ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ސެނިޓައިޒް ކުރަން ބޭނުން ކުރާ ދެ ޓްރަކް ރާއްޖެ އަށް ހަދިޔާކޮށްފިއެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ މި ޓްރަކް ހަދިޔާ ކުރުމާ ގުޅިގެން ޔޫއޭއީ އަށް ޝުކުރު ދަންނަވައިފައެވެ. މިއާ އެކު، ކޮވިޑް-19 އާ ދެކޮޅަށް ކުރަމުންދާ މަސައްކަތް އިތުރަށް ވަރުގަދަ ކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކޮވިޑް-19 އާ ދެކޮޅަށް ރާއްޖެ އިން ކުރަމުން އަންނަ މަސައްކަތަށް ޔޫއޭއީ އިން މީގެކުރިން އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. އަދި އިންޑިއާ އާއި އެމެރިކާ އާއި ޖަޕާނާއި ޗައިނާ ފަދަ ބޮޑެތި ގައުމުތަކުން ވެސް ރާއްޖެ އަށް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.

ޔޫއޭއީން ހަދިޔާ ކުރި ދެ ޓްރަކް ބޭނުން ކުރުމަށް ހަމަޖެހިފައި ވަނީ މީހުން އެއްވެ އުޅޭ ސަރަހައްދުތައް ޑިސްއިންފެކްޓު ކުރުމަށެވެ.

ރާއްޖޭގައި އަދިވެސް ކޮވިޑް-19 ކޮންޓްރޯލް ކުރެވިފައެއް ނުވެއެވެ.

ރާއްޖެ އިން މިހާތަނަށް 10،000 އަށް ވުރެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހި، 34 މީހަކު ވަނީ ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބަހުމީހާ

    ޔޫ.އޭ.އީ އިން ސެނިޓައިޒް ކުރަންޏާ ހާދަ ދުރަކުންނޭ ދޯ ސެނިޓައިޒް ކުރަނީ؟؟

  2. ބbs

    ވަރަށް ބެނުން ތެރި އެއްޗެއް ތިޔައި މިރައްޖެއަށް ހައްސަކޮށް މަލެ ހުޅުމަލެ އަށް👍👍🇲🇻🇦🇪

  3. ހަނި

    ތީގާ ކާޕެޓެށް އެބައޮތް ތޯ