ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ކައުންސިލް ދެ މެމްބަރަކަށް އިންޒާރު ލިބެމުން ދަނިކޮށް އެ ދެ މީހުން އެކްސިޑެންޓުވުމުން، އެ މައްސަލަ ފުލުހުން ބަލަން ޖެހޭނެ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް އެގޮތަށް ވިދާޅުވީ ޕީއެންސީގެ ކައުންސިލް ދެ މެމްބަރުން ކަމަށްވާ އަހުމަދު ނަރީޝް އާއި އަހުމަދު އަދުނާން (ސްޕައިކާ) އެކްސިޑެންޓުވެ އަނިޔާ ލިބުމާ ގުޅިގެން އެކަމަށް އިޝާރާތް ކުރައްވައި ކުރެއްވި ޓުވީޓުގައެވެ. މި ޓުވީޓުގައި ނަރީޝް އާއި ސްޕައިކާ ހޮސްޕިޓަލަށް ގެންދާ މަންޒަރު ފެނެއެވެ.

ޝިޔާމްގެ ޓްވީޓުގައި އެ ދެ މީހުންނަށް ކެނޑިނޭޅި ތަފާތު އިންޒާރުތައް ދެމުން އައި ކަމަށް ވިދާޅުވިއެވެ. އެހެންކަމުން އެފަދަ އިންޒާރުތަކެއް ލިބެމުންދަނިކޮށް ނަރީޝް އަދި ސްޕައިކާ އެކްސިޑެންޓުވުމުން ސުވާލު އުފެއްދުމަށް ފުރުސަތު ލިބޭ ކަމަށް ޝިޔާމް ވަނީ ވިދާޅުވެފައެވެ.

ޝިޔާމް "ވަގުތަށް" ވިދާޅުވީ ނަރީޝްއަށް އިންޒާރުދޭ ކަމަށް އޭނާ ކުރިން ވެސް ބުނެފައިވާ ކަމަށެވެ.

" އެއީ ނަރީޝްއަށް އިންޒާރުދޭ ކަމަށް ނަރީޝް އެބައޮތްދެއްތޯ ކުރިންވެސް ބުނެފައި މީގެ ކުރިން. އެހެންވީމަ މިއީ އެކްސިޑެންޓެއްތޯ ނޫނީ އިންޓެންޝަނަލް ކަމެއްތޯ ބަލަން ޖެހޭ." ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް މިފަަދައިން ވިދާޅުވެފައި ވާއިރު އެ ދެ މީހުން އެކްސިޑެންޓުވެފައި ވަނީ ރޭ ދަންވަރުގެ ވަގުތެއްގައެވެ.

ފުލުހުން ވިދާޅުވީ ރޭ 02:07 ހާއިރު ހަވީރީ ހިނގުމާއި، އާ ބުރުޒު ހިނގުން ގުޅުނު ހަތަރު އަނގޮޅި ކަންމަތީގައި ދެ ސައިކަލު ޖެހިގެން ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާވެގެން ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.

އެކްސިޑެންޓުގައި ހިމެނޭ އެއް ސައިކަލު ދުއްވީ ފުލުހެއް ކަމަށް ވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

"އެ ސައިކަލު ދުއްވި ފުލުސް މީހާގެ އަތުގައި އެ ކެޓަގަރީ ދުއްވުމުގެ ލައިސެންސް އޮތް ކަމަށާއި، އަނެއް ސައިކަލު ދުއްވި މީހާއަކީ ޓްރެފިކް ގަވާއިދާއި ޚިލާފުވެގެން ލައިސަންސް ހިފަހައްޓާފައިވާ މީހެއް" މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މި މައްސަލަަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. Anonymous

    އިންސާފާ ހަމައާ ގެއްލި ދޮގާ މަކަރާއި ހީލަތްތެރިކަން އިންތިހާގޮސްފައިވާ މިގައުމުގެ ވެރިކަމުގއި ތިބީ ހަމަ އިންސާނުންބާއޭވެސް ހީވާހާވަރަށް ގައުމުގެ ހާލަތު ގޯސްވެއްޖެ

