ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިސްލާހުތައް ގެނައުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިސްވެ ކުރަމުންދާ މަސައްކަތަކީ ވަކި ބަޔަކަށް އަމާޒުކޮށް ފިޔަވަޅުތަކެއް އެޅުމުގެ މަގްސަދުގައި ކުރަމުންދާ މަސައްކަތެއް ނޫން ކަމަށް އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް މިއަދު ވިދާޅުވެއްޖެއެވެ.

އީސީން ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކުގެ ދެލިކޮޕީގެ ކަރުދާހާ ގުޅޭ ގޮތުން ޕާޓީތަކުގެ މަންދޫބުންނާއެކު މަޝްވަރާ ކުރުމަށް އެ ކޮމިޝަންގައި ބޭއްވި ބައްދަލުވުން ފަށަމުން ޝަރީފް ވިދާޅުވީ، ގާނޫނަށް ގެންނަން އުޅޭ އިސްލާހުތަކަކީ ވަކި ބަޔަކަށް ފިޔަވަޅު އެޅުމުގެ ވިސްނުމުގައި ގެންނަ އިސްލާހުތަކެއް ކަމަށް އެއްވެސް ޕާޓީއަކުން ނުދެކުމަށް ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމަށެވެ.

"އެއްވެސް ހާލެއްގައި އެއްވެސް ފަރާތަކުން، އެއްވެސް ޕާޓީއަކުން ދެކެވަޑައިނުގަންނަވާ، އަޅުގަނޑުމެން މިކަން މި ކުރަނީކީ ވަކި ބަޔަކަށް ފިޔަވަޅު އެޅުމަށްޓަކައި ނުވަތަ ވަކި ބަޔަކަށް ސިޔާސީ ހަރަކާތްތައް ހިންގުމުގެ ފުރުސަތު ނުދިނުމަށް ކުރާ މަސައްކަތެއް ކަމަށް، އެ މަގްސަދުގައި ކުރާ ކަމެއް ނޫން މިއީ،" ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ މި މަސައްކަތް ކުރަމުން ދަނީ ވެސް ވަކި ފަރާތެއްގެ ނުޒޫފު އޮވެގެން ނޫން ކަމަށެވެ. މި އިސްލާހުތައް ޕާޓީތަކުގެ މަޝްވަރާއާއެކު އިތުރަށް ގެންނަން ޖެހޭ އިސްލާހުތައް ވެސް ގެންނާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

"ތި ބޭފުޅުންނަށް (ޕާޓީތަކުގެ މަންދޫބުންނަށް) ޔަގީން ކަން އަރުވަން ޕާޓީތަކުގެ ގާނޫނަށް މި އިސްލާހު ގެނެވެނީ އެއްވެސް ފަރާތެއްގެ ޕްރެޝަރެއް ނުވަތަ އެއްވެސް ފަރާތެއްގެ ސްޕޮންސާޝިޕެއް ނުވަތަ އެއްވެސް ފަރާތަކުން އަޅުގަނޑުމެނަށް އަންގައިގެނެއް ނޫން،" ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ، ގާނޫނާއި ގަވާއިދުތަކާ އެއް ގޮތަށް ޕާޓީތަކުން ހިންގާ ސުލްހަވެރި ސިޔާސީ ހަރަކާތްތަކަށް ކޮމިޝަނުން އަބަދުވެސް މަރުހަބާ ކިޔާނެ ކަމަށެވެ. އަދި އެ ބައްދަލުވުމުގައި ޕާޓީތަކުން ހުށަހަޅާ ޚިޔާލުތައް ރިކޯޑް ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އިސްލާހުތަކުގެ ފަހު ދެލިކޮޕީ އެކުލަވާލުމުގައި ޕާޓީތަކުގެ ހިޔާލަށް ރިއާޔަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ހަނި

