްގައި މިއަދު ސޮއިކުރެވުމާ ގުޅިގެން މި ލޯނާ ގުޅޭ ރަސްމީ އެއްބަސްވުމުގައި މިމަހުގެ 30 ވަނަ ދުވަހު ދިވެހި ސަރުކާރާއި ޖަޕާން ސަރުކާރާއި ދެމެދު ސޮއިކުރެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ......

    އަނެއްކާ އެމެރިކާގެ ބައެ ދެނީތައް ރާއްޖެ އަށް އެމެރިކާ ލޯނޭ ތިކިޔަނީ...

    4
    1
  2. ހަސަންކޮއި

    އިންޑިޔާ ލޯނުގެ އިންޓަރެސްޓް ރޭޓު ކީއްވެ ބަޔާން ނުކުރެވުނީ..

    މިއަށް ވުރެން ކުޑަރޭޓެއް ނަމަ.. ގަބޫލުކުރަން އިންޑިޔާއިން ހެޔޮކަމެއް ކޮށްދީފި ކަމަށް..

    ބޮޑުރޭޓު ނަމަ އެއީ ނާޖާއިޒު ފައިދާ ލިބިގަންނަނީ..

    ނިކަން އިންޑިޔާގެ ލޯނުތަކުގެ ލިސްޓު ހާމަކޮށްދެއްވަބަލަ..!

    ލޯނު ނެގުމަކީ އިންޑިޔާ އައުޓު ކިޔާ މައްސަލައެއް ނޫން.. އެހން މިކިޔަނީ އިންޑިޔާގެ މިލްޓްރީ ރާއްޖޭގެ 3 ސަރަހައްދެއްގައި ޤާއިމުކުރާތީވެ

    އިންޑިޔާ އައުޓު

    12
  3. ހަސަން ކޮއި

    އިންޑިޔާ ލޯނުގެ އިންޓަރެސްޓް ރޭޓު ކީއްވެ ބަޔާން ނުކުރެވުނީ..

    މިއަށް ވުރެން ކުޑަރޭޓެއް ނަމަ.. ގަބޫލުކުރަން އިންޑިޔާއިން ހެޔޮކަމެއް ކޮށްދީފި ކަމަށް..

    ބޮޑުރޭޓު ނަމަ އެއީ ނާޖާއިޒު ފައިދާ ލިބިގަންނަނީ..

    ނިކަން އިންޑިޔާގެ ލޯނުތަކުގެ ލިސްޓު ހާމަކޮށްދެއްވަބަލަ..!

    ލޯނު ނެގުމަކީ އިންޑިޔާ އައުޓު ކިޔާ މައްސަލައެއް ނޫން.. އެހން މިކިޔަނީ އިންޑިޔާގެ މިލްޓްރީ ރާއްޖޭގެ 3 ސަރަހައްދެއްގައި ޤާއިމުކުރާތީވެ

    އިންޑިޔާ އައުޓު

  4. އަލީ

    ކީވެތޯ އެހެން ގައުމްތަކުގެ ލޯން އިންޓަރެސްޓް ނުބުނެވެނި

    12
  5. ފޫކޮޅު

    ރީދޫ ބޭކަލުންނަށް ބަހާލާ

    10
    • ސީލާވަތީ

      ހަ ވާނޭ ގޮތް

  6. ޖިންނި

    ޖަޒީރާ ވަންތަ ވެރިކމެއްގަ ކޮކްރިޓް ސަރުކާރަށް ވުރެ އިތުރަށް ލޯނު ނެގުމުގަ

  7. މާމީ

    މިމަހު މުސާރަ ދެވޭވަރުތިވީ މުސާރަދެވޭނެ ގޮތެއް ނެތިގެން ގައުމުތަކައް އާދޭސް ކުރާތާ ދުވަސް ކޮޅެއް ވެއްޖެކަން އެންމެނައްވެސް އެނގޭ...

