މާލޭ ލޮނުޒިޔާރާތްކޮޅުގައި މާލޭ ސިޓީ ކައުންސިލުން ޕާކެއް ތަރައްޤީ ކުރިއިރު މާލޭގެ މޭޔަރު ޝިފާ މުހައްމަދު ކޮރަޕްޝަންގެ އަމަލެއް ހިންގާފައި ވާތީ އޭނާ މައްޗަށް ދައުވާކުރަން އޭސީސީން ޕީޖީ އޮފީހަށް ފޮނުވައިފިއެވެ.

އޭސީސީން ވިދާޅުވީ މި މައްސަލައިގައި ޝިފާގެ މައްޗަށް ދަޢުވާކުރުމަށްޓަކައި ފޮނުވާފައިވަނީ، ޤާނޫނުލްއުޤޫބާތުގެ 513 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދަ ކޮރަޕްޝަންގެ ޢަމަލެއް ހިންގާފައިވާކަމުގެ ދަޢުވާ ކަމަށެވެ.

ޝިފާގެ މައްޗަށް ދައުވާ ކުރަން ފޮނުވީ ޕާކު ތަރައްޤީކުރުމަށް މާލޭ ސިޓީ ކައުންސިލުން ހިންގާފައިވާ މަޝްރޫޢުގައި ހިމެނޭ ޢިމާރާތްތައް (02 ފާޚާނާބަރިއާއި، 03 ހަޓާއި، 03 އެންޓްރަންސް ކެނޮޕީއާއި، ލައިފްގާޑް ޓަވަރެއް ރެނޮވޭޓްކުރުމާއި، 01 ގާޑަން ބްރިޖް ހަދައި އިންސްޓޯލްކުރުން) ގެ މަސައްކަތްތަކުގެ ތެރެއިން 02 ފާޚާނާބަރީގެ މަސައްކަތް އަމިން ކޮންސްޓްރަކްޝަނާއި ހަވާލު ކޮށްފައި ވަނީ ލިޔެކިޔުމެއް ނެތި ވާދަވެރި ދެފުށްފެންނަ އުޞޫލަކުން ނޫންކަމަށް ވާތީއެވެ.

ފުރަތަމަވެސް އެ ކުންފުނިން އެކަނި ކޯޓޭޝަން ހޯދައިގެން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު (20 ފެބުރުވަރީ 2017) ގެ 10.25 ވަނަ މާއްދާގެ ދަށުން ސިންގަލް ސޯސް ޕްރޮކިއުމަންޓްގެ އުޞޫލުން މިނިސްޓްރީ އޮފް ފިނޭންސްއަށް ހުށަހަޅައިގެން މަސައްކަތް ހަވާލުކުރުމަށް މަސައްކަތް ކޮށްފައިވާކަމާއި، އެ ހުއްދަ ނުދީ، ކައުންސިލްގެ އިދާރާގެ ބިޑް ކޮމިޓީގެ ހުއްދައަށް އެދުމަށް އެ މިނިސްޓްރީއިން އެންގުމުން، 03 ކޯޓޭޝަން ހަމަކޮށް ބިޑް ކޮމިޓީއަށް ހުށަހެޅިނަމަވެސް، އެ ކޮމިޓީއަށާއި ކައުންސިލްގެ މެމްބަރުންނަށް އެންގުމަކާ ނުލައި އެ މަސައްކަތް އަމިން ކޮންސްޓަރަކްޝަނާއި ހަވާލުކޮށްގެން ކުރުވާފައިވާކަން އެނގޭ ކަމަށް އޭސީސީން ވިދާޅުވެއެވެ.

އަދި ބިޑް ކޮމިޓީއިން ނުވަތަ މާލޭ ސިޓީ ކައުންސިލުން އެ މަސައްކަތް ހަވާލުކުރާނެ ފަރާތެއް ކަނޑައަޅާފައިނުވާކަން ފާހަގަކުރެވިފައިވާއިރު، ޢަމަލީގޮތުން އެ ބިމުގައި މަސައްކަތް ފެށުމަށް ހުއްދަ ދެވޭނީ ކައުންސިލަށް ނުވަތަ ކައުންސިލްގެ އެންމެ އިސް ފަރާތެއްގެ ހައިސިއްޔަތުން މާލޭ ސިޓީގެ މޭޔަރ ޝިފާއަށް ކަމަށްވެފައި، އެ ހުއްދަ ދިނީ މޭޔަރ ޝިފާ ކަން އޭސީސީއަށް ވަނީ އެނގިފައި ކަމަށް އޭސީސީން ނެރުއްވި ބަޔާނުގައި ވިދާޅުވެފައި ވެއެވެ. އަދި އެކަން ހިނގަމުން ދިޔައިރު މަސައްކަތް ހުއްޓުވުމުގެ ބާރު ލިބި އޮވެ މަސައްކަތް ހުއްޓުވާފައި ނުވާކަން ވެސް ތަޙްޤީޤަށް ފާހަގަކުރެވުނު ކަމަށް އޭސީސީން ވިދާޅުވިއެވެ.

