އިންޑިއާއިން ރައްޖެއަށް ދިން ޑޯނިޔާ ބޯޓަކީ އެމްއެންޑީއެފްގެ މަސައްކަތަށް ލިބުނު ކުރިއެރުމެއް ކަމަށް، ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވިދާޅުވެެއްޖެއެވެ.

ދިވެހި ސިފައިންގެ ބެލުމުގެ ދަށުން އޮޕަރޭޓް ކުރާ ގޮތަށް އިންޑިއާ ސަރުކާރުން ރާއްޖެ އަށް ޑޯނިއާ މަތިންދާ ބޯޓެއް ދީފައި ވަނީ މިއަދެވެ. އެ ބޯޓު މިހާރު އޮތީ ހަނިމާދޫ އެއާޕޯޓްގައެވެ.

މާރިޔާ ވިދާޅުވީ އެ އުޅަނދުގެ ސަބަބުން އެމްއެންޑީއެފުން މީހުން އުފުލަައި ސަލާމަތް ކުރުމުގެ އިތުރަށް، ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ބެލެހެއްޓުމަށް ކުރާ މަސައްކަތް ކުރިއަރާނެކަމަށެވެ.

ދިވެހި ސިފައިންގެ ބެލުމުގެ ދަށުން އޮޕަރޭޓް ކުރާ ގޮތަށް އިންޑިއާ ސަރުކާރުން ރާއްޖެ އަށް ޑޯނިއާގެ މަތިންދާބޯޓެއް އިންޑިއާ އިން ހަދިޔާކުރާކަން ފުރަތަމަ އިއުލާންކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ. އެ ބޯޓަކީ އިންޑިއާ އާއި ރާއްޖެއާ ދެމެދު 2016 ވަނަ އަހަރު ސޮއިކުރި ޑިފެންސް އެކްޝަން ޕްލޭންގައި ހިމެނޭ ޑޯނިއާ ބޯޓެކެވެ.

އިންޑިއާ ހައިކޮމިޝަނުން މިއަދު ވިދާޅުވީ، އެމްއެންޑީއެފްގެ ކޮންޓްރޯލްގެ ދަށުގައި ޑޯނިއާ މަތިންދާ ބޯޓު އޮތަސް، އެއަށް ހިނގާ ހުރިހާ ހަރަދެއް ކުރުމަށް ހަމަޖެހިފައި ވަނީ އިންޑިއާ އިން ކަމަށެވެ.

އަދި އެ ބޯޓުގެ އެހީގައި ޑްރަގް ޓްރެފިކިންގ ހަރަކާތްތަކާއި، ރާއްޖޭ ހިމެނޭ ސަރަހައްދުގައި ޓެރަރިޒަމްގެ އަމަލުތައް ކުރިޔަށްދާނަމަ އެކަންކަން ދެނެގަތުން ފަދަ ކަންކަމުގައި ބޭނުން ކުރެވިދާނެ ކަމަށް އެ ކޮމިޝަނުން ފާހަގަކުރައްވައެވެ.

މި މަތިންދާ ބޯޓުގައި ހުންނަނީ އެމްއެންޑީއެފްގައި ބޭނުން ކުރާ ކުލަތަކެެވެ.

ޑޯނިއާ މަތިންދާ ބޯޓުގެ އެކި ކަންކަމަށް ދިވެހި ހަތް މީހަކު އިންޑިއާއިން ވަނީ ތަމްރީން ކުރައްވާފައެވެ. އޭގެ ތެރޭގައި ޕައިލެޓުންނާއި އެއާ އޮބްޒާވަރުންނާއި އިންޖިނިއަރުންގެ ގޮތުގައި ތަމްރީން ކުރި ދިވެހިން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

 1. ކެނެރީ

  ރާއްޖެ އަޅުވެތި ކުރުމަން އެޅި ވަރޔގަދަ ފިޔަވަޅެއް

  39
  1
 2. މާމީ

  ފިޔަވަޅު އޯކޭ އެކަމަކު ތިފުލައިޓު ދުއްވަން ތިބީ ކޮންތާކު ބައެއް؟ އެމްއެންޑީ އެފް އެންމެން ހަނިމާދޫއިން ބޭރުކޮއްފަ ދެންވެސް ދިވެހިންތޯ ތިދުއްވަނީ މިހާރު ތިޔަލޯގޯޖަހާގެން ތިޔަދުއްވަނީ އިންޑިއާމީހުން މާރިއާ ތިއަކީ ކުރިއެރުމެއް ނޫން އަޅުވެތި ވުމެއް...

