އެމްއެމްޕީއާރްސީގެ ފައިސާއަށް ހިޔާނަތްތެރިވި ކަމަށާއި، އެހެންކަމުން ދިވެހި ރައްޔިތުންގެ ފަރާތުން މައާފަށް އެދޭ ކަަމަށް ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު ވިދާޅުވެއްޖެ އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ދިޔަ ޝަރީއަތުގެ އަޑުއެހުމުގައި އަދީބުގެ މައްޗަށް ދައުލަތުން އުފުލި ހަތް ދައުވާއަށް އިއުތިރާފް ވަމުން އޭނާ އެދިވަޑައިގަތީ އޭނާއަށް އަދަބު ލުއިކޮށްދިނުމަށް ކަމަށެވެ.

އަދީބު ވިދާޅުވި ގޮތުގައި، ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވުމުން މިދިޔަ ފަސް އަހަރު ވެސް އޭނާއަށް އޭގެ އަދަބާ ކުރިމަތިލާން ޖެހުނެވެ. ކުރީގެ ސަރުކާރުގައި ޖަލުގެ ތޭރިތަކުގައި އަނިޔާތައް ލިބިވަޑައިގެންނެވި ކަމަށާއި ކުރެވުނު ކުށާ މެދު އޭރު ވަރަށް ބޮޑަށް ވިސްނެވި ކަމަށް އޭނާ ވިދާޅުވިއެވެ.

ޖަލުގައި މިހާރު ވެސް ދުވަސްތަކެއް ހޭދަކުރެވިފައިވާއިރު، އޭނާގެ ސިއްހީ ހާލުކޮޅު ވެސް ވަރަށް ބޮޑަށް ގޯސްވަމުންދާ ކަން އޭނާ ފާހަގަކުރެއްވިއެވެ.

މީގެ ކުރިން ވެސް ޖަލުގައި ހުންނެވި ބައެއް ދުވަސްވަރު ސިއްހީ ހާލުކޮށް ގޯސްވެގެން ކުއްލި ގޮތަކަށް މާލެ ގެނެސް އައިޖީއެމްއެޗްގައި އެޑްމިޓްކޮށްގެން ފަރުވާ ހޯއްދަވާފައިވެއެވެ. މި ގޮތުން ކިޑްނީގައި ހިލައެއް އެދުނުއިރު، ލޮލުގެ ފެނުމަށް އަސަރު ކުރާ ގްލޯކޮމާއަށް ވެސް އޭނާ ގެންދެވީ ފަރުވާ ހޯއްދަވަމުންނެވެ.

އެހެންކަމުން އޭނާއަށް ލިބިދޭ އަބަދު ލުއިކޮށްދެއްވުމަށް އެދިވަޑައިގަތެވެ. އަދި ވިދާޅުވީ "އަޅުގަނޑު މިހާރު މި ކަންތަކުގައި ތައުބާވެސް ވެއްޖައިން، އަދި މައާފަށްވެސް އެދެން" ކަމަށެވެ.

އަދީބު އިތުރަށް ވިދާޅުވީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ރަށްތައް ދޫކުރުމާއި އެއިން ލިބިދޭ ފައިސާ ބޭނުން ކުރަމުން ދިޔައީ އޭރުގެ ރައީސް އަބްދުﷲ ޔާމީންގެ ބެލުމުގެ ދަށުން، އެމަނިކުފާނުގެ ސީދާ އިރުޝާދާ އެއް ގޮތަށް ކަމަށެވެ.

އޭރު ސިޔާސީ ގޮތުން ނިންމަވަން ޖެހޭ ބޮޑެތި ނިންމުންތައް ތަންފީޒު ކުރުމުގެ ގޮތުން ދައުލަތުގެ މުއައްސަސާތަކުގެ އޭރުގެ ވެރިންނަށާއި، ކޯޓުތަކުގެ ބައެއް ފަނޑިޔާރުންނަށާއި، މަޖިލީހުގެ ބައެއް މެންބަރުންނަށާއި، ސިޔާސީ ޕާޓީތަކުގެ ބައެއް ވެރިންނަށް ވެސް އެ ފައިސާ ބައްސަވާފައިވާ ކަމަށެވެ.