މީގެއިތުރުން، ސްރީލަންކާގެ ކުންފުންޏަކުން މި 02 ފާޚާނާބަރީގެ މަސައްކަތް ކޮށްދޭ ފަރާތަކަށް ފައިސާ ދައްކާނެކަމަށް މާލޭ ސިޓީގެ މޭޔަރ ޝިފާއަށް އެޑްރެސްކޮށް މާލޭ ސިޓީ ކައުންސިލަށް 15 އޮކްޓޫބަރު 2019 ގައި ފޮނުވާފައިވާ ސިޓީގައި ބުނެފައިވާއިރު، ވަކި ކުންފުންޏަކާ މަސައްކަތް ހަވާލުކުރުމަށް އެ ކުންފުނިން އެދިފައިނުވާކަން ވެސް އޭސީސީން ވަނީ ފާހަގަ ކޮށްފައެވެ.

އަދި ހިލޭ އެހީ ހުށަހެޅިކަން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 9 ވަނަ ބާބުގައި ބަޔާންކުރާ އުޞޫލުތަކާ އެއްގޮތަށް މިނިސްޓްރީ އޮފް ފިނޭންސްއާއި، މާލޭ ސިޓީ ކައުންސިލްގެ މެމްބަރުންނާއި، ބިޑް ކޮމިޓީގެ މެމްބަރުންނާއި، ކައުންސިލްގެ އިދާރާގެ ފައިނޭންސް ސެކްޝަނާ މޭޔަރ ސިފާ މުޙައްމަދު ހިއްސާކޮށްފައި ނުވާކަން ތަޙްޤީޤަށް ވަނީ އެނގިފައި ކަމަށާއި އަދި ކައުންސިލްގެ އިދާރާއިން ފިނޭންސް މިނިސްޓްރީއާ އެ މަޢުލޫމާތު ހިއްސާކުރީ މަސައްކަތް ނިމި ކައުންސިލްގެ އިދާރާއާ ތަން ހަވާލުކުރި ފަހުންކަން އެނގޭ ކަމަށް ވެސް އޭސީސީން ވިދާޅުވިއެވެ.

މީގެއިތުރުން، އެ މަސައްކަތް ހަވާލުކޮށްފައިވަނީ އެއްބަސްވުމެއްގެ ދަށުން ނޫންކަމަށްވާތީ މަސައްކަތުގެ ތަފްޞީލް އެނގެން ނެތްކަމާއި، ޖުމުލަ 03 މެމޯއަކުން މަސައްކަތް ހަވާލުކުރާނެ ފަރާތެއް ކަނޑައަޅައިދިނުމަށް އެދި އެކި ދުވަސް މަތިން މޭޔަރ ޝިފާ ބިޑް ކޮމިޓީގައި އެދިފައިވާއިރު، މަސައްކަތް ފެށިކަމަށް ބުނާ ތާރީޚްގެ ފަހުން ވެސް 02 ފާޚާނާބަރި ހިމެނޭގޮތަށް ޢިމާރާތްތަކުގެ މަސައްކަތް ހަވާލުކުރާނެ ފަރާތެއް ކަނޑައަޅައިދިނުމަށް އެދި މޭޔަރ ޝިފާ ބިޑް ކޮމިޓީއަށް 21 އޮކްޓޫބަރު 2019 ގައި މެމޯ ފޮނުވާފައިވާކަމާއި، އެ މެމޯ ފޮނުވިއިރުވެސް ޢަމަލީ ގޮތުން އެ މަސައްކަތް ފަށާފައިވާކަން ތަޙްޤީޤަށް ވަނީ ފާހަގަކުރެވިފައި ކަމަށް އޭސީސީން ވިދާޅުވިއެވެ.

