ޅ. އަތޮޅުގެ ހިމެނޭ ތިމާވެށީގެ ގޮތުން ހާއްސަ ފަސް ސަރަހައްދެއް ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ނިންމަވައިފިއެވެ.
މި ސަރަހައްދުތަކަކީ ޅ. އަތޮޅުގެ ޅ.މާގަނދު (އެނިމޮނީ) ތިލަ، ޅ.ދިއްފުށި-މާދޫގައި ހިމެނޭ ފަސް ރަށުގެ ތެރެއިން އެންމެ އުތުރުން އޮންނަ ރަށްކަމަށްވާ ސެއްޅިފުށީގެ ޗަސްބިން ސަރަހައްދު، ޅ.މާކޯ، ޅ.ވައްވަރު އަދި ދަނޑިފަޅު ކަނޑު އޮޅި އާއި ދަނޑިފަޅު ފިނޮޅު ސަރަހައްދެވެ.
މި ސަރަހައްދުތަކަށް ހިމާޔަތް ކުރައްވަން ހުށަހެޅުއްވީ، މިއަދު މެންދުރުފަހު އޮންލައިންކޮށް ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައެވެ.
އެ ޖަލްސާގައި އެންވަޔަރަންމަންޓު މިނިސްޓްރީން ހުށަހެޅުއްވި ކަރުދާހަކަށް ވަޒީރުން މަޝްވަރާކުރެއްވުމަށްފަހު ހިމާޔަތްކުރެއްވުމަށް ނިންމެވި ފަސް ސަރަހައްދަކީ ތިމާވެށީގެ ގޮތުން ޚާއްސަ ސިފަތަކެއް ލިބިގެންވާ ސަރަޙައްދުތަކެއް ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.
މި ސަރަހައްދުތައް ކަނޑައެޅުމުގައި އެންމެ މުހިންމު އެއް އަސާސަކީ، ޒަމާނުއްސުރެ މީހުންގެ ފަރާތުން ވާރުތަވަމުން އައިސްފައިވާ މަޢުލޫމާތު (ޓްރެޑިޝަނަލް ނޮލެޖް) އާއި، ލިބެންހުރި ދިރާސާ ރިޕޯޓުތަކާއި، މަސްވެރިންނާއި، ދަނޑުވެރިންނާއި، އަމިއްލަ ޖަމްޢިއްޔާ ޖަމާޢަތްތަކާއި، ތިމާވެށީގެ ދާއިރާގެ ތަޖުރިބާކާރުންގެ ފަރާތުން ލިބުނު މަޢުލޫމާތުތައް ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ ދަށުން މީގެ ކުރިން ޅ އަތޮޅުގެ ދެ ސަރަހައްދެއް ވަނީ ހިމާޔަތްކޮށްފައެވެ. އެއީ 1995 ސެޕްޓެންބަރު 27 ގައި ހިމާޔަތްކޮށްފައިވާ ޅ.ފުށިފަރު ތިލަ ސަރަހައްދާއި، 1999 އޮކްޓޫބަރު 21 ގައި ހިމާޔަތްކޮށްފައިވާ ޅ.ކުރެއްދޫ ކަނޑު އޮޅި (ކުރެއެދޫ އެކްސްޕްރެސް) ސަރަހައްދެވެ.
އަދި މި ސަރަޙައްދުތައް ޙިމާޔަތްކުރުމަށް ހުށަހަޅަމުން މިނިސްޓަރ ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވީ، މި ސަރަހައްދުތައް ހިމާޔަތް ކުރައްވަން ނިންމެވީ ކަމާބެހޭ މިނިސްޓްރީތަކާއި، އިދާރާތަކާއި، އެކި ސިނާޢަތްތަކާވެސް މަޝްވަރާކުރެއްވުމަށްފަހުގައި ކަމަށެވެ.
އަދި މި ތަންތަން ހިމާޔަތްކުރުމުގެ ކަންކަން ކުރިއަށް ގެންދަވާއިރު، ފާދިއްޕޮޅުގެ ޢުމްރާނީ ތަރައްޤީއާ ގުޅޭ މަޝްރޫޢުތަކަށް ހުރަސްނޭޅޭނެ ފަދަ ގޮތަކަށް ކަންކަން ހަމަޖައްސަވާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިތަންތަން ހިމާޔަތްކުރުމުން މިކަމުގެ ފައިދާ އަންނަން އޮތް ޖީލިތަކަށް ލިބުމާއެކު، އެކޯ ޓޫރިޒަމާއި، އިންޓަރގްރޭޓެޑް ޓޫރިޒަމާއި، ދިރުން ހުރި އިޤްތިޞާދީ ހަރަކާތްތަކަށް މަގުފަހިވެގެންދާނެކަމަށްވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން 1 ރަށާއި 1 ފަރާއި 1 ކަނޑޫފާ ރައްކާތެރިކުރުމަށް ސަރުކާރުން ވެފައިވާ ވަޢުދުގެ މަތިން މި މަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ތިލަދުންމަތީގެ (ހއ، ހދ، ށ އަދި ނ އަތޮޅުގެ) 14 ސަރަހައްދަކާއި އައްޑޫ ސިޓީގެ 4 ސަރަހައްދަކާއި، ފުވައްމުލަކު އިރުދެކުނު ފަރާތުގައިވާ ފަރިކެޑަ ސަރަޙައްދު ވަނީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން ހިމާޔަތްކޮށްފައިވާ ސަރަޙައްދުތަކެއްގެ ގޮތުގައި ކަނޑައަޅުއްވައި ގެޒެޓްކުރައްވާފައެވެ.
