މާލެ، ހުޅުމާލެއާއި، އަތޮޅު ތެރޭގެ ރަށްތަކުން ސަރުކާރުން ދޫކޮށްފައިވާ ފުލެޓު އަދި ހައުސިންގ ޔުނިޓުތަކުން ސަރުކާރަށް ދައްކަންޖެހޭ ކުލި އިތުރު ތިން މަހަށް ފަސްކޮށްދޭން ނިންމައިފިއެވެ.

އެކަން ހާމަކޮށްފައި ވަނީ، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިންނެވެ.

މާލެއާއި ހުޅުމާލެއާއި އަތޮޅުތަކުގައި ސަރުކާރުގެ ގެދޮރުވެރި ކުރުމުގެ ޕްރޮގްރާމްތަކުގެ ދަށުން ދޫކޮށްފައިވާ ފްލެޓްތަކުގެ ކުލި ވަނީ މިދިޔަ މާޗު މަހުން ފެށިގެން ހަ މަސް ދުވަހަށް ފަސްކޮށްދީފައެވެ. އެ މުއްދަތު ވަނީ މިދިޔަ މަހުގެ ނިޔަލަށް ހަމަވެފައެވެ.

ހައުސިން މިނިސްޓްރީން ކުރި އިއުލާނެއްގައި ވަނީ، ކުލި ފަސްކޮށްދިނުމުގެ މުއްދަތު އިތުރު ކޮށްދިނުމަށް އެދި ގިނަ ބަޔަކު ހުށަހަޅަމުންދާތީވެ މި އަންނަ ނޮވެމްބަރު މަހާ ހަމައަށް އެ މުއްދަތު އިތުރުކޮށްދީފައިވާ ކަމަށެވެ.

ކުލި ދެއްކުން ފަސް ކުރި ނަމަވެސް ފްލެޓްތަކުގެ މެއިންޓެނެންސް ދީ ދައްކަން ޖެހޭނެ ކަމަށް އެ އިއުލާނުގައިވެއެވެ. އަދި ފްލެޓްތަކުގެ އެގްރިމެންޓްގެ މުއްދަތަށް ކުލި ފަސްކުރާ މުއްދަތު އިތުރު ކުރެވޭނެ ކަމަށް ވެސް އެ އިއުލާނުގައިވެއެވެ.

މީގެ އިތުރުން ކުލި ފަސް ކުރަން ބޭނުންވާ ފަރާތްތަކުން އަންނަ މަހުގެ 15 ވަނަ ދުވަހުގެ ކުރިން އީމެއިލް މެދުވެރިކޮށް އެ ކަން ހައުސިން މިނިސްޓްރީގެ ސަމާލު ކަމަށް ގެންނަން ވާނެ ކަަމަށް އިއުލާނުގައިވެއެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން އާންމު ފަރުދުންނާއި ވިޔަފާރިތަކުގެ މާލީ ހާލަތު ދަށްވުމާ ގުޅިގެން ސަރުކާރުން ވަނީ ފްލެޓްތަކުގެ އިތުރުން ދަނޑުވެރިކަމަށް ދޫކޮށްފައިވާ ބިންތަކުގެ ކުލިއާއި، ރިސޯޓްތަކުގެ ކުލި ވެސް ފަސްކޮށްދީފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޢުންމު ފާތިމާ

    ޢެއްބަޔަކަށް އުފަލެއް ލިބުމަކީވެސް އުފާވާ ކަމެއް
    ﷲއަށް ޙަމްދު ކުރަން. އަޅުގަނޑުމެންގެ މިއަދުގެ ހާލަކީ ގޭގެކުލި ނުދެއްކިގެން ކަންބޮޑުވެފައި ތިބުން. މިހާލުގައި ތިއްބައި ކަރަންޓު ބިލް ނުދެހެއްކިގެން ކަރަންޓް ކަނޑާލަން ގުޅީ. ޢަޅުގަނޑު ވަރަށް އަދަބު ވެރި ކަމާއެކު ކަމާބެހޭ ފަރާތްތަކުގެ އަރިހުގައި ދަންނަވަން ޕެންޝަން ފަންޑުގައި ހުރި އަޅުގަނޑުގެ އަމިއްލަ ފައިސާގެ ގޮތުގައި ހުރި 3 ލައްކައަށްވުރެ ގިނަ ފައިސާއިން އަޅުގަނޑު އުޅޭ ގޭގެ ކުއްޔާއި ކަރަންޓް ބިލްތައް ދެއްކޭނެ ގޮތް ހަދައި ދިނުން.