އެހެންކަމުން، ސިންގަލް ސޯސް ޕްރޮކިއުމަންޓްގެ އުޞޫލުން އަމިން ކޮންސްޓްރަކްޝަނާއި މަސައްކަތް ހަވާލުކުރުމަށް މަސައްކަތްކޮށްފައިވާއިރު ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު (20 ފެބުރުވަރީ 2017) ގެ 10.25 ވަނަ މާއްދާގައި ބަޔާންކުރާފަދަ ޙާލަތެއް ދިމާވެފައިވާކަމަށް ތަޙުޤީޤަށް ޤަބޫލުނުކުރެވޭތީއާއި، ފާޚާނާބަރި ފިޔަވައި ހަދަންހުރި ޢިމާރާތްތަކުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް 2019 ވަނަ އަހަރުގެ ތެރޭގައި އިޢުލާނުކޮށްފައިވާތީ އެ އުޞޫލުން ކުރިންވެސް ހުރިހާ މަސައްކަތެއް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާނުކޮށްގެން ކުރިއަށްގެންދިއުމުގެ ފުރުސަތު އޮތްކަމާއި، ހުރިހާ ޢިމާރާތެއްގެ މަސައްކަތް ސިންގަލް ސޯސް ޕްރޮކިއުމަންޓް އުޞޫލުން އަމިން ކޮންސްޓްރަކްޝަނާއި ހަވާލުކުރުމަށް ކައުންސިލްގެ އިދާރާއިން ފުރަތަމަ މަސައްކަތްކޮށްފައިވާކަމާއި، ނަމަވެސް މި މައްސަލައިގެ ތަޙުޤީޤު ފެށިފަހުން، ދެންހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް 2019 ގެ ޑިސެންބަރު މަހުގެ ތެރޭގައި ކައުންސިލްގެ އިދާރާއިން އިޢުލާނުކޮށްފައިވާކަމާއި، ނަމަވެސް އެ މަސައްކަތްތައް އެއްވެސް ފަރާތަކާ ހަވާލުކޮށްފައިނުވާކަން ތަޙްޤީޤަށް ވަނީއެނގިފައި ކަމަށް އޭސީސީން ވިދާޅުވިއެވެ.

ހާމަކަންބޮޑު ދެފުންފެންނަ އުޞޫލެއް ނެތި، އެއްބަސްވުމެއް އަދި ލިޔެކިޔުމެއް ނެތި، އަމިން ކޮންސްޓްރަކްޝަނާއި މަސައްކަތް ހަވާލުކޮށް ކުރުވުމާއި، ހިލޭ އެހީގެ ހުށަހެޅުމެއް ލިބިފައި އޮއްވައި އެކަން ހިއްސާކުރަންޖެހޭ ފަރާތްތަކާ ހިއްސާނުކޮށް، އެ ކުންފުނިން ޢަމަލީގޮތުން 02 ފާޚާނާބަރީގެ މަސައްކަތް ފެށިފަހުންވެސް ކައުންސިލްގެ އިދާރާގެ ބަޖެޓްގެ ތެރެއިން ބިޑް ކޮމިޓީ މެދުވެރިކޮށް މަސައްކަތް ހަވާލުކުރާނެ ފަރާތެއް ކަނޑައެޅުމަށް މާލޭ ސިޓީގެ މޭޔަރ ޝިފާ މަސައްކަތްކޮށްފައިވާކަމާއި، އޭނާ އެފަދައިން ޢަމަލުކޮށްފައިވަނީ އަމިން ކޮންސްޓްރަކްޝަނަށް ނާޖާއިޒު މަންފާއެއް ހޯދައިދިނުމުގެ ނިޔަތުގައިކަން ތަޙުޤީޤަށް ލިބިފައިހުރި ހެކިތަކުން އެނގެން އެބައޮތް ކަމަށް އޭސީސީން ވިދާޅުވިއެވެ.

ޝިފާގެ މައްޗަށް ދައުވާކޮށްދިނުމަށް އޭސީސީން ޕީޖީގައި މިއެދުނީ އޭނާގެ މައްޗަށް ކޮރަޕްޝަންގެ އެތައް ތުހުމަތެއް ސިޓީ ކައުންސިލްގެ މެންބަރުން ކުރަމުން އަންނަތާ އެތައް ދުވަހެއް ފަހުންނެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. ސސ

    ތިޔައީ ގޭމް، ޓްރާންސްޕޭރެންްޓްކަން ދައްކަން، މާދަމާ ދައުވާކުރެވެން ނެތްކަމަށް ފޮނުވާނެ.