ކަރުދާހުގާ ލިޔާލުމަކުން
ވާނޭކަމެއްނެތޭ ބަލަގަ އިބުރާހިމާ
ހދގެ ކިތަން ތަންތޯ ހިމާޔަތްކުރީ
ވާކަމެއް އެއްކަމެއްވެސް ނެތޭ މިހާތަނަށް ބަލަ ސޮރާ
މުޅިރާއްޖެ ހިމާޔަތްކޮށް އިންޑިއާ ސިފައިން ރާއްޖެ ނޭރޭގޮތައް މިހާރުން މިހާރަށް ހަދާލަބަލަ ތިހާގަޓްހުރިއްޔާ
އިންޑިޔާ އައުޓް އިންޑިޔާ އައުޓް އިންޑިޔާ އައުޓް އިންޑިޔާ އައުޓް އިންޑިޔާ އައުޓް އިންޑިޔާ އައުޓް އިންޑިޔާ އައުޓް އިންޑިޔާ އައުޓް އިންޑިޔާ އައުޓް އިންޑިޔާ އައުޓް އިންޑިޔާ އައުޓް އިންޑިޔާ އައުޓް އިންޑިޔާ އައުޓް އިންޑިޔާ އައުޓް އިންޑިޔާ އައުޓް އިންޑިޔާ އައުޓް އިންޑިޔާ އައުޓް އިންޑިޔާ އައުޓް އިންޑިޔާ އައުޓް އިންޑިޔާ އައުޓް އިންޑިޔާ އައުޓް އިންޑިޔާ އައުޓް އިންޑިޔާ އައުޓް އިންޑިޔާ އައުޓް އިންޑިޔާ އައުޓް އިންޑިޔާ އައުޓް އިންޑިޔާ އައުޓް އިންޑިޔާ އައުޓް އިންޑިޔާ އައުޓް އިންޑިޔާ އައުޓް އިންޑިޔާ އައުޓް އިންޑިޔާ އައުޓް އިންޑިޔާ އައުޓް އިންޑިޔާ އައުޓް އިންޑިޔާ އައުޓް އިންޑިޔާ އައުޓް އިންޑިޔާ އައުޓް އިންޑިޔާ އައުޓް އިންޑިޔާ އައުޓް އިންޑިޔާ އައުޓް އިންޑިޔާ އައުޓް އިންޑިޔާ އައުޓް އިންޑިޔާ އައުޓް އިންޑިޔާ އައުޓް އިންޑިޔާ އައުޓް އިންޑިޔާ އައުޓް އިންޑިޔާ އައުޓް އިންޑިޔާ އައުޓް
މިވަރުގެ ހެއްވާ ރައީސެއް މަ ދުވަހަވެސް ނުދެ ކެން، ފުރަތަމަ ގައުމާއި ރައްޔިތުން ހިމާޔަތް ކޮށް ރައް ކާތެރި ކަން ކަށަވަރު ކޮށްދީ،
ކޮބައިތަ ޅ. އަތޮޅުގައި އަޅަން ވައުދުވި ބުރިޖް؟
ޅ. އަތޮޅުގެ ފަސް ސަރަހައްދެއް ހިމާޔަތްކުރުމަށް ރައީސް ނިންމަވައިފި މިސުރުހީކިޔާލީމަ ހަދާނައް އަންނަނީ ސިޔަރަތުގެ އަންނަކަހަހަ ހިނި އަންނަޒާތުގެ ވާހަކަޔަކައް ޗަސްބިންތަކާ ފަޅުރައްތައް މިހިމާޔައް ކޮއްދެނީ ކޮންބަޔަކައްތޯ މީވޯޓް ހޯދަން ޖަހާ ސުޓަންތެއްތޯ އެއްކޮޅުން ހިމާޔަތޭކިޔާފައި ކާފަ ދަރިޔަކައް ކީއްކުރަންތޯ މުނިމާމަ ދަރިޔަކައްވެސް ނުލިބޭތާގައި ބަލާވެސް ނުލެވޭގޮތައް ރައްތަކާ ގިރިތަކާ ހާތަކައްދަންދެން 99 އަހަރައް ނަމުގަ ކުއްޔައް އަސްލުވިއްކާލާ ފައި ދެން ކޯންޗެއްތޯ ހިމާޔައް ކުރަންވީ މީގެ ކުރީގަވެސް ތިޔާކަހަލަގެ ޒާތަކައް ހިރިގަލާ ވެއްޔާއި މުރަކަޔާ އެންދެރި ހިމާޔައްކޮއް ރައްކާ ކުރާވާހަކަ އަދުން އަޅުވަންދައްކާފައި ހަގީގަތަކި ރައްޔިތަކައް ރުފިޔާ އެއް ލިބޭނެ މަގެއް އޮތިއްޔާ ބަންދު މިކޮއްލަނީ
ޅ އަތޮޅު ސޯލިހުގެ އަމިލަ ،މިލްކިޔާތަށް ހަދާބަަޅަ