އިންޑިއާ ސަރުކާރުގެ އެހީގައި އައްޑޫގައި އިމާރާތް ކުރަމުން އަންނަ ޕޮލިސް އެކެޑެމީގެ މަސައްކަތަށް މިމަހުގެ އިންޑިއާގެ ކޮޗިން އިން އައި 128 މީހުންގެ ތެރެއިން ގިނަ ބަޔަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ކޮވިޑް-19 އަށް ފައްސިވި މީހުންނަކީ އިންޑިއާ އިން ރާއްޖެ އައިސް އައްޑޫ ސިޓީ ގަމުގައި ހުންނަ ދޫގަސް ކަރަންޓީން ފެސިލިޓީގައި ކަރަންޓީން ވެގެން ތިބި މީހުންނެވެ. އެމީހުން ފައްސިވީ ކަރަންޓީންގެ މުއްދަތު ހަމަކުރުމަށް ފަހު އިއްޔެ ކޮވިޑް-19 އަށް ޓެސްޓް ކުރިއިރުއެވެ.

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން ވިދާޅުވީ، ފައްސިވި އިންޑިއާ މަސައްކަތްތެރިންގެ ސީދާ އަދަދު އެނގޭނީ މިއަދު މެންދުރު 14:00 ހާއިރު ކަމަށެވެ.

އައްޑޫ ސިޓީގައި ހޮނިހިރު ދުވަހާއި އާދީއްތަ ދުވަހު ވަކި ތަރުތީބެއް ނެތި 272 މީހެއްގެ ސުންކު (ސާމްޕަލް) ނަގައި ކޮވިޑް-19 އަށް ޓެސްޓް ކުރިއެވެ. އެހުރިހާ އެންމެން ވެސް ކޮވިޑް-19 އަށް ނައްސިއެވެ.

ޕޮލިސް އެކަޑަމީގައި މަސައްކަތް ކުރުމަށް އިންޑިއާ މީހުން އައީ ޗާޓަރު ފްލައިޓެއްގައި އައްޑޫ ސިޓީ ގަމަށެވެ. އެމީހުން ރާއްޖެ އައުމުގެ ކުރިން ކޮވިޑް-19 އަށް ޓެސްޓް ކުރިއެވެ. ރާއްޖެ އައުމުގެ ކުރިން ކުރި ކޮވިޑް-19 ޓެސްޓުން ހުރިހާ އެންމެން ވެސް ވަނީ ނައްސި ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. Anonymous

    އަލްޙަމްދު ލިއްލާހި ތިޔައެއްޗެތިތައް މަރުވާނެނަމަ ރަނގަޅީ އިންޑިޔާގެ އެއެއްޗެތިތަކާއިގެން މިޤައުމު ޙަލާކުވަނީ އިންޑިއާ އައުޓް.

    37
    24
  2. Anonymous

    އަލްޙަމްދު ލިއްލާހި ތިޔައެއްޗެތިތައް މަރުވާނެނަމަ ރަނގަޅީ އިންޑިޔާގެ އެއެއްޗެތިތަކާއިގެން މިޤައުމު ޙަލާކުވަނީ އިންޑިއާ އައުޓް. އަދިއެމީހުންގެ މަކަރުވެރި ޢަމްލުތައް ﷲ ނެތިކުރައްވާށި. އާމީން.

    28
    23
  3. ވިސްނާލުމަށް އެދެމޭ

    އައްޑޫއަށް ރަގަޅު ހަދިޔާއެއް....ޝު ކުރުއަދާ ކުރޭ އައްޑޫ. މެމްބަރުންނަ....ޝު ކުރިއްޔާ ރައީސް އިބުރާހިމަށް..،.