މިއަދުގެ ޝަރީއަތުގެ އަޑުއެހުމުގައި އަދީބު ހަތް ދައުވާއަށް ވެސް އިއުތިރާފް ވެފައިވަތީ، އަޑުއެހުންތައް ނިންމާލައި އަންނަ ހޯމަ ދުވަހު ހުކުމް ކުރަން މައްސަލަ ބައްލަވާ ގާޟީ ހަސަން ސައީދު ނިންމެވިއެވެ. އެ ދުވަހުގެ ނިޔަލަށް ވެސް އަދީބު ހުންނަވާނީ ޖަލުގައެވެ.

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

 1. މާފު

  މާފު ކުރިޔަސް ޖަލު ހުކުމް ފުރިހަމަ ކުރަން ޖެހޭނެޔެ ނޫންބާ.

  69
  2
  • ބޯހަލާކު

   ގައުމުގެ ރައުސުލްމުންކޭހާލާރި ދެއްވާ އެއީ ރައްޔިތުންގެލާރި..!؟ތިބޭފުޅާގެ އިނގިރޭސިވިލާތުގަ ތިއްބެވި ހިއްސާދާރުން (ވަގުން) އަތުގަހުރިލާރިގަނޑު ގެނުވާ...؟!
   ހާދަހީވޭ މިކަލޭގެއަށް މާފްކޮއްފީމޭކޮޔާފަ ފުރުވާލަންއުޅޭެން...! ގައުމައްގައްދާރުވާމީހުންނައްވެސް މިހާރުއޮތީ ނަސްރުތޯ...!؟ސުބުހާނަﷲ..

 2. އަހުމަދު

  މާފް ކޮއްފިން ސަރ

  11
  68
 3. Anonymous

  ރައީސް ޔާމީން ވެސް މަޢާފު ކުރައްވާފައި ގެއަށް ފޮނުވާލަދެއްވުން ކީއްތޯ.

  16
  4
 4. މާލްދީފީ

  ދިވެހި ކަނޑުތަކުން ބުޅަކެއްގެ ކެހެރިއެއް ތެމޭހަވަރަށް ލޮނު ހުރިހާ ހިނދަކު ކަލެއަކަށް މާފު ކުރުމެއް ނެތް

  13
  1
 5. ޚިޔާލު 3

  ގަ އުމު ދަވާލުމުގަ އި ގަ އްދާރުވި އެންމެނަށް އެކަށީގެންވާ އަދަބެ އް ދެވެންވާނެ ބޮޑުންގެ ބޮޑުންނަށާ އި އަންނާ އޮތް ޖީލުތަކަށް ވަ އްކަމަކީ ކޮބަ އިކަން ޢިބްރަތަކަށް ވާންޖެހޭނެ.

  12
 6. ޖޫދު

  ކަލެޔަށް އަދަބު ނުލިބުނާ ލިބުން މިސަރުކާރުގަ ކަބޑައަޅާފައި އޮތް ގޮތަކީ ކަލަކު ވޮޑިގެންވާކަން ނުވިސްނާ ވީހާވެސް ބޮޑަތި ދޮގު އިލްޒާމުތައް ޔާމީންގެ ކިބަޔަށް ކަނޑާލުމެވެ. އެއީ ކަލެޔާ މި ސަރުކާރާ ދެމެދު ވެފައިވާ އެއްބަސްވުމެވެ. ކަލޭ އޮތީ އޮޅިގެންވިޔަސް މިކަން ކުރިން ކޯޓުގަ ހާމަކޮށްފައެވެ. މިއަދު ވާހަކަ ބަދަލުވީއެވެ.

  17
  1
 7. ދިވެހިކޮރަކަލި

  މެޑަމް ފާތުންނަށް ކަލޭ ގެއްލުން ދިނީ ސަބަބެއްނެތި އޭނަޔަކީ އެތައްހާސް ދިވެހި ނިކަމެތި ރައްޔިތުންތަކެއްގެ ހިތުގެ ވިންދު އަބަދުވެސް ﷲ އިހްސާންތެރިން ދިފާއުކުރައްވާ އަދި ޚާއިނުން ޚާއިނުންގެ މައްޗަށް ވެރިކުރަށްވާ ކަލެޔަށް ދިވެހިން އިތުބާރެއް ނުކުރާނެ އަދި މެޑަމް ފާތުން ދެކެ ލޯބިވާ މީހުން މާފެއްވެސް ނުކުރާނެ ތިކުޅެވުނީ ދިވެހިންގެ ހިތުގެ ވިންދާ އޭތި ކަޑަ ކަލޭ ދެންވެސް އެމްޑީޕީ އެކްޓިވިސްޓަކަށް ވެގެން މަގުމަތީ ގުންޑޭ އަކަށްވެގެން ދުވޭ ލަނޑަޔާ ވާނީ ލަނޑަޔާ

  17
  3
 8. ދިދަ ދަނޑި

  ދުވަހަކުވެސް މަޢާފް ނުކުރާނެ މީހެއް ތީ... ކޮން މަޢާފެއް.. އުމުރު ދުވަހު ޖަލުގަ ބާއްވަންވީ...

