އެމްއެމްޕީއާރްސީ މައްސަލާގައި ކުރީގެ ނައިބް ރައިސް އަހުމަދު އަދީބުއާ ދެކޮޅަށް ދައުލަތުން އުފުލާފައިވާ ހަތް ދައުވާގެ މައްސަލާގައި ހުކުމް ކުރުން އަންނަ ހަފްތާ ހޯމަ ދުވަހަށް ތާވަލު ކޮށްފިއެވެ.

އަދީބުގެ މައްޗަށް ދައުލަތުން އުފުލި ހަތް ދައުވާގެ ތެރޭގައި ހިޔާނާތެއްގައި ބައިވެރިވުމުގެ ދެ ދައުވާއަކާއި، މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން ނާޖާއިޒު ފައިދާ ހޯދައި ދިނުމުގެ ދައުވާއަކާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރެއްވުމުގެ ދައުވާއަކީ، މަނީ ލޯންޑްރިންގެ ދެ ދައުވާއަކާއި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދުމުގެ ދައުވާ ހިމެނެއެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ދިޔަ އެ ދައުވާތަކުގެ ޝަރީއަތުގައި އަދީބު ވަނީ ހަތް ދައުވާއަށް ވެސް އިއުތިރާފްވެފައެވެ. އަދި، ދައުލަތާއެކު ކުށުގެ އިއުތިރާފް އެއްބަސްވުމެއް ގާއިމް ކުރީ އެއްވެސް މަޖުބޫރު ކުރުމެއް ނެތި ކަމަށް އޭނާ ވިދާޅުވިއެވެ. މައްސަލަ ބައްލަވާ ގާޒީ ތަކުރާރުކޮށް ސުވާލު ކުރެއްވުމުން ވެސް ވިދާޅުވީ މަޖުބޫރު ކަމެއް ނެތެވެ.

އެކަމަކު މީގެ ކުރިން ދަށު ކޯޓާއި ހައި ކޯޓުގައި ވެސް އަދީބު ވިދާޅުވެފައިވަނީ އެއްބަސްވުމުގައި ހިމެނޭ ބައެއް ކަންކަމަށް މަޖުބޫރު ކުރުންތަކެއް އިސް ކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުން މަސައްކަތް ކޮށްފައިވާ ކަމަށެވެ.

ހަތް ދައުވާއަށް ވެސް އަދީބު އިއުތިރާފް ވުމުން މައްސަލަ ބައްލަވާ ގާޟީ ހަސަން ސައީދު އަދީބާއި ދައުލަތާ ދެމެދު ވެފައިވާ ކުށުގެ އިއުތިރާފް އެއްބަސްވުން ބަލައިގަތެވެ.

އެކަމަކު އަދީބުގެ ފަރާތުން ވަކީލު މަހްފޫޒު ސައީދު ވިދާޅުވީ އިއުތިރާފް އެއްބަސްވުން މުރާޖައާ ކުރަން އަދީބުގެ ފަރާތުން ބޭނުންފުޅުވާތީ އެ ކަމަށް ފުރުސަތެއް ދެއްވުމަށެވެ. އެހެންވިޔަސް ދައުލަތުން ވަކީލުން އަޑުއެހުމުގައި ފާހަގަކުރެއްވީ ކުރިން ވެސް އޮތް އެއްބަސްވުމާ އެކު ކުރިއަށް ދިއުމަށެވެ.

އެ ކަމާ ގުޅޭ ގޮތުން އަދީބުގެ ފަރާތުންނާއި ދައުލަތުގެ ފަރާތުން އިތުރަށް މަޝްވަރާ ކުރުމުގެ ގޮތުން އަންނަ ހޯމަ ދުވަހަށް އަވަސް ނިޔާގެ ޝަރީއަތެއް ގޮތުގައި ހުކުމް ކުރުމަށް އަޑުއެހުން ތާވަލުކުރާނެ ކަމަށް އިއުލާން ކުރައްވަމުން ގާޟީ އަޑުއެހުން ނިންމަވާލެއްވިއެވެ.

އަވަސް ނިޔާގެ ޝަރީއަތުގެ އަޑުއެހުން އޮންނަ ދުވަހާ ހަމައަށް އަދީބު ޖަލު ބަންދުގައި ބެހެއްޓުމަށް ވެސް ގާޟީ ނިންމެވިއެވެ. އެ ގޮތުން އަދީބު 15 ދުވަހުގެ މުއްދަތަކަށް ޖަލުގައި ބަންދު ކުރުމަށް ހައި ކޯޓުން މި މަހުގެ 21 ގައި ހުކުމް ކޮށްފައިވެއެވެ. އެ މުއްދަތު ހަމަވާނީ އަންނަ އަންގާރަ ދުވަހަށެވެ. ހުކުމް އިއްވާ ޝަރީއަތަށް ވެސް އެ މުއްދަތު ހަމައެއް ނުވެއެވެ.

