ފިރިހެނުން އިސްތަށިގަނޑު އައްސައިގެން ނަމާދު ކުރުމަކީ ނަހީކުރައްވާފައިވާ ކަމެއް ކަމަށް ޖަމިއްޔަތުއް ސަލަފުން ބުނެފިއެވެ.

ސަލަފުން އެގޮތަށް ބުނީ އިސްތަށިގަނޑު ދިގުކޮށްފައި ތިބޭ ބައެއް ޒުވާނުން ނަމާދު ކުރާ އިރު، އިސްތަށިގަނޑު އައްސާފައި ނުވަތަ ބޮލު މެދަށް ހުޅި ޖަހާފައި ހުންނަ މަންޒަރު ފެންނަމުންދާތީ، އެއީ ކޮން ކަހަލަ ކަމެއްތޯ ކުރި ސުވާލުގެ ޖަވާބުގައެވެ.

އޭގެ ޖަވާބުގައި ސަލަފުން ބުނީ ފިރިހެނުން އިސްތަށިގަނޑު އައްސައިގެން ނަމާދު ކުރުމަކީ ނަހީކުރައްވާފައިވާ ކަމެއް ކަމަށެވެ. އޭގެ ސަބަބުން ނަމާދު ބާތިލް ނުވިޔަސް، އެއީ ނަމާދަށް ލިބޭ އުނިކަމެއް ކަމަށް ވެސް ސަލަފުން ބުންޏެވެ.

"މި ހުކުމަކީ ފިރިހެނުންނަށް ހާއްސަ ކަމެކެވެ. އަންހެން ކަނބަލުން މި ހުކުމުގައި ތަފާތު ވަނީ އެކަނބަލުންގެ އިސްތަށިގަނޑު ފޮރުވުމަށް އަމުރުވެވިގެންވާތީއެވެ،" ސަލަފުން ބުންޏެވެ.

ޝައިޚް ތުރުކީ ބުނު މުބާރަކް، އަލްބިންޢަލީ ވިދާޅުވިއެވެ:

”...(عقص الشعر) އިސްތަޝިގަނޑު ލާވަށައި ޖެހުމޭ“ މިބަހުގެ މުރާދަކީ، އެކަތިކޮށް އަދި ފަހަތަށް އެއްސުމެވެ. އެހެނަސް، އިސްތަށިގަނޑު ގަތައި، ދެން ދޫކޮށްފައި ބާއްވައިފިނަމަ، މިކަން މި ނަހީގެ ތެރެއަށް ނުވަދެއެވެ. އެއީ ޝައިޚުލް އިސްލާމް ، އިބްނު ތައިމިއްޔާ رحمه الله ވިދާޅުވިފަދައިންނެވެ.“
— فتاوى عبر الأثير (( 309 ))

އިބްނު ތައިމިއްޔާ އާއި ސުވާލު ވެވުނެވެ:

”...(ޙަދީޘްގައިވާ) الكفت (ބޮޑިކުރުން) މިއަކީ ކޮބައިހެއްޔެވެ؟ އަދި الكفت ގެ ތެރެއަށް އިސްތަށިގަނޑު ގެތުން ވަންނާނެހެއްޔެވެ؟“

ވިދާޅުވިއެވެ:
”الكفت އަކީ ޖަމަޢު ކުރުމާއި އެއްކުޅައުމެވެ. އަދި الكف (ގެ މާނަ) އެއާއި ގާތްވެގެންވެއެވެ. އެއީ އިސްތަށިގަނޑާއި ހެދުން ސަޖިދައިން މަނައު ކުރުމެވެ. އަދި ފިރިހެނާ އޭނާގެ އިސްތަށިގަޑު ބޮލު ތެރެއަށް (مغروز) އޮއްބައިގެން ނޫނީ (معقوص) ހުޅިޖަހައިގެން ނަމާދުކުރުން ނަހީވެފައިވެއެވެ.

އަދި އޭގެ (ދަލީލު) ތެރޭގައި، ނަބިއްޔު ﷺ އަރިހުން ރިވާވެގެންވެއެވެ: ހުޅިޖަހައިގެން ނަމާދުކުރާ މީހާގެ މިޘާލަކީ ”އަތް ބަނދެވިގެން (مكتوف ވެ) ހުރެ ނަމާދު ކުރާ މީހެއްގެ މިޘާލެވެ.“. އެހެނީ (ހެދުން) ގޮއްޖަހާފައިވާ މީހާ އޭނާގެ ހެދުން ސަޖިދަނުކުރެއެވެ. އަދި ހުޅިޖަހާފައިވާ މީހާގެ އިސްތަށިގަނޑު ސަޖިދަ ނުކުރެތެވެ. ދެންފަހެ އިސްތަށިގަނޑު ގެތުން، (އޭގެ ކޮޅު ނުހިފެހެއްޓި) ދޫކޮށްލެވިފައިވާ ގޮތުގައި ވާހިނދު، މިކަން الكفت ގެ ތެރެއަށް ނުވަދެއެވެ. والله أعلم.
[مجموع الفتاوى: ج :22، ص: 450]

އަދި الإسلام سؤال وجواب ގެ ފަތުވާ ނަންބަރު 163428 ގައި ވެއެވެ:

”ފިރިހެނާ އޭނާގެ އިސްތަށިގަނޑު ގަތައިގެން ނަމާދު ކުރުމުގައި މައްސަލައެއް ނެތެވެ. އެހެނަސް (ނަމާދުގައި) މަކުރޫހަ ވެގެންވަނީ އަލްޢަޤްޞު އެވެ. އެއީ މި ގެތުންގަނޑު އަންހެނުން ކަންތައްކުރާހެން ބޯމައްޗަށް އެއްކުޅައުމެވެ. ނުވަތަ (ނުގެތިޔަސް) އޭނާގެ އިސްތަށިގަނޑު ޖަމާކޮށް (އޭގެ ކޮޅު ހިފެހެޓޭހެން) ބޮލުގެ ފަހަތަށް އެއްސުމެވެ.“ — والله أعلم

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހަނާ

    ހާދަ ހިލިގެން އުޅޭ ދުވަސްކޮޅެކޭ!!!!

    1
    6
  2. އަލީއިމްރ

    މީއެބުނާ ފަހުޒަމާނުގައި އަންނާނޭ ބަޔަކު އެބައިމީހުންގެ ބޮލުމެދައް ހުޅިޖަހާފައި ޖަމަލުގެ ގޮންގަޑު ގޮތައް ހަދައިގެން އުޅޭ އެބައިމީހުންނަކީ ސުވަރުގޭގެ ވަސްވެސް ނުލިބޭނެ ބަޔެކޭ އަނެއްކާ އެއީ މިބައިމީހުން ނޫންބާވައޭ ހިތައް އަރަނީ