ގދ.ފަރެސްމާތޮޑާގައި ހަތަރު އަންހެނަކު ހިންގި މާރާމާރިއެއްގައި އޭގެ ތެރެއިން ތިން އަންހެނަކަށް އަނިޔާވެގެން ފަރުވާ ދޭން ފަށައިފިއެވެ.

ފަރެސްމާތޮޑާއިން "ވަގުތު" އަށް މައުލޫމާތު ދިން މީހަކު ބުނީ މާރާމާރީ ހިނގީ މީހެއްގެ އަނތްބަކާއި އޭނާގެ ކުރީގެ އަނބިމީހާ އާއި ދެމެދުގައި ކަމަށެވެ. އެމާރާމާރީގައި ކުރީގެ އަނބިމީހާގެ ކޮއްކޮ އާއި އިތުރު އެހެން އަންހެނަކު ވެސް ބައިވެރިވިއެވެ. މާރާމާރީގައި އަނިޔާވި ތިން އަންހެނަކު ރަށު ހެލްތު ސެންޓަރުގައި އެޑްމިޓް ކޮށްފައިވެއެވެ.

އެމީހުން އިތުރު ފަރުވާ އަށް ތިނަދުއަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ފަރެސްމާތޮޑާ އިން މައުލޫމާތު ދިން މީހާ ބުންޏެވެ.

އަނިޔާވި މީހުންގެ ތެރެއިން އެކަކީ ހިތުގެ ބަލި ހުންނަ މީހެއް ކަމަށް މައުލޫމާތު ލިބިފައި ވެއެވެ. އޭނާގެ މޭމަތީގައި ޖެހުމުން ވަނީ އަނިޔާ ވެފައެވެ.

މިހާދިސާ އާއި ގުޅިގެން އަދި ރަސްމީ ފަރާތަކުން އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ހާތްތެރީ

    އާމީނިއާ އާއި އާޒަރްބައިޖާނަށް ކީއްއެކުރެވެނީ.

    40
    1
  2. ހުސޭނުބޭ

    އަންހެނުން ބާރުރުވެރިވާ ކަމުގެ ހެއްކެއް!

    66
    3
  3. ޗޮން

    ފަރެސްމާތޮޑާ ހޫން ސަބަހޭ

    45
    1
  4. އަންޑަރ ޓޭކަރު

    4 ކަނބަލުން މި ގޮތަށް މާރާ މާރީ ހިންގަން މެދުވެރިވީ ކަމާއި ބެހޭ ފަރާތުން ރެސްލިން ރަސްމީ ސިފައެއްގައި ނުބާއްވާތީ ކަމަށް ބެލެވެނީ!

    26
    1
  5. ހެހެ

    އަންހެނުން ތަޅާފޮޅީމަ ދެން ނުވެސް ގުޅޭދޯ.. ރާއްޖޭގަ އަންހެނުން ހިތްހަމަނުޖެހުނީމަ އާންމުގޮތެއްގަ އަޑިއަޑީން އެކަންތައް ހަމަޖައްސަނީ، ކޮންމެސް ސިހުރެއް ހަދާފާނެ، ނޫނީ ބިޓު ޖަހައިގަނެފާނެ.. ފަރެސްމާތޮޑާ މީހުން ހަމަ ތަފާތީ

    26
    2