މިހާރުގެ ފެތުރެމުންދާ ކޮވިޑް-19 ޙާލަތައް ރިޢާޔަތްކޮށް ކުރިއަށް އޮތް ދެ އަހަރު ސަރުކާރުން އެންމެ އިސްކަމެއް ދީގެން ކުރަން ހުރި ކަންކަން ކަނޑައަޅުއްވައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕޮލިސީ އޮފީހުން ތައްޔާރުކުރައްވާފައިވާ 'ޕޮލިސީ ޕްރަޔޮރިޓީ ލިސްޓް' އާ ގުޅޭގޮތުން މިއަދު މަޝްވަރާކުރައްވައިފިއެވެ.
މި މަޝްވަރާތައް ކުރައްވާފައި ވަނީ މިއަދު އޮންލައިންކޮށް ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއްގައެވެ.
އެގޮތުން މި ބައްދަލުވުމުގައި ސަރުކާރުގެ ސްޓްރެޓަޖިކް އެކްޝަން ޕްލޭން 2019-2023 (އެސްއޭޕީ) އާ ގުޅޭގޮތުން މިދިޔަ މަހުގައި ބޭއްވި ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމުގައި ކުރައްވާފައިވާ މަޝްވަރާތަކަށް ރިޢާޔަތްކޮށް މަޝްވަރާތައް ކުރެވިގެން ގޮސްފައިވާ ކަަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.
އަދި ސަރުކާރުން ކުރަން ހުރި މަސައްކަތްތައް ނުކުރެވި ވަނީ ކޮވިޑް-19 ގެ ޙާލަތާ ގުޅިގެން ކަމަށާއި، އަދި ކޮވިޑް-19 އާ ގުޅޮގެން ސަރުކާރުން ކުރިއަށް ގެންދިއުމަށް ރާއްވަވާފައިވާ އެކި ކަންކަން ކުރިއަށް ގެންދިއުމަށް ގޮންޖެހުންތަކެއް ހުރުމާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައި ވެއެވެ.
މި މަޝްވަރާ ބައްދަލުވުމުގައި ހުރިހާ ސެކްޓަރުތަކުންވެސް ކުރިއަށްއޮތް ދެ އަހަރަށް އިސްކަންދެއްވައިގެން ކުރައްވާނެ ކަންތައްތައް ކަނޑައަޅުއްވާފައިވާ ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.
އަދި ސަރުކާރުގެ އޮފީސްތަކުން މިކަންތައްތަކަށް ޢަމަލުކުރެއްވުމަށްޓަކައި ކުރައްވަންޖެހޭ މަސައްކަތްތައް ކުރިއަށްގެންދިއުމަށްވެސް މިއަދުގެ ވަޒީރުންގެ މަޖިލީހުން ނިންމެވިއެވެ.
ބާކީ އޮތްތަން ތަން ވިއްކާ ނިއްމުން
ކުރާނެ ކަމެއްގެ ވާހަކައެއް ނުބުނެވުނު.
ކުރެވޭނީ ވައްކަން އެނޫންކަމެއް މިހާތަނައް ކުރެވިފައެއް ނެތް!
ކުރިޔަށް އޮތް ދުވަސްތަކުގައި އެންމެ އިސްކަންދީގެން ކުރާނެ ކަންކަމަކީ
1- ބައިތުލްމާލުން ވައްކަންކުރުން
2- އިންޑިޔާއަށް ރާއްޖެ ވިއްކާލުން
3- ރޯޔަލް ފެމިލީ ހިމާޔަތްކުރުން
4- މީހުންނަށް ދެއްކުމަށް ކީރިތިކުރެއްވުން
1. ރައްޔިތުންނަށް ނޭނގި ވައްކަން ކުރެވޭނެ ގޮތް ރޭވުން
2. އިންޑިޔާއަށް އުތުރުގެ ރައްތައް ޙާއްސަކުރުން.
3. އެއްވެސް މިސްކިތެއް ނޭޅުން.
4. ލާދީނީ ކަންތައްތައް ކުރާތަން ނުފެންނަކަމަށް ހަދައިގެން ހުރުން.
5. ރައްޔިތުން ޖޫރިމަނާކޮށްގެން ސަރުކާރަށް ބަޖެޓް ހޯދުން.
ދީނަށް ފުރައްސާރަ ކުރުން އޮންނާނެ ޔަޤީނުން ވެސް ބުއްޅަ ބެ އަދި އަތް ޖަހާ މީހުން
1. ވެރިކަމުން ފޭބުން
އިންޑިޔާއަ އިގްތިސޯދު ދިނުން.
މަލިކުތަރައްގީ ކޮއްފައި އޮންނަ ހެން އިންޑިއާއައްދީގެން އަތޮޅުތައް ތރައްގީ ކުރާށޯ
މުވައްޒަފުންގެ ހައްގު އަދާކޮށްދީބަލަ.
ކުރިޔައޮތް2އަހަރުކުރަންސަރުކާރުންއެކުލަވާލަފާވަަނީ 1 އިންޑިޔާ ރާޖެގެތަންތަންހަވާލުކުރުން 2އިންޑިޔާ ރާޖެބަޅަ ހަޓަން ރަމީ ކޮން ހަވާލުކުރުން 3ބޭރު،މީހުންދިވެހިރާާާާޖޭގާ ވަޒަންވެރިކުރުން 4 ދިވެހިރައިތުން ޖޫރިމަނާކުރުން 5 ދިވިހި ރައިތުން އަޅުވެތި ކުރުން 6 އިތުރު ލޯނުނެގުން އިތުރަށް ވަކަން ކުރުން 7 ސި ޔާ ސީ މަގާމު އި ތު ރު ކު ރު ން
ބޮޑް މޮނިޓާރ ސްކްރީން ބެހެއްޓިޔަސް އޭގައިން ކަމެއް ކުރަން ނޭގޭނެ ...