މިއަދު އިރުއޮއްސި 18:00 އާއި ހަމައަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެ އިން އިތުރު 59 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 196 މީހަކު މިއަދު ވަނީ ބަލިން ރަނގަޅު ވެފައެވެ.

މިއަދު ރާއްޖެ އިން ފައްސިވި މީހުންގެ ތެރެއިން 47 މީހުންނަކީ ދިވެހިންނެވެ. މިއަދު ފައްސިވި ބިދޭސީންގެ އަދަދަކީ 12 އެވެ. ރާއްޖެ އިން ފައްސިވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 10157 އަށް އަރާފައެވެ. އޭގެ ތެރެއިން 8950 މީހަކު ވަނީ ބަލިން ރަނގަޅު ވެފައެވެ. އެހެންކަމުން މިހާރު ބަލިޖެހިފައި ތިބީ 1166 މީހުންނެވެ.

ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން މިހާރު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައި ވަނީ 82 މީހުންނެވެ.

ހޮނިހިރު ދުވަހު ރާއްޖެ އިން 31 މީހަކު ކޮވިޑް-19 އަށް ފައްސިވުމަށް ފަހު ފާއިތުވި ދެދުވަހު ފައްސިވި މީހުންގެ އަދަދު މިވަނީ އިތުރު ވެފައެވެ. އިއްޔެ ވެސް 53 މީހަކު ކޮވިޑް-19 އަށް ފައްސިވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އެމަންޖެ

    ދެން މާލެއިން ތިޔަ އަދަދު ދައްވެދާނެ ބަލިޖެހޭ މީހުން ގިނަވިޔަސް ، ތިޔަ ކޮވިޑް ޓެސްޓެއް ހަދައިގެންތާ ޖެހިފަ ހުރިކަންވެސް އިނގޭނީ ، ތިޔަ ޓެސްޓެއް މަށެއް ނަހަދާނަން ތިޔަ ބައްޔައްވުރެ ބޮޑު ބަލިކަމެއް އެޗްޕީއޭ އަކީ.

    1
    1
    • ޖުހާ

      ބޯޑަރ ސޭފް ޒޯން އަކަށް ހުޅުވެން އޮތީ 60 ވުރެ ދައްވެގެނޯލަ.... ހޮޅުއަށަން އިވޭ...

  2. އަލި

    ކޮވިޑް19 ރަނގަޅު ވިޔަސް މިޤައުމަށް ޖެހިފަވާ ކެނެރީ ވައިރަސް އިން ސަލާމަތް ނުވެވެނީސް ގައުމު ރަނގަޅެއް ނުވާނެ...ހުރިހާވެސް މުސީބާތަކީ އެއީ...