  15
 9. އިބުރާހީމް

  ދުވަހަކުވެސް ނުކުރާނަން ތީ އަދީބު ދުވަހަކުވެސް ތެދެއް ހަދާފާނެ ކަމަކަން މަށެއް ނުދެކެއް ތިވެސްވާނީ މި ސަރުކާރުން ބުނެގެން އަބުރާލި ގޭސްގަޑަކަން

  17
 10. ގެރި ބުއްޅަބޭ

  ބުއްޅަބޭ އާއި ސުލޯބޭ، ގުޅިގެން އަދީބު އަތުން ލާރި ނަގާފަ ޔާމީނަށް ކެހިދެނީ، މިހާރު މިވީގޮތުން ސްލޯބޭވެސް ލާރި ލިބުނު މީހުންގެ ލިސްޓުގައި ވީ، އެކަމަކު އެކަން ބެލޭނެ ގޮތެއްނެތް!

  17
  2
 11. އަރީ

  މާފު ކުރެވޭނީ އުމުރު ދުވަހު ޖަލުގަ އޮތުމުން.

  11
 12. ޙަސަނުގެ ދަރި

  ޔާމީނު ވެރިކަމަށް އަ އައުމުގެ ކުރިން ޓޫރިޒަމް މިނިސްޓަރ އަކަށްހުރެ
  ވި އްކި ފަޅުތަކާ ރަށްތަކުގެ ލާރި ވެސް ބެހީ ޔާމީނު ބުނި ގޮތަށްތޯ ސާފު ކޮށްލަން ބޭނުން

  16
  1
 13. ޗާލު

  އަދިވެސް ޔާމީނާއި ކުރީ ސަރުކާރުގެ ވެރިންނަށް ރިޝްވަތުދިންކަމަށް. އޭރުގެ ރައީސުންނާއ މިހާރުގެ ރައީސުންނޭވެސް ބުނެބަލަ. އަދި އޭރު އިދިކޮޅު މެމްބަރުންނާއި އިސްފަރާތްތަކުގެ ނަން މިހާރު ހާމަކޮށްބަލަ. ތިބުނީނުން ބޮޑެތިކަންކަން ނިންމަން އިދިކޮޅަށްވެސް ދިންކަމަށް. އިހުލާސްތެރިކަމާއެކު ތައުބާވިކަން އޭރުން ގަބޫލުކުރާނަން. އަދި މަޢާފްވެސް ކުރާނަން.

  11
  1
 14. ބުޅާ

  ވަގައްނެގިހާ ރުފިޔާތައް އަނބުރާދީ

  10
 15. މިއަދު

  މަޢާފު ކުރިޔަސް ނުކުރިއަސް ތިއޮތީ އަދީބާއި މިސަރުކާރު ބޭނުންވާކަން ކުރެވިފައި އަދީބުގެ ދުލުން ކިތަންމެ މޮޅުޑްރާމަައެއް ކިޔާދިނަސް ތިމައްސަލާގައި އެމްޑީޕީ މެމްބަރެއްގެމައްޗަށް ދައުވަަސާބިތެެއނުވާނެ އަދި ލާރިލިބުނުކަމަކަަސްވެސްނުވާނެ

  12
 16. ކިނބޫ

  ލާރިގަނޑު ދީ ފުރަތަމަ. ރީނދޫ ގުންޑާއިންނާއެކު ހީލަތުގެ ރޭވުންތައް ހުއްޓާލާ. އޭގެފަހުން މާފަށް އެދޭ. ނުބައިކަމުގަ އަދިވެސް ތިދަނީ ހުއްޓުމެއް ނެތި ކުރިއަށް. ކަލޭ ތައުބާވިއްޔާ ﷲ ކަލެއަށް ހެޔޮ ޖަޒާ ދެއްވާށި. އަހަރުމެން އިންސާނުންނަށް ގަބޫލު ކުރެވޭނީ ލާދީނީ ބައިގަނޑަށް ވާގި ދޭން ފަށައިގެން ތިހިންގާ ޖަރީމާ ހުއްޓާލީމަ.

