ކްރިމިނަލް ކޯޓާއި ހައިކޯޓުގެ އިސް ފަނޑިޔާރު ކަމަށް ކުރިމަތިލުމަށް ޖުޑީޝިއަލް ސާވިސް ކޮމިޝަނުން މިއަދު އިއުލާނު ކޮށްފިއެވެ.

ޖޭއެސްސީން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ، ކްރިމިނަލް ކޯޓު އިސް ގާޒީ ކަމާއި، ހައިކޯޓުގެ އިސް ފަނޑިޔާރު ކަމަށް ކުރިމަތިލެވޭނީ މި ދެ ކޯޓުގައިވެސް ފަނޑިޔާރުކަމަށް އައްޔަންކުރެވިފައިވާ، އެކޯޓުގައި މަސައްކަތް ކުރަމުންގެންދާ ފަނޑިޔާރުންނަށް ކަމަށެވެ.

ކްރިމިނަލް ކޯޓަށް ހޮވާ އިސް ގާޒީގެ މުސާރައިގެ ގޮތުގައި ކަނޑައަޅާފައި ވަނީ، 31،000 ރުފިޔާއެވެ. އަދި ލިވިންގ އެލަވެންސްގެ ގޮތުގައި 15،000 ރުފިޔާ ލިބޭއިރު، ރިސްކް އެލަވެންސްގެ ގޮތުގައި 3،300 ރުފިޔާ ލިބޭނެެއެވެ.

ހައިކޯޓަށް ހޮވާއިސް ފަނޑިޔާރަށް ސާރައިގެ ގޮތުގައި ކަނޑައަޅާފައި ވަނީ، 38،000 ރުފިޔާއެވެ. އަދި ލިވިންގ އެލަވެންސްގެ ގޮތުގައި 15،000 ރުފިޔާ ލިބޭއިރު، ރިސްކް އެލަވެންސްގެ ގޮތުގައި 3،300 ރުފިޔާ ލިބޭނެެއެވެ.

އަދި މި ދެ މަގާމަށް ހޮވާ ފަރާތްތަކަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެ މަތީން މެޑިކަލް އެލަވަންސް އާއި ފޯން އެލަވަންސް ލިބޭނެ ކަމަށް އެ އިއުލާނުގައި ވެއެވެ.

މި ދެ މަގާމަށް ޝައުގުވެރިވާ ފަނޑިޔާރުން އަންނަ މަހުގެ ހަވަނަ ދުވަހުގެ މެންދުރު 13:00 ގެ ކުރިން އެކަމަށް އެދި ހުށައަޅަން ޖެހޭނެ ކަމަށް އެ އިއުލާނުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. މުހައްމަދު އަންޖުމް

  ތީހުސް ދަޅަ ތިޔަތަންތަނަށް ކޮޗިން ފެރީން ވަކީލުންގެނެސް މަސައްކަތް ފެށީމަ ނިމުނީނު ކޮންދަޅައެއް ދައްކާތަމްސީލެއް ކުޅޭކަށް ނުވިތާކަށް ގެރިކޮށި މަޖިލީހުން ހުރިހާ ކޯޓްތަކެއް ހިންގިދާނެ އެއީ އިންސާފަކަށް ގާނޫނަކަށް ބެލުމެއްނެތި ކޮންމެކަމެއްވެސް މަޖިލީހުގެ ގެރިބެ މިހާރުވެސް ކުރަމުން އެހެރަގެންދަނީނު

  • ކަނބާ

   ބައިއަޅައިގެން ހިންގާ ޖަރީމާއެއްނޫނެވެ. މިއީ ވަކި ބަޔަކު ހިއްސާވެގެން ހިންގާ ވިޔަފާރިއެކެވެ.

 2. ކަނަމަނަ

  ކޮންހޮވުމެއްހޮވާކައް ހިސާންއައްފެއްނަމީހަކައްދިނީމަރަގަޅުވާނެ ތިވެސްމިހާރު ބައިއަޅައިގެންހިންގާޖަރީމާއެއް