  4. ފަސާދަ

    އިންޑިއާއިން ބޭނުންވަނީ މިދަތި އުނދަގޫ ދަނޑިވަޅުގެ ބޭނުން ހިފައި ރާއްޖޭގައި އަތްގަދަ ކުރުމުގެ ހުރިހާ އޮޕަރޭޝަނެއް ހިންގަން.
    އެކަން ކުރަން އިތުރަށް ރައްޔިތުން ހާލުގައި ޖައްސަން ގަސތުގައި ބަލި ފަތުރަން ގެނައި ބައެއް.
    ކީއްވެތަ އެމީހުން އެކޮޅުން ފުރި އިރު ޓެސްޓްނުކުރީ ؟

  5. ގައުމީ ލޯބި

    ދިވެހީންނަށް ޖެއްސުން ދޯ ތިކުރައްވަނީ.. މިވަރަށް އިންޑިޔާ ބޭުރކުރަން ގޮވާއިރުވެސް ކަހާތާ ހިރުވާވެސް ނުލާ - ބާރުމިނުގައި އިންޑިޔާގެ އުގައްވެއްޓި، އެމީހުންގެ އައްޑާތައް ގާއިމުކުރަމުން ތިޔަގެންދަވަނީ.. މިއަން ފަހަރު ވޯޓުދޭނީ އިންޑިޔާމީހުން ތޯ؟
    ނިކަން ތިބޭ އަހަރުމެން ކާރިޔަށް އާދޭސް ކުރަން ނައިސް ނުތިބެވޭނެ.. އިންޝާ ﷲ އެދުވަހުން ރައްދު ޖަވާބު ވަރަށް ފުރިހަމަ ކޮށް އަރުވާނަން..
    އާދޭސް މިދަންނަވަނީ އިންޑިޔާއަށް 200 މިލިޔަން ޑޮލަރަށް އައްޑޫ ނުވިއްކާ އެފައިސާ އަބުރާ ދީ..
    ކޮންމެ ޕާރޓީއަކަސް އިންޑިޔާ ބޭރުކުރާ ފަރާތަކަށް އެކަނި ވޯޓުލިބޭނީ!

    #އިންޑިއާ އައުޓް.

  6. އައްޑޫގެ ދަރިއެއްގެ އަޑު

    ކޮން އެކަޑަމީ އެކޭ ކިޔާކަށް. މިލްޓްރީ ބޭސް ހަދަން އައި ބައިގަނޑު..

    ބޭރުކުރޭ އައްޑޫއިން ވަގުތުން ފާބާ..!

    އިންޑިޔާ އައުޓު

    10
  7. ޏްނ

    އާމީން

    7
    1
  8. ސަމްސާ

    އައްޑޫ ރައްޔިތުން ދިރިއުޅޭން އާދޭސް ކޮށްކޮށް ތަންކޮޅޭއް ނުދީ އިންޑިއާ މީހުްނނަށް އެއޮތް ބޮޑު ބިން ދިން އިރު މޭޔަރަކަށް ނޭނގޭ ، ދާއިރާގެ މަޖިލިސް މެމްބަރަކަށް ނޭނގޭ ރައްޔިތުންނަކަށް ނޭނގޭ.

  9. ސާހިދު

    މި ކަމުން ދޭހަވަނީ މީ ކޮވިޑް ރާއްޖެއަށް ފަތުރަނީ މިސަރުކާރުންކަން ފުރަތަމަ ރޯޔަލް ބޭފުޅުން ބޭރުން ގެނެސް ގެއަށް ދޫކޮންލީ ފުރަތަމަ ފެށުން ދެއް އަނެއްކާވެސް އިންޑިޔާގައި އެއްމެ ބާރު ސްޕީޓްގައި ކޮރޯނާ އުޅެނިކޮން އިންޑިޔާ މީހުން އަންޑޫއަށް ގެނެސް މު ޅި އަންޑޫއަށް ކޮވިޓް ފަތުރަންފެށީ މީ ހަމަ ގަސްތުގައި ސަރުކާރުން ކޮވިޑް މުޅި ރާއްޖެއަށްފުޅާކުރުން އިންޑިޔާ އައުޓް

  10. ސާހިދު

    އިންޑިޔާ އައުޓް
    އިންޑިޔާ އައުޓް
    އިންޑިޔާ އައުޓް
    އިންޑިޔާ އައުޓް
    އިންޑިޔާ އައުޓް
    އިންޑިޔާ އައުޓް
    އިންޑިޔާ އައުޓް

