ފައިސާއަށް އެސައިންމެންޓް ހަދައިގެން ސެޓްފިކޭޓް ހޯދާ މައްސަލައާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހްގެ އަނބިކަނބަލުން ފަޒްނާ މުހައްމަދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ފަޒްނާ ކަންބޮޑުވުން ކުރައްވާފައިވަނީ އަގަށް އެސައިމެންޓު ހަދައިދޭ ކަމަށް ބުނާ މެސެޖެއްގެ ސްކްރީން ޝޮޓެއް ފޭސްބުކްގައި ޝެއާ ކުރައްވާ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައެވެ،. އެ ޕޯސްޓުގައި ފަޒްނާ ވަނީ އެ މައްސަލަ ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އާއި ކަމާ ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް އައިސްފައިވޭތޯ ސުވާލު ވެސް ކުރައްވާފައެވެ.

މިޕޯސްޓަށް ކޮމެންޓް ކޮށްފައިވާ ގިނަ އަދަދެއްގެ އާންމުން ވަނީ އެފަދަ މައްސަލަތައް ކަމާއި ބެހޭ މުއައްސަސާތަކަށް އެނގޭކަމަށާއި ނަމަވެސް އެފަދަ މައްސަލަތަކަށް ފިޔަވަޅު ނާޅާކަން ފާހަގަ ކޮށްފައެވެ. ބައެއް ކޮމެންޓްތަކަށް ޖަވާބު ދެއްވަމުން ފަޒްނާ ވިދާޅުވީ، އެގޮތަށް އަގަށް އެސައިމެންޓު ހަދައިދޭ ނަމަ، ކިޔަވާ މީހާގެ ފެންވަރެއް ނެތްތާ ތެދުވެރިކަމެއް ވެސް ނުހުންނާނެ ކަމަށެވެ.

މިޕޯސްޓަށް ގިނަ އާންމުން ކޮމެންޓް ކޮށްފައިވާއިރު، މަންދު ކޮލެޖްގެ ވެރިޔާ އިބްރާހިމް އިސްމާއިލް (އިބުރާ) ވިދާޅުވެފައި ވަނީ ބައެއް ކޮލެޖްތަކުން ތައުލީމު ހާސިލް ކުރަމުން އަންނަ ޓީޗަރުން ވެސް އަގު ދީގެން މީހުން ލައްވާ އެސައިމެންޓު ހަދާ ކަމަށެވެ.

I wonder whether the Higher Education Institutions and relevant authorities are aware of this!

Posted by Fazu Ahmed on Monday, September 28, 2020

ރާއްޖޭގައި އަގަށް އެސައިންމެންޓް ހެދުމަކީ އާންމު ކަމެކެވެ. ގިނަ އަދަދެއްގެ ދަރިވަރުން އެކަން އެގޮތަށް ކުރަނީ ކަން ފަސޭހަ ކޮށްލުމަށެވެ. އަދި ބައެއް މީހުން ވަޒީފާއަށް އަދާކުރަމުން އެސައިމެންޓް ހެދުމަށް ވަގުތު ހުސް ނުކުރެވޭތީއެވެ. މިފަދަ މަސައްކަތުގެ އަގުތައް އުޅެނީ، 500 ރުފިޔާ އިން ފެށިގެން 3000 ރުފިޔާއާ ދެމެދުގައެވެ.

ކިޔުންތެރިންގެ ހިޔާލު

31 ކޮމެންޓް

 1. ސސސ

  ތިޔައީ ކޮލެޖްތަކާއި ކުދިންނާއި ޓީޗަރުން ގުޅިގެން ހިންގާ ޖަރީމާއެއް، އިބުރާގެ ބަހުން ވަރަށް ސާފް.

  31
  1
 2. ކިނބޫކަށި

  ދިވެހިރާއްޖޭގައި ހުސް އެސައިމަންޓް ބޭސްކޮށް ކޯސްތައް ހަދާހާ ދުވަހަކު ތިޔަކަން ޙައްލުނުވާހުއްޓެވެ. ކިނބޫ ދޮންބެ

  37
  2
 3. މާމީ

  ސަރުކާރުގެ ވަޒީފާވެސް ލިބެނީ ކިއަވާގެން ތިބޭބަޔަކައްނޫން ޕާރޓީގަ މަގުމަތީ ނުބާއެއްޗެހި ކިއާމީހާއަށް މަތީވަޒީފާ މިސާލު (ސުމިތުމެން)

  79
  1
 4. މަރިޔަބު

  ތިޔަ ވިދާޅުވީ ވަރަން ބޮޑު ތެދުފުޅެއް އެސައިމަންޓް އެންމެ ގިނައިން އަގަންކޮންދީ އުޅެނީ ޓީޗަރުން

  39
 5. ބެއްޔާ

  އެކަން އެންމެ ރަނގަޅަށް އެނގޭނީ ފަސްޓް ލޭޑިއަށް. ފިރިކަލުން އިނގިރޭސިބަހުން ވާހަކަ ދެއްކުމަށް ތާނައިން ލިޔެފައިވާ ސްޕީޗެއް ދިންކަން ފަޅާއެރުމުން އެކަމަނާއަށްވިސްނުނީ އެސައިންމަންޓް ގަނެގެން ހަދާމީހުންގެ ފެންވަރު ނުހުންނާނެކަން.