  8. ސަންތިމަރިޔަބު

    ﴿275﴾ الَّذِينَ يَأْكُلُونَ الرِّبَا لَا يَقُومُونَ إِلَّا كَمَا يَقُومُ الَّذِي يَتَخَبَّطُهُ الشَّيْطَانُ مِنَ الْمَسِّ ۚ ذَٰلِكَ بِأَنَّهُمْ قَالُوا إِنَّمَا الْبَيْعُ مِثْلُ الرِّبَا ۗ وَأَحَلَّ اللَّهُ الْبَيْعَ وَحَرَّمَ الرِّبَا ۚ فَمَن جَاءَهُ مَوْعِظَةٌ مِّن رَّبِّهِ فَانتَهَىٰ فَلَهُ مَا سَلَفَ وَأَمْرُهُ إِلَى اللَّهِ ۖ وَمَنْ عَادَ فَأُولَٰئِكَ أَصْحَابُ النَّارِ ۖ هُمْ فِيهَا خَالِدُونَ

    رِبا ކާމީހުން، ޖިންނި މޮޔަވެގެން، شيطان އާ ތަޅުވަމުން ފޮޅުވަމުން ގެންދާ މީހަކު ތެދުވާ ފަދައިން މެނުވީ (قيامة ދުވަހުން އެއުރެން ކަށްވަޅުން) ނުތެދުވާނެތެވެ. އެހެނީ، އެއުރެން ބުނެއުޅުނީ، ވިޔަފާރި ވާކަން ކަށަވަރީ، رِبا ކަހަލަކަމެއް ކަމުގައެވެ. (ނަމަވެސް) ވިޔަފާރި ކުރުންވަނީ، اللَّه، ހުއްދަ ކުރައްވާފައެވެ. އަދި، رِبا ވަނީ حرام ކުރައްވާފައެވެ. ފަހެ، އެމީހާގެ ވެރިރަސްކަލާނގެ حضرة ން ދެއްވާ وعظ އާއި نصيحة، އެމީހަކާ ހަމަޔަށް އައުމުން އެކަން (އެބަހީ: رِبا ކެއުން) ހުއްޓާލައިފި މީހާ (ދަންނާށެވެ!) ފަހެ، އިސްވެދިޔަ އެއްޗެއް އެމީހަކަށް ހުށްޓެވެ. (އެބަހީ: رِبا ގެ حكم ތައް އައުމުގެ ކުރިން އޭނާ ބޭނުންކުރި ތަކެތި މާފުކުރައްވާފައި ވެއެވެ.) އަދި، އެމީހެއްގެ ކަންތައްއޮތީ، اللَّه އަށް خاص ވެގެންނެވެ. އަދި، އަލުން (އެކަމަށް) އެނބުރި އަތުވެއްޖެމީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ ނަރަކައިގެ أهل ވެރިންނެވެ. އެއުރެންނީ އެތާނގައި ދެމިތިބެނިވި ބަޔެކެވެ.

    [ އަލް ބަޤަރާ ސޫރަތުގެ 275 ވަނަ އާޔަތް]

  9. އަދުރެމެޓިސް

    ތަމެންނަށް ފެނޭތަ ފެނޭތަ ފެނޭދޯ ...

  10. ގފސ

    ތިހަދާލީ ދެން އަންނަ ސަރުކާރައް ލޯން ދައްކަންޖެހޭ ގޮތް ދޮތަ. ބާކީ 4 އަހަރު އެދަނީ ގްރޭސް ޕީރިއަޑް އައް

  11. ފައިފުހި.ކޮމް

    ސަފީރު ކައިރީ ބުނައްޗޭ ކާޕެޓް ކޮޅެއްދޭން!!!!!!

    • ހުސޭނުބޭ

      ކޮންމެހެން ދޭށޭ ބުނާކަށް ނުޖެހޭނެ! ފެންނަން ހުރިއްޔާ އަންބޮނޑިއަށް ލައިގެން ގެންނާނެ!

  12. ޢަދުރޭ

    ޖަޕާނަށް މާތްކަލާންގެ ރަޙު މަތް ލައްވާށި