 17. ޙައްވާ

  ދުވަހަކު ވެސް މައާފް ކުރުމެނެއް!
  ރައްޔިތުންގެ ފައިސާ ހިތުހުރިގޮތެެއް ހެދި އިރު މައާފަ އެދުމުން ފުދޭނެ ކަމެއް ހިވީތަ؟
  ޢެންމެ ފައިސާ ފޮތްޗެ ކަމުގައި ވިޔަސް ދައުލަތަށް ވައްދާފަ މައާފަން އެދޭ!

 18. ރަނގަޅު ކަމެއް

  ކުރިވައްކަންތަކަށް އެއްބަސް ވީ މީހަކު ބުނެގެން ވަކިފަރާތަކަށް މަންފާއެއް ހޯދައި ދިނުމުގެ ގޮތުން ނެވެ. އެގޮތުން ޑީލެއްގެ އެއްބަސް ވުމާއެކު ކުށަށް އިޢުތިރާފު ވުމަކީ މަކަރުވެރި ކަމުގެ އަޑި ނޭނގޭ ކަން ދޭހަވާ ހެއްކެކެވެ. ތިއީ ޔާމީން ޖަލުގައި ބަންދުކޮށް ދާއިމަށް ބެހެއްޓުމުގެ ޕްލޭނެއް ކަމަށް ޝައްކެއް ނުކުރަމެވެ.
  والله أعلم

  10
 19. ޙެޔޮ އެދެން

  ތިބާޔަށް ޖަލުން ކިތަންމެ ބޮޑު އަދަބެއް ލިބުނަސް ތިބާގެ ތައުބާ ހެޔޮ ނިޔަތަކާއެކު ރަނގަޅު ގޮތުގައި ގެންދޭ..އަދި މީސްތަކުންގެ ދުލުން މާފެއް ނެއްކަމުގެ ބަސްތައް އަޑު އިވުނުކަމުގައި ވިޔަަސް އުންމީދު ކަޑައި ނުލާށެވެ..ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަ ާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާ މަތިވެރި ރަސްކަލާގެ އަށް ވަކީލު ކުރާށެވެ.. ތިބާގެ ދުއާއިން އެކަލާގެ އިރާދަ ކުރައްވާފި ނަމަ ފަހު ވަގުތު ކޮޅުގައިވެސް މީސްތަކުންގެ ހިތް ބަދަލު ކޮއް ތިބާޔަށް މާފު ދީފާނެވެ.. ޖަލުން ލިބޭ ވޭނުން އިބްރަތް ހާސިލް ކުރާށެވެ... ާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާަ ދުނިޔެއިން ލިބޭ އަނިޔާތަކަކީ އާހިރަތުގެ ލިބޭ އަޒާބާ އަޅުވާ ކިޔޭނެ އެއްޗެއް ނޫނެވެ... ޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭ ބިރުވެތިވެ ހެޔޮ ގޮތިގައި ތައުބާވާށެވެ...

 20. ފާތުމަ.

  މާފެއް ނުކުރާނަން ދުވަހަކުވެސް.

  5
  1
 21. ޑެރަ

  ކޮބާތަ ފައިސާތައް. ތިޔަ މުއްސަދިކަމަކީ އެ ފައިސާ ހާދަ ގިނަ މަރުތަކެއްވެސް ހިންގިޔޭ. އަދި މާފެއްނެތް

  1
  2
 22. ރައްޔިތުމީހާ

  މާފޭ ތީމަރަން ހުކުމްކުރަންޖެހޭ މީހެއް އަދި މަރުގެހުކުމް ތަންފީޒުވެސް ކުރަންޖެހޭނެ އެހެންމީހުންނަށް އިބުރަތަކަށް

 23. ނީލޯފަރު

  އަމިއްލަ އެދުމުން ފޯވެފައި ހުރުމުން ކިޔާ އެއްޗެއްމީ. ތިޔަ ބޭފުޅާއަށް ވުރެ މާފު ކުރުން މާ އައުލާކަން ބޮޑު މީހުން ޖަލުގައި އެބަތިބި. އެމީހުން ދޫކޮށް މިނިވަންކުރުން ވެސް ތިޔަށްވުރެ ރަގަޅުވާނެ.