  54
  4
 6. މަހޭޝް

  ކޮންކަމެއްގަތޯ އިޚްލާސްތެރިކަމާ ތެދުވެރިކަން ހުރީ ރާއްޖޭގެ ރައްޔިތުންގެ ކިބައިގަ. ކޮންމެ ދާއިރާއަކުން ބެލިކަމުގަވިޔަސް، އަނބި ފިރިކަމުގެ ދާއިރާއިން ބެލިޔަސް، ދީނީ ގޮތުން ބެލިޔަސް ވިޔަފާރީގެ ގޮތުން ބެލިޔަސް މަގާމުގެ ހައިސިއްޔަތުން ބެލިޔަސް، މި ހުރިހާ ކަމެއް ހުރީ ހަމަ ތިދެންނެވި ގޮތަށް. މިކަން މީ އެންމެންނަށް ފާޅުވެގެންވާ ބޮޑު ސިއްރެއް.

  28
 7. ހަސަދު

  ރާއްޖެ އެކަންޏެއްނޫން މެލެޝިޔާގެ ޕުރއިވެޓް ޔުނީ ތަކުގައިވެސް ހަމަ މިމައްސަލަ. އަދި މިއާ އެއްކޮށް ފެންވަރު ދަށްކޮށް ކިޔަވާދީ ޑިގްރީދޭ ތަންތަންވެސް ބަލަން އެބަޖެހޭ. އެއްވެސް އިމްތިހާނެއް ނަހަދާ ނުވަހަކު ކުލާހަކަށް ނުވަދެ ޑިގްރީ ލިބޭ ތަންތަން ރާއްޖޭގައި ވެސް ހުރި ކަމަށް ވަނީ. މިވެރިކަމުގައި މިފަދަތަންތަން ބައްލަވައި ފިޔަވަޅު އަޅުއްވާނެ ކަމަށް އުއްމީދު ކުރަން.

  20
 8. ބަކުރުބެ

  ބަލަގަ ލޭޑީ އެވެ. ކަމާނގެ ފިރިކަލުންނަށް ޤައުމު ހިންގަން ދިނުމުން ކުރިއަށްވުރެ ދަތިކަން މީހުނަށް އިޙްސާސްވެއްޖެއެވެ. އެހެންކަމުން ކޮންމެ ކަމެއްވެސް މިހާރު ކުރެވޭނީ ލާރިއަށެވެ. ކިޔަވަން ޖެހެއެވެ. އެއީ ލާރި ހޯދާ ލާރިގިނަވާނެ މަޤާމެއް ހޯދުމަށެވެ. މަސައްކަތް ވެސް ކުރަންޖެހެއެވެ. އެއީ މަސައްކަތް ނުކޮށް ނުކިޔެވޭތީއެވެ. ވަގުތެއް ނެތެވެ. އެއީ މަސައްކަތް ކުރަން ޖެހޭތީއެވެ. އެހެންވެ މީހަކާ ެސައިމަންޓް ހަދަން ދެނީއެވެ. އޭނާ އެކަން ކުރަނީވެސް މަންފާ ހޯދާށެވެ. ވ ވެދުމެވެ. ފަޤީރު ކަމަކީ ހުރިހާ ބައްޔެއްގެ މަންމައެވެ.

  23
  2
 9. ޛމިލް

  ކާކުތޯ ފައިސާއަށް އެކަން ކުރަނި

  12
  1
 10. ހަނި

  ،މުޅިދުޔޭގާވެސް އެންމެގިނަ ކޮރަޕްްސަނާ ވަގްސެޓްްވިކެޓް މިސަރުކާ ރުގެބަ ލާބައިއިންޑިޔާ މި ކަހަ ލަކަންތަށްދެންގިނަވާ ނީ

  15
  3
 11. ސަމްސާ

  ގޯސްކަމެއްގެ ބޯ ބިންމަތިން އަރާއިރަށް ބުރިކޮށް ނުލައި ބުޑުން ލުހެލަން ނޭގެނީ.
  ކަމުގެ އަސްލު ސަބަބު ނައްތާނުލެވެނީ. ތިހެން ކުރާ ކޮމެންޓަކުން ތިކަން ހައްލެއްނުވާނެ.

