ކ. މާފުށި ޖަލަށް ވައްދަންއުޅުނު 23 ފޯނާއި، މަސްތުވާތަކެތި ހުރި 43 ޕެކެޓް ހޯދައި މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، މި އޮަޕަރޭޝަން ކުރިއަށް ގެންގޮސްފައި ވަނީ، ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކ. މާފުށި ޕޮލިސް ސްޓޭޝަނާއި މޯލްޑިވްސް ކަރެކްޝަނަލް ސާރވިސް ގުޅިގެން ކަމަށެވެ.

މި މައްސަލާގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ 41 އަހަރުގެ ފިރިހެނެކެވެ. އޭނާ ހައްޔަރު ކޮށްފައިވަނީ އިއްޔެ ރޭ 00:45 އެހާކަންހާއިރު މާފުށި ޖަލު ކައިރިންނެވެ.

ފުލުހުން ވިދާޅުވީ، އޭނާ ހުއްޓުވައި އޭނާގެ ހަށިގަނޑު ބަލައިފާސްކުރިއިރު އޭނާގެ އަތުން 15 ސްމާޓް ފޯނާއި 6 ފޯނާއި ދެ މިނީ ފޯނެއްގެ އިތުރުން ޗާޖަރު ކޭބަލްތަކަކާއި މަސްތުވާތަކެތި ހުރި 43 ރަބަރު ކޮތަޅު ފެނިފައިވާ ކަމަށެވެ.

މި މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހާފައެވެ. މާފުށި ފުލުހުން ދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ހެޔޮނުވާނެ

  ޖަލުގައި ތިބި ބޮޑެތި ކުއްވެރިންގެ އަތުގައި ހުރި ފޯނު ތައް އަތުލަބަލަ. މީހުން މަރައިގެންނާއި ބޮން ގޮއްވަން އުޅުނު ކަމަށް ބުނެ ހައްޔަރު ކޮށްފައި ތިބި މީހުންގެ އަތުގައި ފޯނު. އެމީހުން ޖަލުގައި ތިބެގެން މީސް މީހުންނަށް މެސެޖް ކޮށް ކަންކަން ރާވަނީ

  • އަހުމަދު

   އެތާގެ ވެރިން ކުރުވާކަމެއްތީ. ކޮރަޕްޓް ވެރިންތަކެއް ތިތާއުޅޭނީ މިކަންކަން އިނގޭނެ ޑީސީޕީ އިބްރާހީމް ދީދީ ޝޭޑީ އަހުމަދު ރިޒާ، ގަނީ ސަރ މެންނަށް

 2. ނައިމް

  އަމީން ވަރަށް ފަރިތަވާނެ ތިކަހަލަ ކަންތަކަށް. އެސޮރު ގާތު އަހާލަބަލަ.

 3. ބެއްޔާ

  ތިޔަކަން ހުއްޓޭނީ އިންޓެލިޖެންސަށް މައުލޫމާތުދޭ މީހުން ހައްޔަރު ކޮށްގެން. ނާސިރުގެ ވެރިކަމުގައި ސަރުކާރާ ދެކޮޅަށް ލިޔެފައި މަގުމައްޗަށް އަޅާފައިއޮތް ލިޔުމެއް ހިފައިގެން މީހަކު އައިސް ސިފައިންގެއާ ހަވާލު ކުރޭ. މިކަންކުރާމީހަކު ނޭގޭ. މިވާހަކަ ނާސިރަށް ދެންނެވީމާ ވިދާޅުވީ. ތިޔަލިޔުން ހިފާގެން އަންނަ މީހާ ބަންދުކޮށް ތަހުގީގު ކުރާށޭ. ކޮންމެދުވަހަކުވެސް މިއަންނަނީ ހަމަ އެކަކު. ދެންއެމީހާ ހައްޔަރުކޮށް ތަހުގީގު ކުރިއިރު އެލިޔާމީހާ މިއަންނަނީ ލިޔުން ހިފައިގެން. އެގޮތަށް އިންޓެލިޖެންސަށް މައުލޫމާތުދޭ މީހާ ތީގެ އެންމެ އަޑިގައިހުންނާނީ.

 4. މަރިޔަމް

  ޖަލުތަކުގައި ފޯނު ބޭނުން ނުކުރެވޭނެ ގޮތަށް ސިގްނަލް ޖޭމް ކުރާ އެންޓަނާއެއް ހަރުކުރުމުން. ކީއްވެބާ މިފަދަ ކަމެއް ނުކުރެވިގެން މިއުޅެނީ؟