އެންމެ ފުރަތަމަ މި މައްސަލަ ކްރިމިނަލް ކޯޓަށް ދައުލަތުން ހުށަހެޅުމުން އެ ކޯޓުން މައްސަލަ ބޭރުކޮށްލިއެވެ. އެކަމަކު ހައި ކޯޓުގައި މައްސަލަ އިސްތިއުނާފް ކުރުމުން ހައި ކޯޓުން ހުކުމް ކުރީ ކްރިމިނަލް ކޯޓުން ދައުވާތަކުގެ މައްސަލަ އަލުން ބެލުމަށެވެ. އަދި އެ ކޯޓުން ބަންދާ މެދު ގޮތެއް ނިންމަން ދެން 15 ދުވަހު އަދީބު ބަންދުގައި ބަހައްޓަން ވެސް ހުކުމް ކުރިއެވެ.

ކްރިމިނަލް ކޯޓުން އެންމެ ފުރަތަމަ މައްސަލަ ބައްލަވައި ދައުވާތައް ބާތިލް ކުރަން ހުކުމް ކުރި ގާޟީ އިސްމާއީލް ރަޝީދު ސަސްޕެންޑް ވެސް ކުރިއެވެ. ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބައްދަލަވަމުން ގެންދަވާ ސުލޫކީ މައްސަލައެއްގައި އޭނާ ސަސްޕެންޑްކުރިއިރު، އެ މުއްދަތު ހަމަވެ މިހާރު އޭނާ ވަޒީފާއަށް ވެސް ނުކުންނަވައެވެ.

އެކަމަކު ހައި ކޯޓުން އެ ގާޟީ އިއްެވެވި ހުކުމް ބާތިލްކޮށް އަލުން މައްސަލަ ބައްލަވަން ކްރިމިނަލް ކޯޓަށް ހުކުމް ކުރުމުން، މިހާރު މައްސަލަ ބައްލަވަމުން ގެންދަވަނީ ގާޟީ ހަސަން ސައީދެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތަށް ލިބެން ޖެހޭ އެއް ބިލިއަންއަށް ވުރެ ގިނަ ރުފިޔާއަށް ހިޔާނާތްތެރިވެފައިވާއިރު އެ ހިޔާނާތުގެ ފަހަތުގައި ހުންނެވި ކަމަށް ތުހުމަތު ކުރެވޭ އަދީބުގެ މައްޗަށް މީގެ ކުރިން ވެސް އެ މައްސަލާގައި ހުކުމްކުރެއްވިއެވެ. އެކަމަކު މަތީ ކޯޓުގެ މަރުހަލާގައި ހުކުމް ބާތިލްކޮށް އަލުން މައްސަލަ ބަލަން ދަށު ކޯޓަށް އެންގެވިއެވެ. ދަށު ކޯޓުން ވަނީ ދައުވާތައް އަލުން ކުރުމަށް ދައުލަތަށް އަންގަވައިފައެވެ.

އަދީބުގެ މައްޗަށް މިހާރު އުފުލާފައިވާ ހަތް ދައުވާއަކީ އޭގެ ފަހުން ދައުލަތުން ކްރިމިނަލް ކޯޓުގައި އުފުލި ހަތް ދައުވާއެވެ. ހިޔާނާތުގައި ބައިވެރިވެވަޑައިގެންނެވި ކަމަށް އިއުތިރާފްވެވަޑައިގެން އެ ހިޔާނާތުގެ ތަހުގީގަށް އެއްބާރުލުން ދެއްވާނެ ކަމަށް އަދީބު ވަނީ މީގެ ކުރިން ވެސް އެތައް ފަހަރެއް މަތިން ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ބޮޑުވަޒީރު

