މިއަދު އިރުއޮއްސި 18:00 އާއި ހަމައަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެ އިން އިތުރު 37 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއަދު ރާއްޖެ އިން ފައްސިވި މީހުންގެ ތެރެއިން 31 މީހުންނަކީ ދިވެހިންނެވެ. މިއަދު ފައްސިވި ބިދޭސީންގެ އަދަދަކީ 06 އެވެ.

ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 87 މީހަކު މިއަދު ބަލިން ރަނގަޅު ވިއެވެ. ކޮވިޑް-19 ބަލިމީހުންގެގޮތުގައި މިވަގުތު 1116 މީހުން ރާއްޖޭގައި އެބަތިއްބެވެ. އޭގެތެރެއިން 556 މީހަކަށް އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބިއިރު 80 މީހަކަށް ދަނީ ހޮސްޕިޓަލުތަކުގައި ފަރުވާދެމުން ދެއެވެ. މިހާތަނަށް ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު މިއަދު ވަނީ 10194 އަށް އަރާފައެވެ.

ރާއްޖެއިން މިބަލި ޖެހުނު މީހުންގެތެރެއިން ރަނގަޅުވި މީހުންގެ ޖުމުލަ ޢަދަދަކީ 9037 އެވެ.

އަންގާރަ ދުވަހުގެ އިރުއޮއްސުމާއި ހަމައަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 1427 ސުންކު (ސާމްޕަލް) ރާއްޖޭގައި ވަނީ ޓެސްޓް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު