30 ރުފިޔާގެ ވެރިފަރާތް ހޯދަން ދިވެހި ފުލުހުން މިއަދު އާއްމުންގެ އެހީއަށް އެދިއްޖެއެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދަން ފުލުހުން މިއަދު ކުރި އިއުލާނެއްގައި ވިދާޅުވީ ސެޕްޓެމްބަރ 26 ވަނަ ދުވަހު ބުރުޒުމަގު، އޮން ދަ ވޭ ފިހާރަ ކައިރިން އާންމު ފަރާތަކުން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ 30 ރުފިޔާގެ ވެރިފަރާތް ހޯދަން ބޭނުންވާ ކަމަށެވެ.
ތަފާތު އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ބައެއް އެހެން ތަކެތީގެ ވެރިފަރާތް ހޯދުމަށް ވެސް މިއަދު އިއުލާން ކޮށްފައި ވެއެވެ.
މި ތަކެއްޗަކީ މި ސެޕްޓެމްބަރ މަހުގެ 26 އިން 27 އަށް މާލޭ މަގުމަތިން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެއްޗާއި މާލޭގެ އެކި ސަރަހައްދުތަކުން ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލުކުރި ބައެއް މީހުންގެ އަތުން ފެނިފައިވާ ތަކެއްޗެވެ. މިތަކެތީގެ ވެރިފަރާތް އެ މީހުންނަށް ބުނެދެވިފައި ނުވާތީ އެ ތަކެތި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށް ފުލުހުން ވިދާޅުވިއެވެ.
30 ރުފިޔާގެ އިތުރުން ދެން ވެރިފަރާތް ހޯދަން އިއުލާން ކުރި ތަކެތީގެ ތެރޭގައި ގޭސް ފުޅިއަކާއި ދެ މޯބައިލް ފޯނެއް ވެސް ހިމެނެއެވެ.
ގޭސް ފުޅިއަކީ ސެޕްޓެމްބަރ 26 ވަނަ ދުވަހު ނީލަންފިހާރަ ކައިރިން ތުހުމަތު ކުރެވިގެން ހުއްޓުވި މީހެއްގެ އަތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ވިލާ ގޭސް ފުޅިއެކެވެ. މީގެ އިތުރުން ސެޕްޓެމްބަރ 26 ވަނަ ދުވަހު ޖޯޝީ ހިނގުމުން، ތުހުމަތު ކުރެވިގެން ހުއްޓުވި މީހެއްގެ އަތުން ފުލުހުންގެ ބެލެމުގެދަށަށް ގެނެސްފައިވާ އެމްއައި ބްރޭންޑްގެ މޯބައިލް ފޯނަކާއި ސެޕްޓެމްބަރ 27 ވަނަ ދުވަހު މާފަންނު ގަޑިބުރު ކައިރިން އާންމު ފަރާތަކުން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ ސެމްސަންގް) މޯބައިލް ފޯނެއްގެ ވެރިފަރާތް ހޯދަން ފުލުހުން ބޭނުން ވެއެވެ.
ވީމާ މި ތަކެތީގެ ވެރިފަރާތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަންބަރު 9631696 އަށް ގުޅުއްވައި، އިންސިޑެންޓް ނަންބަރު ވިދާޅުވެ، ކާކުކަން އެނގޭނެ ލިޔުމަކާއެކު ޝަހީދު ހުސައިން އާދަމް ބިލްޑިންގަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުމަށް ފުލުހުން އެދެއެވެ.
މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ޝުކުރު ދަންނަވާކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
މި ސަރުކާރުން ކައިފަ އެއްޗެއް ބާކީވޭތަ
300000 ނަަމަވެސް ތިހެން ހަދާނެބާ؟
ސްޓިކާއަށް ދެއްކި ލާރީގެ ބާކީ ތިއީ!
ހަމީދުމެން ތިޔަކަހަލަ ކަންތައްތައް ކޮށްލަ ކޮށްލަ ތިބޭ. ގައުމުގައި ހުރި ބޮޑަތި މައްސަލަތައް ބަހައްޓާފައި ތިޔަ 30 ރުފިޔާގެ ވެރިފަރާތް ހޯދާތި. އަދި ހޯދުނީމަ އެކަންވެސް ނޫސްތަކުގެ ފަލަ ސުރުހީގައި ލިއުއްވަން ވާނެ.
😷👮👅
😷👮👅ސބ
34 ބިލިޔަން ރުފިޔާގެ ކެއި ފަރާތްތައްް ހޯދުން މާ ރަނގަޅުވާނެ...
ގައުމު ވިއްކާލި މީހުން ހޯދަން އިއުލާން ކުރަންވީނު؟