  41
  1
 3. ތުރާކުނު

  މާތް ﷲގެ ހެޔޮރަޙުމަތުން މި ނުލަފާ ނުބާ ބައިގަޑު ނިކަމެތި ކުރައްވާ ނެތި ކުރައްވާ ފާންދޭވެ އިންޑިޔާ އައުޓް

  43
 4. ހުސޭނުބޭ

  އަމިއްލަ ޖީބު ފުރެނިކޮށް ވަރިހަމަ ދޯ! މި ތަނަށް ބާ ބޯޓުގަނޑެއް ގެނެސް މިނިވަން ނަގައިލިޔަސް!

  43
 5. ރަބަރޭ

  ދިނުން މިބަހުގެ މާނަވެސް މިހާރު އޮޅުވާލާއިފި ދޭއެއްޗެއްގެ ޢެއްވަސްވުމެއްހަދާ ދެއަހަރުން ދެއަހަރުން އެއްބަސް ވުން އާކު ކުރުމަކީ މިގަރުނުގެ އެންމެ ބޮޑު ޖޯކް
  އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް

  41
 6. ކައްބެ

  ތިޔައީ އިންޑިއާމީހުން ރާއްޖެ ހިފުމަށް ދިވެހި ދައުލަތުން ކޮށައިދިން ވަރުގަދަ އަލިގަދަ މިސާލެއް.

  37
 7. ސަޓޯ

  ބާ ދަބަރު ގުޅައެއް އަލުން ސްޕްރޭކޮއްލައިގެން ގެނެއްސަދޯ ތިއުތީ ؟؟؟

  34
  1
 8. ލޫޓުވާ

  ފިދަނަ ތަކަށް ބާޑޯނިޔާއެއްވެސް އޯކޭވާނެ.

  37
  1
 9. ގައުމީ ލޯބި

  ކުރިއަރުވާ.. ދިވެހީންނާއި ދެކޮޅަށް އިންޑިޔާ ކުރިއަރުވަނީ..

  ދިވެހީންނަށް ޖެއްސުން ދޯ ތިކުރައްވަނީ.. މިވަރަށް އިންޑިޔާ ބޭުރކުރަން ގޮވާއިރުވެސް ކަހާތާ ހިރުވާވެސް ނުލާ - ބާރުމިނުގައި އިންޑިޔާގެ އުގައްވެއްޓި، އެމީހުންގެ އައްޑާތައް ގާއިމުކުރަމުން ތިޔަގެންދަވަނީ.. މިއަން ފަހަރު ވޯޓުދޭނީ އިންޑިޔާމީހުން ތޯ؟
  ނިކަން ތިބޭ އަހަރުމެން ކާރިޔަށް އާދޭސް ކުރަން ނައިސް ނުތިބެވޭނެ.. އިންޝާ ﷲ އެދުވަހުން ރައްދު ޖަވާބު ވަރަށް ފުރިހަމަ ކޮށް އަރުވާނަން..
  ކޮންމެ ޕާރޓީއަކަސް އިންޑިޔާ ބޭރުކުރާ ފަރާތަކަށް އެކަނި ވޯޓުލިބޭނީ!
  #އިންޑިއާ އައުޓް.

  26
 10. މިލިޓަރީ އާލާތްތައް؟

  ދިވެހިންނަށް ކުރި މަލާމާތެއް ދެއްތޯ.

  26
 11. ފޭކް

  އިންޑިއާ ހައިކޮމިޝަނުން މިއަދު ވިދާޅުވީ، އެމްއެންޑީއެފްގެ ކޮންޓްރޯލްގެ ދަށުގައި ޑޯނިއާ މަތިންދާ ބޯޓު އޮތަސް، އެއަށް ހިނގާ ހުރިހާ ހަރަދެއް ކުރުމަށް ހަމަޖެހިފައި ވަނީ އިންޑިއާ އިން ކަމަށެވެ.

 12. ޢާއިޝާ

  އޭ މޭރީ. ހަދިޔާ އެއް ދޭން އައި މީހުން، 8 އަހަރުވީއިރު 3 އުޅަދާ 200 ސިފައިންނަށް ބަދަލުވީ". އުމަރު ބުނި ސޯ؟؟