    ހަތް ދަޢުވާގެ ޙުކުމް އެއް ދުވަހުން ކުރުން ތިއީ ކޮންކަހަލަ ޑީލްއެއް

    10
    1
    • ޙައްގުބަސް

      މިއީ ޑީލެއް ސަރުކާރާއެކު ހަދާފައިވާ!! ޙުކުމްވެސް ކުރާނެ ޖަލަށް! އެކަމަކު ދައުލަތުން ޙުކުމް ގެއަށް ބަދަލުކުރާނެ!! އަދި މިދައުރުގެ ފަހު ކޮޅު މަޢާފުދީ އެއްކޮށް މިނިވަންވެސް ކުރާނެ!! މިހުރިހާ ޑީލެއް ހަދާފައިވަނީ އިންޑިޔާގެ ޚާއްސަ ޓީމަކާ ދައުލަތާ މަޝްވަރާކުރެވި ރައިސް ޔާމީނާ ދެކޮޅަށް ދޮގުހެކި ދޭމަތިން! އެކަމުގެ ފުރަތަމަ މަރުޙަލާ ނިމި ޔާމީން ޖަލަށް އެވަނީ ލާފަ!! އެއީ ދެ ފާސިގަކު ދިން ހެކިބަހާއެކު!! އެއީ އަދީބު އަދި ޒިޔަތުގެ ހެކިބަހަށް!! ދެން ހެކިބަސް ދޭގޮތަށް އޮތީ ދާދިފަހުން ޔާމީނާ ދެކޮޅަށް ދައުލަތުން ވައްދާފައިވާ ދެ މައްސަލާގައި!! ޔާމީނާ ދެކޮޅަށް އިންޑިޔާގެ އެޖެންޓުންތަކަކާ ދައުލަތުގެ ކަމާ ގުޅުން ހުރި ފަރާތްތަކުންވަނީ ޑޮކިއުމަންޓުގެ ގޮތުގައި ފޭކް ހެކި އުފައްދާފަ!! އެ ބަލާލާއިރު އެއްވެސް ބަޔަކަށް ނޭނގޭނެ އެއީ ފޭކް އެއްޗެހި ކަމެއް!! އެފަދަ ތަކެތި ތަޙްލީލުކުރާ ޚާއްސަ މާހިރުން ފިޔަވާ!! މިކަމުގެ އަޑީގައި ތިބީ އިންޑިޔާ އަދި މިސަރުކާރުގެ ދެތިން މީހަކު!! މިއީ ތުންތުން މަތިން ދެކެވޭ ވާހަކަތައް!! ރައިސް ޔާމީން ނުޙައްގުން ޖަލުގައި ބާއްވައިގެން މެނުވީ މިރާއްޖޭގައި އިންޑިޔާއިން ކުރަމުންދާ ކަންތައްތައް ނުކުރެވޭނެކަމަށް އެފަރާތުން ބުނެފައިވާކަމަށްވެސް ވާހަކަދެކެވޭ!! މިކަމަށް ހަދާ ޑީލަކީ ދައުލަތައް ބޭނުންވާ ފައިސާ ލޯނުގެ ގޮތުގައި ރާއްޖެއަށް ފޯރުކޮށްދިނުން! އަދި ބަދަލުގެ ގޮތުގައި އިންޑިޔާއިން މިރާއްޖޭގައި ކުރަން ބޭނުންވާ ކަންކަން ކުރުމަށް ސަރުކާރުން ފުރުސަތު ދިނުން!! އޭގެތެރޭ އެންމެ މުހިންމުކަމަކީ އިންޑިޔާގެ ސިފައިން ރާއްޖޭގައި ބޭތިއްބުން!! އަދި އިންޑިޔާއިން މިހާރު ބޭނުންވަނީ ހަނިމާދޫގައި އެމީހުންގެ އެއަރ ބޭސް އެއް ހެދުން!! މީގެ މާނައަކީ އިންޑިޔާއިން ބޭނުން ވެއްޖެ ކޮންމެ އިރެއްގައި އެއްވެސް ހުރަހެއްނެތި އެމީހުންގެ އެއަރފޯސްގެ ބޯޓުތައް ޖެއްސޭނެގޮތާއި ޕާކް ކުރެވޭނެ ގޮތާއި އެތަން ބަލަހައްތަން އިންޑިޔާގެ ސިފައިން ދާއިމަށް (މަދުވެގެން 50 އަހަރަށް) ބޭތިއްބުން!! މިކަހަކަ އެއްބަސްވުންތަކެއް ހެދިފައިވާކަމަށްވެސް ވާހަކަތައް ދެކެވޭތީ އަޑުއިވޭ!! އެހެންވެގެން ކަމަށް ބެލެވޭ އެއްބަސްވުންތައް ހާމަނުކުރަން ދައުލަތުން މަސައްކަތް އެކުރަނީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލޭ ކިޔާ ޙުއްޖަތްތައް ދައްކައިގެން!! މިކޮމެންޓުގައި މިފާހަގަކުރި ވާހަކަތަކަކީ ހަމަ ދެކެވޭތީ އަޑުއިވޭ ވާހަކަތައް!! މިއީ ކަންބޮޑުވުން ހުރި މިގައުމުގެ އިސްތިގުލާލާ މިނިވަންކަމާ ގުޅިފައި ހުރި ވާހަކަތައް!! މިއީ ރައްޔިތުން ޣާފިލުކަމުގެ ނިދިން ހޭލާ އިންޑިޔާއާއެކު ރާއްޖެއިން ހަދާފައިވާ އެއްބަސްވުންތަކުގައި އޮތީ ކޮންކޮން ކަމެއްތޯ ބަލަންވީ ވަގުތު!! ރައްޔިތުންނަށް އެޙައްގު އޮންނާނެ! ރައްޔިތުން ހޮވާފައިވާ ސަރުކާރަކުން ރައްޔިތުންނަށް ކަމުގެ ޙަގީގަތް ވަރަށް ރަގަނޅަށް ސާފުކޮށްދޭންޖެހޭ!!