    އަހަނަށް ހީވަނީ އިންޑިޔާާ އެންްބަސީން އަންގާގެން ކުރާކަމެތް

    21
  2. ނަައީމް

    ކުރިޔަށް އޮތްއިންތިހާބަށް ނުފޫޒުފޯރުވުމުގެގޮތުން ސަރީފޫ ރިސްވަތުހިފައިގެންހުރެ ހިންގާ ޖަރީމާއެއް ދެން ވެރިކަމެއް އައީމާ ހަމަހަޅޭލަވާނީވެސް ކަލޭމެން މިހާރު ބަޔަކުގަބޫލަސްނުގަބޫލަސް ކަލޭމެން ތިކަންކުރާނެ ހަފަހުންވެސް ތިކަން ހަޖަމުނުވާނީ ހަމަ ކަލޭމެނަށް މިވެރިކަން ނިމުނީމަކާ ސަރީފެއް ތިތަނަކު ނުހުއްނާނެ ހަމަ ޖަލު ސަލާމަތެއްނުވާނެ ސަރުކާރަށް މިހާރު ކިތަޢް މެ ތުއެއްދެއކިޔަސް ....

    17
  3. ރިވެތި

    މިސަރީފޫ ޕީއެންސީ ރަޖިސްޓްރީ ކުރިޔަނުދެންވެސް ކިހާމަސައްކަތެއްކުރި އަދި ކުލަފާސްކުރިޔަނުދެންވެސް ކިހާމަސައްކަތެއްކުރި މިވަރުންވެސް ނުވެގެން ޕާޓީތަކަށްދެމުންގެންދާ ފައިސާ ކޯޓުން ދިނުމަށް އަމުރުކުރީމާވެސް ނުދީ ހިފެހެއްޓީ މީ ހަމަގައިމުވެސް ސަރީފުގެމައްޗަށް އަންނާނެ ހުކުމެއްކަންޔަގީން ކަށަވަރު މިހާރުމިކުރާކަމަކީ މަޖިލީސްމެމްބަރުން ހުރިއަދަދަށް ފައިސާ ދޭން މިވެސް މިދަނޑިވަޅުގާ މިއުޅެނީ ޕީޕީއެމްޕީއެންސީ ބަލިކަށިކުރާނެގޮތެއް ހޯދަން އެބައެގޭ އާންމުމެމްބަރުން މިހާރުމިދާރޭޓުންވިއްޔާ އަތުނުޖެހި މައްޗަށްދާނެކަން އެހެންވެ ޕާޓީގެ މެމްބަރުންގިނަވީމާ ގިނަފައިސާދޭންޖެހޭތީ ޖަހާމަޅިއެއް

    14
  4. ނަައީމް

    ޕީޕީއެމް އަށް މެމްބަރުންގިނަވާތީ ކެއްނުކުރެވިގެން ޖަހާމަޅީއެއް ކުރިންއޮށްނަނީ ގިނަމެމްބަރުން ތިބޭބަޔަކަށް ގިނަވާގޮތަށް މީނާޔަށް ކެއްނުވެގެން މި ބަދަލުކުރަނީ މަޖިލީސް މެމްބަރުން ގިނަ ޕާޓީއެކޭ

    15
  5. ކާފަބޭ2020

    ތިޔައީ ބަނޑުގައޮންނަ ދަރިފުޅަށްވެސް ޙަޤީޤަތެއްކަން ވަރަށް ސާފު😄😄😄

    14
  6. ނަސްރީނާ

    ނީނަ މީ މަރުވާނެ މީހެއް ނޫންތަ ކަލޯ ކޮންމެ ކަމަކަންވެސް ނިމުމެއްވޭ ކަލޭވެސް އަދި ހަމަބިމަން ތިރިވާނެ ދުނިޔޭގަ ތިބިބަޔަކަން އެތަން ފެންނާނެ

  7. ތުރާކުނު

    މީ ހަމަ އެންޑީޕީގެ އަންގާގެން ނޫނީ އިންޑިޔާ ހައިކޮމިޝަނުން އަންގާގެން ކުރާކަމެއް އިންޑިޔާ އައުޓް

  8. ޟުރިއްޔާ

    ޢިންޑިޔާ އައުޓް މީނަމީ ވަރަން ނުބާ ނުލަފާ މީހެއް މީނަގެ ނުބާކަމުން އަޅަމެއް ސަލާމަތް ކޮންދެއްވާފާންދޭވެ އަދި އަންނަން އޮންޖީލު މީނަގެ ނުބާކަމުމް ސަލާމަތް ކޮއްދެއްވާ ފާންދޭ