ހުޅުމާލޭ ފަޅުގައި އޮތް ސަފާރީގައި އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގެ ތަހުގީގު ލަސްނުވާ ކަމަށާއި އެ މައްސަލައިގައި ދައުވާކުރަން ވީހާވެސް އަވަހަށް ފޮނުވަން ދަނީ މަސައްކަތް ކުރަމުންކަމަށް ފުލުހުންގެ މީޑިއާ ރިލޭޝަން އޮފިސަރ ސަބްއިންސްޕެކްޓަރް އާތިފާ ހަސަން ވިދާޅުވެއްޖެއެެވެ.

މިދިޔަ ޖޫން މަހުގެ ތެރޭގައި ހުޅުމާލެ ފަޅު ތެރޭގައި އަޅާފައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ފުރައްސާރަ ކުރި މައްސަލައިގެ މައުލޫމާތުތައް ކަމާ ގުޅޭ އިދާރާއަކުން ހާމަނުކުރާތީ އާއްމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެ މައްސަލައިގައި ޖުލައި މަހުގެ 16 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވަނީ އެ މައްސަލައިގައި ދައުވާ ކުރެވޭ ވަރަށް ހެކި ހުރިކަމަށް ވިދާޅުވެފައެވެ.

މި މައްސަލައިގައި ދައުވާ ނުކުރެވި ވަނިކޮށް، އަނިޔާ ލިބުނު މީހާ ވަނީ ރާއްޖެއިން ބޭރަށް ފުރާފައެވެ. އެކަމާއި ގުޅިގެން އަލުން ބަޔާން ނަގަނީތޯ ނުވަތަނޫންތޯ ސާފުުކުރުމަށް ސުވާލުކުރުމުން އާތިފާ އެކަމަށް ވަކި ޖަވާބެއް ދެއްވާފައެއް ނުވެއެވެ. އެހެންނަމަވެސް މައްސަލައިގެ ތަހުގީގު އަދިވެސް ކުރިއަށް ގެންދާކަން އޭނާ ވަނީ ޔަޤީންކޮށްދެއްވާފައެވެ.

އެ މައްސަލައިގެ ތަހުގީގަކީ ބުރަ ތަހުގީގެއް ކަމަށާ، އެ މައްސަލައިގެ ތަހުގީގު ފުރިހަމަކުރުމަށް މިހާރު ހޭދަވާ ވަގުތުތައް ހޭދަވާ ސަބަބަކީ އެއީ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ ކުރިން މި މައްސަލައިގައި ދައުވާކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް (ޕީޖީ)އަށް ފޮނުވިކަމަށާ، އެކަށީގެންވާ މިންވަރަށް ހެކި ނެތްކަމަށް ބުނެ ޕީޖީ އިން އަނބުރާ މައްސަލަ ފުލުހުންނަށް ފޮނުވާލީ ކަމަށްވެސް އަޑު ފެތުރުނެވެ.

އެހެންނަމަވެސް އަދި މި މައްސަލައިގައި ދައުވާކުރުމަށް ޕީޖީއަށް ފޮނުވާފައި ނުވާނެކަމަށް އާތިފާ ވިދާޅުވިއެވެ.

"ތަހުގީގުގެ ފުރިހަމަ ކުރުމަށް މަސައްކަތް ހަމަ ކުރިއަށް ދަނީ. ކޮންމެ ގޮތެއްވިޔަސް ތަހުގީގުގަ އުޅޭ މީހަކަށް އެނގޭނީ އެގައި ފުރިހަމަ ކުރަން ޖެހޭ ގިނަ މަސައްކަތްތައް. ހަމަ މިހެން ބުނެލާއިރު ކުއްލިއަކަށް ތަހުގީގު އަވަސް ވަނީ ލަސްވަނީ، އަސްލު އޭގެ ޒާތުގައި ލަހެއް ނުވޭ، އޭގެ ކުރަން ޖެހޭ މަސައްކަތްތައް ހަމަ ބުރަވެފައި ގިނަވީމަ އެ މަސައްކަތުގައި އެ އުޅެނީ." އޭނާ ވިދާޅުވިއެވެ.

މި މައްސަލައިގައި ޕީޖީ އާއި ފުލުހުންނާއި އެކު މައްސަލަ ކުރިއަށްދާ ވަރަކަށް މަޝްވަރާ ކުރަމުންދާކަން ވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

އެ މައްސަލާގައި ޝާމިލުވާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ރާއްޖޭގެ ސިޔާސީ ޕާޓީތަކުން ވެސް ގޮވާލާފައިވެއެވެ. ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޕާޓީތަކުން ވެސް އެ މައްސަލާގައި އަޑު އުފުލާފައިވެއެވެ. މީގެއިތުރުން އެ މައްސަލަ ވަނީ ބައިނަލްއަގުވާމީ މީޑިއާތަކުގެ ސަމާލު ކަމަށްވެސް އައިސްފައެވެ.

މި މައްސަލަ ފުރަތަމަ ފެންމަތިވެގެން އައި އިރު ޚަބަރު ފެތުރުނީ ރޭޕްކޭސްއެއްގެ ގޮތުގައެވެ. ތުހުމަތުކުރެވޭ މީހުންނަކީ ނުފޫޒު ގަދަ ބަަޔަކަށް ވާތީ މައްސަލަ ނުބެލޭކަމަށް ބުނެ އާއްމުން ވަނީ ފާޑުކިޔާފައެވެ. އަދި އެ މައްސަލައިގައި އާއްމުން ވަނީ މުޒާހަރާވެސްކޮށްފައެވެ.