    64
    2
  2. ޞަހީފާ

    ގޭމު ކުޅެން ނުހަދާ. މިތިބީ ކުޅިބަލަން

    65
    4
  3. ސސުުުު

    ތިޔައީ ގޭމް، ޓްރާންސްޕޭރެންްޓްކަން ދައްކަން، މާދަމާ ދައުވާކުރެވެން ނެތްކަމަށް ފޮނުވާނެ.

    52
    2
  4. ޚ

    ކެރަފާ ނަސީމު ތިޔަ ކަމުގެ އަޑީގައި ހުރީ
    ތިޔަޕާކުގެ ބޮޑެތި ކަރަޕްޝަން ހިމެނޭ..ސަންފްރަންޓް އިން ހިލޭދިން ލައިޓްތަކަށް ކެރަފާ ނަސީމް ވަނީ ވަގު ބިލްތަކއެއް ހައްދައިގެން ފައިސާ ނަގާފައި

    54
    1
  5. Anonymous

    ތިމާމެންވަރުގެ ތެދުވެރި ބަޔަ ކު ނެތް ކަމަށް ހެދެންވެގެން ކުރާ ކަންތައް، މި އުޑުހިޔާދަށުގެ މިވަރުގެ މަ ކަރުވެރި ބަޔަ ކު ތިބި ކަމެއް ނޭނގެ،

    62
    4
  6. ބޯހަލާކު

    ހުސް ޑްރާމާ...ހެހެ

    57
    1
  7. ހުސޭނުބޭ

    ކަދުރުކޮޅުގެ ދަޢުވާ ކޮށްދީބަލަ!

    13
  8. އހ

    މާބޮޑަޢްވެސް ލަސްވެއްޖެ

    20
  9. ދުންތަރި

    ލާދީނީ އެމްޑީޕީގެ ބޮޑަކު ކުށެއްނުކުރާނެ ދަޢުވާއެއްވެސް ނުކުރާނެ ބުނާނީ ދަޢުވާކުރެވޭވަރަށް ހެއްކާ ޤާރީނާ ލިބިފައިނުވާކަމަށް ނޫނީ ހެޔޮ ނިޔަތުގައި ހިންގި ޖަރީމާއެއްވީމާ ދަޢުވާ ނުކުރާގޮތަށް ނިންމީކަމަށް މުޅިންވެސް އޮޅުވާލުން ތިޔަކަމަމާ މިނިސްތަރުކަމުގަ ކިތައްމިލިއަންގެ ޚިޔާނާތުގެ ތުޚުމަތު ކުރެވުނުތޯ؟ ކޮބާ އެއްވެސްކަމެއްނުވިއެއްނު އެހެންވީމާ މިފަހަރުވެސްވާނީހަމަ އެހެން އެމްޑީޕީ މީހުން ޚިޔާނާތްތރެރެިވާނީވެސް ވައްކަންކުރާނީވެސް ބޮޑެތި ޖަރީމާތައް ހިންގާނީވެސް ހެޔޮ ނިޔަތުގަސަދޫމުގެ ފަނޑިޔާރުވެސްބުނެއެއްނު "ހެޔޮނިޔަތުގަ ކަމެއްކުރާ މީހަކު ކުށަވެރިއެއްނުވާނެ" ކަމަށް

    14
  10. Anonymous

    މާރަގަލައް މަސައްކަތް ކުރަން އުލުނީމަ ވާނީ ތިހެން ދެން ކުރިޔައް އޮތް ތަންރަގަލު ކުރޭ

  11. ގެރި ލޯބި

    ބުއްޅަބޭ ގެ ފޯންކޯލަކުން ކޯޓުން ތިމައްސަލަ ސާބިތުނުވާނެ!

    14
  12. އަލީ

    މި ކޮމެންޓް ތަކަށް ކިތަންމެ ވަރަކަށް އަންލައިކް ދިނަސް ރީނދޫ ހުން ޖެހިފަތިބި މީހުން ޤަބޫލު ކުރިއަސް ނުކުރިއަސް މީ ވަރަށް ބޮޑު ތެދު.... މިޤައުމު މިހާ ނިކަމެތިކޮއް ހަލާކުކުރީ އެމްޑީޕީ ގުންޑާއިން.... ކެނެރީ ވައިރަސް.....