  13
  1
 12. ހިންނަވަރު ކުޑަ މޯދީ

  ފިރިކަ ލުން ރައްޔިތުންގެ ފައިސާއިން ވައްކަން ކުރާތީ ކަންބޮޑުވޭ....މިވާހަކަ ނިކަން ދައްކަބަ ލަ ...

  ވެރިކަން ހޯދަންވެގެން އިންޑިޔާއަށް ، ފައިސާ ދީގެން އެކަން ކުރީމަ އެކަމާ ކަމަނާ ކަންބޮޑެއް ނުވޭތޯ .....

  29
  4
 13. Anonymous

  ފައިސާ ޖީބުގަ ކިތަންމެ ވަރަކަށް ހުއްޓަސް މައްސަލަ އެއް ނެތެވެ. މައްސަލަ އަކީ ފައިސާ ބޮލައް އެރުމުން ނެވެ.

  15
 14. ލައިޓް

  ގިނަމީހުނަށް ވާހަކަދައްކަން ނުކެރޭ ބޮޑު ސިއްރެއް. ފަޒޫގެ ހިއްވަރަށް ޝުކުރިއްޔާ .

  12
  32
 15. ނަޖީބު އައްބާސް

  މީހަ ހާޒިރުނުވެ ހުރިހާ ޓެސްޓެއް ހެދިގެން އެއްގަމުއުދާ ކަނޑުމަތީ އުޅަދުތަކުގެ ލައިސަންސް ލިބޭގައުމެއްގަ ތިކަން މާބޮޑުކަމަކައް ވެގެންނުވާނެ

  20
 16. ބެންޓެން

  ތީވަރަށްބޮޑު ކަންބޮޑުވުމެއް އެވިޑް ކޮލެޖުން ކިޔެވި ކުއްޖަކު އަހަރެން ކައިރީ ބުނި އޭނަ ހެދި ކޯހެއްގަ ކުލާހަށް ނުވެސް ދާ މީހަކު ގުރެޖުއޭޓުވީ ވާހަކަ

  14
 17. ކާޕެޓް ވަގު

  ރައްޔިތުންނަށް ބޮޑެތި ދޮގު ހަދައިގެން ވެރިކަމަށް އައިސް ވައްކަންކުރާތީ ވަރަށް ކަންބޮޑުވޭ

  19
  4
 18. ޙާލާ

  ޓީޗަރުން ނަށް ނުފޫޒު ފޯރުވައިގެން ތިމާގެ ދަރިޔަށް ޕްރިފެކްޓްކަން ހޯދިއިރު ކަމަނާ ކަންބޮޑެއް ނުވޭތޯ؟

  20
  2
 19. ޅަތީފާ

  ފިރިކަލުންނައް ލިޔަންކިޔަން ދަސްކޮއް ދީބަލަ ފުރަތަމަ ލޮލް

  18
  4
 20. މެކް

  އަހަރެން ދެރަވޭ ރައްޔިތުންގެ ވޯޓް އިންޑިއާމީހުންލައްވާ ވަގައްނަގައިގެން ދިވެހި ދައުލަތް ސޯލިހު ފޭރިގަތީމާވެސް

  13
 21. ތައުލީމު

  ތައުލީމީ ނިޒާމުގައި ހުރި ލޯވަޅުތައް ނުބައްދައި ފައިސާ ހޯދަން ރައްޔިތުންގެ ސަޕޯޓް ހޯދަން ވީދައި ކުދިކުދި ކުރާ ވަރަކަށް މިކަން މިހެން ވާނެ. އެކަށީގެންވާ ލައިބްރަރީގެ ޚިދުމަތެއް ދެވެން ނެތި ޑިގްރީ ދޭން ފެށީމާ މިހެން ވާނެ. ހަމައެކަނި އިންޓަރނެޓުން ކޮޕީ ޕޭސްޓް ކުރާ ހިސާބަށް ދިޔައިމާ މިހެން ވާނެ. ހަމައެކަނި ސެޓުފިކެޓަށް ބަލައިގެން ވަޒީފާގެ މިންގަނޑު ހެދީމާ މިހެން ވާނެ. ވަޒީފާއަށް ވަނުމުގެ ކުރިން ހަދަން ޖެހޭ ވަޒީފާއާ ގުޅޭ ފުރިހަމަ ޓެސްޓެއް ނެތިފައި ނިޒާމެއް ނެތީމާ މިހެން ވާނެ. ވަށައިގެން ހުރި މައުލޫމާތު އެނގޭ މީހެއްތޯ ބަލާނެ ބެލޭނެ ނިޒާމެއް ވަޒީފާ ދިނުމުގައި ނެތީމާ މިހެން ވާނެ. މީހާގެ ވިސްނުންތެރިކަން ބަލާނެ އިމްތިހާނެއް ނެތީމާ މިހެން ވާނެ.