ފުލުހުން ވަނީ އެއްވެސް ނުފޫޒެއް ނެތި މި މައްސަލަ ބަލާކަމަށް ވިދާޅުވެފައެވެ. އަދި ސިޔާސީ ނުފޫޒު މި މައްސަލައަށް ފޯރާކަމަށް ބުނާ ވާހަކަވެސް ފުލުހުން ދޮގުކުރައްވައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ތިކަން މިހާރު ނިމިއްޖެ. ޝުކުރިއްޔާ ސީޕީ

    ތިކަމުގައި މިހާރު ކުށްވެރިވަނީ އަންހެންމީހާ. ރޭޕް ކޭހެއްވެސް ނޫން. އަންހެންމީހާ ކަނޑަށް ވެއްޓުނީ ސުޕަގާލްހެން އުދުހެން ހުއްޓާ. ސަފާރީއެއްވެސް އެސަރަހައްދުގައެއް ނެތް. އަންހެންމީހާ ހައިވެފައި ހުރިވަރުން ސަފާރީއަކަށް އެރިހެން ހީވީ. އަންހެންމީހާ ހައިވެގެން މޫދަށް ފުންމާލައި އޭނާ ސަލާމަތް ކުރަން އުޅުމީހުން މިކުށްވެރިވީ. ވާ ވާ ވާ. ސަދޫމުގެ ތަހުގީގުން ހުރިހާކަމެއް އިންސާފްވެރިކަމާއެކީ ތަހުގީގުވާނެ. ވައްކަމުގެ މައްސަލާގައިވެސް ކުށްވެރިވަނީ ގެއްލުން ލިބޭ ފަރާތް. މަތީ މަގާމެއްގެ މީހަކު ވައްކަން ކުރިޔަސް އެއީ ކަމެއް ނޫން. ނިކަމެތި ރައްޔިތެއް މިރުހެއް ނެގިޔަސް އަހަރު ދުވަހުގެ ޖަލުހުކުމަކާއި ނުދެއްކޭ ވަރުގެ ޖޫރިމަނާއެއް. ރޭޕް ކުރިއްޔާ އަބަދުވެސް ކުށްވެރިވަނީ ސަރުކާރާއި ގުޅުން ނޯންނަމީހާ. ރޭޕް ނުކުރިޔަސް ޖަލަށް ލެވޭ. ރޭޕް ކުރިއްޔާ ރޭޕްގެ ޝިކާރައަށްވާ މީހާ ކުށްވެރިމިވަނީ.

    16
  2. ފޯކްލޯރ

    ޕްރި ސްކޫލް ކުދިންނަށް ތި ވާހަކަ ފުލޯކް ވާހަކައެއްގެ ގޮތުގަ ކިޔާދީ އަހުރެމެން ނޫޅެން ތިޔާވާހަކައެއް އަޑު އަހާކަށް ވެސް ޤަބޫލު ކުރާކަށް ވެސް

    17
    3
  3. ކާޕެޓް ވަގު

    ދާނީ ކުރިޔަށް ހުއްޓުމެއް ނާންނާނެ...

    11
  4. އިންސާފު

    ރޭޕް ކޭޟް ތަކަށް ފިޔަވަޅު އެޅުން ލަސްވެގެން ދިއުމަކީ މިފަދަ ކަންތަކަށް ކުރުމަށް ދެވޭ ހިތްވަރެއް އަދި އިންސާފު ލިބުމަށް އެޅޭ ވަރަށް ބޮޑު ހުރަހެއް.

    15
    1
  5. ކިޔުންތެރިއެއް

    ލޮލް!!

  6. ވަޒީރެއާލާ

    އަދި ލަހެއްނުވެޔޯ. ލަސްވަނީ ކިހާވަރެއްވީމަބާ؟ ދުނިޔެ ޤިޔާމަތްވީމާބާ؟

  7. ޓިނު

    ތިޔަކަހަކަ އަންހެނުންނާ ހެދި ހިނގާލެވެންނޯވޯ ދަމާވާރުން 100 ކައޭ 50 40 ޑޮލަރޭ ވަންނައިޓޭ މުޅި ދުނިޔެ ހަރާބު ކޮއްފި.

  8. ނަސްރީނާ

    އާވާ ޕަހެއް ނުވޭ މިހާރު 3 މަސްވަނީ މިހާރު ތިމައްސަލަވާނީ ސީޕީ ހަމީދު ވަށިގަޑަން ލާފަ

  9. ކެނެރީ

    ރޯޔަލް ރޭޕް ހީވޭތަ މި ސަެުކާރު އޮއްހާ ދުވަހަކު ތި މައްސަލަ ކުރިޔަން ދާނެހެއް

  10. މިއަދު

    އިބްރާހިމް މުހައްމަދުސާލިހުގެ ވެރިކަން ނިމެންދެން ތިތަހުގީގު ދާނީ ކުރިއަށް

  11. މޯދީ

    ސަފާރީ ރޭޕްކޭސް ގަ މިހާރު މިދާ ގޮތުން ކުއްވެރިވަނީ ސަފާރީ އެކަނި. އަދި އެރޭ ހުޅުމާލޭން ފުލުހުން ހައްޔަރު ކުރި އިގިރޭސިވިލާތުގެ ރޯޔަލް ފެމިލީ ގެ ޕްރިންސް އޮފް ލާމު ގަން ހައްޔަރު ކުރަން ދިޔަ ފުލުހުންގެ ދެ މީހުންވެސް ކުއްވެރި ވޭ.