އައްޑޫ ސިޓީ ހުޅުމީދޫގައި ހާއްސަ އެހީއަށް ބޭނުންވާ އަންހެނަކު ރޭޕް ކޮށްލައިފިއެވެ.

ފުލުހުން މިއަދު ވިދާޅުވީ، ހުޅުމީދޫގައި މިދިޔަ ހޯމަ ދުވަހު ހާއްސަ އެހީއަަށް ބޭނުންވާ އަންހެނަކާއި ގަދަކަމުން ބަދްއަހްލާގީ އަމަލު ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

ފުލުހުން ވިދާޅުވީ، މި މައްސަލައިގެ ތުހުމަތު ކުރެވެނީ އުމުރުން 68 އަހަރުގެ ފިރިހެނެއް ކަމަށެވެ. އަދި ކޯޓު އަމުރެއްެ ދަށުން އޭނާ ހައްުޔަރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

"އޭނާގެ ބަންދާއި މެދު ގޮތެެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން، މިނިސްޓްރީ އޮފް ހޯމް އެފެއާޒް އިން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް 15 ދުވަހުގެ މުއްދަތެއް ވަނީ ދީފައި". ފުލުހުން ވިދާޅުވިއެވެ.

މި މައްސަލަ ހުޅުމީދޫ ޕޮލިސް ސްޓޭޝަންް އިން ދަނީ ތަހުގީގު ކުރަމުންނެވެ.

އައްޑޫގައި މި އަހަރު ތެރޭގައި އުމުރުން ދުވަސްވީ އަންހެނަކު ރޭޕް ކުރި މައްސަލައެއްވެސް ފެންމަތިވިއެެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މޯދީ

    ބޮޑަން ވައްތަރީ އަންޑޫގައި ތިބި އިންޑިޔާ މީހުން ކުރިކަމެއްހެއް އަންޑޫގެ ރައްޔަތުން ވަރަން ވިސްނާތި

    16
    5
  2. ަސދ

    އިންޑިއާ މީހުން ވަރަށް ގިނަ އައްޑޫގައި

    10
    2
  3. ފޫޅު ދިގު ހަންޑިގެ އަބީގެ ފިރިބެ

    ޕާކިސްތާނުގެ ބޮޑުވަޒީރު ބުނި ގޮތަށް ހެދީމަ އޯކޭވާނީ އެބައި ......

    7
    4