 22. ސުކޫލް

  ސުކޫލް ދަރިވަރުން ގެ އެސައިންމަންޓް އަދި ޕްރޮޖެކްޓް ތައް ހަދަނީ ފޮޓޯކޮޕީ ހަދާ ތަންތަނުން. މި ކަން ކަމަކީ ހުރިހާ އެންމެން ނައް އިގޭ ކަމެއް.

  13
  1
 23. ބުއްދި

  ވަރިހަމއެއްނު! އިބުރާ އަށް އަދިވެސް ބަދަލު ނުދެވިގެން! ރާއްޖޭގެ އެހެންތަންތަނުން ހަދާ ގިނަ ކޯސް އެތަނުގައި އެހާމަދު ދުވަހުން ހެދެނީ ކިހިނެތް ؟؟؟ އަދި އެވެސް ހުރިތަނެއްގަ ހުރެގެން! ބުއްދި ގަބޫލެއްނުކުރޭ!

 24. ގަމާރު

  ދުވާލަކު ދިހަ ޕީއެޗްޑީ ފޯނުން ހެދޭ ޒަމާނެއްގަ ތިވަރު ކަންކަން ހިގާނެ!!

 25. ކުޑަމުހައްމަދު

  ވެރިކަންކުރަންނޭގޭތީ ވެރިކަންކުރަނީ ދުރުގައިތިބިބަޔަކު އެހެންވީ އެސެއިމަންޓްވެސްހެދޭނީއެހެނުން

 26. ކިނބޫ ދަ އެނިމަލް

  ފަޒޫ ކައެގެ ހަޒް ލައްވާ ޑިޕްލޮމާގަނޑެއް ނަމަވެސް ހަދުވަންވީނު! އަަަހަރެން އޭނަގެ އެސައިންމަންޓުތައް ފްރީކޮށް ހަދާދީފާނަމޭ!

 27. މެދުރާއްޖެތެރެ

  ޤާރީކޯސްތަކަށް އިންސްޓިޓިއުޓްތަކުން އެމްކިޔު އެޭ އާއި ޚިލާފަށް ސެޓްފިކެޓްބަހާ ކަންކަން އެނގެޭ އެންމެންނަށްވެސް. މިރަށުގައިވެސް އެސަކަރާތްޖަހާފި. ނޮވެމްބަރ މަހުމެދުތެރޭފެށި ޤާރީކޯސް ލެވެލް1 ޑިސެމްބަރ މަހުގެ މެދުތެރޭ ނިންމުނީ ކަމަށް ބުނެ ސެޓްފިކެޓް ސުންނައިންދީފަ ހުރީ

 28. ނަސީދު

  ދުލެއް އޮތީމާ އަގަތަޅަނީ މިހުރިހާދުވަހު ތިހެން ސެޓްފިކެޓް ނަހައިގެން އުޅެނީ

 29. ށާބަސް

  ރާއްޖޭގައި މަސައްކަތް ކުރާ ބޭރު ޓީޗަރުން ފުޅާ ދާއިރާއެއްގައި އެސައިންމަންޓް ވިޔަފާރި ހިންގާ!!!

 30. ބޯބުރާންތި.

  މިއީ ރާއްޖޭގެ އެކަނި ކަމެއް ނޫން. މިކަން ކޮށްދޭ ތަންތަން ދުނިޔޭގެ ހުރިހާ ހިސާބެއްގައިވެސް ހުރޭ. ކޯސް ޑިޒައިން ކޮށްފައިވަނީ ހަމައެކަނި އެސައިންމެންޓަށް ކަމަށް ހެދުމުގެ ބަދަލުގައި ޓެސްޓެއްދޭ ގޮތަށް ބަދަލުކުރަން ޖެހޭ. ނުވަތަ ޕްރެޒެންޓޭޝަނެއް ހަދާގޮތަށް ބާއްވަންޖެހޭ. އެސައިންމެންޓް ބޭރުން ހެދިނަމަވެސް ދަރިވަރުގެ ފެންވަރު ހުރިތޯ އޭރުން ޗެކްކޮށްލެވޭނެ.

 31. ނަންނި

  ވަޒީފާގައި އުޅޭ ބައެއް މީހުންގެ އަނބިން ކޯސްތަކުގައި ބައިވެރިކޮށްގެން އެސައިންމެންޓްތަކާ ޕްރެޒެންޓޭޝަންތައް އެމީހުން ހަދައިދީގެންގެން ފާސްކުރުވާފައި މިހާރު އެބަތިވި ވަޒީފާގައިވެސް ،.. މީ ކުރާކަމެއް ހަމަ ...