    77
    21
  2. ހަނި

    ކިޔާ އަޑްއިވޭ ފެންފޯރުއްތަ ކަޑާޅީ ފުލުހުނޭ ރާވާގެން ތިކަހަލަ ކަމެތް ކޮށްފާނެ

    54
    11
  3. ސުން ބުލި

    ނަރީޝް އާއި ސްޕައިކާ އެކްސިޑެންޓަކީ އާއްމުކޮށް ރާއްޖޭގައި ހިގާ އާދާއިގެ އެކްސިޑެންޓު ގެ ތެރެއިން އެކްސިޑެންޓެއް

    35
    48
  4. Anonymous

    ކުރިން ދިވެހިރާއްޖެއަކީ ވަކި ދައުލަތެއްގެ ގޮތުގައި އޮތެއްެއްކަމަކު މިހާރު ދިވެހިރާއްޖެއަކީ ޖަންކް ޓްރަކެއް ކަހަލަ ތަނެއް ރައްޔިތުންގެ ވެރިކަމެއް ހިނގާ ތަނެއްނޫން. ހިނދުކަރައިގެ ޝައިޠާނާއަށް އަޅުކަންކުރާ ބައެއްގެ ތައްާހަށްވެއްޓި ވެރިކަމުގައިތިބީ ކޮންބައެއްކަމެއްވެސް އެނގޭވަރެއްނޫން. އިންތިހާއަށް ލޯނު ނަގާ އެކަމަކު ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ދުވަހެއް ދުވަހަކަށް ދަށަށް ދަނީ. އަމިއްލަ ޖީބުތައް ފުރުން ނޫންކަމެއް ކުރާހެން ހިއެއްނުވޭ . ކޮންމެ ދުވަހަކުހެން އިވޭ ހަބަރަކީ، ކޮންމެވެސްތާކުން ފައިސާތަކެއް ގަވާއިދާ ހަރަދަށް ހަރަދު ކުރުކަމާ ނުވަތަ ފައިސާއަށްވާގޮތެއް ނޭނގިގެން އުޅޭވާހަކަ. ވެރިއަކު ހުރި ވަކިގައުމެއްނޫން މިހާރު ދިވެހިރާއްޖެއަކީ

    52
    7
  5. އަސީ

    މިހާރުއްސުރެ ތިއޮތީތިމައްސަލަ ވަކިގޮތަކައްނިންމާފަ ކަމައްފާހަގަކުރެވޭ

    36
    5
  6. ކޮވިޑް

    ﷲގެ ރަހުމަތުން އަވަސް ޝިފާއެއް އެދެބަޠަލުންނަށް މިންވަރުކުރައްވާށިއެެވެ.

    79
    13
  7. ކޮރަލް

    މާލެ ތެރެއަށް ވަގުން ދޫވެއްޖެ އެވެ. މިސްކިތްތަކުން ކުޑަ ދުވަސް ކޮޅަކުން ފައިވާނާ މުސައްލަ ތައް ވ ގިނައިން ގެއްލިއްޖެ އެވެ. ސިޔާސީ ބޭނުމަށް ވެސް ކަންކަމަށް އެއްބަސް ކުރުވާފަ ބޮޑެތި ކުއްވެރީން ދޫ ނުުކުރާށެވެ.

    22
    1
  8. Anonymous

    ފުލުުންނަކީ މަގު ކުނިކަހަން އުޅޭ ބައެއްބާއޭ ހީވޭ. ހޮވައިގެން ގެންނަ ތަކެއްޗަކީ ސިވިލް ކޯޓާ ހަވާލުކުރާ ތަކެތިކަމަށް އަހަރެމެންނަށް އެނގެނީ. އެކަމކު މިހާރަކަށް އައިސް، ބިއްލޫރި ފުޅިއެއްގެ މަތީގެ ވެރިފަރާތް ހޯދަން ފުލުހުނ އިއުލާނުކޮށްފި، ހިކަނދިފަތް ބަސްތާއެއްގެ ވެރިފަރާތް ހޯދަން ފުލުހުން އިއުލާންކޮށްފި، 30 ރުފިޔާގެ ވެރިފަރާތް ހޯދަން ފުލުހުން އިއުލާންކޮށްފި. ފައިވާނެއްގެ އެއްކިބަ ހޯދަން ފުލުހުން އިއުލާންކޮށްފި. މިފަދަ ކޮންމެވެސް ބޭކާރު ކަމެއްގަ މަސްއޫލުވެ ގައުމު އޮޔާދުއްވާލަން ފޫގަޅައިގެން ތިބޭ މަންޒަރު ފެންނަނީ. ފުލުހުންނަށް ކުރާ ގަދަރާ އިހްތިރާމް ގެއްލި ބޭކާރު މުއައްސަސާއެއްގެ ގޮތުގައި ފުލުހުންގެ އިދާރާ މިހާރު ސިފަވަނީ