    10
  2. ތޮރާ

    ޕެންޝަން ފަންޑުގައިހުރި ފައިސާ މިހާރު ހުރީ ޢަދަދު ތަކެއް އެފައިސާ ހުސްވެއްޖެ އަޅުގަނޑު މެންމިޙާލުގައި އުޅޭކަށް ނުޖެހުނީސް އެފައިސާ ލިބުނުނަމަ ވަރަށް ދަތި ޙާލުކޮޅުގައި މިއުޅެނީ އަދި ތިންމަސް ބާރަމަހަށްލަސްކުރިއަސް ކުލިދެއްކޭވަރެއްނުވާނެ

  3. ސާކިރު

    މި ހަބަރު މިމހެން އޮތަސް އެޗްޑީސީ ފުލެޓް ތަކުގެ ކުލިން ފަސްކުރީ ކުލީގެ 30ޕަސެންޓް. ޢެޗްޑީ އެފްސީ ފުލެޓް ތަކުގެ ކުލި 6 މަސް ފަސްކޮއް ދިންކަ މައްވަނީ..ހުރިހާ ފުލެޓެއް ހުރީ ހުޅު މާލޭގަ.2 ކުންފުނި އަކީވެސް ސަރުކާރުގެ 2 ކުންފުނި..

  4. މޯހަން

    އެއްބަޔަކަށް އުފާލިބުމަކީ އުފާކުރާކަމެކެވެ ، އަނެއްބަޔަކު ތަފާތުކޮށް ވަކިބަޔަކަށް އުފާ ހޯދަދިނުމަކީ ހިތާމަކުރާ ކަމެކެވެ. ހުޅުމާލެ އެޗްޑީސީ ގެ ދަށުން ދޫކޯށްފައިވާ ފްލެޓް ތަކުގައި އުޅެނީ އިންސާނުން ނެއްނޫންތޯއެވެ. އެމީހުން މި ކަމުން މަހުރޫމް ކުރީ ކީއްވެހެއްޔެވެ.

  5. އެމަންޖެ

    ތިކަމުގެ ފައިދާ ވަނީ ތިޔަ ތަންތަނުގެ ވެރިންނައް މާލޭ މީހުންގެ ތިޔަ ހުރިހާ ފުލެޓެއް ރާއްޖެތެރޭ މީހުނައް ބޮޑުކުލީގަ ދީގެން އެމީހުން މާލޭގަ ދަތިކަމުގަ އަދިވެސް ދިރިއުޅެނީ ، ސަރުކާރައް ގޮވާލަން ގިނަ ގިނައިން ފުލެޓު އަޅަ އަޅާފަ މާލޭ މީހުނައް ދިނުމައް.

  6. ާއާދަމް

    އެޗްޑީސީގެ ދަށުގައިހުރި ތަންތަނުގެ ކުލި ފަދްކޮށް ނުދެނީ ކީއްވެ ކަމެއް ނޭގުނު ދިވެހިންނަށް ނުވަނީބަ!
    ނޫނީ ބަންގާޅީންނައް ނުވަނީބަ!

  7. ޙަސަން

    ޚޮންފަދަ ހަމަ އުސޫލެއްތޯ އަމިއްލަ މީސްމީހުންގެ އިމާރާތް ތަކުގައި ދިރިއުޅޭމިހުން ކުލިދައްކަން އެހީތެރިކަމެއް ވަރުވެސް ނުދެވޭތޯ މި ކޮންކަހަލަ އިންސާނިޔަތު ކަމެއްނެތް ބަޔެއް