    25
  13. ސލ

    އިންސާފުވެރި ހަރުދަނާ ބައެއްކަން ދެއްކުމަށްޓަކާ ޖަހާމަޅިއެވެ އެއްވެސް އޮއްޓަރެއް ހުރިކަމެއް ނޫނެވެ އިސް
    މީހާ އެހެރީ މަޅިތިއްބައިގެން ފާރުމަތިން ކުޅިބަލާށެވެ އެއީ
    ސިޔާސީ އުކުޅެވެ.

    21
  14. ހިޔާލު

    ޝިފާ އެހުރީ ވައިކަޓާފަ

  15. ޓ

    ޢިބޫ ފަޅީގެ މީހަކަށް ނުވާތީ ދައުވާ ކުރަނީ...މަޚުލޫފު ހުދުކާފޫރަށް ހެދީ ތިޔަ ކޮމިޝަނުން...ޔާމިންގެ އެކައުންޓަށް ފައިސާ ވަނުމުން ގޯސްވީ...މައުސޫމު..އަކުރަމް އޯކޭ....މިމީހުން ބޭނުންވާ މައްސަލަތައް އަލުން ބަލަނީ
    ޚިހާ ހެއްވާ

  16. ޓ

    ކެރަފާ ނަސީމުގެ މައްސަލަ ބަލާބަލަ

  17. ނަޝީދު

    މީހެއްގެ ނިޔަތް (އެބަހީ ހިތުގައިއޮތްއެއްޗެއް) އެނގޭނީ އެމީހަކު ފިޔަވާ ހަމައެކަނި ﷲސުބްޙާހޫ ވަތަޢާލާއަށް. އެހެންއެއްވެސް ފަރާތަކަށް ނޭގޭނެ. ޝިފާގެ ނިޔަތް އޭސީސީގެ ތަހުގީގުކުރި ބަޔަކަށް އެގުނުކަމަށް ބުނުމަކީ ﷲސުބްޙާނަހޫ ވަތަޢާލާ އަށްވުރެ މަތީގައި އެމީހުން ތިބިކަމަށް އެމީހުނަށް ގަބޫލުކުރެވުން. މިގަބޫލުކުރުން އޭސީސީގެ ރައީސްވެސް މިވަނީ ގަބޫލުކޮށްފާ. ދެންވިސްނާލައްވާ އިންސާފު ވެރިވާނެވަރު.

  18. ސަމްސިއްޔާ

    ސަރުކާރާ ގުޅުން ހުރި އެއްވެސް މީހަކާ މެދު ފިޔަވަޅުއެޅިއްޖެތަ؟؟ 2 އަހަރުވީ، ކަރަޕްޝަންއަށް ޒީރޯ ޓޮލެރެންސް އޯ.

  19. ނަައީމް

    ތިވެސް ރައްޔިތުން ހަމަޖެހޭތޯ ކުރާކަމެއް ކޮބާ އަދަބަކީ ސަރުކާރުން މަޖިލީހައްލާކޮންމެ ކަމެއް ފާސްވާބީދައިން މިއަދު ސަރުކާރުން ނަގާ މައްސަލައެއް އެގޮތުގަ ނިމޭ ވީމާ މިހާރު ތިއޮތީ ހުކުން އިއްވާހިސާބު ކޮބާ ކިހާދުވަހެއްނަގާނެބާ ދެން އަންނަވެރިކަމަކުން ހުކުންކުރާގޮތަށް ވާނީ ބިރުދައްކާފަ އަތަކަށް ހެލިލިޔަސް ކަޑާވައްޓާލާނެ ތިމައްސަލަ ނުވެއްބަލާނެ ތިހެން އޮންނާނީ

  20. ސާބިތު

    އިންޑިޔާ އައުޓް

  21. ނާޝިޒް

    ކެރަފާ ނަސީމް އަޑިގަ ހުރެގެން ހިންގާ ކޮރަޕްޝަންގެ މުޑުދާރު އަމަލު ބަލަން ކެރިދާނެތަ. ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑައް ކެރަފާ ނަސީމް އަޑީގަ ހުރެގެން އަމިއްލަ ނާޖާއިޒް ފައިދާ ހޯދާދޭން ކުރާ ޚަރަދުތައް ބަލަން ކެރިދާނެތަ...