  2. ނަސީރާ

    އަދީބުލައްވާ ތިހުރިހާ ދުއްޕާނެއް ޔާމީނަށް ކުރުވީ އެމްޑީޕީ އަޑީގައި އޮވެގެންއެމްޑީޕީ.އެމީހުން ބުނާގޮތަށް ހެކިބަސްދެނީވެސް. ފާސިގަކު ލައްވާ ހެކި ހޯދާގެން އެހެން މީހެއްގެ ދުވަސް ދުއްވާލަން އުޅުމަކީ ބޮޑު ގޯހެއް.އަދީބުއަކީ ރިޔާސީ ލޯންޗްގޮއްވި ކަމަށް ސާބިތުވެފަ ހުރިމީހެއް. އެކަމުގެ ޙުކުމްވެސް ތަންފީޒްކުރިމީހެއް. ވައްކަން ކުރިކަމަށް ސާބިތުވެފަ ހުރިމީހެއް . އެފަދަ މީހަކު ދޮގު ހެކި ބަސްދިނުމަކަށް ފަސް ނުޖެހޭނެ. ވައްކަމަކީ އެއްމެ ބޮޑު ފާފަ. .އަދީބު ޖަލަށް ލިޔަސް އަދީބު ނަގާފަ ގެއަށް ބަދަލުކުރާނެ. އެމްޑީޕީ ހުރިހާ ޙަސަދައެއްބާލަނީ ޔާމީނަށް.އަދީބު އާ ޑީލް ހަދާގެން އެއްމެ ފުރަތަމަ ވެރިކަމަށް އައިސް މިރާއްޖޭގެ ކޯޓެއްގައި ކޮށްފައި އޮތް ޝަރީޢަތެއް.ޝަރީޢަތްކޮށްފަ ޙުކުމް ކޮށްފަ ހުރި މީހަކަށް މަޢާފް ދިނީވެސް.

  3. ބެއްޔާ

    މީޑީލެއް. އަދީބު ދިވެހިރައްޔިތުންގެ ބައިތުލް މާލު ހުސް ކޮށް ކާ ބަހާ ރައްޓެހީންނަށް ދީ ހެދިއިރުވެސް އޭނާ އެހެރީ މައުސޫމް މީހަކަށް ހަދާފަ. ހަމަ އެހުންނަނީ ހެވިލާފަ ގޭގަ. ދިވެހި ރައްޔިތުންނަށް އެތަކެއް ޚިދުމަތެއް ކޮށްދީ އެތަކެއް ޤުރުބާނީ އެއް 1980 ގެ އަހަރުތަކުން ފެށިގެން މިއަދާހަމައަށް ތަފާތު ވުޒާރާ ތަކުގައި މަސައްކޮށްފަ ހުރި ބޭފުޅެއް ޔާމީނަކީ.މައުމޫނުގެ ވެރިކަމުގައި ދިވެހިއިޤުތިސާދު ދިވެހީންނަށޓަކައި ނަގާކޮޅަށް ޖެހީ ޔާމީން.އަދީބު ދިން ދޮގު ހެކިބަހަކަށް އެމަނިކްފާނު ޖަލުގައި އޮންނާކަށް ނުޖެހޭނެ. އަދީބު އަކީ ޔާމީންގެ ދުޝްމަނެއް. މަރުފުރާނައަށް ގެއްލުން ދޭން އުޅުނުމީހެއް. އެފަދަ މީހަކު ކޮންމެ ފަދަ ވާހަކައެއްވެސް ދައްކާފާނެ ކަން ހޭބުދި ހުރި ވިސްނޭމީހަކަށް އެނގިގަންނަނެޖެހޭނެ.އަދީބުގެ ހެކިބަސް ޔާމީންގެ ޝަރީޢަތުގައި ޤަބޫލުނުކުރެވޭނެ. އަދީބަކީ ޔާމީންގެ ދުޝްމަނެއް.ޔާމީން ޖަލުން ހަމަވަގުތުން ސަލާމަތް ކުރޭ. ޖަލުން ނެރޭ.