    15
    5
  9. ޖުވޭ

    މީހަކު މަރުވިޔަސް އެކަން ސިޔާސީ ބޭނުމަކަށް ބޭނުން ކުރާތި ޕީޕީއެމް

    18
    24
  10. ވިސްނާލުމަށް އެދެމޭ

    ޔާﷲ ނަރީޝްއާ ސްޕައިކަރ އަށް އަވަސް ޝިފާއެއް ދެއްވާން ދޭވެ.....ސަރުކާރަށް ހަޖަމުނުވެގެންއުޅޭތާ ލައްކަ ދުވަސްވެއްޖެ...ހަޖަމްޓީމް ހިއްވަރު އެލުވާނުލާ ވަރުގަ ދަ އަޒުމަކާއެކު ކުރިޔަށްވުރެ ބާރަށް ހިއްވަރުކުކޮއްފަ ސަރުކާރުގެ ހަޖަމުގެނިޒާމު ބާރުބޮޑުކުރޭ....އަހަރެމެންގެ ހިއްވަރު ހަޖަމްޓީމު...

    21
    7
  11. Anonymous

    ޔާﷲ މި ދެބޭފުޅުން ނަށް އަވަސް ޝިފާ މިންވަރު ކުރައްވާށި . ދިވެހި ޤައުމަށްޓަކައި އެކުރައްވާ ބުރަމަސައްކަތް ޕުޅަށް ކާމިޔާބު ދެއްވާށި އާމީން.
    މިއީ ހަމަ ދިވެހި ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެޤައުމު ފަޚްރުވެރިވާ ފަހުލަވާނުން ކޮޅެއް. މިޖީލުގެ ބޮޑުތަކުރުފާނު ޓީމްގެ މެމްބަރުން

    19
    6
  12. ޜަހީން

    ގަސްތުގަ ކޮއްފަ އިން އެކްސިޑެންޓެއްހެން ބޮޑަށް ހީވަނީ ބައެއްގެ ދުވަސްދުއްވާލަން. ޢިސްލާމް ދީނައްޓަކާ ތެދުވާނެ މީހުން ބައިވަރު އިނގޭތޯ

    18
    10
  13. Anonymous

    "އެ ސައިކަލު ދުއްވި ފުލުސް މީހާގެ އަތުގައި އެ ކެޓަގަރީ ދުއްވުމުގެ ލައިސެންސް އޮތް ކަމަށާއި، އަނެއް ސައިކަލު ދުއްވި މީހާއަކީ ޓްރެފިކް ގަވާއިދާއި ޚިލާފުވެގެން ލައިސަންސް ހިފަހައްޓާފައިވާ މީހެއް" މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
    މިހާރު މިތަނުން ފުލުހަކީ ނަރީޝް އޯރ ސްޕައިކާތަ ނޫނީ ޕޮލިސް މީހާތަ...؟ އަހާލީ ހަމަ.. ބައި

    9
    2
  14. ބޯހަލާކު

    ފުރަތަމަ ވެސް ގަވައިދާ ޙިލާފު ވެފަ ތިބުނާ ކައުންސިލް 2 މެމްބަރުން ތި ތިބީ ގަވާ އިދުން އަޅަންޖެހޭ ފިޔަވަޅު 2 މީހުނަށް އެޅުމައް ގޮވާލަން

    8
    6
  15. ތިރިބެ

    ކާފިއު ގަޑީގަ ދައްވަރު ކީކުރީ ތިދެމީހުން ކުށުން ރެކެއްހެއްހީވަނީ