    16
  11. ކޮކްތެރެޕ

    އެކަމަކު ރޭގަނޑު ޓީވީ ތަކައް އަރާ އާއްމު ރައްޔިތުންނާދިމާލައް ރައްމަހައް ނުކިޔާ އެއްޗިހިކިޔާ ރައްޔަތުން އެބުނާ އެޖެންސީއެއްގެ ގަވާއިދާ ޙިލާފައް ބޭރުގަ އުޅުމުގެ ސަބަސބުންނޭ ބަލިފެތުރެނީ ނުހުއްޓުވިގެން އުޅެނީ ކުރީގަވެސް މިބަލި އެރުވިކަމައް ލަފާ ކުރެވެނީ ބައިކުދިން އަބުނާ ޔޫކޭ އަކުން އައިސް ހިތުހުރިގޮތައް އުޅެގެންނޭ ކިޔަނީ މިހާރު މުޅިދުނިޔޭގަ އޮއް ެންމެގިނައިން ބަލިފެތުރޭ 2ވަނަ ގައުމަކީ އިންޑިއާ ދެން މިދަޑިވަޅުގަ ޖެހޭތޯ އިންޑިއާއިން މީހުން މިގައުމައް އަރުވަން މިއުޅެނީ ގިޔާމަތެއް ލައިގަނެގެންތޯ އަވަސް އަރުވާލައިގެން

    6
    1
  12. Anonymous

    މިސަރުކާރުން މީ ޙަދީޘަށް ޢަމަލު ނުކުރާބައެއް.
    ބަލި ފެތުރޭއިރު ތަންތަނަށް ނުދާށާއި ބަލިފެތުރޭ ތަންތަނުން މީހުން ނުގެންނަށް އޮތް އަމުރުފުޅާވެސް ޚިލާފުވި.
    އިންޑިޔާގައި ގަދައަށް ބަލިފެތުރޭ. ބަލީގައި އެހާ ގިނައިން މީހުން އެބަ މަރުވޭ. ކެތްތެރިވެލައިގެން ކީއްތޯ ވަނީ ކޮވިޑް ފިލަންދެން މަޑު ކޮށްލިއްޔާ. ނޫތިބޭނެނު. މިވެރިކަމުގައި ވިއްޔަ ބޭނުން ގަނޑެއް ގަނެވޭނީ. ޔާﷲ އަޅަމެންގެ ދީނާއި މިނިވަންކަން ތާއަބަދަށް ދަމަހައްޓަވާނދޭނވެ. އާމީން.

  13. ހަމަލާ

    އިންޑިޔާއިން ހެދި ޓެސްޓު ނައްސި، މިކޮޅަށް އައުމާ ދޭތެރޭ އެއްވެސް މީހަކާއި ބައްދަލު ނުވޭ، އެކަމަކު ރާއްޖެއައިސް ގިނަބަޔަކު 14 ދުވަސް ފަހުން ފައްސި! ބޮޑަށްބެލެވެނީ ދިވެހިންގެ ތެރޭގައި ބަލިގަނޑު ރަނގަޅަށް ފަތުރާލުމަށް ދިން ޓެރަރިސްޓު ހަމާލެއްގެ ގޮތުގައި! މިނޫން އެއްވެސް ގޮތަކަށް ތިޔަކަން މާނައެއްނުކުރެވޭ!

    17
  14. ޖަޒީރާމަނިކު

    ގަން އެއާޕޯޓުން ތިޔަބައި މީހުނަށް ކޮވިޑް ޖެހުނީ. އެކޮޅުން ފައްސި ، މިކޮޅުން ނައްސި. އިންޑިޔާއިން ރާއްޖެފޮނުވާ ތިޔަހުރިހާ މީހުން އިންޑިޔާއިން ހަދާ ޓެސްޓްގައި ނައްސިވާނެ. ފައްސިވީކަމުގައި ވިއަސް ރިޕޯޓް ނަތީޖާ އޮންނާނީ ނައްސިވެފާ. ތިޔައީ މަކަރުވެރި އިންޑިޔާ. #އިންޑިޔާ އައުޓް.